މައުމޫން ފައުންޑޭޝަނުން ބޭއްވި އިހްޔާފޯރަމެއްގައި މައުމޫނާ އެކު ފާރިސް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
12 ޖުލައި 2016 - 21:46
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި މައްސަލަ ބެލުމަށް ފަހު ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން ޕާޓީން ވަކިކުރަން ނިންމާފައިވާ ކަމަށާއި އެހެންވެ އެކަން ތަންފީޒުކޮށްދިނުމަށް އެދި ސުލޫކީ ކޮމެޓީން ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސްގެ އަރިހުން އެދެފި އެވެ.
ފާރިސް ޕާޓީން ވަކިކުރަން ސުލޫކީ ކޮމެޓީން ނިންމީ އިއުލާންނުކޮށް ފަޅު ރަށްތައް ދޫކުރެވޭ އިސްލާހު ފާސްކުރަން ޕީޖީ ގްރޫޕުން ތްރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް ހިލާފުވެވަޑައިގަތުމުންނެވެ. ޖަލްސާ އަށް ހާޒިރުވެވަޑައިގެން އިންނަވައި ފާރިސް ވޯޓު ދެއްވީ އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށެވެ.
ސުލޫކީ ކޮމެޓީން ފާރިސްގެ ބައްޕާފުޅު މައުމޫނަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ މައްސަލަ ބަލަައި ފާރިސްއާ މެދު ފިޔަވަޅު އެޅީ ޕާޓީގެ އަސާސީ ގަވާއިދާ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އެހެންކަމުން އެ ނިންމުން ތަންފީޒުކޮށްދޭން ޖެހޭ ކަމަށް ސުލޫކީ ކޮމެޓީގެ ސިޓީގައިވެ އެވެ.
ފާރިސް ވަކިކުރީ ޕާޓީގެ އެއްވެސް ކޮމެޓީއެއް ނުބާއްވަން މައުމޫން އަންގަވާފައި ވަނިކޮށް، ޕާޓީ އޮފީހުން ބޭރުގައި ބައްދަލުވުމެއް ބާއްވައިގެންނެވެ.
ފާރިސް ވަކިކުރަން ނިންމި ނިންމުން ތަންފީޒުކޮށްދޭން އެދުނުއިރު އޭނާގެ އެއްވެސް ސުލޫކީ މައްސަލައެއް ނުބަލާ ކަމަށާއި އެއީ ޕީޕީއެމް މެމްބަރެއް ކަމަށް ބުނެ ޕާޓީ އޮފީހުން ވަނީ މިދިޔަ ހަފުތާގައި ބަޔާނެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުކުމް
13 July 2016
އެވެރިން ހަލާކުވެދާ ހުށީ އެވެރިންގެ ނަގޫ ގޮެއްޖެހި ކަމަށް ބެލެވެނީ. 2012 ވަނަ އަހަރު ، ރައްޔިތުން ހޮވާފައި ހުރި ވެރިޔަކު ގަދަމަކުން ވައްޓާލާފައި އެކަމުގައި އުޅުނު މީހުންގެ ތެރެއިން ފަހަރަކު މީހަކަށް ހަމަ އެވެރީން ވެގެން ޖަލަށް ލުމަށް ހުކުމް ކުރާ ތަން މިފެންނަނީ. ﷲ ގެ ކުޅަދުންވަންތަކަން
މިނިވަން ޚިޔާލް
13 July 2016
މިއީވާ ހެއްވާކަމެއް. މިގައުމުގަ މިތިބަ ސިޔާސީމީހުންނޭކިޔައިގެން މިއުޅޭބަޔަކު މިއޮއްޖަހާސަކަރާތެއް. ލަދުންބޯހަލާކު.
މެންޓަލިސްޓް
13 July 2016
އެއްދުވަހު ބުނާނޭ ފާރިސް ވަކިކުރާކަށް ނޫޅެމޭ އަނެއްދުވަހު ބުނާނޭ ވަކިކުރާށޭ ، ކަލޯ ބަތްކައްކާކުޅެނީތަ ، ބުނަނަތޯ ރަގަޅުވާހަކައެއް ޕީޕީއެމްގެ އާންމުމެންބަރުން އެތިބީ ބޮޑުކާފަ ތިޔަޕާޓީގައި ހުންނާތީވެ ، ޕާޓީގެ މެންބަރުންގެ %5 ވެސް ރައީސްޔާމިން އަރިހުގައި ނުތިބޭނެ ، މިހަގީގަތް ބަލާލަަން އަޅެ ކާފަ ޕާޓީންވަކިކޮއްބަލް ، އެކަންކުރަން ނުގެރިގެން ތިޔައުޅެނީ އެހެންވެގެން ، ކާފައަކީ ޑިޕްލޮމެޓިކްމީހެއް ، ނަމަވެސް ރައީސްޔާމިންއަކީ އޭގެ އިދުކޮޅު ،
ޑޮން
13 July 2016
ފާރިޝްއަކާއި ނުކުޅެވޭނެ
ބޯހަލާކު
13 July 2016
ފާރިސް ޚިލާފު ވީ ޕާޓީ ގެ އަސާސީ ގަވާއިދުގެ ކޮން މާއްދާ އަކާ ތޯއެވެ. އަޅުގަޑަށް ހީވަނީ ތިޔަ ބިލަށް ވޯޓު ދެއްވި ހިރިހާ ބޭފުޅުން ވަނީ ޕީޕީ އެމް ގެ އަސާސީ ގަވާއި ދާ ޚިލާފު ވެފައެވެ، އެއީ ޕީޕީއެމް ގެ އަސާސީ ގަވާއިދު ގެ ބޮޑު ބައެއް ވަނީ ގައުމުގެ ހެވާ ލާބަ އަދި މަސްލަހަތު ކުރި އަރުވަން ކަމަށް ވާތީއެވެ.
ޠރތ
12 July 2016
އޮޅުން ބޮޅުން. ފާރިޝް ވަކި ނުކުރެވެ ވޭނެ. ޟަޖިލިސް މެންބަރުން 32 ވޯޓް އާންމު މެންބަރުން ބޭނުމި އުމަރު ފާރިޝް
އައި
12 July 2016
ތިދެން ބޮޑު ޖޯކަކަށް ވެއްޖެ ކަމެއް ނު.
ޝާމް
12 July 2016
ކިރިޔާ %50 ހަމަކޮށްގެން ވެރިކަމަށްއައި ސަރުކާރަކުން 3 އަހަރުވާއިރު އިތުރަށް މީހަކު ލިބުމުގެ ބަދަލުގައި ކޮންމެ ދުވަހަކީ ސަރުކާރަށް އޮތް ތާއީދު ދަށްވަމުންދާ ދުވަހެއް. ދުވާލަކު މީހަކު ޕާޓީއިން ކަނޑަމުންގޮސް 2018ގަ ވޯޓްލާންދާއިރު ޕީ.ޕީ.އެމް ގައި ހުންނާނީ ރައީސް ޔާމީނު އެކަނިކަމަށް ލަފާކުރޭ
ޔަގީން
12 July 2016
އެވެރިން ގޮއްޖެހޭނީ އެވެރިންނާ....!!!