ޚަބަރު / އަހުމަދު ރިލުވާން

"ފެރީގައި އިންއިރު ރިލްވާންގެ ފަރާތުން އާދަޔާ ޚިލާފް ކަމެއް ފާހަގަވި"

ރިލްވާން: އޭނާ ގަދަކަމުން ފޮރުވި ކަމަށް ބުނެ ދައުލަތުން ދައުވާކުރަނީ ދެ މީހަކަށް

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުނު ރޭ އޭނާ ހުޅުމާލެ އަށް ދިޔަ ފެރީގައި އިންއިރު އާދަޔާ ޚިލާފް ގޮތަކަށް ސިއްރުން ފޯނާ ކުޅެމުން ދިޔަކަން ފާހަގަވި ކަމަށް، އޭނާއާ އެކު އެ ފެރީން ދަތުރުކުރި އޭނާގެ ރަހުމަތްތެރިއަކު މިރޭ ކޯޓުގައި ހެކިބަސް ދީފި އެވެ.

އޮގަސްޓް، 2014 ގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ރިލްވާންގެ މައްސަލައިގައި އޭނާގެ ރަހުމަތްތެރިއަކު އެގޮތަށް ކޯޓުގައި ހެކިބަސް ދިނީ ރިލްވާން ގަދަކަމުން ފޮރުވި ކަމަށް ބުނެ ދެ މީހަކަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ މިއަދުގެ ބޭއްވި އަޑުއެހުމުގަ އެވެ. އެ މައްސަލާގައި ދައުލަތުން ދައުވާކުރަނީ ހ. ހިލްޓަން އާލިފް ރައޫފާއި ގދ. ވާދޫ ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ މައްޗަށެވެ.

ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން ރިލްވާންގެ ރަހުމަތްތެރިޔާއަކީ ހުޅުމާލޭ ފެރީން ރިލްވާނާ އެކު ވަރަށް ގިނައިން ދަތުރުކުރާ މީހެއް ކަމަށް އޭނާ ބުންޏެވެ. އޭނާ ބުނިގޮތުގައި ރިލްވާން ގެއްލުނު ރޭ އޭނާއާ ރިލްވާން ދިމާވީ އެރޭ މެންދަމު 1:00 އާއި 1:30 އާ ދެމެދު އޮތް ފެރީ ތެރެއިންނެވެ. ރިލްވާނާ ދިމާވުމުން އެ ދެ މީހުން ފެރީގައި އިށީނދެގެން ތިބީ ވެސް ޖެހިޖެހިގެން ކަމަށް އޭނާ ބުންޏެވެ.

ފެރީގައި ތިބިއިރު ދެ މީހުން ވާހަކަ ދެއްކި ކަމަށާއި އެކަމަކު ދެއްކި އެއްވެސް ވާހަކައެއް މިހާރު ހަނދާން ނެތް ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އެރޭ ރިލްވާން ފަރާތުން އާދަޔާ ޚިލާފް ކަމެއް ފާހަގަވިތޯ ދައުލަތުން ސުވާލު ކުރުމުން، އޭނާ ބުނީ އަރިއަކަށް ޖެހިގެން ހުރެ ރިލްވާން ފޯނާ ކުޅެމުން ދިޔަކަން އޭނާއަށް ފާހަގަވި ކަމަށެވެ. ހަތަރު އަހަރެއްހާ ދުވަސް ކުރިން ފެށިގެން ރިލްވާނާ ރަހުމަތްތެރިކަން އޮތްކަން ފާހަގަކޮށް، އެ މީހާ ބުނިގޮތުގައި އެއީ އާންމުކޮށް ރިލްވާންގެ ފަރާތުން ފެންނަ ކަމެއް ނޫނެވެ.

"ފުދޭ ވަރަކަށް ގިނައިން ފެރީން ދިމާވާ މީހެއް ރިލްވާނަކީ. އެރޭ އާދަޔާ ޚިލާފް ކަމަކަށްވީ ކުޑަކޮށް އަރިއަކަށް ޖެހިލައިގެން ހުރެ އޭނާ ފޯނާ ކުޅެމުން ދިޔަ،" އެ ހެކިވެރިޔާ ބުންޏެވެ.

އެކަމަކު އޭނާ ބުނިގޮތުގައި ރިލްވާން އެރޭ ފެރީން ހުޅުމާލެއަށް ފޭބިކަން ނުވަތަ ނޫންކަން އޭނާއަށް ޔަގީނެއް ނުވެ އެވެ. ފެރީން ފޭބުމަށްޓަކައި ދެ މީހުން ތެދުވީ އެއްކޮށް ކަމަށާއި އެކަމަކު އަވަސްކޮށްލައިގެން ފޭބުމަށް ފަހު ޓާމިނަލުން ނިކުމެގެން ދިޔައީ ކަމަށާއި ރިލްވާން ފޭބި ކަން ނުވަތަ ނޫންކަން ޔަގީން ނުވާ ކަމަށް އޭނާ ބުންޏެވެ.

"ރިލްވާން ފެރީގައި އިނީ އަޅުގަނޑުގެ ވާތް ފަރާތުގައި. ހަމަ ގައިމު ވެސް ދެ މީހުން އެއްކޮށް ތެދުވީ ފެރީން ފައިބަން. އެކަމަކު އޭނާ ފެރީން ހުޅުމާލެ އަށް ފޭބިކަން އަޅުގަނޑަށް ޔަގީންކޮށެއް ނުބުނެވޭނެ،" އާލިފާއި ނޫރައްދީންގެ ވަކީލް ކުރި ސުވާލަކާ ގުޅިގެން އެ ހެކިވެރިޔާ ބުންޏެވެ.

ގަދަކަމުން މީހަކު ރަތް ކާރަކަށް އަރުވަނިކޮށް ފެނުނު، އެރުވީ ކާކު ކަމެއް ނޭނގޭ

ރިލްވާނާ އެކު ދަތުރުކުރި މީހެއްގެ އިތުރުން، ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގެންދިޔަ މަންޒަރު ފެނުނު މީހެއްގެ ހެކިބަސް ވެސް ކޯޓުން މިއަދު ނެގި އެވެ. ކާކުކަން ނޭނގޭ ގޮތަށް ސިއްރުން ހެކިބަސް ދިން އެ މީހާ ބުނިގޮތުގައި އެރޭ މެންދަމު އޭނާ ގޭގައި ހުއްޓައި މަގުމަތިން މީހަކު ބާރަށް ހަޅޭއްލަވައިގަތް އަޑު އިވިގެން ބެލްކަނިން ބޭރު ބަލާލިއިރު، ރަތް ކުލައިގެ ކާރަކަށް ގަދަކަމުން މީހަކު އަރުވާ މަންޒަރު ފެނުނެވެ.

އެކަމަކު އެ ކާރަށް އެރުވީ ކާކު ކަމެއް އަދި އެކަމުގައި ބައިވެރިވީ ކޮން ބައެއް ކަމެއް ވެސް ފާހަގަ ނުވާ ކަމަށް އެ މީހާ ބުންޏެވެ. އޭނާ ބުނިގޮތުގައި އެ މީހަކު އަރުވައިގެން ކާރު ދުއްވާލިއިރު އޭގެ ފަހަތު ދޮރުފަތް ހުރީ ހުޅުވިފަ އެވެ.

އެ މީހާގެ ހެކިބަހާ ދާދި އެއްގޮތަށް އެހެން މީހަކު ވެސް މިއަދު ހެކިބަސް ދިނެވެ. އޭނާ ވެސް ބުނިގޮތުގައި ރިލްވާން ދިރިއުޅުނު ފްލެޓް ކައިރިން މީހަކު ބާރަށް ހަޅޭއްލަވައިގަތް އަޑުއިވިގެން އޭނާ ބޭރު ބަލާލިއިރު ރަތް ކުލައިގެ ކާރެއް އެތަނުން ދުއްވާލިތަން ފެނުނެވެ.

ކާރު ދުއްވާލިއިރު އެ ކާރުގެ ދޮރުފަތް ހުޅުވިފައި ހުރި ކަމަށާއި އަދި އެ ދޮރު ލައްޕަން މީހަކު އަތް ދިއްކުރި ތަން ވެސް ފެނުނު ކަމަށް އޭނާ ބުންޏެވެ. އެއީ ރަތް ކުލައިގެ ކާރެއް ކަމަށް އޭނާ ބުންޏަސް، އޭނާ ބުނި ގޮތުގައި، އެއީ ކޮން ނަމްބަރެއް ކާރެއްތޯ ބަލަން އެވަގުތު ސަމާލުކަމެއް ނުދެވުނެވެ.

ހަތަރު ވަނައަށް ހެކިބަސް ދިން މީހާއަކީ ގަދަކަމުން މީހަކު ކާރަށް އަރުވަނިކޮށް ފެނުނު މީހެއްގެ ފަރާތުން އެކަން އެނގުމުން ފުލުހުންނަށް އެކަން އެންގި މީހާ އެވެ. އެ މީހާ ބުނިގޮތުގައި ގަދަކަމުން މީހަކު ކާރަކަށް އެރުވި މަންޒަރު ފެނުނީ އޭނާގެ އަނބިމީހާއަށެވެ. އޭނާ ބުނިގޮތުގައި އަނބިމީހާ އެހެން ބުނުމުން އިރުކޮޅެއް ކުރިން، އެ ސަރަހައްދުން މީހަކު ހަޅޭއްލަވާ އަޑު އޭނާއަށް ވެސް އިވުނެވެ.

"އެ އަޑު އިވުނީމަ އަޅުގަނޑު ހީކުރި ސައިކަލުތަކެއްގައި ބަޔަކު އައިސް މަގުމަތީގައި އަޑުގަދަ ކުރަނީ ކަމަށް. އަނބިމީހާ ކައިރީގައި އެހީމަ އޭނާ ބުނީ ބަޔަކު ކާރަކަށް ގަދަކަމުން މީހަކު އަރުވައިގެން ގޮސްފިޔޭ. ބުނީމަ އޭގެ އިރުކޮޅެއް ފަހުން އަޅުގަނޑު މަގުމައްޗަށް ނިކުތީ،" އޭނާ ބުންޏެވެ.

މަގުމައްޗަށް ނިކުތްއިރު، އޭރު އެތަނުގައި ވަޅިއެއް އޮތް ކަމަށް އެ މީހާ ބުންޏެވެ. އެހެންވެ އެކަން ފުލުހުންނަށް އެންގުމުން ފުލުހުން އައިސް، އެ ސަރަހައްދުން ވަޅި ނެގި ކަމަށް ވެސް އޭނާ ބުންޏެވެ.

އެ މައްސަލާގައި މިއަދު ނެގީ ހަތަރު ހެއްކެއްގެ ހެކިބަސް ކަމަށްވިޔަސް ސިއްރު ހެކިންގެ ގޮތުގައި އިތުރު ތިން ހެއްކަކު އަދިވެސް އެބަތިއްބެވެ. އެކަމަކު އެ މީހުން މިއަދު ހާޒިރު ނުކުރެވުމުން އެ މީހުންގެ ހެކިބަސް ނަގާނީ މާދަމާ އެވެ. އެ ތިން މީހުންގެ އިތުރުން ފާޅުގައި ހެކިބަސް ދޭ ފަރާތްތަކާއި ރިލްވާންގެ އާއިލާގެ މެމްބަރުން ވެސް ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ ހެކިން އަދިވެސް އެބަތިއްބެވެ.

މައްސަލަ ބައްލަވާ ގާޒީ އާދަމް އާރިފް ވިދާޅުވީ މާދަމާ އާއި ބުދަ ދުވަހު ވެސް ހެކިބަސް ނެގުން ކުރިއަށް ގެންދާނެ އެވެ. ހެކިބަސް ނެގުމުގެ މަރުހަލާ މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ގޮތުން ގާޒީ ނިންމަވާފައިވަނީ ކޮންމެ ދުވަހެއްގެ މެންދުރު 3:00 އިން ފެށިގެން ރޭގަނޑު 10:00 އާ ހަމައަށް ހެކިބަސް ނެގުން ކުރިއަށް ގެންދެވުމަށެވެ.

41 ކޮމެންޓް, 261 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 90%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާސް

13 February 2018

ހަމައިގައި ނުހުރެވޭނަމަ އާދަޔާޚިލާފް ގޮތްތައް ވާތަން ފެންނާނެ

The name is already taken The name is available. Register?

ަބަސްމަގު

13 February 2018

މީޑިއާއަށް މައުލޫމާތު ހިއްސާކުރުމުގައި ހައްދުންމައްޗަށް ދިޔުމުން އޭގެ ނިކުމެދާނެ ނަތީޖާއަކާއި ދޭތެރޭ ވިސްނުން މުހިއްމު. ސިއްރު ހެކިބަސް

The name is already taken The name is available. Register?

ހަސަންފުޅު

13 February 2018

މަށަށްވެސް ހީވަނީ ފެރީންދިމާވި ރައްޓެސެކޭ ކިޔައިގެން ހެކިބަސްދިނީ ފޭކު ހެކިވެރިއެއްހެން.... މިހުރިހާ ދުވަސްވީއިރު އަދި އެކަން ހިގިދުވަސްވަރު އެމީހެއްގެ އެއްވެސްވާހަކައެއް ހަބަރެއްވެސް ނުވެހުރެ ކުއްލިއަކަށް ސިއްރުހެކިދޭން މިތިލަވީ ކިހިނެއްހޭ... ހާދަ ސުވާލު އެފެދޭ ސިއްރުހެކިތަކެކޭ އެދިނީ ފޯނާއިކުޅުނީ ތިމަންނަށް ކާރީގާއިދެގެން އަރިއަކަށް އިނދެގެންނޭ.... އެކަން ހިގިދުވަހު އެންމެ ގިނަމައުލޫމާތު ދެވެން އިންމީހާ މިހުރިހާދުވަހު ފިލާފައިނުމުން ސުވާލުއުފެދޭ.. އެއީ ހަގީގަތެއްކަމަށް ވަންޏާ.... ކީކޭދެން ބުނާނީ....

The name is already taken The name is available. Register?

މުހައްމަދު ހަވާނާ

13 February 2018

ޙަސަންފުޅާ ،ކޯޓުގައި ސިއްރުން ހެކިބަސް ދޭ މީހެއްގެ މައުލޫމާތު ފުލުހުންނެތް ހާމައެއް ނުކުރާނެ ،

The name is already taken The name is available. Register?

ޢައިމިނަ

13 February 2018

ތ މައްސަލައިގެ ތހުމަތު ކުރެވޭ މީހަކަށްވެސް ފްލެޓް ދީފަ އެބައިން.

The name is already taken The name is available. Register?

މެންޓަލިސްޓް

13 February 2018

ބަލަ ތިޔަބުނާ އާލިފްއާއި ނޫރައްދީންއަށް ސަރުކާރުން ޕޮއިންޓް ހަމަނުވެވެސް ފްލެޓް ދިންކަމުގެ ލިއުންތަކެށް ޝޯޝަލްމީޑިއާގައި ދައުރުވަމުންއެބަދޭ ،،،، އެއީ ފޭކެއްއުތަ ؟؟ ރިލްވާންއަށް ވީގޮތް އަދި ރަގަޅަށް ސާފްވާނެކަމުގެ އުއްމީދުކުރަން ،،، އޭނާގެ މައިންނާއި ބަފައިން އެކަމުގައި ކަރުނަ އަޅާތާ އަހަރުތަކެށްވެއްޖެ ،،،، އަޅުގަނޑު އުއްމީދުކުރަން އޭނާގެ އާޢިލާއަށް ތިޔަކަމުގެ އަސްލު އޮޅުންފިލާނެކަމަށް ،،،، މައައްސަލާމާ

The name is already taken The name is available. Register?

ހުސެން

13 February 2018

"ފެރީގައި ތިބިއިރު ދެ މީހުން ވާހަކަ ދެއްކި ކަމަށާއި އެކަމަކު ދެއްކި އެއްވެސް ވާހަކައެއް މިހާރު ހަނދާން ނެތް ކަމަށް އެ ހެކިވެރިޔާ ބުންޏެވެ" މީފޭކު ހެކިވެރިޔަކާ ވައްތަރީ، މިޝަރީއަތް ވައްތަރީ ސަރުކާރުން މިދުވަސްވަރު ހިންގާ ޖަރީމާތަކަށް މީހުންދޭ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުޅޭ ޑުރާމާއަކާ، ރިލުވާނުގެ ވާހަކަ އަބަދުހެން މީޑިއާތަކުން ދައްކާއިރު އަދި މިފަދަ ހާދިސާއެއް ހިނގާފައިވާއިރު ދެއްކި ހުރިހާވާހަކައެއް ހަނދާނެއްނުނެތޭނެ ތިޔަވާހަކައަކީ ތެދެއްނަމަ، ހީކުރަނީ މޮޔައިންކަމަށްތަ އެންމެންނަކީ

The name is already taken The name is available. Register?

ހުސައިނު

13 February 2018

ދޮގެއްވެސް ނޫން. ރޭގައި ވިހެއި ދަރިއަކުވެސް ނުދައްކާ ކަހަލަ ވާހަކަ މީ!!! ބުއްދިއަށް ގަބޫލުކުރެވޭ ގޮތަށް ދޮގު ހަދާ ނަމަވެސް!!

The name is already taken The name is available. Register?

ތުނިޔަ

13 February 2018

އަންޒަމާންކޮށްފަ ހެކިވެރިޔާ ގެންދިޔައިމަ ހަނދާން ހުންނާނެތޯ ހުރިހާ އެއްޗެއް! ޢަޅުގަނޑު ގޭ ކުރިމަތީގަ މާރާމާރީ އެއްހިނގި އެއްދުވަހަކު، އަޅުގަނޑު ހުރިން ބަލަން! ޢެއެތަނަށް ފުލުހުން އައިސް އަޅުގަނޑާ ވަރަށް ސުވާލުކޮށް މައުލޫމާތު ހޯދި، އެދުވަހު އެމީހުންގެ ސިފަވެސް ހަނދާންހުރި! ޢއޭގެ ދޮޅު އަހަރު ފަހުން އަޅުގަނޑު ފުލުސް އޮފީހަށް ހާޒިރުކޮށް މިދައްކަނީ ފޮޓޯތަކެއް..ދައްކާފަ އަހަނީ މިތާ އެބަހުރިހޯ އެދުވަހު މާރާމާރީ ހިންގި މީހަކު،؟ އެދުވަހު ބުނިން، އެދުވަހު އެތާ ތިބީ އަބަދު ދެކެ ފަރިތަ ބަޔަކަށް ނުވާތީ މިހާ ގިނަދުވަސްވީމަ އެމީހުންގެ ސިފަ ހަނދާނެއްނެތޭ! އެހެންވީމަ މިހާގިނަދުވަސްވެފަ ހުރީމަ އެމީހުނޭބުނެ ތިކަމަށް ހެކިބަސް ދޭކަށް ނުކެރޭނެޔޭ މިހާރަކު.

The name is already taken The name is available. Register?

މުހައްމަދު ހަވާނާ

13 February 2018

ތިޔަހެންވުންވެސްl ވަރަށްކައިރި

The name is already taken The name is available. Register?

އޭނާ

13 February 2018

ފުލުހުން ބޭނުންވާ ގޮތައް ކަންކަންކުރުމުގެ އިހްތިޔާރު ރާއްޖޭގައި އަސްލު ނެއި. އެހައްގު ހޯދަން ފައިޓް ކުރަން ވެއްޖެ. އެއްވެސް ކަމެއް ނުވާ މުއައްސަސާ އެއް ގޮތަށް ގިނަ ބަޔަކު ދެކޭ. ހަގީގަތުގަވެސް ނުވޭ އެއްކަމެއްވެސް. ފިޑި ކަމުން ?

The name is already taken The name is available. Register?

ނަހަމަ

14 February 2018

ފުލުހުން ބޭނުން ވާގޮތަށް ކަންކަން ކުރަން ދީފިނަމަ މިގައުމުގާ ތިބޭނީ އެމީހުންގެ އާއިލާތައް އެކަނި.. އެމީހުނުް މިހާރުވެސް ކަން ކުރަމުން ދަނީ އެމީހުން ބޭނުންވާގޮތަށް،... އެމީހުންބަލަން ބޭނުންވާކަމެއް އެމީހުން ބަލަނީ ޝުކުރިއްޔާ

The name is already taken The name is available. Register?

ޜިޔާ

13 February 2018

ތިމައްސަލަ ކުރިއަށް ގެންދަންތޯ ޙުސެން ވަޙީދަށް އަލުން ސީޕީ ކަން ދެނީ..

The name is already taken The name is available. Register?

ޙަސަން

13 February 2018

ރިލްވާނު ގެއްލުވަލުމުގައި ބައިވެރިވި މީހަކަށް ރިޝްވަތުގެ ގޮތުގައި ފްލެޓެއް ދިން ވާހަކަ އެބަ ދައްކާ..

The name is already taken The name is available. Register?

ސައްދާމް

12 February 2018

ރިލްވާން އަދި އަފްރާޝިމް ގެ މަރުގެ މައްސަލަ އަކީ މިހާރު ރަނގަޅު ވަގުތުތައް ބާލާފައި ސިލްސިލާ އެއްގޮތަށް ކުޅޭ ޑުރާމާއެއް......... މިއީ ފެންނަމުންދާ ހަގީގަތް........

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454