ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
25 ފެބުރުއަރީ 2018 - 23:20
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަކީ ރައްޔިތުންގެ އެތައް މުދަލެއް ނުހައްގުން ގެންގުޅުއްވާ ބޭފުޅެއް ކަމަށާއި އޭނާ ރިސޯޓް ވެސް ހިންގަނީ އެގޮތަށް ހޯދާފައިވާ ރަށްތަކުގައި ކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި ވިލިމިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިރޭ ވިދާޅުވެއްޖެ އެވެ.
ރުމާލު 2 ޖަގަހާގައި "ގައުމަށްޓަކައި މަގޭ މޭ އައްޑަނަކަށް" ގެ ނަމުގައި ބޭއްވި ޖަލްސާގައި އޭނާ ވިދާޅުވީ ގާސިމަކީ ކޮންމެ ސަރުކާރެއްގައި ވެސް އަމިއްލަ އެދުމަށް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން އެ މަސައްކަތަކީ 1993 އިން ފެށިގެން އޭނާ ކުޅުއްވާ ކުޅިއެއް ކަމަށާއި ސަރުކާރުން ގާސިމްގެ "ދޮލަނގަށް ބައި އަޅަން ޖެހޭ" ކަމަށެވެ.
"ކޮންމެ ވެރިއަކު ވެރިކަމަށް އަންނަން ގާތްވީމަ ގާސިމް އިބްރާހީމްގެ ދޮލަނގުތަކުން ކެއްކުން ފެއްޓޭނެ. އެއާ ވިދިގެން ހަމަ ނިމުމާއެކީ ވެރިކަމަށް ހޮވޭ މީހާ އަށް މީނަގެ ފުށުން ބިލް އަންނަން ފަށާނެ. އެ ބިލްތަކުގެ ތެރޭގައި ހިމެނޭނެ ފަޅުރަށްރަށާއި އެއްގަމާއި ވަޔާއި ކަނޑުގައި ހުންނަ ވިޔަފާރީގެ މުހިއްމު ކަންތައްތައް،" ނިހާން ވިދާޅުވި އެވެ.
"މިހާރު ވެސް ގާސިމްގެ ގިނަ ރިސޯޓްތަކަކީ މިގޮތަށް އެކި ދިމަދިމާލުން ބިލްޑް އަ ބެޓާ ޑިމޮކްރަސީގެ ނަމުގައި މީނަ ހިންގާފައިވާ ޖަރީމާތަކުން ހޯދާފައިވާ ރަށްތައް،" ރައީސް މައުމޫންގެ ވެރިކަމަށް އިޝާރާތްކުރައްވަމުން ނިހާން ވިދާޅުވި އެވެ.
އެގޮތުން ފަން އައިލެންޑާއި ޕެރެޑައިސް ފަދަ ތަންތަނަކީ ގާސިމް ރިސޯޓް ހިންގަން ބިޑްކޮށްގެން ހޯދި ރަށްތަކެއް ނޫންކަން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ނިހާން ވިދާޅުވިި އެވެ.
"ބިޑް ނުކޮށް ރަށްތައް ހޯދަން ހިންގި ޖަރީމާތަކުގެ ތެރެއިން އެންމެ ބޮޑެތި ނާޖާއީޒު ފައިދާތައް ނެގި އެކަކީ ގާސިމް،" އޭނާ ވިދާޅުވި އެވެ. "އެންމެ ކައިރިން މިއޮތް ޕެރެޑައިސްއަކީ ވެސް އޭނާގެ ރިސޯޓެއް ނޫން. އެއީ ވަރަށް ރައްޔިތު އަހައްމަދު ހެދިގެން އުޅުނު މީހަކަށް ރައީސް މައުމޫން ދެއްވި ރަށެއް އެއްވެސް މީހެއްގެ ކައިރީ އަހާ ނުލާ."
ގާސިމް، ރައީސް ޔާމީނާ އެކު: މި ވެރިކަން ގެންނަން ގާސިމް ވަރަށް މަސައްކަތް ކުރެއްވި.
ނިހާން ވިދާޅުވި ގޮތުގައި ފަން އައިލެންޑް ހިންގާ ބޮޑުފިނޮޅަކީ ފަލަސްތީން ރައްޔިތުންނަށް އެހީވާން ގުދުސް ފަންޑަށް އެހީވާން ރިސޯޓެއް ހަދަން ބަޔަކަށް ދިން ރަށެކެވެ. އެކަމަކު އެ ރަށް ހަދަން ހަވާލު ކުރި މީހުންނަށް އެކަން ނުވެގެން ގާސިމް އެ ރަށް ހޯއްދެވީ ރައީސް މައުމޫނަށް ގުޅުއްވައި އާދޭސްކޮށްގެން އެންމެ 5،000 ޑޮލަރަށް ކަމަށް ނިހާން ވިދާޅުވި އެވެ.
"އަޅުގަނޑު މި ދެންނެވި ވާހަކަތައް ދޮގު ނުކެރެވޭތީވެ މިހާ ސާފުކޮށް މި ވާހަކަ ކިޔަނީ،" އޭނާ ވިދާޅުވި އެވެ.
ނިހާން ވިދާޅުވި ގޮތުގައި ގާސިމްގެ ކިބައިގައި ހުރި މިފަދަ އަމިއްލަ އެދުން ބޮޑު ކަންކަމާ ހެދި ދިވެހި ރައްޔިތުންނަށް ބޮޑު މުސީބާތަކަށްވެފައިވާ ކަމަށެވެ.
ޕީޕީއެމުން މިރޭ ބޭއްވި ޖަލްސާގައި ނިހާން ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު
"ހަމަ ކޮންމެ ފަހަރަކު މި ދޮލަނގަށް އެއްޗެހި އަޅަން ހަދައިގެން ވެރިކަން ވައްޓަން އެބަ ޖެހޭ. ބަޣާވާތް ކުރަން އެބަ ޖެހޭ. ނޭވާ ރައްޔިތުންނަށް ލެވޭކަށް ނެތް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، މަޖިލިސް މެންބަރުންނަށް ރިޝްވަތު ހުށަހެޅުމުގެ ކުށުގައި ޖަލު ހުކުމެއް އައިސްފައިވާ ގާސިމް ރާއްޖެ ބަނޑަށް ޖެހޭނެ ވާހަކަ ދެއްކެވުމުގެ ބަދަލުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާ ދެއްކުން މާ ރަނގަޅެވެ. އަދި އެ ފައިސާ ލިބިއްޖެ ނަމަ، ރައްޔިތުންގެ ތަރައްގީ އަށް ކުރެވޭނެ އެތައް ކަމެއް ހުންނާނެ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
26 February 2018
ހަމަތަ؟ ނޫނީ ގެއްލެންހުރި އެއްޗެއްގެ ބޮޑުކަމުން ބޯގޮވީތަ؟
އަބްދުﷲ
26 February 2018
ހަމަ މިހާރުވެސް ޤާސިމް ޕީޕީއެމަށް ސޮއި ކޮށްބަލަ... ނިހާން ޖަލްސާގަ ދޫ އޮޅިގެން މޮޔަ ގޮވީކަމަށް ބުނާނީ... ނުވަތަ ލިބުނު ނުބައި މަޢުލޫމާތެކޯ ބުނާނީ... ތިމަންނާމެނަށް ވެރިކަން ލިބުނު ގޮތް ހަނދާންކޮށްބަލަ
ޙހހހ
26 February 2018
ޢަނެއްކާ އަނެއްވާހަކަ. 2013 ގައި ތިވާހަކަ ނުދެއްކީ ކީއްވެ. އޭރު ރ.ޔާމީން އަށް ތާއިދު ކިރާތީ.
އުމަރު
26 February 2018
ނިހާނު ތިޔަދައްކަނީ މީގެ 40 އަހަރުކުރިން ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކެއްގެ ވާހަކަ، އެއިރު ފަޅުރަށެއް އޮތަސް ރިސޯޓެއް ނެހެދޭ، އަދި ސަރުކާރުން ދިޔައީ 5 ލައްކަ ޑޮލަރު ދެމުން ރަށްތަށް ހަދައިގެން ހިންގަން ކުރިމަތިލާ މީހުންނަށް، އެއީވެސް އިންވެސްޓަރުން ނެތީމަ، ޓްރާންސްޕޯޓް ނެތިގެން، ފައިސާނެތިގެން، ދެން ދަނޑިފަހުން ހެދި ރިސޯޓްތަކުގެ އަގު މައްޗަށް އެރިއެރީނުންގޮސް މިހާރު ފަޅުތަކުގެ އަގުތަށްވެސް 60 މިލިއަނުން އެދަނީ ވިއްކަމުން، ނިހާނުއާއި ކުރަން ބޭނުން ސުވާލަކީ އެނބޫދޫ ފަޅު ރައީސުލް ޖުމްހޫރިއްޔާގެ ކޮޓަރިކޮޅުގައި ނިންމީ ހައްގުންތޯ؟ ރ.އަތޮޅުގައި ހުރި ހުރިހައި ރަށްތަކެއް ބީލަމަކާއި ނުލައި ދީފައިވަނީ ހައްގުންތޯ؟ އެމްއެމްޕީއާރްސީގެ ކޮރަޕްޝަނުގެ ތެރެއިން 120 ރަށާއި 27 ފަޅު ދިނީ ހައްގުންތޯ؟ ނިހާނު ނަންގަވައިގެން އުޅޭ ރަށްތަށް ދިނީ ހައްގުންތޯ؟ މިހާރު ގާސިމަށްތުރެން ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަތުގައި ފައިސާގިނަވާނެ، އެއީ އެންމެ 4 އަހަރު ތެރޭގައި، އެއްވެސް ވިޔަފާރިއަކާއި ނުލައި
ޖައިސާމް
26 February 2018
ނުހައްގުވަނީ ޔާމިނާ ދެކޮޅުވާ ހިސާބުން ދޯ؟ އޭގެ ކުރިން ހުރިހާ ކަމެއް ހައްގު. މިކަންވެސް ބުއްދި ބޭނުންކުރާ މީހުންނަށް ފިލާވަޅަކަށް ވާނެ. ޕީޕީ ކުދިން ކީކޭ ހިތައް އަރަނީ؟
1234
26 February 2018
ގާސިމް ގެ ފަރާތުން މިގައުމުގެ އެތައް ބަޔަކަށް އޭގެ ފައިދާ އެބަކުރޭ. ގާސިމަށް ލިބުނު ތަނަވަސްކަމުން ކިތައް ދަރިންނަށް ކިޔަވާދީފިތޯ؟ ކިތައް ބަލިމީހުންނަށް ބޭސްކޮށްދީފިތޯ؟ ކިތައް މީހުންނަށް ވަޒީފާ ދީފިތޯ؟ ނިހާނުމެން އަދުރޭމެން ދިވެހިންނަށް ކޮށްދިން ކަމެއް ދައްކަބަލަ!
ފަލަސްތީން
26 February 2018
އެވެސް ބައެއް މީހުންނަށް. އަހަރުމެންގެ މަންމަ ނިޔާވިއިރުވެސް ދޭންބުނި އެހީއެއް ނުލިބުނު. ވަރަށް ވެދުން
އާދަންފުޅު
26 February 2018
ޤާސިމާއި ސަރުކާރުން މައްސަލަޖެހެނީ ޤާސިމް އެއްޗެތި ބޭނުންވާތީއެއްނޫނެވެ. ޤާސިމް ސަރުކާރަށް ތާއީދުކޮށްގެން ހުރިއިރު ރަށާއި, ލޯނާއި އޭތިމީތި ލިބެއެވެ. ނަމަވެސް ޤާސިމު ސަރުކާރާއި އިދިކޮޅުވާއިރަށް ޤާސިމްގެ އެއްޗެތި ގެއްލެނީއެވެ. ވީއިރު މި އުސޫލަށް ހިނގާކަމެއް އޭގެ އިދިކޮޅަށް ނުކިޔާށެވެ.
ޝިފާގު
26 February 2018
ނިހާނު ބުނެދީބަލަ އަހަރެމެންނަށް، ސިޔާދު ގާސިމު ޖަލުގައި ބައިންދާފައި އިނީ ކާކަށް ކޯޗެއް ހަނދާންވެގެން ތޯ؟ ނިހާނު ހަނދާން ކުރަންވާނެ ކުށެއްނެތް ކަމާނުބެހޭ މީހުންނަށް ކުރާ އަނިޔާގެ ރަހަ ތިމާ ދުނިޔޭގައި ހުއްޓާ ފެނުމަކީ ވަރަށް ގާތް ކަމެއް ކަން.
ޢަލިކަލޯ
26 February 2018
ފުކެއް ބޮޑު. އެފަކީރަށްވެސް ޢާމްދަނީ އެއް ލިބޭގޮތް ހަދާދީ.
1234
26 February 2018
މަޖިލީހުން 80،000 ރުފިޔާ ، ޕޕމ އިން ސަރުކާރުން ނަގާ އެތައް މިލިއަން ރުފިޔާ މަދުބާ؟
ވޯލް
26 February 2018
ތިޔަ ޕަޓީގެ ކޯލިޝަން މެމްބަރު ސަން ސިޔާމުގެ ތަނަވަސް ކަމުގެ ވަހަކަ ދައްކާލިނަމަ ވަރަށް ފުރިހަމަވީސް. އެއަރޕޯޓްގައި އެފް އިއިޓީ ނަގަން އުޅެފަ ހަމަ ކުއްލިޔަށް މުއްސަންދިވީ. މިހާރު ޕޯޑިއަމްތަކަށް އަރާ ވަހަކަ ދައްކާއިރު ޤައުމުގަ ތިބި ދަންނަ ބޭކަލުންނަށް ވުރެ މޮޅު.