ފުލުހުންގެ ވެހިކަލެއް: ކުށްކުރާ މީހުންނަށް އަދަބުދޭން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އެމްޑީޕީން ބުނި.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
07 ޖެނުއަރީ 2018 - 13:00
ރޭޕް ކުރުން ފަދަ ބޮޑެތި ކުށްތައް ކުރާ މީހުންނަށް ހައްގު އަދަބު ދިނުމާއި އެ ކަންކަން ހުއްޓުވަން ފުލުހުންނާއި ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް އެމްޑީޕީން މިއަދު ބުނެފި އެވެ.
މިދިޔަ ބުދަ ދުވަހު މާލޭގައި ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ، އެކަށީގެންވާ އަވަސް މިނެއްގައި ބޮޑެތި ކުށްތައް ނުބެލި، ރާއްޖެ އިން އަދުލު އިންސާފު ގެއްލި ހަލާކުގެ ތެރެ އަށް ވެއްޓެމުން ދާ ކަމަށެވެ. އަދި ރޭޕުކުރި ކަމަށް ބުނާ މައްސަލަ ވީހާ ވެސް އިންސާފުވެރިކަމާއި މިނިވަންކަމާއެކު ތަހުގީގުކުރަން އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ރޭ ވަނީ 33 އަހަރުގެ ފިރިހެނަކު ގދ. ތިނަދޫން ހައްޔަރުކޮށްފަ އެވެ.
އެމްޑީޕީގެ ބަޔާނުގައި ބުނީ ރޭޕްގެ މައްސަލައިގައި ޖަވާބުދާރީނުވެ ފުލުހުން ގިނަ ދުވަސްތަކެއް ވަންދެން ހިމޭނުން ތިބުމަކީ އެ ފަދަ ކަންތައް ކުރާ މީހުންނަށް ލިބޭ ހިތްވަރެއް ކަމަށެވެ.
ނަމަވެސް ފުލުހުން ބުނެފައިވަނީ އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށާއި އެކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
"ޖިންސީ އަނިޔާ ކުރުމާއި މަސައްކަތުގެ މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުން އާއްމު ވެފައިވާއިރު، އެފަދަ މައްސަލަތައް ފެންމަތިވުމުން ދައުލަތުގެ އެންމެ މަތީ ފެންވަރުގައި ވެސް އެ ކަންކަން ފޮރުވުމަށް މަސައްކަތްކޮށް، ޖިންސީ ފުރައްސާރަ ކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކަށް ސިޔާސީ ބޮޑެތި މަގާމުތައް ދެމުން އަންނަ ކަމީ މިފަދަ ސަގާފަތްތައް މުޖުތަމައުގައި އާއްމުވުމަށް މަގުފަހިވާ ކަމެކެވެ،" ބަޔާނުގައި ބުންޏެވެ.
ރޭޕަކީ އަނިޔާވެރި ބޮޑު ކުށަކަށް ވާއިރު، އެފަދަ އަނިޔާތައް ތަހައްމަލު ކުރަމުންދާ ހުރިހާ އެންމެންނަށް ވެސް ރައްކާތެރިކަން ހޯދައިދޭން ޖެންޑާ މިނިސްޓްރީ އާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އެމްޑީޕީން ވަނީ ގޮވާލައިފަ އެވެ.
މިދިއަ ހަފުތާގައި އާޓް ސްޓޫޑިއޯއެއްގައި 19 އަހަރުގެ އަންހެން ކުއްޖާ ރޭޕްކޮށްލީ އާޓް ޕްރޮޖެކްޓަކަށް އެހީތެރިވާން އޭނާ އެތަނަށް ގެންގޮސްފައި ހުއްޓާ ކަމަށް އޭނާ ބުންޏެވެ.
ބައެއް މީޑިއާތަކުގައި އަންހެން ކުއްޖާއާ ހަވާލާދީ ލިޔެފައިވާ ގޮތުގައި ރޭޕް ކުރުމަށް ފަހު، އެ ކަން ސިއްރު ކުރަން އޭނާ އަށް ފައިސާ ވެސް ހުށަހެޅި އެވެ. އެ ކަމަކު އަންހެން ކުއްޖާ ވަނީ އެކަން ގަބޫލުނުކޮށް ކަމާ ބެހޭ ފަރާތްތަކަށް މައްސަލަ ހުށަހަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.
ނަމަވެސް އެ ވާހަކަތައް އެ ފިރިހެން މީހާ ދޮގު ކުރަމުން ބައެއް މީޑިއާތަކުގައި އޭނާ ބުނެފައިވަނީ އަންހެން ކުއްޖާ ދިޔައީ އޭނާ ދިރިއުޅޭ ކޮޓަރި އަށް ކަމަށާއި އެއީ ސްޓޫޑިއޯއެއް ވެސް ނޫން ކަމަށެވެ.
އޭނާ ބުނީ، އޭނާއަށް ތުހުމަތުކޮށްފައިވާ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެއީ އޭނާގެ އަބުރު ނަގާލަން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސްލު
07 January 2018
އެމްޑީީން އެބުނަނީ ތެދެއްނު؟ ބޮޑެތި ކުއްވެރިންނަށް އެކަށީގެންވާ އަދަބު ދޭން މަސައްކަތެއް ނުކުރާ ކަމުގެ އެންމެ ބޮޑު ހެކި އެއީ ނަޝީދު އާ ގާސިމް ރާއްޖޭން ބޭރުގައި އެހާ އަރާމުގައި އުޅުއްވުން. އެކަށީގެންވާ މަސައްކަތްކުރެވޭނަމަ އެމީހުން ތިބޭނީ ޖަލުގަ. އަދަބު ދިނުމުގެ މަސައްކަތް ދޯދިޔާވީމަ ފައިދާ މިވަނީ އަސްލު ކޮންބަޔަކަށް؟
ބިންބި
07 January 2018
އަންނިއަށް ދޭންޖެހޭ ހައްގު އަދަބު ދޭންވީ. 13 އަހަރުގެ ޖަލުހުކުމަކީ ބައްތި ނިވާލައިގެން ދޭވަރުގެ އަދަބެއް. އެއަށްވުރެ ޓެރަރިސްޓެއްގެ އަދަބު މާބޮޑުވާންޖެހޭނެ ކަމަށް އެމްޑީޕީވެސް އެއްބަސްވޭ.
އަލީގެ މަލީ
07 January 2018
މާގޭ ކޮޓަރިއަށް އޯކޭ ވެގެން އައިސް ދެން މަޅިޖަހަނީ
ޝާމް
07 January 2018
އަދީބު ދޫކޮށްނުލައިގެން އުޅޭ މީހުން މިކަހަލަ ވާހަކަވެސް އެބަދައްކައެވެ. ހަމަހެވެނީ އެވެ.
ޝިފާގު
07 January 2018
އެމްޑީޕީން ތިހެން ބުނީމާ އަޅުގަޑު ހަމަ އަންތަރީސް ވެއްޖެ. ކުށްވެރިންނަށް އަދަބުދޭން ނުޖެހޭނެކަމަށް ވަކާލާތުކުރާ ފަރާތަކުން ތިވާހަކަދައްކަން ލަދު ކޮބާ؟
ހުސޭނުބެ
07 January 2018
ސްޓަންޓް ޖެއްސޭކަށް ނެތް ކަލޭމެންނަކަށް!! ކުށްވެރިންނަކަށް އަދަބު ނުދެޔޭ ބުނެ!! ބަޔަކު ކުށެއްކޮށްގެން ގާނޫނުގައި އޮންނަ އަދަބެއް ލިބޭއިރަށް ކަލޭމެން ހަޅޭލަވައިގަނޭ!! އަނިޔާވެރި ސަރުކާރޭ ކިޔާފަ!! ފަނޑިޔާރަކު ވަގަށްނަގާ ރަހީނުކުރުވި މައްސަލައެއްގައި ނަޝީދު ކިޔާމީހަކަށް ގާނޫނުގައި އޮތް އަދެބެއް ލިބުނު!! ކަލޭމެންނަކަށް ކަމަކު ނުދިޔަ!! ރިޝްވަތު ދޭން ގާސިމްކިޔާ މީހަކު އުޅުނުކަން ޝަރީޢަތަށް ސާބިތުވީމާ ކުރި ޙުކުމް ކަލޭމެންނަކަށް ކަމަކު ނުދިޔަ!! ކޮރަޕްޝަން ޢަމަލު ހިންގިކަމަށް ޝަރީއަތަށް ސާބިތުވެ އަދީބު ކިޔާ މީހަކަށް ޙުކުމް ކުރީމާ ކަމަކުނުދިޔަ!! ބިރުދައްކާ ޓެރަރިޒަމަށް ހިތްވަރުލިބޭފަދަ ގޮވެލިތަކެއް ގޮވިކަން ޝަރީޢަތަށް ސާބިތުވެ އިމްރާން ކިޔާ މީހަކަށް ޙުކުމް ކުރީމާ ކަމަކު ނުދިޔަ!! މީގެ އިތުރުން އެކިއެކި ކުށްތަކުގައި ޝަރީޢަތަށް ސާބިތުވެގެން ޙުކުމް ކޮށްފައިވާ އެތައްބަޔަކު އެބަތިބި!! ކަލޭމެން އެވާހަކައެއް ނުދައްކާ!! މިހާރު ކުއްލިއަކަށް އައްސިއަރައިގެން ތިއުޅެނީޔޯ؟ މުޅިން ފޭކް ބައެއްތީ!! ސަލާމް!!
މިގޭ
07 January 2018
ކަލޭމެންގެ ކުރިމަތީގައި ކުއްވެރިއަކު ނުހުންނާނެ. ކުއްވެރިންގެ ތެރޭގައި ނަސީދު، އިމްރާން، ގާސިމް ނުހިމެނޭއިރު ދެން ކޮންކުއްވެރިންނެއް. ކޮސްނުގޮވާ މަޑުން ތިބެ. ކަލޭމެންނަކަށް ހެއު އެއްގޮތެއްވެސް ނޯންނާނެ.
ރިސޯޓުހިއްސާނުދިންސަރުކާރު
07 January 2018
ކިހިނެއް އަދަބުދޭނީ ފުރަމާލޭގެ މަގުތައް މިހާ ނުރައްކާ ހާލަތަކައް ވެއްޓިފަ އޮތީ ވެރިންގެ ދޯދިޔާކަމުން ގުރޫޕްތަކައް ބެހީ ތިމަންނާގެ ފައިސާއޭ އެއީ އަދީބު ދިނެއްކަމަކު ތިމަންނާގެ ފައިސާއޭ އެފައިސާ އަދީބު ނެތަސް ކޮންމެސް ގޮތަކުން ގުރޫޕްތަކައް ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދެއްވާނަމޭ މިހިރީ ތިޔަހުރިހާ ރައްޔިތުން ނައްއަޑުއިވިފަހުރި ވާހަކަ ދެންނަގާނެ މާނައެއް ތިޔަބޭފުޅުން ނަންގަވާ
އަލީ.
07 January 2018
ދޮގެއްނޫން ތިޔަބުނީ ވެފަވާ ވައުދެއްވެސް ފުއްދާނުދިން ސަރުކާރެއް ބުރިޖަކައްވުރެ ރައްޔިތުންގެ ޖީބުތަކައް ފުދުންތެރިކަން އިތުރުވީސް ރިސޯޓުހިއްސާ ދިންނަމަވެސް
ޔާގޫތުބެ
07 January 2018
ކިހިނެއްތޯ އަދަބުދޭނީ ބަލިވެގެން ދެންމެ ދެންމެ ދުނިޔެއަޅާ ދާ ނުދާވެގެން ސުޓެރެޗަރަކަށްލާފަ ބޭރަފޮނުވާއިރަށް އެކޮޅުގަ ފައިނުޖެހު ފުންމައިގެން ތެދުވެ ފިލަނީ
މެންޓަލިސްޓް
07 January 2018
ހެއްހެއް ،،،، ކޮންއަދަބެއްގެ ވާހަކައެއްތޯ ތިޔަދައްކަވަނީ ،،،،، ރާއްޖޭގައި މިހާރުއޮތް ކުލަ މަޖާގަނޑުގައި ބޯވައެއްހެން ކުަލަ ބަދަލުކޮއްލާއިރަށް އެމީހަކީ ކިތަންމެބޮޑު މުޖިރިމަކަށްވިޔަސް ވަގުތުން ސެއިންޓް ހޫޑް ލިބިގެންދާނެ ،،، އެއީ ރާއްޖޭގެ ސިޔާސީ ތާރީހް ހެކިދޭގޮތަކީވެސް ،،،،، މިސާލަކަށް އަދީބްބުރޯވެސް މިހާރު އޮޕޮޒިޝަންއެންމެނަށް ހަމަރަގަޅޭ ،،،، އޭނާގެ ފައިސާވެސް މިހާރުވެސް އޭރުވެސް ހަލާލޭ ،،،، ރިލްވާން ގެއްލިގެން އެކަމު ޓްވީޓްތަށް ކުރާނެ ފައިންޑްމޮޔަމީހާ ޖަހާފައި ،، ،،، އެކަމު އެކަންއިނގޭ މީޙުންނާއި ހިނގިމީހުންނާޢި މިތިބެނީ ގުޅިގެން ކަމަށް ސެޓަލައިޓް ފޮޓޯތަކުން ފެނޭ ،،،، ވީމާ އިދިކޮޅުމީހުންވެސް ހިތްނިޔަތް ސާފްކޮށް ކޮންމެވެސް އެއްލަވައެއް ކީމައި ރަގަޅުވާނީ ،،،، އިންސާފްގެ ވާހަކަދައްކަނީމަ ނިކަންރަގަޅަށް އެމަގުގައި ތިއްބަވާ ،،، އެހެންނޫނީ ބޭކާރު ވާހަކަނުދައްކަވާ މުޖްތަމައު ހަލާކު ނުކުރައްވާ ،،،، މައައްސަލާމާ