ވަކީލު ހުސެއިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި. - ފޮޓޯ: މިހާރު
26 ފެބުރުއަރީ 2018 - 19:32
ރިޝްވަތު ދީގެން، ބަޣާވާތަކުން ވެރިކަން ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ސިޔާސީ ބޭފުޅުންނާ ގުޅުން ހުރި ކަމަށް ބުނާ ކަޅުފޮއްޓާ ބެހޭ ގޮތުން ސުވާލު އުފެއްދެވި މައްސަލާގައި ވަކީލު ހުސެއިން ޝަމީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފުލުހުން ފަށައިފި އެެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން މިހާރު ހިންގަމުން އަންނަ ބޮޑެތި ތަހުގީގުތަކާ ގުޅިގެން ވަކީލުންގެ ފަރާތުން ދަށު ދަރަޖައިގެ އަމަލުތަކެއް ފެންނަމުންދާ ކަމަށެވެ.
ޚާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ދިން ކަމުގެ ޑޮކިއުމެންޓް އެވިޑެންސް ފެނިފައިވާ ކަމަށް ފުލުހުން ކުރިން ބުނެފައިވާ ކަޅުފޮއްޓާ ގުޅޭ ގޮތުން، ޝަމީމް މީޑިއާގައި ދެއްކެވި ވާހަކަތައް ފާހަގަކުރެވޭ ކަމަށް ޝިފާން ވިދާޅުވި އެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަދި ގާނޫނާ ޚިލާފަަށް ވެރިކަން ބަދަލުކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ބައެއް ފަނޑިޔާރުންނާއި މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތު ކުރެވޭ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވަކީލް ޝަމީމް ވަނީ، އެ މައްސަލާގައި ހައްޔަރުކޮށްފައިވާ ނަޖުމާ އިބްރާހިމްގެ ގެއިން ފުލުހުން ހޯދި ކަޅު ފޮއްޓާ ގުޅޭ ގޮތުން ސުވާލު އުފައްދަވައިފަ އެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް އެ ކަޅު ފޮށި ފެނުނީ، އެފަދަ ފޮއްޓެއް ފެންނާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަހުން ކަމަށެވެ.
މީގެ ކުރިން ވެސް މިފަދަ ގޮތަކަށް ފުލުހުން ހެކި ހޯދާފައި ވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ޝަމީމް ވިދާޅުވެފައި ވެ އެވެ.
އެ ވާހަކަތަކާ ގުޅިގެން ފުލުހުން ވަނީ ޝަމީމްގެ މައްޗަށް ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުލުހުންގެ އިދާރާ އަށް ވެސް ހާޒިރުކޮށްފައި ވެ އެވެ.
ޝިފާން ވިދާޅުވީ ފުލުހުން ހޯދާފައިވާ ހެއްކާ މެދު ސުވާލު އުފައްދައި ދޮގު މައުލޫމާތު ފަތުރައި ފުލުހުންގެ ގާނޫނީ މަސައްކަތް ކުރުމަށް ޝަމީމް ދަތި ކޮށްފައިވާ ކަމަށެވެ. އެހެންވެ އެއީ ޖިނާއީ ކުށެއް ކަމަށް ގަބޫލުކުރެވޭތީ، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
"ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދާފައިވާ ހެއްކާ ގަރީނާގެ ސައްހަ ކަމާ މެދު ރައްޔިތުންގެ މެދުގައި ޝައްކު އުފެދޭ ގޮތަށް ވާހަކަ ދައްކައި ފުލުހުން ހެކި އުފައްދާ ކަމަށް ބުނެ، ފުލުހުންނަށް ގާނޫނުން މަތި ކުރުވާފައިވާ މަސައްކަތާ މެދު ރައްޔިތުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް މީޑިއާއާ ބައްދަލުކޮށް، ކަނޑައެޅިގެން ދޮގު މައުލޫމާތު ފަތުރައި ފުލުހުންގެ ގާނޫނީ މަސައްކަތް ކުރުމަށް ދަތިކޮށް، ފުލުހުން ކުރަމުންދާ ތަހުގީގުގެ މަގުސަދު ހާސިލްވިޔަ ނުދިނުމަށްޓަކައި މަސައްކަތް [ޝަމީމް] ކޮށްފައިވާކަަން ފާހަގަކުރަން،" ޝިފާން ވިދާޅުވި އެވެ.
"ފުލުހުންނަށް ގަބޫލުކުރެވޭ ގޮތުގައި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 530 އަދި 533 ގެ ދަށުން ޖިނާއީ ކުށެއް ކަމަށް މިކަން ގަބޫލު ކުރެވޭތީ ފުލުހުން މި ކަންކަން ބަލައި ތަހުގީގުކު ރަމުންދާ ކަމަށް ވެސް ދަންނަވަން."
އޭނާ ވިދާޅުވީ ފުލުހުން ހިންގަމުން އަންނަ ބޮޑެތި ތަހުގީގުތަކާ ގުޅިގެން، ވަކީލުން ފާޅުގައި ކަނޑައެޅިގެން ދޮގު ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެކަން ކަމުގެ ބޭނުމަކީ، ޝިފާން ވިދާޅުވި ގޮތުގައި، ފުލުހުން ހިންގާ ތަހުގީގުތަކާއި މަސައްކަތްތަކުގެ އަގު ވައްޓާލުމެވެ.
ފުލުހުންގެ ތަހުގީގަށް ހުރަސް އަޅާ ގޮތަށް ވާހަކަ ނުދެއްކުމަށާއި ގާނޫނީ ތަރަހައިގެ ތެރެއިން ވަކީލުން މަސައްކަތް ކުރުމަށް ވެސް ޝިފާން ވަނީ ނަސޭހަތްތެރިވެ ވަޑައިގެންފަ އެވެ.
ފުލުހުން ބަލަމުން އަންނަ މައްސަލައާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ޑީޖީއޭ) އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ޝަމީމް ސަސްޕެންޑްކޮށްފަ އެވެ.
އެ މައްސަލާގައި ފުލުހުން ވަކި ގޮތެއް ނިންމައި، ސުޕްރީމް ކޯޓަށް އަންގަންދެން އޭނާ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުން މަނާކޮށްފައިވާ ކަމަށް ޑީޖޭއޭ އިން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
27 February 2018
ޑިމޮކްރަސީގެ އުސޫލު ކުޑަ ސަރުކާރަކަށް އިދިކޮޅަށް ބުނާ އެއްވެސް އެއްޗެއް ހަޖަމެއް ނުވާނެ
އަލީދ
27 February 2018
އިތުބާރޭ؟ ލޮލް
މަނީ މަނީ.
27 February 2018
ކޮންބައެއް ކަލޭމެނަށް އިތުބާރުކުރަނީ. ހައްތާވެސް ނަފުރަތު.. ނާޒިމްގެއަށް ފިސްތޯލަ ވެއްދީ ކޮންބައެއް؟ ކާކުގެ ޑީ.އެން.އޭއެއް އޭގަހުރީ. ކޮންތާކުން ހޯދި ފިސްތޯލައެއް އެއީ. ބުޅާވެސް ތިޔަ ޕޮލިހަކަށް އިތުބާރެއްނުކުރާނެ. މަނީ މަނީ ޔެސް ސަރ.
މަރިއްކޮ
27 February 2018
އެންމެ ކޮރޮޕްޓް އެއް މުައްސަސާއަކީ ފުލުހުންގެ މުއައްސަސާކަމަށް ބޮޑު މީހާ ބުނެފައިވެއެވެ. އެހެންކަމުން ތި މުއްސަސާއިން މީހެއްގެ ބޮލުގައި ކޮންމެ ފަދަ ތުހުމަތެއްވެސް އަޅުވާފާނެއެވެ. ތި މުއައްސަސާއަށް ރައްޔިތުން މިހާރު އެއްވެސް އިތުބާރެއް ނުކުރެއެވެ. އަދި ދުވަހެއް އަންނާނެކަން ހަނދާން ކުރާށެވެ.
ޒިންދަގީ
27 February 2018
ޝަމީމު ބަންދުކުރިއަސް އަދި ޖަލަށްލިއަސް، ފުލުހުންނަށް އިތުބާރެއް ނުކުރާނެ.. ކަޅު ފޮށްޓެކޭ ޕެން ޑްރަިވެކޭ ފިސްތޯލައެކޭ އެއްވަރޭ..
މަރީ
27 February 2018
ޝަމީމް ނުބުންޏަސް އެގޭ ތިއީ ބޮޑުމީހާ ބުނެގެން ކުޅޭ ޑްރާމާ ތަކެއްކަން
ނާގޫރުގެ ޝަހީދަ
27 February 2018
ސަމީމް އަޚީ ތަޖުރިބާ ހުރި ކެރޭ ލޯޔަރެއް އަދި މޮޅު މުދައްރިބެް ކީޕްކކީޕް އިތް އަޕް..
falaku ain
27 February 2018
ފުލުހުންދޯ ބުނީ ކަޅު ފޮށްޓެއް ފެނިއްޖެޔޭ އޭގެތެރޭގައި ބައިވަރު ކިތާބީ ހެކި އަޅާފައި ހުއްޓޭ. އެހެންވެގެންނޭ ރައީސް މައުމޫނު ހައްޔަރުކުރީ. އޭގެފަހުގައިވެސް ފުލުހުން ނޫންތޯ ބުނީ މައުމޫނު ހެކި ފޮރުވައިފިޔޭ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ފޮށްޓެއްގައި ހުރި ކިތާބީ ހެކި މާދުރު ރަށެއްގައި ހައްޔަރު ކޮށްފައިވާ މައުމޫނަށް ފޮރުވޭނީ ފުލުހުން ދިނީމާކަމަށް މަށަށް ހީވަނީ. އެހެން މީހުން ބުނަނީ ކީކޭތޯ؟
ދދދދދދދ
27 February 2018
އައްސަލާމުޢަލައިކުމް! ކަލޭ ދެން މީގެ ފަހުން ކޮމެންޓް ނުލިޔަން މަށަށް ފެންނަނީ. ބޮޑު ވެގެންވާ މައްސަލައަކާ ގުޅިގެން އެންމެ ހެއްކަކާ ހިސާބުން ތަހްގީގު ނިންމާ އަތް އުރާލާނީ ކަމަށް އަދި އިތުރު ހެކި ލިބޭތޯ ބެލުމެއް ނޯންނާނެ ކަމަށް ކަލެއަށް ވިސްނިފަ އޮތް އޮތުމަކީ ތިމާގެ އަމިއްލަ ގަމާރުކަން އަމިއްލައަށް ސާފުކޮށް ދިނުން ކަމަށްވާތީ ކަލޭގެ ހާލާ ދޭތެރޭ މިހާރުން ފެށިގެން ހިތާމަ ކުރަން މަ ފަށައިފިން. ކަލޭ ކަހަލަ ގަޅިއަކަށް އެވަރު ރަނގަޅެއްނު ދޯ؟ ހހހހހ
އަލީދ
27 February 2018
ދ.... ކުށެއް ސާބިތު ކުރަން އެންމެ ހެއްކެއް ވެސް ފުދޭ. އެނުޖެހޭ 1000 ހެކި ހަމަވާކަށް. ދެން އެހެން ނޫނަސް އިތުރު ހެކި ހޯދަން އުޅޭނީ ލިބިފައިވާ ހެއްކަކީ ސާބީތު ކުރެވޭ ފަދަ ހެއްކަަކަށް ނުވާތީ. ތިހިރަ ވިސްނުމަށް ސާބަސް
ޑޮންޑޮން މަތި
27 February 2018
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ފުލުހުން މިހާރު ހިންގަމުން އަންނަ ބޮޑެތި ތަހުގީގުތަކާ ގުޅިގެން ވަކީލުންގެ ފަރާތުން ދަށު ދަރަޖައިގެ އަމަލުތަކެއް ފެންނަމުންދާ ކަމަށެވެ.******ވކީލުންގެ މަސްއޫލިއްޔަަކީ މުވައްކިލު ސަލާމަތް ކުރުން ކަމށްވާނަމަ ފުލުހުންނާ ދެކޮޅަށް އަދި ފުލުހުން ހިނަގާ ތަހުޤީގުތަކާ ދކޮޅަށް ވަކާލާތު ކުރާނެ . ކުރަން ޖެހޭނެ . ޔަޤީންވާކަަކީ ފުލުހުން ހެކި އުފައްދައިފިކަމާ ޝަމީމުގެ ބަސް މާސައްޙަ ވެއްޖެ ކަން . މިއަދގެ ހުކޫމަތަކީ ގަދަބާރުކަން
އީދުކަޅުބެ
26 February 2018
ފުލުހުން ހެކި އުފައްދާކަން ސާބިތުވެފައޮތީ. ފުލުހުން ގެންގުޅޭ ކަޅުފޮށްޓާއި ކަޅުދަބަސް ރައްޔިތުންނަކަށް މިހާރު އޮޅިފަކާނެތެވެ.