މިއަދު މަޖީދީމަގުގައި ކުރިއަށްގެންދިޔަ މުޒާހަރާގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
02 މާޗް 2018 - 22:33
އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދާ އެއްވުންތައް ނުހުއްޓުވޭނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިރޭ ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ސިޔާސީ ބޭފުޅުން ވެސް ހިމެނޭ ގޮތުން ނުވަ ގައިދީއަކު ދޫކޮށްލުމަށް އަންގައި މިދިޔަ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރުން ފެށިގެން މާލޭގެ މަޖީދީ މަގުގައި އަންނަނީ އެއްވުން ބާއްވަމުންނެވެ. މާލޭގެ ހަތަރު ސަރަހައްދެއްގައި މިއަދު ހަވީރު ބޭއްވި އެއްވުމުގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދުގެ އިތުރުން އާންމުންތަކެއް ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން، އިދިކޮޅު ފަރާތްތަކުން ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އަމީތު ވިދާޅުވީ މުޒާހަރާތައް ހުއްޓުވަން އަންނަނީ މަދު ފުލުހުންތަކެއް ކަމަށާއި ކުރިމަގުގައި އެ ފުލުހުން ވެސް އިދިކޮޅު ފަރާތްތަކުގެ މަސައްކަތާ ގުޅޭނެ ކަމަށެވެ.
މިއަދުގެ މުޒާހަރާ ހުއްޓުވުމަށް ފުލުހުން ހަރަކާތްތެރިވަނީ-- ފޮޓޯ: ހުސައިން ވަހީދު/މިހާރު
މިއަދު ހަވީރު ގިނަ ބަޔަކު އެއްވި ގޮތަށް މިރޭ ވެސް އެކަން ދެމެހެއްޓުމަށް އަމީތު ގޮވާލެއްވި އެވެ. ކުރިން ހުއްދަ ނެގުމެއް ނެތި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދޭއިރު، އެކަން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވީ މުޒާހަރާ ކުރުމަށް ސަރުކާރުގެ ހުއްދަ ހޯދަން ނުޖެހޭ ކަމަށާއި އެ ހައްގު ގާނޫނުން ކަށަވަރުކޮށްދޭ ކަމަށެވެ.
"އަޅުގަނޑުމެންގެ ގައުމު ސަލާމަތް ކުރުމަށް ހުރިހާ ދިވެހިން ނުކުންނަން ޖެހޭ. އެހެން ނޫނީ ދުވަހުން ދުވަހަށް އަޅުގަނޑުމެންގެ ހާލަތު ދާނީ ދަށަށް. މިހާރު އަޅުގަނޑުމެންނަށް ކައިގެން ތިބެވިދާނެ. އެހެން ނަމަވެސް މީނަ [ރައީސް އަބްދުﷲ ޔާމީން] ވެރިކަން ދޫކޮށްލާފައި ދާއިރު އަޅުގަނޑުމެންނަށް ނުހުންނާނެ ބާކީ އެއްވެސް އެއްޗެއް،" އެމްޑީޕީގެ މެމްބަރު ނިޒާރު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް އޮތް އަޣުލަބިއްޔަތު ގެއްލެމުންދާއިރު ނިޒާރު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެމްބަރުން ޖަލަށް ލިޔަސް ދެން ސަރުކާރާ ގުޅިވަޑައިގަންނަވާނެ މެމްބަރުންތަކެއް ނެތް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮއިމާވާޙީދު
03 March 2018
އަހަރެން މި ސަރުކާރަށް ތާއިދެއް ނުކުުނުކުރަން. ހަމައެޔާއިއެކު އިދިކޮޅު މީހުން ތި ދައްކާ ވާހަކައަކަށް ވެސް ތާއިދު ނުކުރަން. ތިއީ ހުސް އަމިއްލަ އެދުމާއިގެން ވެރިކަމުގެ ލައްޒަތުގައި ހޭކެން އުޅޭ ބައެއް. ރައްޔިތުންނަށް ހެޔޮ އެދޭ ބައެއް ނޫން.
ގުނބޯޯ
03 March 2018
ކުރިން ހުއްދަ ނެގުމެއް ނެތި އެއްވެ އުޅުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ގާނޫނުއަސާސީން ލިބިދެނީ ބޭޭނުންހާތާކު އެކަން ކުރާކަށްނޫން.
ދަލޭ
02 March 2018
ފިލާއޮވެގެން, ފުލުންނެރިގެން ރައްޔިތުންނަށް އަނިޔާކުރާނެ ކަމެއްނެތް, ﷲ އިރާދަކުރެއްވިއްޔާ ހަމަބިމަށް ތިރިވާ ދުވަސް އޮތީ ދާދި ގާތުގައި, ތާއީދެއްނެތް, މިހާރު ތިދަނީ އަނގަވަތައް ކައްޕި,
ޓީނާ
02 March 2018
މިހެން އެއްވެ އުޅެން ފުރުސަތު ދެންޔާ. ފާލުން ނެއްޓިދާނެ. ޙަކީމާގެއަށް އިހްތިރާމް ކުރަން ދަސްކުރަންވެއްޖެ
ތުނިޔަ
03 March 2018
ޙާކިމާ ދަސްކޮށްދިން ކަމެކޭމީ! ޙާކިމާ ކުޑައިރު ނޫންތޯ 22 ރޭވަންދެން މުޒާހަރާ ކުރީ! މިހާރު ބޮޑުވީމަ ހަނދާން ނެތުނަކަސް..
ޚުރާ
02 March 2018
ޢެއްވުންތަކަށް މިހެން އެެއްބާރު ލިބެނީނަމަ. ޥަރަށް ބަނަކޮށް ދައްކަނީ. ޤައުމު ހަލާކުވަނީ. ޤައުމު ތަރައްޤީ ކޮއްފައި ހުރި މިންވަރަށް ވިސްނަންވެއްޖެ އިދިކޮޅު މީހުންވެސް
ޤުރައިސާ
02 March 2018
ޢެއްވުން ހުއްޓާލަން ވެއްޖެއެށްނު. ކޮއްފައި ހުރި ތަރައްގީި ނުފެނަނީތަ؟ ބުރިޖުވެސް މިޖާރު އެނިމެނީ. ސުކުރުކޮއްބަލަ
ތުއްތުނާ
02 March 2018
ތި ކުރާ މަސައްކަތަށް ތާއީދު.......
ޑޯރާސް -ޢައިންތު
02 March 2018
ޢެއްވުންތަށް ހުޓުވަން އެބަޖެހޭ. މިދަނީ ރަނގަޅަކަށް ނޫން.
ތުއްތުނާ
02 March 2018
ޢައިންތު މިކަން ހުއްޓާލާނީ ރައީސް އަބްދުﷲ ޔާމީނު ވެރިކަމުން ދުރު ކޮށްފައި.......
ޢަލބޭ
02 March 2018
ވަރަށްދެރަ މިމީހުންނަށް ފެންނަނީ ހަމައެކަނި އެއްތަންކޮޅު ގާނޫނުއަސާސީން ބާރުލިބިގެން ހަދާފަހުރި ގާނޫނުތަކެއް ނުފެނޭ ރައްޔިތުންނަށް އޮޅުވާލަނުލާ.
އެފް އެމް
02 March 2018
ތިބުނާ އިދިކޮޅުމީހުން މުޒާހަރާ ކުރަނީ މަޖީދީމަގު މެދުގަތަ؟؟ އެހެންކަމަށްވަންނާ މާލޭގަ ދިރިއުޅޭ ރައްޔިތުންގެ އެއގަމު ދަތުރުފަތުރު ކުރުމުގެ ހައްގާއި ހިނގާބިނގާވެ އުޅުމުގެ ހައްގާއި ޓެކްސީ ދަތުރުކުރާމީހުންގެ އާމްދަނީ ހޯދުމުގެ ހައްގާއި ތިޔަ ސަރަހައްދުގެ ވިޔަފާރިވެރިންގެ ވިޔަފާރިން ނަފާހޯދުމުގެ ހައްގުފަދަ ހައްގުތައް މަދުބަޔަކު ނުކުމެ ހުއްޓުމަކަށް ގެނުވީތަ؟؟؟ ޤާނޫން އަސާސީގަ ލިބިދީފައިވަނީ ހަމައެކަނި އެއްވެއުޅުމުގެ ހައްގު އެކަނިތަ؟؟ ކޮންމެ ހައްގަކީވެސް އަނެއްހައްގެއް ގެއްލިދާނެ ހާލަތެއް މެދުވެރިވާހިންދު ދޫކޮލެވެންޖެހޭ ހައްގެއްކަން އަހަރެމންނަށް ނޭނގޭނަމަ ހައްގަކީ ކޮބައިކަން ދަސްކުރުން މުހިއްމު