އިދިކޮޅު ޕާޓީތަކުގެ އިސް ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުމެއްގައި: އިދިކޮޅު މެމްބަރުން ޖަލްސާގައި ބައިވެރި ނުވީ ޣައިރު ގާނޫނީ ކަންތައްތަކަށް ތާއީދުނުކުރަން ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު
19 ފެބުރުއަރީ 2018 - 15:14
ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅި ގަރާރު މާދަމާ ރޭ 8ގެ ކުރިން ފާސްނުކޮށްފި ނަމަ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްގެން ހިންގި ހުރިހާ ކަމެއް ވެސް ބާތިލްވާނެ ކަމަށް އިދިކޮޅު ފަރާތްތަކުން މިއަދު ބުނެފި އެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ މި މަހުގެ 5 ވަނަ ދުވަހު އިއުލާންކުރި އިމަޖެންސީގެ ގަރާރު މަޖިލީހަށް ހުށަހަޅަން ޖެހޭނީ 14 ދުވަހުގެ ތެރޭގައި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ދައުރު ފެށިފައި ވަނިކޮށް، ގާނޫނާ ޚިލާފު ޖަލްސާއެއް ބާއްވައި ގަރާރު ހުށަހެޅީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ދެން އޮތީ ފާސްކުރުމާއި ނުކުރުމާއި ގަރާރަށް ބަދަލު ގެނައުމުގެ ބާރު ގާނުނުއަސާސީގެ 257 ވަނަ މާއްދާގެ ދަށުން އެބަލިބިދޭ. 15 ދުވަހަށް ހިންގާފައި މިއޮތް ސްޓޭޓް އޮފް އިމަޖެންސީ މާދަމާ ރޭ 8 ޖެހުމާ ހަމައަށް މިއަށް ގޮތެއް ނުނިންމައިފިއްޔާ ގަރާރު ބާތިލްވެގެންދާނެ،" އިބޫ ވިދާޅުވި އެވެ.
"އެއާއެކު މި ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން ހިންގާފައިވާ ހުރިހާ ކަމެއް ބާތިލްވެގެންދާނެ."
އޭނާ ވިދާޅުވި ގޮތުގައި އެ ގަރާރު ފާސްނުކޮށް، ކުއްލި ނުރައްކަލުގެ ހާލަތު ދިގުދަންމަން ރައީސް އަބްދުﷲ ޔާމީން ހުށަހެޅުއްވި ހުށަހެޅުއްވުން ވެސް ސައްހައެއް ނުވާނެ އެވެ. އެހެންކަމުން މާދަމާގެ ނިޔަލަށް ގަރާރު ފާސްނުކޮށްފި ނަމަ ކުއްލި ނުރައްކަލުގެ ހާލަތު އުވިގެންދާނެ ކަމަށް ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ ސަރުކާރުން މިހާރު މަސައްކަތް ކުރަމުން އަންނަނީ ގަރާރު ފާސްކުރަން ބޭނުންވާ 43 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ކަމަށެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި ސަރުކާރަށް މެމްބަރުން ހަމަކުރުމަށް، އިދިކޮޅުގައި ތިއްބެވި މެމްބަރުންނަށް ބޮޑެތި އަދަދުތަކުން ފައިސާ ހުށަހެޅި އެވެ. އޭގެ ތެރޭގައި ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
"ސަރުކާރަށް 43 މެމްބަރުން ހަމައެއް ނުވި. މި ވޯޓަށް އަޅުގަނޑުމެންގެ ބައެއް މެމްބަރުންނަށް ހުށަހެޅުންތައް ހުށަހެޅި. މިއެއް ނޫން އެކަން ދާން ޖެހޭ ގޮތަކީ،" ރިޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިއަދަކީ އިދިކޮޅަށް އަނެއްކާ ވެސް ލިބުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށެވެ.
އިބޫ ވިދާޅުވި ގޮތުގައި އިދިކޮޅު މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވީ ގާނޫނާ ޚިލާފަށް ސަރުކާރުން ކުރަމުންދާ ކަންކަމަށް އެއްބާރުލުން ނުދިނުމުގެ ގޮތުންނެވެ. ގާނޫނާ ޚިލާފަށް ކުރާ ކަންކަމަށް ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް "ގާނޫނީ ހައިސިއްޔަތު ލިބިދޭން" ތާއީދު ނުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ޖަލްސާގައި ބައިވެރިނުކުރަން ފަހު ވަގުތު ނިންމީ ވެސް، އިބޫ ވިދާޅުވި ގޮތުގައި، ގާނޫނާ ޚިލާފަށެވެ. ގާނޫނުއަސާސީގަިއވާ ގޮތަށް އެއީ، މެމްބަރުން ކަަން ސުޕްރީމް ކޯޓުން ވީހާވެސް އަަވަހަކަށް ކަނޑައަޅައިދެއްވަން އޭނާ ގޮވާލެއްވެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޓް
20 February 2018
އެއްމެން ޖަލަށް ލައިގެން ވެސް ނުވިތާކަން ކާފީ ހިންގާގެންވެސް ވެރިކަން ދެމެހެންޓޭ ގޮތެއް ނުވި. ހަހަހަހަހަ
ނާޒިމް
20 February 2018
ﷲ ރަހުމަތްފުޅުން މިވެރިކަން މިއޮތީ ނިމިފަ. ގާނޫނީއިމުން އެއްކަމެއް މިބައި މީހުން މިހާރު ނުކުރެ
ފާތުން
20 February 2018
ފާޓީ ގަ ތިބި މެންބަރުން ކޮޅުވެސް މިއަދު އެތިބީ ގޮތް ހުސްވެފަ. ގާނޫނަކަށް ބޯނުލަބާ ވެރިއެއް މިނޫނީ ނުދެކެއް
ދޫނި
20 February 2018
މިވެރިކަން މިއޮތީ ނިމިފަ. މިހާރު ހުރިހާކަމެއްވެސް އެ ކުރަނި ގާނޫނާ ހިލާފަށް ގަދަބާރުން.
އަނާރު
19 February 2018
މީސަރުކާރަކައް މާމުހީންމު ކަމެއް ނޫން ތީ ގާނޫނުއަސާސީގެ މާއްދާތަކައް ބެލުމަކީ.. ތީވާހަކަ ކީތަންމެ ވަރަކައް ދެއްކީޔަސް އެމީހުން ހީތަކައް ކަހެރީވަކެކޭވެސަ ހީތަކައް ނާރާނެ..
މިހާރު ރަނގަޅު
19 February 2018
އެެހެންވީމާ މިހާރު ކަންތައްތައް މިހުރީ ޤާނޫނީ އިމުތެރޭގައި ދެއްތޯ! މިހެން މިބުނީ ބާތިލް ވާނީ ސައްހަ އެއްޗެހި ވީމަ.
765
19 February 2018
ކޯންޗެއްގަލިޔެފަ އޮތް އެއްވެއްތީ. މިމީހުން މިހާރު ގާނޫނު ހަދާމަޖްލީހުގަ ބއިތިއްބާކަށް ނުވާނެ. ޑިމޮކްރަސީގެ ކަންފުޅެއްނެތް. ކުނޫޒަކީ ގާނޫނުތައް ނުކުންނަ ތަަނަށް ހަދައިފި
އައްޑޫ ބެއްޔާ
20 February 2018
ލިޔެފަ އޮތީ ޤާނޫނު އަސާސީގައި. 14 ދުވަސް ވުމުގެ ކުރިން އެއާއި މެދު ގޮތެއް ނިންމަން. އެކަން ނުކޮށްފިނަމަ އެއަކަށް ޢަމަލު ނުކުރެވޭނެ. ޤާނޫނު އަސާސީ 257 ގެ ނ ބައްލަވާށެވެ. ދިވެހިން ކަމުނުދާ ނަމަ އިނގިރޭސިން އޮންނަނީ މިހެންނެވެ. "Where the President deems it necessary to extend the length of the state of emergency, he shall submit the extension to the People’s Majlis prior to the expiry of the state of emergency, and obtain the approval of the People’s Majlis for such extension." http://www.majlis.gov.mv/en/wp-content/uploads/Constitution-english.pdf http://www.majlis.gov.mv/di/wp-content/uploads/gaanoon-assaasee.pdf
ބޭބެ
19 February 2018
ހާދަ އެއްޗެއް ނޭގެޔޭ ދޯ؟ ނޫނީ ހަމަ ގަސްތުގާ ޕަޕެޓުނަށް އޮޅުވާލަނީތަ؟
ހޮޓްކިންގ
19 February 2018
ސަރުކާރުން ކުރާ ކޮންމެ ކަމެއް ޤާނޫނާއި ޚިލާފު. އިދިކޮޅުން ކުރާ ހުރިހާކަމެއް ބަރާބަރު. އިބޫކުރެން އަހާލަން ބޭނުން މިއަހަރުގެ ބަޖެޓަށްވެސް ވޯޓު ނުދިނީ ޤާނޫނާއި ޚިލާފު ކަމަކަށްވާތީތޯ؟ އަދި ޤާނޫނާޢި ޚިލާފަށް ފާސްކުރި ބަޖެޓަކުން ދޭ މުސާރަ ހަލާލު ވާނެތޯ؟
ހާސަރު
19 February 2018
ބަޖެޓަކާ ކުއްލި ނުރައްކަލާ ހުރީ ކޮންގުޅުމެއް!؟ ގާނޫންގާ ކަޅާހުދުން ސާފުކޮށްލިޔެފަ ހުރިއެއްޗަކަށް އަމްލު ނުކުރީމަ ރަގަޅުވެގެން ވާހަކަދައްކާނީ ހަމައެއް ގަބޫލް ނުކުރާމީހުންދޯ
ތުނިޔަ
19 February 2018
ބަލަ އަދުރޭ އެބުނީނު މަޖްލީހުން ފާސްވިޔަސް ނުވިޔަސް ކުއްލި ނުރައްކަލުގެ ހާލަތު ދެމިއޮންނާނޭ! ޢަދުރޭގެ ރަޢުޔަކީ ފަހުބަސް...ވާގޮތެއް ބަލަން ތިބެމާ!