ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގައި ވޯޓަށް އަހަނީ-- ފޮޓޯ: މަޖިލިސް
19 ފެބުރުއަރީ 2018 - 14:16
މި މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން 15 ދުވަހުގެ މުއްދަތަށް ރައީސް ޔާމީން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ފާސްކުރެވޭނީ 43 މެމްބަރުން ބައިވެރިވެ ތިއްބަވާ ވަގުތެއްގައި ވޯޓެއް ނަގައިގެން ކަމަށް ޕީޕީއެމް ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިއަދު ވިދާޅުވެއްޖެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރުގެ މަޖިލީހަށް މިއަދު ހުށަހަޅާފައިވާ އިރު، ޖަލްސާގައި ބައިވެރިވެ ވަޑައިގަތީ ސަރުކާރަށް ތާއީދު ކުރައްވާ 39 މެމްބަރުންނެވެ. އެ ގަރާރު އިތުރަށް ދިރާސާކުރަން ގަައުމީ ސަލާމަތާ ބެހޭ ކޮމެޓީ އަށް ފޮނުވީ އެ ޖަލްސާގައި ބައިވެރިވި 38 މެމްބަރުންގެ އިއްތިފާތުންނެވެ. އިދިކޮޅު ފަރާތްތަކުން އެ ޖަލްސާގައި ބައިވެރިއެއް ނުވެ އެވެ.
ގާނޫނުއަސާސީގެ 87 ވަނަ މާއްދާގައ ބުނެފައިވާ ގޮތުގައި ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްކުރާ އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުންް ފާސްކުރަން ވޯޓަށް އަހަން ވާނީ އެ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެ ބައިކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާގައި ހާޒިރުވެ ތިބޭ ވަގުތެއްގަ އެވެ. އެއީ މަޖިލީހުގެ މިހާރުގެ ޖުމްލަ މެމްބަރުންގެ އަދަދުން ބަލާއިރު 43 މެމްބަރުންނެވެ.
އެ ގަރާރު ފާސްކުރުމާ ގުޅޭ ގޮތުން ނިހާން ވިދާޅުވީ ގަރާރު ފާސްކުރަން ގާނޫނުން ލާޒިމް ނުކުރާ ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތާއިމެދު ހިތްހަމަ ނުޖެހޭނަމަ އެ ގަރާރު ބާތިލް ކުރުމަށް ވޯޓް ދޭންޖެހޭނީ ހިތްހަމަ ނުޖެހޭ މެމްބަރުން ކަމަށް ނިހާން ވިދާޅުވި އެވެ.
"ގަރާރަށް ތާއީދު ކުރަން ވޯޓަށް އަހާކަށް ނުޖެހޭނެ، (މަޖިލީހަށް) ހިއްސާކުރީމަ އެއޮތީ ނިމިފަ. ފާސްކުރަން ހުށަހަޅަން ވާނޭ އިންނަނީ. ފާސްކުރަން ހުށަހެޅީމަ ނިންމަން ޖެހޭނީ ފެނޭތޯ ނުފެނޭތޯ ދެއްތޯ. އެހެންވީމަ ނުފެންނަ ބަޔަކު ހޯދައިގެންތާ ނުފެންނަ ކަމަށް ނިންމޭނީ. ތިކަން ތިގޮތަށް ކުރަން ނުފެނޭތާ ބަޔަކު ވޯޓް ދޭން ޖެހޭނީ." ނިހާން ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެގަރާރު ފާސްކުރެވެން އޮތީ 43 މެމްބަރުން ހަމަވެގެން ކަމަށާއި އެއަދަދު ހަމަނުވާ ނަމަ އެގަރާރު ފާސްނުކޮށް ބޭއްވޭނެ ކަމަށެވެ.
އެ ގަރާރު ފާސްކުރަން ނުޖެހޭނެ ކަމަށް ނިހާން ވިދާޅުވި ނަމަވެސް، ގާނޫނުއަސާސީގެ 257 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގައި، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ރައީސް ނެރުއްވާ ގަރާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ފާސްކުރަންޖެހޭނެ އެވެ.
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތަށް އަމަލު ކުރުމަށްޓަކައި މަޖިލީހުން އެ ގަރާރު ފާސްކުރަން ޖެހޭ އިރު، އެކަން ކުރެވޭނީ 43 މެމްބަރުން ހަމަވެގެން ކަމަށެވެ. ނަމަވެސް އެ އަދަދަށް ސަރުކާރަށް މެމްބަރުން ނުލިިބޭނެ ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރާ މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމުމަށް މިއަދު ބޭއްވި ޚާއްސަ ޖަލްސާ އަށް، ގޮނޑިގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި 12 މެމްބަރުންނަށް ވަނީ ދައުވަތު ދީފަ އެވެ. އެމެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސްޕްރީމް ކޯޓުން ނިންމި ނިންމުމަށް އަމަލު ކުރުން ފަސް ކުރަން ރޭ ވަނީ ސުޕްރީމް ކޯޓުން އިތުރު އަމުރެއް ނެރެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަވަރު
21 February 2018
ޕުއަރ ނިހާން އެންޑް އަދެރޭ...
ކުޑަބެ
20 February 2018
ކޮންމެހެން ކާކަށް ވެސް ނުޖެހޭ ! އެކަމު ނުކައިވެސް ނުހުރެވޭނު! ކުޑކުދިން ދައްކާ ވާހަކަ މިދައްކަނީ ! މި ދެން ބޮޑުވަރު
އަލީބެ
20 February 2018
ނިހާނު ކަލޭ ވަފާތެރީ ކާކަށްތަ؟ ނޭނގޭކަމަށް ހަދައިގެން ސަރުކާރަށް ދުއްޕާންކުރާން ތިހިންގާ އަމަލުތައް މިދަނީ ވަރަށް ގާތުން ބަލަމުން.
މާއިގޭ
20 February 2018
ނިހާނު މިބުނީ ގަރާރު މަޖިލީހުން ފާސްކުރުމަކީ ލާޒިމް ނުވަތަ ނުކުރިޔަސް ރަނގަޅުވާނެޔޭ، އެހެންވީރުން ރައްޔިތުންގެ މަޖިލިސް ޖަލްސާއެއްބާއްވާ ޑްރާމާ ނުކުޅުނީމަވީނުން، އެހެންނޫނަސް ގާނޫނުހިގަނީ އިއްތިފާގުންވިޔަސް ޔާމީނާ ހިޔާލު ތަފާތުވާ މީހުންނަންއެކަނި އަދި ކަންތައްތައްވެގެން މިދާގޮތައްބަލާ އިރު، ދެއްތޯ؟
އަބްދުއްލާ
19 February 2018
ނިހާނު ތިޔަ ގަރާރު ފާސްކުރާކަށް 43 ބޭނުމެއްނުވާނެ ،ތިޔަ ގަރާރު އަކީ މާޒީވެ ނިމިފާ އޮންނަ ކަމެއް މަޖިލީހަށް ފޮނުވުމަށް އޮންނަ އެއްޗެއް ވީމާ ތިޔަ ގަރާރު ފާސްކުރިޔަސް ނުކުރިޔަސް ގަރާރުގެ އަމަލު ވާނީ މާޒީވެގެން ގޮއްސާ އަބުރާ އިއާދަ އެއް ނުވާނެ. ޓެކްސް ނެގެނީވެސް މަޖިލީހުން ފާސްކުރީމަ އެ ޖަލްސާގަ 43 ތިބެންޖެހެނީވެސް ވީމާ 43 ހަމަކުރާނެ ކަމެއްނެތް ގަރާރު ފާސްކޮށްލާ
ބަސް
19 February 2018
ނިހާނު ގެ ހަމައިން ވިއްޔާ ޔާމިން ކިޔާ ކޮންމެ މީހަކީވެސް ވާނީ ރައީސައްތާ. ވޯޓުލައިގެން ހޮވުނަސް ނުހޮވުނަސް އޯކޭދޯ. ކީންކުރާނީ ހަތަރެސްކަން ހަމަވީި ދެންމި
ބޯބޮޑޭ
19 February 2018
ކަލޯ ތިޔައީ މޮޅުގޮތެއް...އިދިކޮޅުމީހުންނޭމިކިޔާ ބޭފުޅުން އެއްވެސް ކަމެއްނުކޮށް ވެރިކަންކުރާ ބޭފުޅުންގެ ނޭވާހޮޅިޔަށް ފިތާލުން....މޮޅު. ހޮހޮހޯ ހިހިހީ ހަހަހާ...އަތް ޖަހާ
ޑަރޯގާ
19 February 2018
ތީ މާބޮޑުކަމެއްނޫން. ބަންޑާރަ ނައިބުލައްވާ ހުކުމެއްނެރެ އެއްކަލަ 12 މެމްބަރު އެތެރެޔައްލާފަ ބޭރުން ތަންޑު އަޅުވާފަ ވޯޓުނަގާ ނިންމަލާ.
ޓެސްލާ
19 February 2018
މާނައަކީ ޕީޕީއެމްއަކަށް 43 ވޯޓްނެތޭ ،،، އެންމެގިނަވެގެންވެސް ވާނީ 41 ،،، އަދި ވޯޓްލާގަޑީގައި ޑިފެކްޓްވާމީހުންތިބޭނޭ ،،، ވީމާ ތިޔަގަރާރަށް މަޖިލިސްއަކުން ވޯޓެއްނުލިބޭނެ ،،، އެކަން ނުލިބުނަސް އޯކޭތާ ،،، މިހާރު ރާޢްޖޭގައި އޮތް ހަމައެކަނި ގާނޫންއަސާސީއަކީވެސް ގާނޫންތަކަކީވެސް އޭކޭ 47 ތާ ،،،، އަދި ރާއްޖޭގެ އުއްތަމަ ފަނޑިޔާރަކާނުލައި ބިރުދައްކައިގެން ހުކުމްތަށް ޗާޕްކުރަމުންދަނީ ،،،، އޭގައިވެސް ހަނދާނެއެއްޗެއް ތިޔަހަދަމުންދަނީ ،،، ދަންނަވާލަންފާނަން ވާހަކައެއް ،،، ތިޔަކުރި ހުރިހާ އަމަލެއް އަނބުރާ ކުރިބަޔަކަށް ރައްދުވާނެ ،،، އެއީ ޔުނިވާރސަލް ލޯއަކީ ،،، މައައްސަލާމާ
އަބޭ އައްބާސް
19 February 2018
43 މެމްބަރުން ކޮންމެހެން ވޯޓުދޭކަށް ނުޖެހޭނެ. 43 މެމްބަރުން މަޖިލިސް ތަޅުމަށް ވަނުމަށް އިންނަނީ . އަދި މިގަރާރު މަޖިލިސް ތަޅުމުން ފާސްކުރާކަށް ނުޖެހޭ، މަޖިލިސް މެންޑޭޓްގައި ހިމެނޭ މަސައްކަތްވަނީ ނިމިފައި. ސާބަހޭ މިގަރާރަށް ވޯޓުދެއްވި ގައުމީ ސަލާމަތާބެހޭ ކޮމިޓީގެ މެމްބަރުންނަށް