އަންހެނުންނާ ކުރާ އަނިޔާއާ ދެކޮޅު އެއްވުމެއް: މާލޭގެ ސްޓޫޑިއޯއެއްގައި އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފުލުހުން ދަނީ ބަލަމުން
06 ޖެނުއަރީ 2018 - 11:33
މާލޭގައި ޒުވާން އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެ، ފުލުހުން އެ މައްސަލަ ބަލަން ފަށައިފި އެވެ.
މިދިޔަ ހަފުތާގައި މާލޭގެ އާޓް ސްޓޫޑިއެއްގެ ތެރޭގައި ރޭޕް ކޮށްފައިވަނީ 19 އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ރޭޕްކުރީ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަން އެ ތަނަށް ދިއުމުން ކަމަށްވެ އެވެ.
ރޭޕްގެ މައްސަލައެއް ބަލަމުންދާ ކަން ފުލުހުން ކަށަވަރުކޮށްދެ އެވެ. އެކަމަކު އޭގެ އިތުރު އެއްވެސް ތަފްސީލެއް އަދި ފުލުހުން ހާމައެއް ނުކުރެ އެވެ. އަދި އެ މައްސަލައިގައި މީހަކު ހައްޔަރު ކުރިކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
މި މައްސަލަ ފެންމަތިވުމާ އެކު، ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެކަން ކުށްވެރި ކުރަމުންނެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާތީ އަންހެން ކުއްޖާ އަށް އެއް ބަޔަކު ތައުރީފް ކޮށްފައިވާއިރު، ރޭޕްކުރާ މީހުން ހިމާޔަތް ލިބޭ ތަނަކަށް ރާއްޖެ ވެގެންދަނީތޯ ވެސް ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ފަހަކަށް އައިސް އިތުރުވަމުންދާ ބާވަތުގެ މައްސަލަތަކެކެވެ. މިދިޔަ އަހަރު އެކަނި ވެސް 400 އަށް ވުރެ ގިނަ އެފަދަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަތިސް
07 January 2018
ކަންކަމުގެ ހަގީގަތް އެނގޭނީ ހަށިގަނޑުގެ ލޮލާ ހިތުގެ ލޯ ވެސް ހުރެގެން. ހިތުގެ ލޯ ނެތް މީހުން ބުނާނީ ގަހަކީ ބިންމަތީގަ ކޮޅަށް ހުންނަ އެއްޗެކޭ. ބިމުގަ އަޑީގަ ގަހުގެ އެންމެ މުހިއްމު ބައި ހުންނަ ކަމެއް އެމީހުންނަކަށް ނުފެންނާނެ. އަންހެނުންނާ ފިރިހެނުންގެ އުޅުން މިހާރު ހުންނާނީ ދެ ޖިންސު އުފެއްދެވި މަގްސަދާ ވެސް ހިލާފަށް.
ހެހެ
06 January 2018
"ރޭޕް" މިބަސް ރާއްޖޭގެ ގާނޫނުތަކުގަ އޮވޭތޯ ނުވަތަ ނޫންތޯ ބޭފުޅަކު ވިދާޅުވެ ދެއްވަފާނަންތޯ؟
އިސްމާޢީލް
07 January 2018
އޮންނާނެ. ޤާނޫނުލް އުޤޫބާތަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުން، ޤާނޫނުލް އުޤޫބާތުގެ 130 ވަނަ މާއްދާއަށް ގެނައި އިޞްލާޙުގައި އޮންނާނީ "ރޭޕްކުރުން" މިގޮތަށް.
ިަހަމަހަމަ
06 January 2018
19 އަހަރުގެ ފިރިހެން ކުއްޖެއް ވިއްޔާ ފިރިހެން "މީހާ" ، އެކަމަކު 19 އަހަރުގެ އަންހެން ކުއްޖެއް ވީމަ އަންހެން "ކުއްޖާ". ކޮބާ ހަމަ ހަމަ ކަން
ފާތީ
06 January 2018
ކޯޓުންހުކުންކުރޭ ބަރާބަރަށް. އެހިސާބުން ތަންފީޒުކުރަންހަވާލުކުރަނީ ދައުލަތާ. ކުއްވެރިޔާ ދޫކޮށްލަނީއެހިސާބުން. ސިޔާސީނުފޫޒުވަންނަނީވެސް ހުކުންކުރާހިސާބުން. އެންމެފަހުންގޯސްވަނީ ކޯޓުތަކާއި ފަނޑިޔާރުން.
ވަހީދު
06 January 2018
ދެން ނިހާނު ބުނިހެން އޭނަ ހައްޔަރު ކޮފފަ ދޫކޮށްލީމަ ސޭކުސްތާނު މީހުން ހީކުރާނީ އޭނާއަށް އެކުށުގެ އަދަބު ލިބުނީކަމަށް. ހެޔޮ ދައުވާ ނުކުރިޔަސް. ދެން އަތްޖަހާ ފެންބުރުވާ
ހައިރާމޭ
06 January 2018
މިހާރު ދެންނުވެ އޮތީޔާ އޮތްކަން ތިފެއްޓެނީ. ތަހުޒީބު މަގުން އިދިކޮޅަށް ދާ ބަޔަކު މިނޫނީ ނުދެކެން
ހަސަނު
06 January 2018
އަސްލު މަ އަޑު އަހާ ގޮތުން ތީ ފުލުހުންނަށަ ނުވެސް ބެލޭނެ މައްސަލައެއް... ޢެއީ އަނެކަކުގެ ކޮށްކޮއެކޯ އެކަންކުރީ.. އެހްނ ވީމާ ތީ ނުބެލޭނެ މައްސަލައެއް... ކުއްވެރިވާ ކުލައިގެ މީހެއްނޫނިއްޔާ ނުވާނެ....
އެ
06 January 2018
ކާކުގެ?
ރިސޯޓުހިއްސާނުދިންސަރުކާރު
06 January 2018
ޖަޕާނު ދަރިކޮޅު މީހުން ނަމަކާ ތިހެންނުވާނެ ކިތަންމެ ބުރިޓިސް ހެދިގެން އުޅުނަސް ހަމައިންޑިޔާ ދަރިކޮޅައްވާނީ ރާއްޖެ
ފާތީ
06 January 2018
ރާއްޖެއެކޭ އިންޑިއާއެކޭތަފާތެއްނެތްމިހާރަކު. ބައެއްމީހުން އަންހެނުންދެކެނީ ދެތިންދަރަޖަދަށްބައެއްގެގޮތުގައި. އެގޮތަށްދެކޭބަޔަކު އެބަޖެހޭސައިޒުކޮށްލަން އަދުލުއިންސާފުގާއިމުކޮށްދޭފަރާތްތައްމެދުވެރިވެގެން.
ފާއިޒް
07 January 2018
އިންޑިޔާގަ ގިނައީ ފޭކް ރޭޕް. ގޫގްލް ގަ ޖަހާބަލަ
ވަހީދު
06 January 2018
އިންޑިއާ ދަރިކޮޅު މީހުންނަށް ވީމަ ކަންނޭގެ ދިވެހިން އެހާ ރޭޕް ކުރަނީ