ސަސްޕެންޑްކޮށްފައިވާ ގއ. އަތޮލުގެ ތިން ކައުންސިލަރުންނާއި އިންޑިއާގެ ސަފީރު-- ފޮޓޯ: ޓުވިޓާ
08 ޖެނުއަރީ 2018 - 12:58
ސަރުކާރުގެ ހުއްދަ ނުހޯދައި ބޭރުގެ ސަފީރަކާ ބައްދަލު ކުރައްވައިގެން، މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ސަސްޕެންޑް ކުރި، ގއ. އަތޮޅު ކައުންސިލް ތިން މެމްބަރުންގެ ތެރެއިން އެއް ކައުންސިލަރަކު މިހާރު ވަނީ މަސްވެރިކަމުން އާމްދަނީ ހޯދަން ފަށައިފަ އެވެ.
ދާންދޫ ދާއިރާގެ ކައުންސިލަރު ހުސެއިން އާދަމް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އެރަށު ދޯންޏަކުން ކަނޑުމަހުގެ މަސްވެރިކަން ކުރަން ފެށީ، ސަސްޕެންޝަންގެ މުއްދަތުގައި މުސާރަ ނުލިބޭނެތީ އާމްދަނީ ހޯދުމަށެވެ. އޭނާ މަހަށް ދާން މި ފެށީ ސަސްޕެންޝަން އުވާލެވޭތޯ ކުރި މަސައްކަތް ނާކާމިޔާބު ވުމުންނެވެ.
"ތިން މަހަށް ވީމަ، އެހެން ވަޒީފާއެއް ވެސް ނުލިބޭނެންނު. ދެން ސަސްޕެންޝަނުގައި ހުސްކޮށް ރަށުގައި ނުހުންނަން ވެގެން މަސްވެރިކަން މި ފެށީ." މަސްވެރި އާއިލާއަކަށް ނިސްބަތްވާ ހުސައިން ވިދާޅުވި އެވެ.
ދާންދޫ ދާއިރާގެ ރަށްތަކަކީ މަސްވެރި ރަށްތަކަކަށް ވާއިރު، މަސްވެރިންނާ އެކު ވަގުތު ހޭދަކުރުމަކީ ދާއިރާގެ ރައްޔިތުންނާ ގާތްކޮށް ވަގުތު ހޭދަކޮށްލަން ލިބޭ ފުރުސަތެއް ކަމަށް ހުސައިން ދެކެ އެވެ.
My father was a fisherman, all my brothers are fishermen.I represent a constituency of fishing families. I'm proud to be a fishing councilor https://t.co/pPnF66YDyw
— hussainadam (@hussainadam1983) January 7, 2018
ކައުންސިލަރުގެ މަގާމުން މަހެއްގެ މައްޗަށް 18،000 ރުފިޔާ ލިބޭ އިރު މަސްވެރިކަމުން އެ އަށް ވުރެ ރަނގަޅު އާމްދަނީއެއް ލިބެމުން އަންނަ ކަމަށް ހުސައިން ވިދާޅުވި އެވެ.
"ރަނގަޅަށް ބޭނޭ ދުވަސްވަރު އެބަ ލިބޭ ހަފުތާއަކު 10،000 ރުފިޔާ. މަހަކަށް އަންދާޒާ ކޮށްލާއިރު ލިބޭނެ ކަމަށް ބެލެވޭ 30،000ރ. ވަރު،" މީގެ ކުރިން ވެސް ޗުއްޓީތަކުގައި މަހަށް ގޮސްފައިވާ ހުސައިން ވިދާޅުވި އެވެ.
ކައުންސިލްގެ ވަޒީފާ އަދާކުރުމަށްޓަކައި އޭނާ ހުންނަން ޖެހެނީ ގއ. ވިލިނގިލީގަ އެވެ. ނަމަވެސް މިހާރު މަސްވެރިކަމުގައި ދުވާލު އުޅެފައި ނިދަން އަމިއްލަ ރަށް، ދާންދު އަށް ދެވުމަކީ ބޮޑު ފަސޭހައެއް ކަމަށް ހުސައިން ދެކެ އެވެ.
ނަމަވެސް ކައުންސިލްގެ ޒިންމާ އިން އެކަހެރިކޮށްފައި ހުރުމަކީ އޭނާ އަށް ފަސޭހަ ކަމެއް ނޫނެވެ. ރައްޔިތުންނަށް ހިދުމަތް ކުރަން އެ މަގާމަށް ނުކުންނަން އޭނާ ބޭނުންވެ އެވެ. ސަސްޕެންޝަން އުވާލަ ދިނުމަށް އެދި އޭނާ ވަނީ ކޯޓަށް މައްސަލަ ވެސް ހުށަހަޅާފަ އެވެ.
"އެލްޖީއޭ އިން އަންގާ ދުވަހަކުން ފެށިގެން ދާނަން. ރައްޔިތުންނަށް ވެސް ވަރަށް ދަތިވާނެ ލިބެން ޖެހޭ ހިދުމަތްތައް ނުލިބި ތިބެން ޖެހުނީމަ. އަނެއްކޮޅުން ކައުންސިލުން ރާވާފައިވާ ކަންކަން ވެސް ކުރިއަށް ނުގެންދެވި މިވަނީ،" ހުސައިން ވިދާޅުވި އެވެ.
އޭނާއާ އެކު ދެން ސަސްޕެންޑްކުރި ދެ ކައުންސިލަރުން ކަމަށްވާ އަހުމަދު ނަޒްމީން އާއި އަހުމަދު ފުއާދު ވެސް ވަކި ހާއްސަ މަސައްކަތެއް ނެތި ރަށުގައި ތިބި އިރު އެ މީހުންގެ އެދުމަކީ ވީހާ ވެސް އަވަހަކަށް ސަސްޕެންޝަން އުވައިލަ ދިނުމެވެ.
ގއ. އަތޮޅު ކައުންސިލްގެ މެމްބަރުން ސަސްޕެންޑް ކުރީ ޚާއްސަ ހުއްދައަކާ އެކު ނޫނީ ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރުން މަނާކޮށް ސާކިއުލާއެއް ނެރެފައިވަނިކޮށް، އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަކިލޭޝް މިޝްރާއާ ބައްދަލުކުރެއްވުމުންނެވެ. އެކަމަކު ކައުންސިލަރުން ވިދާޅުވީ ލޯކަލް ގަވަރްމެންޓް އޮތޯރިޓީގެ އެ އެންގުން ލިބުނީ ބައްދަލުވުން ނިމުނު ފަހުން ކަމަށާއި އެހެންވެ، އެއީ އެ ކައުންސިލަރުންނާ މެދު ފިޔަވަޅު އެޅޭނެ ކަމެއް ނޫން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަކަމަަނަ
09 January 2018
ޕްރިންސިޕަލްއޭ..!
ާއަމީޒު
09 January 2018
އާނ ހުސެއިން އަކީ ކައުންސިލަރުކަމަށް އައުމުގެ ކުރިން ޕްރިންސިޕަލެއް
ހައިޘަމް
08 January 2018
އަހަރެން އެކައުންޓިން ޑިގްރީއެއް ހަދައިގެން ތިޔަ ސިވިލް ސަރވިސް ވަޒީފާއިން 10 ހާސް ވެސް ނުޖެހޭ. ޗުއްޓީއެއްގައި ގޮސް މަޖަލަަކަށް މަހައްދިޔާމާ ލިބުނީ 20 ހާސް. ދުން ޖަހާފައި މާލެ ގޮސް ވައިފް އާ 2 ކުދިން ގެނެސް ރަށުގެ ޓިނު ފުރާޅު ގެއަށްލީ. މިވީ 5 އަހަރު ތެރޭގައި މިހާޜު އެއީ ރަށުގައި ހުރި އެންމެ ރީތި ގެ. ކުދިން އޭލެވެލް ހަދާކަށްވެސް މާލެ ފޮނުވަން ގަސްތެއް ނުކުރަން. ނިމުނީމާ ޑިގްރީ ހަދަން ސީދާ ރާއްޖޭން ބޭރަށް. ހާދަ ލާރިއެއް ލިބިއްޖޭ. ކުލި ދައްކަން ނުޖެހުމުން ހާދަ ލާރިއެއް ސަލާމަތް ވެއްޖޭ! މާލެއަކީ ހަމަ އަހަރެެމެންނަށް ދަންތުރައެއް. ތިޔަ ސަރުކާރު ވަޒީފާވެސް މަ ނުބުނާނަން ބުއްދި ސަލާމަތުން ހުރި އަނބިދަރިން ބަލަންޖެހޭ ފިރިހެނަކު ހޯދުން ރަގަޅު ވަޒީފާއެކޭ! މީ މަގޭ ތަޖްރިބާ. މަސްވެރިކަން ހަބޭސް.
ހައިޘަމް
08 January 2018
އެންމެފަހުން އެބޯޓުގެ ކޭޝިޔަރަކަށްވެސް ހަދައިފި! އޮޑިވެރިޔާގެ ފިހާރަ ހިސާބު ބެލެހެއްޓުމާއެއްކޮށް. ރަށުގެ އެހެން ފިހާރަތަކުންވެސް ރޭގަޑު އެމަސައްކަތްވެސް ލިބޭ. އެކަމަކު މަސްވެރިކަން ދޫކުރާކަށް ގަސްތެއް ނުކުރަން. އެއަށްވުރެ ލާރި ލިބޭ ކަމެއް މިރާއްޖެއަކު ނެތް.
އަތްޖަހާ
08 January 2018
ހާދަ އުފާވެރި ޚަބަރެކޭ. ވައްކަން ނުކޮށް ހަލާލު ގޮތުގަ ޕްރިންސިޕަލް ފައިސާ ހޯއްދަވާތީ.
ހަމީދު
08 January 2018
ކައުންސިލަރަކަށް އެގައުމަކުން އަނެއްގައުމަކާއި ދޭތެރޭގައި ގެންގުޅޭ ސިޔާސަތަށް އުނި އިތުރު ގެނައުމުގެ ފުރުސަތާއި ބާރު އޮވެބާ ނުވަތަ ސަފީރަކަށް މި ބާރު ނުވަތަ ފުރުސަތު އޮވޭބާ ނޫން ނޯވޭ މި ދެފަރާތުންވެސް ކުރާ މަސައްކަތަކީ އެގްއުމެއްގެ ސަރުކާރުން ގެންގުޅޭ ޕޮލިސީ ތަންފީޒްކުރުން އެބައިމީހުންގެ ގާނޫނީ ވާޖިބަކީ އެއީ ކައުންސިލަރުންނަކީ މިނިވަން ބައެކޭ ނުވަތަ ބާރުތަކެއް ލިބިދީފައިވާ ބައެކޭ ހީކުރިޔަސް އެބައި މީހުންގެ ގާނޫނީ ޒިންމާއަކީ ސަރުކާރުގެ ޕޮލިސީ ތަންފީޒްކުރުމުގަ އެހީތެރިވުން އިމެއްގެތެރޭގަ ވަކި ހުދޫދެއްގެ ތެރޭގައި ކީއްވެބާ ކައުންސިލަރަކަށްވީމަ އިޒްރޭލާއި ގުޅުންކަނޑާލަން ނުނިންމަނީ އެކަމެއް ނުވާނެ ދެއްތޯ އެހިސާބުން މިނިވަންކަން ނެތޭ ބުނަންވީ ގައުމެއްގަ ވިއްޔާ އުސޫލަކާއި ހަމަތަކެއް އޮންނާނެ ހަމަ ހިތަށް އެރީމަ ނުވަތަ ޖެއްސުން ކުރުމުގެ ރޫހެއްގައި ކަންކަން ކުރުމީ ދެރަކަމެއް
ބޯލްޓް
08 January 2018
ތިހާ ދިގު ކޮމެންޓް ސުކުން ޖަހާފަ ލިޔުނީމައި ތަންކޮޅެއް ފަސޭހަވާނެ ކިޔުންތެރިންނަށް ނަގައިގަންނަން! ކައުންސެލަރު ވަޒީފާއިން ސަސްޕެންޑް ކުރީމަ އާމްދަނީ ހޯދަން މަހަށް ދިޔުމަކީ ހަމަ ބަރާބަރު ކަމެއް،
ގެޓަގުލް
08 January 2018
ޙަމީދު އިންނެވިންތޯ އެބުނާ ބައްދަލުވުމުގާ؟ އިންނެވިނަމަ ދެއްތޯ އެގޭނީ ދެއްކީ އުނިކޮންތޯ އިތުރުކޮންތޯ ވެސް. ނޫނީ ކައުންސިލަރުން ނުވަތަ އެމްބެސެޑަރ އެވާހަކަ ދެއްކެވީތޯ؟
ޢަހުމަދު
09 January 2018
ޙަމީދު ބުނެބަލަ ކައުންސިލުން އަރައިގަތީ ކޮން ޕޮލިސީއަކަށްތަ. ކަލެއަށް އެނގޭހެން ހީވާތީ.
އެފް އެމް
08 January 2018
ކޮންމެ މަގާމަކާއި ބާރުވެރިކަމަކާއި މިނިވަންކަމަކާއި އެކުވެސް ޒިންމާތްކެއްވާނެ އަހަރެމެނަށް ދިމާވި މައްސަލައަކީ މަގާމާއި މިނިވަންކަމުގެ ސަބަބުން ޒިންމާގެ މަތިން ހަނދާންނެތުން ތިޔަ ބުނާ ސަފީރުންތަކާއި ބައްދަލުކޮށް ރަށަށް ދާއިރާއަށް ނުވަތަ ގައުމަށް ގެނެވުނީ ކޮން ފައިދާހުރިކަމެއްބާ ނުވަތަ ކުރެވުނީ ރަށަށް ނުވަތަ ދާއިރާއަށް ކޮން ކުރިއެރުމެއް ގެނައުމުގެ މަޝްވަރާތަކެއްބާ އެފަދަ ކަމެއް ހުށަހެޅުނަސް ސީދާ އެގައުމުތަކުގެ އެހީގަ އެފަދަ ހުށަހެޅުމެއް ތަންފީޒުކުރުމުގެ ފުރުސަތު ރާއްޖޭގެ ސިސްޓަމުގެ ތެރެއިން ލިބޭބާ ހަމައެކަނި ފޮޓޯއެއް ނެގުމަށް ނުވަތަ ސިޔާސީ އަޑެއް އިއްވުމަށް މަގާމުގެ ހައިސައްޔަތު ބޭނުނުންކުރުމީ އެބުނާ ޒިންމާދާރު ކަން ނެތުން ގައުމުތަކުގެ ސަފީރުނަށް އެގައުމަކުން އަނެއް ގައުމަށް އެހީއެއް ދިނުން ނުވަތަ ޕޮލިސީއެއް ކަނޑައެޅުމުގެ ބާރު ނެތިމެ ކައުނ ސިލްރަކަށްވެސް ހަމަ އެފަދަ ބާރެއް ނުވަތަ ކުޑަމިނުން ގައުމަކުން ދޭ އެހީއެއް ބަލައިގަތުމުގެ ފުރުސަތު ނެތަމެ މިކަމަކީ ޖެއްސުން ކުރުން ނޫންކަމަކަށް ނުވާނެ
ބޯލްޓް
08 January 2018
ކީކޭތޯ ތި ކިޔަން އުޅެނީ؟ ދިގު ސިންގާ އެއްފޮޅުވަތުން ލިޔުނީމައި ވާއެއް ނުވާއެއް ނޭނގޭ. ކައުންސެލަރު އާމްދަނީ ހޯދަން މަހަށް ދިޔުމަކީ ހަމަ ވަރަށް ބެސްޓް ކަމެއް.
ޗިކުސް
08 January 2018
ސަރުކާރު ނުފޫޒް ހުރިވަރު ތި ހާމަވެގެންދަނީ.
ހެޔޮއެދޭމީހާ
08 January 2018
ކުލީކޮޓަރިތައް ދޫކޮއްފަ އެބައެއްގެ ރަށައް އެބަޔަކު ބަދަލުވޭ ހެޔޮނުވާނެ މާލޭގަ އަޅުމާލެޔައް ސަނާކިޔަންތިބެން ރޯދި ދެއްވަނީ ﷲ
ފެނޭތޭ
08 January 2018
ކޮބާ ހުންނާނެ ރަނގަޅަށް ސަފީރާއި ބައްދަލު ކުރެވިފައި އެމްޑީޕީގެ ކައުންސިލަރަށް. މަހަށް ދޭ ދެން އިނގޭ. ހުންނާނެ މިހާރު ރަނގަޅަށް ރާކަނި މަސް ކެވިފައި ދޯ.
45666
08 January 2018
މަހަށޭ އެދަނީ. ވައްކަން ނުކޮށް ގުލާނު ނުކޮށް މަހަކު 30 ހާސް. ހަޖަމް
ފެނޭތަ؟ ރަގަޅަށް ބަލާ!
08 January 2018
ﷲއަކްބަރު. ރިޒްގު ދެއްވަނީ އެކަނލާގެ. އެބޭޅާއަށް ހީވެދާނެ ތިމަންނައަށް މީހެއްގެ ރިޒުގުގައި އަތް އެޅިދާނެ. ނޭޅޭނެ . މިބުނީ ނޭޅޭނޭ. ކުދިން ހިއްވަރުކޮށް ފަތިފުއް ކިޔާލާ. ބަނޑަކު ނުޖެހޭނެ. އެހެރީ ގާސިމްވެސް. ހަމަ ކައިގެން ބޮއިގެން އެއުޅެނީ. ހަލާލް މަސައްކަތުން. ދެން މިތިބަ ކުދިންވެސް ހަމަ އެއަށްވުރެ ތަނަވަސް ކަމުގައި އެއުޅެނީ. ގައުމު ހަމަމަގަށް ގެންނަން ބުނާ ކޮންމެ ބަހަކީ ޖިހާދެއް!
މަހޭ
08 January 2018
މުޅި ދާންދޫ އަކީ މަސްވެރިކަމުގެ މައްޗައް ބަރޯސާ ވެފައިވާ ރަށެއް.
25634
08 January 2018
ކަލޯ ތިޔޭ މިހާރު ކުރަންވީ ކަމަކީ. މަށަށް މިދިއަ ހަފްތާ 18 ހާސް. މިހަފްތާގައި 15 ހާސް. ގއ. މަސްވެރިކަން ހަބޭސް. ދަރި ކައިރީން ބުނެފިން މާލޭގައި ކުލިދައްކަން ނޫޅެ އަންނާށޭ. އެސޮރު ރަށަށް އަންނަން ފޮށި ބަންނަނީ.