މީރާ: ބޭރުގެ ފަރާތްތަކާ މަސައްކަތް ހަވާލު ކުރާއިރު އެ ފަރާތަކީ މީރާގައި ރަޖިސްޓްރީކުރި ފަރާތެއްތޯ ބަލަން ވަނީ އިލްތިމާސް ކޮށްފައި --ފޮޓޯ/މިހާރު
27 ޑިސެމްބަރ 2017 - 21:19
ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކާ މަސައްކަތް ހަވާލު ކުރާއިރު އެއީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަން ކަށަވަރު ކުރުމަށް އެ އިދާރާއިން މިއަދު އިލްތިމާސްކޮށްފި އެވެ.
ދައުލަތުގެ ޓެކްސް އިދާރާއިން ނެރުނު ސާކިއުލާއެއްގައި ވަނީ ބޭރުގެ ބައެއް ވިޔަފާރިތައް ރަޖިސްޓަރީ ނުކޮށް، ރާއްޖޭގައި ވިޔަފާރި ކުރަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ހިންގާ އެކި މަސައްކަތްތައް ބޭރުގެ ފަރާތަކާ ހަވާލުކުރާ ނަމަ ނުވަތަ ޚިދުމަތެއް ހޯދާ ނަމަ އެއީ މީރާގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަން ކަށަވަރު ކުރަން އިލްތިމާސް ކުރާ ކަމަށް ސާކިއުލާގައިވެ އެވެ.
އެފަދަ ފަރާތަކާ ހަވާލުކުރާ މަސައްކަތުގެ އަގަކީ އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއް ކަމަށްވާ ނަމަ، އެ ފަރާތަކީ ޖީއެސްޓީއަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތެއް ކަން ކަށަވަރު ކުރަން ވެސް އެ ސާކިއުލާގައި އިލްތިމާސް ކޮށްފައިވެ އެވެ.
ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ގާނޫނު ބުނާގޮތުން ރާއްޖޭގައި ވިޔަފާރިކުރާ ބޭރުގެ ފަރާތެއްގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރެއްޖެ ނަމަ، އެ ފަރާތެއް މީރާގައި ރަޖިސްޓަރީ ކުރަންޖެހެ އެވެ. ބޭރުގެ ވިޔަފާރިއެއްގެ ބައެއް ނުވަތަ ގޮތްޕެއް ނުވަތަ އޮފީހެއް ނުވަތަ ފެކްޓްރީ އަދި ގުދަން ފަދަ ތަންތަން ހުރުމަކީ ވެސް އެ ގާނޫނުގެ ބޭނުމަށްޓަކައި، އެފަދަ ވިޔަފާރިއެއްގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރީ ކަމަށް ބެލެވޭ ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Mohamed Ashraf
28 December 2017
އަޅުގަނޑަށް ހަމަ 100% ޔަގީޏް މީރާއަަކަށްވެސް އަދި އެހެން ބަޔަކަށްވެސް ހަބީބް ބޭންކް ހުންނަ ތުނިޔަ ބިލްޑިންގަ ހުންނަ އޮފީސް ތަކަށް ދާކަށް ނުކުރެނޭ ސަބަބަކީ އެކުންފުނި ތަކުގަ ވެރިންނަކީ މިރާއްޖޭގެ އެންމެ އުހުގަ ތިބި މަހުޖަނުންގެ ކުންފުނިތަށް އަދި މިއިން ކުންފުންޏެއްގެ ވާހަކަ ނުގޮތުގަ ނޫސްތަކުގަ ޖެހިޔަސް އެނޫހެއް އަނެއް ދުވަހު ޖެހޭނީ ބަންދު ކުރަން. މިކުންފުނި ދަށުން ރާއްޖޭގެ އެއަރޕޯޓްތަށް ހަދަނީވެސް އެންމެ އުހުގަ އުޅޭ ޓްރަވަލް އެޖެންސީވެސް. މިކަން އެނގެން ވަރަށް އުނދަގޫ ވާނެ އަހަރެން ވަދެ ހަދާ އޮފީހަކަށް ވާތީ މިކަން އެނގެނީ. މުޅި ވަނަވަރު އެއްކޮށް ވަރަށް ތަފްސީލް ކޮށް ލިޔެފާނަން އެއިރުން މިހާރުގެ ދުވަސް ދިޔައީ. އެކުންފުންޏަށް ވުރެން ބޮޑަށް ބޭނުމީ މިހާރު އޮންލައިން
އުދުހޭ
28 December 2017
އެމްއެމްޕީއާރުސީން ޑިޖިޓަލް މެޕެއް ހަދާށޭކިޔައިގެން 1 އަހަރުދުވަހުގެ ޕްރޮޖެކްޓެއް އިންޑޮނޭޝިޔާ ބަޔަކަށް ދީފި. https://mihaaru.com/business/28616
ވަސްމީރު
28 December 2017
އަގަކަށް ކުރާ ކަމެއް ނޫން.
އުދުހޭ
28 December 2017
ފްރޮޖެކްޓް ލިހޭ ކޮށްދިނަސް އެމީހުންގެ ކެއުމާ ދަތުރުފަތުރުގެ ހަރަދާ އެހެނިހެން ކަންކަމަށް ހަރަދުކުރާނެކަމަށް ބުއްދިގަބޫލުކުރޭ. އެހެންވީމާ އޭގެންވެސް ޓެކްސް ދައްކަންޖެހޭނެ.
ދަވޭ
27 December 2017
ބޭރުގެ ވިޔަފާރިތައް މީރާގައި ރަޖިސްޓަރީ ކޮށްފައި ވޭތޯ ބަލަން މީރާއިން އިލްތިމާސްކޮށްފި ނަމަވެސް އެކަން ނުކޮށް ލަންކާ އަދި އިންޑިއާ ކުންފުނި ތަކުން ރާއްޖޭގެ ރިސޯރޓް ތަކުން މަސައްކަތް ތައް ނަގަނީ މިލިއަން ޑޮލަރުންނެވެ. މިސާލަކަށް ޖަރުމަނުގެ ވަރަށް މަޝްހޫރު ކުންފުންނަކުން ރާއްޖޭގައި މިހާރު އަލަށް ތަރައްގީ ކުރަމުން އަންނަ ރިސޯރޓް ގެ ހުރިހާ މަސައްކަތް ތައް ދިނީ ލަންކާ ކުންފުންނަކަށް. އަގު އަރާ 50 މިިލިއަން ޑޮލަރަށް. އެކަަމަކު ސަރުކާރަށް ޓެކްސްގެ ގޮތުގައި އެމެން ނުޖެހޭ އެންމެ ރުފިޔާ އެއްވެސް ދޭން. އެމަސައްކަތް ދިވެހި ކުންފުންނަކަށް ނުދީ ލަންކާ ކުންފުންނަށް ޖަރުމަނުން ދިނީ ވެސް މިކަން މިގޮތަށް ކުރުމަށް ކަމަށް މަމެން މިދެކެނީ. އެކަމަކު ޓޫރިޒަމް މިނިސްޓްރީ އަށް މިކަމުގައި ކުރެވުނު ކަމެއް ނެތެއް ނޫންތޭ.
މީރާ
28 December 2017
މީރާވަނީ ފެއިލްވެފައި!