މެމްބަރު މަހުލޫފު ވާހަކަދައްކަވަނީ: ގާނޫނާ ޚިލާފް ޖަލްސާއެއްގައި ދެއްވާ ރިޔާސީ ބަޔާނަކަށް ޖަވާބު ދޭން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
21 ފެބުރުއަރީ 2018 - 21:48
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ދެއްވި ރިޔާސީ ބަޔާނަށް އިދިކޮޅު ކޯލިޝަނުން ދޭންޖެހޭ ރައްދެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އެ ކޯލިޝަނުން މިރޭ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިދިކޮޅު ކޯލިޝަންގެ އެއްވެސް މެމްބަރަކު ވަޑައިނުގަތުމަށް ނިންމައި، އެ ކޯލިޝަނުން ވަނީ އެ ޖަލްސާ ބޮއިކޮޓް ކޮށްފަ އެވެ. އިދިކޮޅު ކޯލިޝަނުން ގަބޫލުކުރާ ގޮތުގައި އެއީ ގާނޫނާ ޚިލާފަށް ބޭއްވި ޖަލްސާއެކެވެ.
ރިޔާސީ ބަޔާން އިއްވުމުގެ ކުރިން، އިދިކޮޅު ފަރާތްތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ވިދާޅުވީ، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާގައި އިދިކޮޅު ކޯލިޝަނުން ބައިވެރި ނުވާން ނިންމީ އެއީ ގާނޫނާ ޚިލާފު ޖަލްސާ އަކަށް ވާތީ އެވެ. އެގޮތުން އިދިކޮޅު ކޯލިޝަންގެ 12 މެމްބަރަކަށް މަޖިލީހަށް ނުވަދެވޭ ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެއީ ގާނޫނާ ޚިލާފް ޖަލްސާއެއް ކަމަށް ވާތީ ރިޔާސީ ބަޔާނަށް އިދިކޮޅު ކޯލިޝަންގެ، މަޖިލިސް މެމްބަރުން ދޭންޖެހޭ ރައްދެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ހިއެއް ނުވޭ ޣައިރު ގާނޫނީ ޖަލްސާއެއްގައި ދެއްވާ ރިޔާސީ ބަޔާނަކަށް އަޅުގަނޑުމެން ވިސްނަން ޖެހޭނެ ހެނެއް. ކަންބޮޑުވާން ވެސް ޖެހޭނެ ހެނެއް އަދި އެއަށް ރައްދެއް ވެސް ދޭންޖެހޭނެ ހެނެއް. އެހެންވީމަ އެއީކީ ގައުމު މިއޮތް ހާލަތުގައި އަޅުގަނޑުމެން މާ ސީރިއަސް ކަމަކަށް ނަގައިގެން އެ އަށް ރައްދު ދޭންޖެހޭ ވަރުގެ ކަމެއް ކަމަކަށް އަޅުގަނޑުމެން ގަބޫލެެއް ނުކުރަން،" މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން އިސްލާހީ މަސައްކަތް ފެށިއިރާ އަޅާ ބަލާއިރު ގިނަ ކާމިޔާބީތަކެއް މިހާތަނަށް ވަނީ ހާސިލްވެފަ އެވެ. އެގޮތުން ކުއްލި ނުރައްކަލުގެ ހާލަތުގެ ގަރާރު މަޖިލީހުން ރޭ ފާސްކުރި ކުރުން ގާނޫނާ ޚިލާފު ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް ފުލުހުންނަށް އަންގަވާފައިވާ ކަމަށް މަހްލޫފް ފާހަގަކުރެއްވި އެވެ. އަދި މިހާރު ހިނގަމުންދާ ކަންކަމާ ދެކޮޅަށް އެކި ފަރާތްތަކުން މަސައްކަތް ކުރާ ކަމަށް ވިދާޅުވެ، އެކަމުގައި އެއްވެސް ބަޔަކު ފަހަތަށް ނުޖެހުމަށް މަހްލޫފް ގޮވާލެއްވި އެވެ.
"މިއަދު ވެސް ޖަލުގައި އެތައް ބައިވަރު ބޭފުޅުން. އެކި އުމުރުފުރައިގެ އެކިއެކި ބަލި ހާލަތުގައި ތިއްބެވި ބޭފުޅުން އެ ގެންދަނީ މި ގައުމު އިސްލާހު ކުރުމަށް އެ ބޭފުޅުންނަށް ކޮށްދެވޭ މަސައްކަތުގެ ތެރެއިން އަނިޔާތަކެއް ލިބެމުން. އެހެންވީމަ މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރެވޭނީ ގާނޫނުއަސާސީގައި އެ ބުނާ ދިވެހި ރައްޔިތުންނަށް،"" މަހްލޫފް ވިދާޅުވި އެވެ.
މިމަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ބައެއް ބޭފުޅުން ހައްޔަރު ކުރުމާ ގުޅިގެން ހިނގަމުންދާ ކަންކަމާ މެދު އިދިކޮޅު ކޯލިޝަނުން ވަނީ މަޖިލީހުގެ މިރޭގެ ޖަލްސާ ބޮއިކޮޓްކޮށްފަ އެވެ. ކުއްލި ހާލަތުގެ ގަރާރު ފާސްކުރަން މަޖިލީހުން އިއްޔެ ބޭއްވި ޖަލްސާ ވެސް އިދިކޮޅުު ކޯލިޝަނުން ވަނީ ބޮއިކޮޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަންސަންގަ
22 February 2018
މިހާތަނަށް ރައީސަކު އިއްވި އެންމެ ފުރިހަމަ ރިޔާސީ ބަޔާން. އެބަޔާނަށް ރައްދުދެވޭނެ ގާބިލްކަން ނެތީމާ ނުދިނީ.
އަސްލު
22 February 2018
ކޮން ރައްދެ ދޭނީ. އިދިކޮޅުން ގަވަމުން އައި ގައުމަށް ތަރައްގީ ނާދެ އޭ. ދެއްކީ ތަރައްގީގެ ވާހަކަ. ކީކޭ ދެން ބުނާނީ. ފެކްޓްސް އާއި ކުރިމަތި ލާން ނުކެރޭ ކުދިން. ހަރުގެ ޕޯޑިއަމްގައި ހަޅޭލަވާފައި މަގުމަތި ހަލަބޮލި ކުރުން ނޫން ކަމެއް ނެތް.
މޯޑު
22 February 2018
ފުރަތަމަ އަނެކާގެ ވާހަކަ ނުދައްކާ، ތިމާގެ ދާއިރާގެ ރައްޔަތުންގެ ހާލާއިމެދު ވިސްނާ އެބައިމީހުންނަށް ވީވައުދުތައް ފުއްދޭތޯ މަސައްކަތް ކޮށްބަލަ، ތިމާ ކޮށްފަތިހުރި ހުވަޔާމެދު ބިރުވެތިވެ އެކަމުގައި ހެގޮތުގައި ހުރެވޭތޯ ބެލިއްޔާމާ ރަގަޅެއްނޫންތަ، ތިޔަވެވެނީވެސް ރައްޔަތުންނަށް އަނިޔާވެރި އެކަން އެގޭނަމަތާދޯ؟
މާކަނާ
22 February 2018
މަހޭ ބުނާނެ ފަހަތަށް ނުޖެހޭށޭ ކުރިއަށް ދެވޭނަމައެއްނު ފަހަތަށްޖެހެވޭނީވެސް ދައުރުނިމި ވޯޓް ލާނިއްމާ ދެވަނަ ދައުރަކަށް ރައީސް ުާމީން ވެރިކަމަށް އަށްނައިރުވެސް ހަމަ ތިލަވަކިޔަކިޔާތިބޭނެ ތިބުނާ އިދިކޮޅުކެނޑި ދޭޓެއްވެސް ނުފެނޭ ތި އިދިކޮޅުމީހުންނަށް އެއްގަލަކަށް ނޭރި ތި އުޅެނީ ތިވަރު ބަޔަކަށް ރަތްއަތުންނަށް ކޮންކަމެއް ކޮށްދެވޭނީ އަމިއްލަ ކަންކަން ނުނިންމޭ ބަޔަކަށް މިގައުމަށް މިވަރުގެ ހެޔޮވެިއެއްނުލިބޭނެ ހަޖަމް ކޯސްލާ!
ހުއްބުލް ވަތަން
22 February 2018
ރިޔާސީ ބަޔާނުގަ އޮތީ ލޯކުރިމައްޗައް ފެންނަންހުރި ތަރައްޤީގެ ވާހަކަ ތައް، ދެން ތަރައްޤީގެ ޕްރޮޖެކްޓް ތައް ހުއްޓުވާ ޤައުމު އިނދަ ޖައްސާފަ ވެރިކަމައް އަންނަން އުޅޭބަޔަކައް ކޮންރައްދެއް ދެވޭނީވެސް......
ގފފދދ
22 February 2018
މަހޭ ވެރިކަމަށް އަންނަން ވީ ނޫ
ދދދދދދދ
22 February 2018
އާނއެކޭ އާނއެކޭ ނުދެވޭނެއޭ ރައްދެއް. ކާކު ބުނީ އެހާ ފެންވަރު ހުރި ބައެކޭ ކަލޭމެން ތީ. އެނޫނަސް ނުވާނެ ކަންތަކާ ނޫޅޭށޭ މިބުނަނީ އެހެންވެޔޭ.
ހެހެހެހ
22 February 2018
އެންމެ އުނިކަން ބޮޑު ރިޔާސީބަޔާން!!!
ރަށު މީހާ
22 February 2018
ބަޔާނަށް ރައްދު ދިނުމަކީ ކުރަން ޖެހޭކަމެއް ، އެކަމަކު އެކަން ނުކުރިޔަސް އަހަރުމެންނަށް މައްސަލަ އެއް ނެތް ..ރައީސް ޔާމީންގެ ވެރިކަން ބަދަލު ކުރެވޭނީ ވޯޓުން ، އެނޫން ގޮތަކަށް އެކަން ކުރަން ކިތައްމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެ ، މިހާރު މަހްލޫފް އެކަނި މުޅި އިދިކޮޅު ކޯލީޝަންގައި އެއްޗެއް ބުނަން ހުންނަނީ ،
ދިހާސް
22 February 2018
ސުވާލެއް ނެތް ކަމެއްގައި ޖަވާބެއް ދޭކަށް ނުޖެހޭނެ.