ދިވެހި ނޫސްވެރިން ބޭއްވި ހިނގާލުމެއްގެ ތެރެއިން: ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްތައް ދަނީ ކުރިމަތިވަމުން -- މިހާރު ފޮޓޯ
16 ޖެނުއަރީ 2018 - 10:26
"މިހާރު"ގެ ފަސް ނޫސްވެރިޔަކާއި ވީމީޑިއާގެ މައްޗަށް އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާ ކޮށްފައިވާ ދައުވާ އަނބުރާ ގެންދަން، ނޫސްވެރިންގެ ހައްގުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމާއަތެއް ކަމށްވާ ރިޕޯޓާސް ވިތައައުޓް ބޯޑާސް އިން އިއްޔެ ގޮވާލައިފި އެވެ.
އާރުއެސްއެފުން ކުރި ޓުވީޓެއްގައި ބުނީ އެ ޖަމިއްޔާ އޮތީ އޮޅުވާލުންތަކެއްގެ މައްސަލައެއް ރިޕޯޓްކުރުމުން ދައުވާއާ ކުރިމަތިވެފައިވާ ވީމީޑިއާ އާއި "މިހާރު"ގެ ފަސް ނޫސްވެރިންނާ އެކު ކަމަށެވެ. އަދި އެ ދައުވާތައް އަނބުރާ ގެންދަން ޖެހޭ ކަމަށް ވެސް ބުނެފައިވެ އެވެ.
#RSF expresses solidarity with the #Maldives #VMedia and 5 journalists from @Mihaarunews who are sued for #defamation after they reported the #truth over a #Hajj scam. At court on Tuesday. Charges must be dropped! #StopIntimidationOfJournalists https://t.co/rHXujlxqev
— RSF_Asia-Pacific (@RSF_AsiaPacific) January 15, 2018
އޮޅުވާލައިގެން ބަޔަކު ހައްޖަށް ގެންދިޔަ މައްސަލައެއްގައި ނަސްރުﷲއާ ބެހޭ ގޮތުން މީޑިއާތަކުން ފެތުރި ހަބަރާ ގުޅިގެން ބަދަލު ހޯދުމުގެ ދައުވާގެ ފުރަތަމަ އަޑުއެހުން މިއަދު އޮންނާނެ އެވެ.
މިދިއަ އަހަރުގެ ހައްޖުގައި ހަތަރު ދިވެއްސަކު ހާލުގައި ޖެހުނު މައްސަލަ ކުރިމަތިވުމުން ފުލުހުން ވަނީ ނަސްރުﷲ ހައްޔަރު ވެސް ކޮށްފަ އެވެ. އެކަމަކު ފަހުން ދޫކޮށްލީ އެވެ.
އޭނާގެ މައްޗަށް ޕްރޮސެކިއުޓަ ޖެނެރަލްގެ ފަރާތުން މިހާރު ވަނީ ޖިނާއީ ދައުވާ ވެސް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކޮލެޖް ބޯއީ
17 January 2018
ނަސްރު ގާނޫނުތަކަށް ވަރަށް މޮޅުވާނެެއެވެ.
ދުރުމި
16 January 2018
ހާދަ ބިރެކޭ ތިގައްނަނީ ނަސްރުދެކެ ރާއްޖޭގަ މިއުޅޭ ވަކީލުން ނައްވުރެ ޝޭޙް އަދި ގާނޫނީ ވަކީލް ނަސްރު މާމޮޅުވެފަ މާހުއްޖަތް ދައްކާނެ އަދި ޝަރިޔަތް ކުރަން އިންނަ ގާޒީވެސް އިންނަން ޖެހޭނީ އަނގަބެދިފަ އަދި ނަސްރަކީ އިސްލާމީ ޝަރިއާ ވަރައް މޮޅައް ދައްނަމީހެއް އަދި އިންޓަނޭޝަނަލް ގާނޫނު އިގޭމީހެއް ހުރިހާކޮޅަކުންވެސް ހުތްޖަތް ދައްކާނެ.
ޥާލުސޮރު
16 January 2018
ސުވާލަކީ މި ގައުމުގަ ޒިއްމާދާރު ނޫސްވެރި ކަމެށް އެބަކުރެވޭހޭ ދައުވާއެށް ކުރާއިރަށް ހާދަ ބިރެކޭދޯ ތިގަންނަނީ ބުނެލަން އޮތީ ކުއްސާބިތު ނުޥާހާ ހިނދަކު އެއަކަށް އެގޮތަކަށް ނުލިޔެވޭނެ ވަރަށް ސަލާން
ޙާމް
16 January 2018
މިވާބައެއް. ނޫސްވެރިންނާއި ސިޔާސީ މީހުން މިއީ މިދުނިޔޭގަ އުޅެންވީ ބަޔަކީ. މިމީހުން ކިތަންމެ ބޮޑުކަމެެއް ކުރިޔަސް އެއީ ކުއްވެރިވާ ބައެއްނޫން. މިއޮތީވާ ބައެއް
ރައްޔިތުމީހާ...
16 January 2018
ތިމައްސަލައިގަ ނޫސްވެރިންނަށް ދައުވާކުރަންޖެހޭ ކަމަށް ޤަބޫލްނުކުރެވޭ ! އަދި ތިދައުވާ އަނބުރާ ގެންދަން ޖެހޭކަން އަޅުގަނޑުވެސް ފާހަނގަކުރަން މިސާލް .. ވައްކަން ކުރާމީހާ ވައްކަންކުރީމާ އެމުދަލުގެ ވެރިފަރާތުން މައްސަލަ ކަމާބެހޭފަރާތްތަކަށް ރިޕޯރްޓްކުރުމަށްފަހު އެހެން ރައްޔިތުންގެ ސަލާމަތަކަށް އެމައުލޫމާތު އާއްމުކުރުމުން އާއްމުކުރަން ބޭނުންކުރިފަރާތް ނޫންނަމަ ވަސީލަތާއިގެން ވައްކަންކުރިފަރާތަށް އަބުރުގެ ދައުވާކުރެވޭކަމުގައިވަނީނަމަ މިމުޖުތަމައަކީ އިސްލާމީއުސޫލުންނާއި ދުނިޔެވީ ގޮތުން ރައްކާތެރި މުޖުތަމައެއްތޯ ސުވާލުއުފެދޭ އިނގޭތޯ ! ތިމައްސަލައިގަ ނޫސްވެރިން ބަދަލުދޭންޖެހިއްޖެނަމަ އަޅުގަނޑު ގަބޫލްކުރާގޮތުގައި މިރާއްޖޭގައި މަކަރާއި ހީލަތްހެދުމާއި އަދި ވައްކަންކުރުން ހުއްދަވީ ! ވަރަށް ސަލާމް.
އަހުމަދު އިބްރާހިމް
16 January 2018
ދައުވާ ކުރުމުގެ ހައްގު ކޮންމެ މީހަކަށްވެސް ލިބިގެންވޭ.... ދައުވާ ލިބޭ މީހުން ( ބޭރުގެ އެކި ޖަމްއިއްޔާ ތައް ) ބޭނުންކޮށްގެން ޑިފެންސް އަށް ކުޅެ ، ޕަބްލިސިޓީ ހޯދުމަށްވުރެ ކޯޓަށް ގޮސް ދައުވާ އިން ބަރީޢަ ވުން ބުއްދިވެރި....
ނަސްރާ
16 January 2018
ނަސްރަށް ހައްގުވެސް ލިބޭނެ
ނަސްރުﷲ
16 January 2018
ޞޭރުގެ ޖަމާއަތަކާ ބެހޭކަމެއްބާ މިވެސް. ޙައްޤަށް ނަސްރު ލިބޭނެ
އުނބުށެން
16 January 2018
ގޯސްކޮށް ހިނގާ ކަންކަމާ ދެކޮޅު ހެދުމާއި ރަނގަޅަށް ހިނގާ ކަންކަމަށް ހިތްވަރު ދިނުމަކީ ބޭރަކަސް އެތެރެއަކަސް އެންމެންވެސް ކުރަންޖެހޭކަމެއް ނޫންބާ.
ކިމް
16 January 2018
އެއީ މިކަހަލަ މައްސަލަތައް ބަލާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް. ބޭރުގެ އެހީތައް ހޯދާ ޔޫއެން ފަދަ ޖަމިއްޔާތަކާ ގުޅިގެން އުޅޭއިރު އެމީހުންވެސް ބުނަން ބޭނުންވާ އެއްޗެއް ބުނާނެ. ނޯތު ކޮރިޔާ ހެދިގެން އުޅެވޭވަރު ގައުމެއް ނޫން ރާއްޖެއަކީ.
ޖައިސާމް
16 January 2018
ޕީޕީ މީހުން ފާސްކުރާ ގާނޫނުތަކުން ވާގޮތްމީ. ވައްކަން ކުރީމަ ވައްކަން ކޮށްޕިއޭ ބުނީމަ އަބުރުގެ ދައުވާ ކުރުމަށް ފުރުސަތު ހުޅުވެނީ.