މުސްތަފާ އާއި ނިހާން: ދެ ބޭފުޅުން ވަނީ މީޑިއާ އަށް އޮތް ލޯބި ބަންޑުންކޮށްލައްވާފައި.
25 ޖެނުއަރީ 2018 - 18:26
ތިމަރުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ މީޑިއާ އަށް ދެއްވީ އިންޒާރެކެވެ؛ ދިފާއުގައި ނިކުންނެވީ، ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާނެވެ. ދެން ފެށުނީ މީޑިއާ އަށް އެ ބޭފުޅުންގެ ހިތްޕުޅުގައި އޮތް "ލޯބީ"ގެ ވާދަވެރި ބަހުސެވެ.
ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި މައްސަލައިގެ ކަންބޮޑުވުން ފާޅުކުރެއްވުމަށް މިދިޔަ ހޯމަދުވަހު ސުޕްރީމް ކޯޓަށް ވަޑައިގަތުމަށް ފަހު މުސްތަފާ ވިދާޅުވީ، އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިއްޖެ ކަމަށް ލިޔާ ނަމަ މީޑިއާތަކަށް ދައުވާ ކުރަން 12 މެމްބަރުން ނިންމަވާފައިވާ ކަމަށެވެ. މުސްތަފާގެ މި ވާހަކަ ބަލައިނުގަނެވުނު މީހުންގެ ތެރޭގައި ނިހާން ވެސް ހިމެނިވަޑައިގަންނަވަ އެވެ.
އެހެން މައްސަލައަކާ ގުޅޭ ގޮތުން ޕީޕީއެމްގެ އޮފީހުގައި އިއްޔެ ބޭއްވިި ނިއުސް ކޮންފަރެންސްގައި، މައުލޫއުއާ ނުގުޅޭ ސުވާލުތަކަށް ޖަވާބު ނުދެއްވާނެ ކަމަށް ވިދާޅުވުމަށް ފަހު ވެސް ދޭތެރެއެއް ހޯއްދަވައި ނިހާން ވަނީ، ނޫސްވެރިންގެ "ދިފާއުގައި" ވާހަކަ ދައްކަވައިފަ އެވެ.
ނޫސްވެރިންތަކެއްގެ މައްޗަށް، އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް ނަސްރުﷲ މުސްތޮފާ އަބުރުގެ ދައުވާ ކުރެއްވި މައްސަލަ އާއި އެ ނޫން ވެސް ނޫސްވެރިންނަށް ކުރިމަތިވާ ހުރަސްތަކަށް ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވީ އޭނާ ހުންނެވީ ނޫސްވެރިންނާ އެކުގައި ކަމަށެވެ. މުޖުތަމައުގައި ހިނގާ ކަންކަމަކީ، ނޫސްވެރިންގެ އަތުގައި ހެކި ހުރި ނަމަ، ހަގީގަތް ފޮރުވުމެއް ނެތި ތެދުވެރިކަމާ އެކު ލިޔަން ޖެހޭ ކަންކަން ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލުކުރަން ހަގީގަތާ އެއްގޮތަށް ނޫސްވެރިން ލިޔަން ޖެހޭނެކަން. ނޫސްވެރިޔާ ލިޔުނީތީ ގޯސްވެގެން ނޫސްވެރިން ގޮވައިގެން ކޯޓަށް މިދަނީ މީހުން. މި މައްސަލަތަކުގައި ދެވެން ހުރި އެއްބާރުލުންތަކާއި އެހީތެރިކަން ހަމަގައިމު ވެސް އަޅުގަނޑު ނޫސްވެރިންނަށް ދޭނަން،" ނިހާން ވިދާޅުވި އެވެ.
ނިހާން މިގޮތަށް ވާހަކަ ދައްކަވާފައި ވަނިކޮށް، މުސްތޮފާ މިއަދު ވަނީ، ނޫސްވެރިންނާ ބެހޭ ގޮތުން އޭނާ ކުރިން ދެއްކެވި ވާހަކަތައް ބަދަލުކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ ގޮނޑީގެ މައްސަލައާ ބެހޭ ގޮތުން 12 މެމްބަރުން "ބުނި އެއްޗެއް ރައްދުކުރީ" ހުރިހާ މީޑިއާ އަށް ނޫން ކަމަށެވެ. އެއީ ދައުލަތުގެ ހުރިހާ މުއައްސަސާއަކަށް ބުނި އެއްޗެއް ކަމަށާއި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން ގޮނޑިތައް ގެއްލުނު ވާހަކަ ދެއްކުމަކީ ދާއިރާތަކުގެ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
12 Gondeege mahsala aai behey gothun Alhugandu men buni ehcheh rahdhu kuree media akah noon, E ee dhaulathu ge Hurihaa muahsasaa thakah buni ehcheh, SC in gotheh kanda-elhumuge kurin gondithah gehlunu vaahaka dhehkumakee DHAAIRAA thakuge Rahyithunnah kurevey malaamaatheh...!
— Mohamed Musthafa (@Thimarafushi) January 25, 2018
އެއާ އެކު ވިދާޅުވީ މީޑިއާގެ ހިދުމަތުގައި ނިހާންމެންނަށް ވުރެން ބޮޑަށް މަސައްކަތް ކޮށްފައި ވާނީ އިދިކޮޅު ފަރާތްތަކުން ކަމަށެވެ. ރާއްޖޭގެ ރައްޔިތުންނަށް އެކަން އަމަލާއި ބަހުން ސާބިތުކޮށްދީފައިވާނެ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.
Media ge khimaayathuga @ahmed_nihan mennah vure bodah masaiykaiy kohfa vanee Alhugandu men, e kan vanee Raajeyge Rahyithunan amalaa bahun saabithu koh dheefa.
— Mohamed Musthafa (@Thimarafushi) January 25, 2018
މީޑިއާ އަށް އޮތް ލޯބި ދެ ބޭފުޅުން ހާމަކުރެއްވިއިރު، އަބުރު ރައްކާތެރި ކޮށްދިނުމުގެ ނަމުގައި ނޫސްވެރިކަމަށް ހުރަސްއެޅޭ ގޮތަށް ސަރުކާރުން ހުށަހެޅި ބިލް ފާސްކުރުމުގައި އެންމެ އިސް ރޯލެއް ކުޅުއްވި އެއް ބޭފުޅަކީ ނިހާނެވެ. އެކަމަކު އެ ބިލަށް ވޯޓު ނެގި އިރު، ޕީޕީއެމްއާ ހިޔާލު ތަފާތުވެފައި ހުންނެވި މުސްތޮފާ އެއަށް ވޯޓެއް ނުދެއްވަ އެވެ.
މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެ ގާނޫނެވެ. ގޮނޑި ގެއްލިއްޖެ ކަމަށް ލިޔާ ނޫސްވެރިން ގޮވައިގެން ކޯޓަށް ވަޑައިގަންނަވާނެ ކަމަށް މުސްތޮފާ ވިދާޅުވީ އެ ގާނޫނަށް ރިއާޔަތްކުރައްވަ އެވެ. އެހެންކަމުން، ދެ ބޭފުޅުންގެ ތެރެއިން، މީޑިއާ ދެކެ ބޮޑަށް ލޯބިވަނީ ކޮން ބޭފުޅެއްތޯ ކަނޑައެޅުމަކީ ޝައަގުވެރި ބަހުސަކަށް ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަސަދު
27 January 2018
ނިހާނޫ އަތްފަތުރާނެކަމެއްނެތް. ނިހާނުމެން ތިޔަހެދި އަބުރުގެ ޤާނޫނު އުވާލާތަން ފެންނަން މާގިނަދުވެހެއްނެތެވެ.
ތުއްތު
26 January 2018
އެބަ ތިބިން ބަލަން
ޭއެސޮރު
26 January 2018
ނޫސްވެރިންގެ ވާހަކަ ދައްކަން ލަދެއްވެސްނުގަނޭ ދޯ.. ކޮބާތަ ރިލުވާން. ޢިންސާފެއް އަދިވެސް ނުލިބެ.
އަހޮމަދު ސާކިރު
26 January 2018
މި ސަރުކާރަކީ ވެސް އަދި ނިހާނި އަކީ ވެސް ނޫސް ވެރިންގެ ދުސްމަނުން،
ތެނަދޫ މީހާ
26 January 2018
ޑުރާމާ ކިންގް ނިހާން ލޮލް
ޢަޅުގަނޑު
26 January 2018
ތިޔަ ވިދާޅުވާ ޤާނޫނަކީ ނޫސްވެރިކަމަށް ހުރަސްއެޅޭ ގާނޫނެއް ނޫން. ބޭނުންވާ ކޮންެމެ މީހެއްގެ އަބުރުކަތިލާ ބަޔަކަށް ނޫސްވެރިންވީމަ ދެންޖެހޭނީ ގާނޫނުން އެކަން ހައްލު ކުރެވޭތޯ ބަލަން.
ޥިސްލް ބުލޯ
25 January 2018
ޢެއްފަހަރު އިންޒާރު .އަނެއްފަހަރު ދިފާއުގަ .....އެއްއަތުން ފިރުމާފަ އަނެއްއަތުން ބޮން
ނޫސްވެން
25 January 2018
ނިހާނުމެންގެ ލޯމަތިންމި ސަރުކާރުގެ ރޭވުމުން ހަވީރު ނޫސް ބަންދު ނުކުރޭތޯ؟ ސީއެންއެމް ބަންދު ނުކުރޭތޯ؟ ދި ޓީވީ ބަންދު ނުކުރެތޯ؟ އަދި ރ ޓީވީ ބަންދު ކުރަން މަސައްކަތް ކުރަމުން މިލިއަނުން ޖޫރިމަނާ ކުރަމުން އެދަނީ އެތައް ފަހަރަކު. ކޮބާތޯ ތިއަ ނިހާނު؟ ދެފުއް ދެގޮތް ވިއަސް ތިއީ ބޮޑުވަރު. އަދި ނުސް ވެރިންނަށްވެސް މީހަކު އެއްޗެއް ބުނާއިރަށް އެ ހަބަރަކަށް ހަދައިގެން ގެނެސްދޭއިރު އެ ބުނާ އެއްޗަކާ ގުޅިލާމެހިފައިވާ އިތުރު މައުލޫމާތު ހަބަރު ނިންމާލުމުގެ ކުރިން ގެނެސްދޭން ޖެހެ!
ފާތިމާ
02 February 2018
ވަރަށް ތާޢީދު މިކޮމެންޓަށް
ޔުނައިޓެޑް އައްޑޫ
25 January 2018
ސިޔާސީ މީހުން މީޑިއާދެކެ ލޯބިވުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި ބަލަން ހެޔޮނުވާނެ. މީޑިއާތަކުން މިކަން ދަންނަން ޖެހޭނެ.
ޢަބްދުﷲނާފިޒު
25 January 2018
ނިހާނު، ތިމައްސަލައިގަ ދެން އަހަރުމެން ނިހާނާ ބައްދަލުކުރާނީ ކޯޓު ރޫމުން، ވަރަސް ސަލާން.