ބަޖެޓް ކޮމެޓީގެ ބައްދަލުވުމެއްގައި ނިހާން ވާހަކަ ދައްކަވަނީ. --ފޮޓޯ/މިހާރު
13 ފެބުރުއަރީ 2018 - 11:27
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ނުފެށި ލަސްވީ ބަޔަކު ގެންނަން އުޅުނު "ބަޣާވާތްފުޅު"ގެ ސަބަބުން ކަމަށާއި ކުއްލި ހާލަތު ނިމުމާއެކު ޖަލްސާތައް ފަށާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ތިން ދައުރަކަށް ބަހާލައިގެން އަހަރުގެ ތެރޭގައި މަޖިލީހުގެ ޖަލްސާތައް ބާއްވާ އިރު، ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގައި ބާއްވަން ޖެހެ އެވެ. އެ އުސޫލުން، މިދިޔަ ހަފުތާގެ ހޯމަ ދުވަހު މިއަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަން ވެސް ނިންމި އެވެ.
އެކަމަކު ޖަލުގައި ތިބި ސިޔާސީ ނުވަ ލީޑަރަކު ވަގުތުން މިނިވަން ކުރުމަށާއި، މަޖިލީހުގެ މެމްބަރުކަމުން ވަކިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުން އެ މަގާމުން ވަކިނުވާ ކަމަށް މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން އަމުރެއް ނެރުމާ ގުޅިގެން، ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށް ބުނެ އެ ޖަލްސާ ވަނީ ކެންސަލްކޮށްފަ އެވެ. އެ އަމުރު ތަންފީޒުނުކޮށް، މި މަހުގެ ފަސް ވަނަ ދުވަހުގެ ރެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، އެ ކޯޓުގައި ތިބި އަނެއް ތިން ފަނޑިޔާރުން ވަނީ، ސިޔާސީ ކުށްވެރިންތައް މިނިވަން ކުރި އަމުރު ބާތިލްކޮށްފަ އެވެ. އެކަމަކު، އެ އަމުރުގައިވާ ގޮނޑި ނުގެއްލޭ ކަމަށް އޮތް ބައި ބާތިލެއް ނުކުރެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު ނިމޭނީ، އަންނަ އަންގާރަ ދުވަހަށެވެ.
ނިހާން ވިދާޅުވީ މި ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން ނިންމައި މެމްބަރުންނަށް އެކަން އެންގި ނަމަވެސް ޖަލްސާ ނުބޭއްވުނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. ޖަލްސާ ބާއްވަން ހަމަޖައްސާފައި ވަނިކޮށް، ސަލާމަތީ ޚިދުމަތްތަކުން ވެސް އެ އަށް ވުރެ ބޮޑު ކަމެއްގައި އުޅެން ޖެހުމުން މުއްދަތެއް ނެތް ގޮތަށް ޖަލްސާ ފަސްކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޖިލީހުގައި މެމްބަރުން ބެހިފައިވާ ގޮތް.
"ދައުރު ފެށޭ ޖަލްސާއަކީ ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބްކުރެއްވުން. އެ ޖަލްސާ ނުބާއްވައި އެހެން ޖަލްސާއެއް ނުބާއްވާނެ. އެ ފުރުސަތު ލބެންދެން މަޖިލީސް ބަންދުކޮށްފައި ނުވަތަ ނުހުޅުވި އޮތުމަކީ މައްސަލައެއް ކަމަށް އަޅުގަނޑު ނުދެކެން،" ނިހާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކުއްލި ނުރައްކަލުގެ ހާލަތަށް ފަހު މަޖިލީހުގެ ޖަލްސާތައް ފެށުމާއެކު އެޖެންޑާކޮށްފައި ހުރި ކަންކަން ވެސް ކުރިއަށް ދާނެ އެވެ.
އިދިކޮޅު މެމްބަރުން ވިދާޅުވާ ގޮތުގައި މަޖިލީސް ނުފަށައި ލަސްކުރަނީ ޕީޕީއެމަށް މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިފައި އޮތުމުންނެވެ. މަޖިލީހުގެ ޖަލްސާ ފަށާނީ، އިދިކޮޅު ގިނަ މެމްބަރުންތަކެއް ޖަލަށް ލައިގެން، ސަރުކާރު ފަޅި އަށް މަޖިލީހުގެ ކޮންޓްރޯލް ލިބުމުން ކަމަށް މެމްބަރުން ތުހުމަތު ކުރެ އެވެ.
އެ ތުހުމަތު ދޮގުކުރައްވައި ނިހާން ވިދާޅުވީ އެއީ ހަގީގަތެއް ނޫން ކަން މި އަހަރަށް ބަޖެޓް ފާސްކުރި ޖަލްސާއިންނާއި އޭގެ ފަހުގެ ޖަލްސާތަކުން ވެސް ރައްޔިތުންނަށް ފެނިފައިވާ ކަމަށެވެ. މަޖިލީހުގެ ޖަލްސާތައް ބޭއްވިޔަ ނުދޭން ހުރަސްއަޅަނީ އިދިކޮޅު ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޢަބްދުﷲނާފިޒު
13 February 2018
ކުއްލި ނުރައްކަލުގެ ހާލަތު ނިމުމުން މަޖިލީހުގެ ޖަލްސާތައް ފަށާނެ: ނިހާން، މީނައަށް މިހިރީ ހަމަ އަސްލުވެސް މާބޮޑު ސައިޒެއްގެ ބޫޓަކަށް އެރިފަ، މީހަމަ ބޮޑު އަޅިއެއް.
ހުޅު
13 February 2018
ސުޕުރީމު ކޯތުގެ އަމުރުވެސް ތަންފީޒުކުރާނޭ ކިޔާ ރައީސްވެސް، އެޓަރުނީވެސް ހެދީ ދޮގުކަން ހަނދާންކުރަންޖެހޭ. ދެން އަދީ މީ ކާކުތަ؟
މަންސޫރު
13 February 2018
އެހެންތާ ވާނީ! މި ހުޅުވަން އުޅެނީ އަމިއްލަ ގަޑި ވިއްކާ ފިހާރައެއްވިއްޔާ!
އައިއެފް
13 February 2018
ތިބުނަނީ މަޖިލިސް ފަށާނީ ގުޅިފައިވާ އިދިކޮޅު ޕާޓީގެ މަޖިލިސް މެންބަރުން ހައްޔަރުކޮށް ނިމުނީމައޭ. އެމްޕީ ނިހާނު އެހެންތަ ތިޔަ ބުނަނީ. ކުއްލިހާލަތު ނިމޭއިރު އިދިކޮޅު ކޯލިޝަނަކަށް މިހާރުލިބިފައިވާ މެޖޯރިޓީ އެއް ނޯންނާނެޔޭ. އެހެންވެޔޭ މަޖިލިސް ނުފަށާމިއޮތީ.އެމްޕީ ނިހާނު މިހެން ސާފުކޮށް ވިދާޅުނުވީ ކީއްވެ.
އާރީ
13 February 2018
މަޖިލިސްގެ ރައީސްތަމީ ހުޅުވޭދުވަސް ބުނަށް.
އަލިބެއްޔާ
13 February 2018
އަމީން އާންމު ވަ މެޖޯރިޓީ ލީޑާ
މަންސޫރު
13 February 2018
މެޖޯރިޓީ ގެއްލިފައި ހަޖަމުގެ މައްސަލަގެހިފައި ހުރި އަޅެއް!
ނީރާ އަބޫބަކުރު
13 February 2018
ނިހާނު ސަރ. ތިވާހަކަ މުޅިން ރަނގަޅެއްނޫން. އެންމެ ރަނގަޅުގޮތަކީ މިހާރުން މިހާރަށް ނިންމަން ވެފައިހުރި މައްސަލަތައް ފަނޑިޔާރުންލައްވާ ނިހާނު ސަރ މެން ބޭނުންވާ ގޮތަށ ްނިންމުމަށް ފަހު، އަދި ހައްޔަރު ކުރަންޖެހޭ އެންމެން ހައްޔަރު ކުރުމަށް ފަހު އަދި ވަކިން ޚާއްޞަކޮށް ނިހާނު ސަރ އަށް މަޖިލީހުގެ މެޖޯރިޓީ ލިބޭވަރަށް އިދިކޮޅު މެންބަރުން އެކިގޮތްގޮތުން ހައްރު ކަުރުމަށްފަހު މަޖިލިސް ހުޅުވާނަން. މީ ނޫންތޯ ޙަޤީޤަތަކީ. ގަޓް ހުރި މީހުންނަކީ ޙަޤީޤަތާ ކުރިމަތިލާމީހުން
ވާލުސޮރު
13 February 2018
ހިޔެއްނުވެ މަޖިލިސްފެށޭނެހެން ނޭންގެމަޖިލިސްފެށޭދުވަހު ކިތައް މެންބަރުންކަން އިދިކޮޅާގުޅޭނީ އެބިރުވެރިކަންވެސް އެބައޮތް
ޙަސަން
13 February 2018
ރައްޔިތުންގެ މަޖްލިސް ތަޅު އަޅުވާ މެމްބަރުންނަށް ޒިއްމާ އަދާ ކުރުމަށް ހުރަހެއް ނޭޅޭނެ.. ސާފު ބަހުން ނިހާނު ބަޣާވާތް ކުރިކަމަށް ތި އިއުތިރާފުވީ..
މެމްބަރެއް
13 February 2018
މަޖިލިހަށް ވަންނަންވާނި މަޖިލިސް މެމެބަރުން. ދެން މަގުމަތީ މީހުން ކީއްކުރަން މަޖިލިހަށް ވަންނަނި.