ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުން
17 ޖުލައި 2016 - 21:44
ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފައިވާ ގޮތަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ޕާޓީ އޮފީހަށް ފޮނުވައިދޭން މިއަދު އަނެއްކާ ވެސް އަންގައިފި އެވެ.
ވެރިކަންކުރާ ޕީޕީއެމް ހަރުދަނާކުރަން މައުމޫން ފައްޓަވާފައިވާ އިސްލާހީ ޕްރޮގްރާމްގެ ބޭނުމަށް، ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ފޮނުވައިދޭން ފުރަތަމަ އެދިވަޑައިގެންނެވީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާނަށް ފޮނުއްވި ސިޓީއެއްގަ އެވެ. އެ ސިޓީގައި މައުމޫން އެދިވަޑައިގަތީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޔައުމިއްޔާތައް ފޮނުވައިދިނުމަށެވެ.
އެކަމަކު އެ މުއްދަތުގައި ނިހާން ޔައުމިއްޔާތައް ފޮނުއްވައިފައެއް ނުވެ އެވެ.
ޕީޕީއެމްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަބްދުއަލީމް ސޮއިކުރައްވައި ނިހާނަށް ފޮނުއްވި ސިޓީގައި އެދިވަޑައިގަތީ މާދަމާގެ ރަސްމީ ގަޑި ނިމުމުގެ ކުރިން ޔައުމިއްޔާތައް ފޮނުވައިދިނުމަށެވެ. އެކަމުގައި އެއްވެސް ކަހަލަ ދަތިތަކެއް ކުރިމަތިވާނަމަ، އެ ދަތިތައް ހައްލުކޮށްދޭން ޕާޓީ އޮފީހުން އެހީތެރިވާނެ ކަމަށް ވެސް ސިޓީގައިވެ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދިފައިވާ ކޯޅުމާ އެކު ޕީޕީއެމް ތެރޭގައި ވަނީ ދެ ބޭފުޅުންގެ ފެކްޝަން އުފެދިފަ އެވެ. މި މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަާލިމު
18 July 2016
މަގޭ ވޯޓް ނިހާނަކަށް 2019 ގައި ނުލިބޭނެ
ދަވޭ
18 July 2016
ޔައުމިއްޔާ ފޮނުވަން ރައީސް މައުމޫނު އެދިލެއްވުމުން ނިހާނު މިހާރު ވިދާޅުވަނީ ތިމަންނާ އަށް ޑެއިލީ މިނިޓްސް ނުފޮނުވޭނެ ކަމަށް. ތިމަންނާ ފޮނުވާނީ އަހަރީ ރިޕޯރޓް ކަމަށް. އަހަރީ ރިޕޯރޓް އަށް މައުލޫމާތު ނަގަނީ އެއީ އަހަރުގެ 365 ދުވަސް ކުރުކޮށްލާފައި 24 ގަޑިއިރު ތެރޭގައި އެއް އަހަރު ދުވަސް ހިނގީތޯ ނިހާނު ޑެއިލީ ރިޕޯރޓް އެއް ޕްރޮޑިއުސް ނުކޮށް އަހަރީ ރިޕޯރޓް އެއް ޕްރޮޑިއުސް ކުރެވުނީ. އަހަރީ ރިޕޯރޓް އެއް ޕްރޮޑިއުސް ކުރެވޭނީ ޑެއިލީ ރިޕޯރޓް ޕްރޮޑިއުސް ކޮށް އަދި މަންތްލީ ރިޕޯރޓް ޕްރޮޑިއުސް ކޮށް އަދި މަންތްލީ ރިޕޯރޓް އެގްރިގޭޓް ކޮށްގެން ނޫންތޯ އަހަރީ ރިޕޯރޓް ނެރެވޭނީ. އެއްގޮތަކަށް ވެސް ނިހާނު ދައްކާ ވާހަކައިގެ ދެކޮޅު ދިމާ ނުވެއެވެ. އިނގޭހާވެސް އެއްޗަކީ ނިހާނު މެންގެ ލައިފް ޓައިމް ގައި ވެސް ނެތް ކަން އެޑްމިނިސްޓްރޭޓިވް ރޫލް އާއި ފައިނޭންޝަލް ރޫލް އާއި އަދި ޕްރޮކިއުމަންޓް ރޫލް އެކުލެވޭ ނިޒާމެއްގެ ތެރޭގައި މަސައްކަތް ކުރެވިފައި. ނިހާނު ސާމްޕަލް އަކަށް މުސްތޯބެ މެން ފޯލޯ ކުރާ ނަމަ ހިސާބު އަކުރުގައި އޮންނާނެ ނަވާރަ އޮނަވހިހި އަދި ވިހި. ދެ ނަވާރަ އަންނާނެއެވެ.
މެންޓަލިސްޓް
18 July 2016
މީޑިޔާގައި އަބަދު ޕީޕީއެމްގެ ވާހަކަ ދެއްކުމާއި ފާރިޝްމައުމޫންގެ ވާހަކަދައްކަން ވެގެން ކުޅޭ ކުޅިގަނޑެއް ތިޔައީ ، އަނެއްކޮޅުން އެއްކަލަ މައުމޫނާއި ހިއްހަމަނުޖެހޭމީހުންވެސް މިހާރު ޔާމިން އާއި މައުމޫންއާއި ޖެހިގެންއުޅޭތީވެ ، އެންމެންތިބީ މައުމޫންއަށް ހަމްދަރުދީވެގެން، ، މީބޮޑު ސިޔާސީ ކުޅިގަނޑެށް ކާމިނީ އާއިލާގައި ވެރިކަން ތާއަބަދަށް ބާއްވަން އަނބުރާހާ ގޭސްގަނޑުގަނޑު ، މީހުނަށް ހީވާނެނުން މައުމޫންއަކީ މާގައުމަށް ތެދުވެރިމީހެއްކަން ކުއްލިއަކަށް ބިޑްނުކޮށް ރައްތަށްދޫނުކުރެވޭނޭ ބުނީމައި ، ބަލަ ޕީޕީއެމްގެ ވެރިކަން ފެށުނީއްސުރެން 50 ހަކަށް ރަށާ 20ސަކަށް ފަޅުއެއޮތީދީފައެއްނު ، އޭރު ރައީސްމައުމޫން ހުރީ ނިދާބޭސްކޭންބައްލަވައިގެންތޯ ؟ ނާޒިމްސޯމެން ފްރޭމްކޮށް ޖަލަށްލާހެދިއިރު އަނގައިންވެސް ނުބުނެހުރީ ކީއްވެބާ ؟ އެހެންވީމަ އަސްލުގައި މައުމޫންއަކީ ގައުމަކަށްވެސް އަދުލުއިންސާފަކަށްވެސް އިހްތިރާމް ކުރައްވާ ލޯބިކުރައްވާ ބޭފުޅެއްނޫން ، އެމަނިކުފާނުވެސް ބޭނުންވަނީ ދަރިއަކަށް ވެރިކަންހޯދައިދޭން ،،
ޒެޑްސް
18 July 2016
ތި ކޯޅޫމަކީ ގަރުނުގެ ބޮޑު ޖޯކު. ނިމޭއިރު އޮންނާނީ ބޭބޭފުޅު މައުމޫނުގެ ހުސްވުމެއް ނެތް ތާއީދު ކޮއްކޯފުޅު ޔަމީނަށް. ސޭޓުގެ ތައީދު ޔަމީނަށް. އެންްްމެންގެ ސަޕޯޓާއި އެކު ޔަމީނު 2018 ޔަގީން ކުރުވާ ގޮތަށް ނިންމާނީ. އަލުން ދުންޔާ އަށް މިނިސްތަރުކަމެއް ދޭނެ. ނައިބް ރައީސް ކަން ބޭބޭފުޅު ބޭނުންވާގޮތަށް އޯކޭ ލިބޭނެ. އެ މީހަކީ ކޮއްކޯފުޅެއް. އޭރުންތާ 2023 ކަށަވަރުކުރެވޭނީ.
ފިޔާތޮށި ރީދޫ އަސުރުމާ
18 July 2016
ނެތް ޔައުމިއްޔާ އެއްކިހިނެތް ތޯ ފޮނުވާނީ. ނިހާންމެން މުޅިން މަކަރޭހެދީ
ހެކިވެރިވެލާ
18 July 2016
ބައްލަވާ ވުޖޫދުގައި ތިޔަ ވިދާޅުވާ އެއްޗެއް ނެތޭ! ކިހިނެއްތޯ؟ ޔައުމިއްޔާ އަރުވާނީ! އަޅުގަނޑުމީ ހެކިވެރިވެލާއޭ؟ ފަހްމްވެލައްވާތޯ؟ މި ދަންނަވާ އެއްޗެއް!
އަލީވަހީދު
17 July 2016
މިކަލޭގެ ދެން ޕާރޓީން ވަކިކުރޭ. އަސާސީ ގަވާއިދު ގެ ޕާލިމެންޓްރީ ގްރޫޕް ގެ ބައިގަ ވަރައް ސާފްކޮށް އެބަބުނޭ މަޖިލިސް ކޮންމެ ދައުރެއް ނިމިމުން ޕީޖީ ގްރޫޕްގެ ހުރިހާ ލިއެކިއުންތައް ޕާރޓީ ގެ އިސް ފަރާތްކަށް އަދި ޕާރޓީ އޮފީހަށް ހުށަހަޅަން ޖެހޭނެ ކަމަށް. އެހެން ވީމާ ވަރައްސާފް މީނަ ޕާރޓީ އަސާސީ ގަވާއިދާ ހިލާފް ވެއްޖެ ކަން. ފިޔަވަޅު އަޅާ. ހުށަ ހެޅިފައިވާ މައްސަލަ ތަކަށް ފިޔަވަޅު އަޅާ. ކޮބާ ސުލޫކީ ކޮލިޓީ އަލީވަހީދުމެން ސަރރުކާރު މަގާމް ގެއްލި ދާނެ ތީ ބިރުގަންނަނީތޯ.
ހިތާމަ
17 July 2016
ބައްލަވާ ރައީސް މައުމޫނު. ކިހިނެއްތޯ ޕީޖީން ޔައުމިއްޔާ ފޮނުވާނީ އެވެރިންނަކީ ތި ޒާތުގެ އެޑްމިން މަސައްކަތެއް އުމުރުގައި ވެސް ކުރި ބަޔެއް ނޫނެވެ. ކުރަން ދަންނަ ވެސް ބަޔެއް ނޫނެވެ. ކުރާނެ ވެސް ބަޔެއް ނޫނެވެ. އެގްރޫޕް ގައި ވެސް ނެތީ ތިކަން ރަނގަޅަށް އަންޑަރސްޓޭންޑްވާ އެކަކުވެސް،. ރާއްޖޭގެ ސިޔާސީ ޕާރޓީ ތަކުގެ ޕީޖީ ގްރޫޕް ގެ ގިނަ މެމްބަރުންނަކީ ފުރަތަމަ މީޑިއާ އަށް މައުލޫމާތެއް ދޭން ދާއިރު ވެސް އެއްވެސް މިންވަރަަށް ހޯމް ވާރކް ވެސް ހަދާ ބަޔެއް ނޫނެވެ. އެކަން އިނގޭނެ ރައްޔިތުންގެ މަޖްލީހުގެ މެމްބަރަކާއި ޚަބަރު ތަކުގެ އެކި ޕްރޮގްރާމްްސް ތަކުން ޓީވީ އެންކަރު ކުރާސުވާލު ތަކާއި ނުވެސް ގުޅޭ ޖަވާބު ގިނަ ފަހަރަށް އެވެރިން ދިނުމުން ވެސް. މިސާލަކަށް ޓީވީގެ އެންކަރު ކުރާނެ ސުވާލަކީ ވަން ޕްލަސް ވަން އީކްއަލް ހައުމަޗް. ދެން އެ ޕީޖީ ގްރޫޕްގެ މެމްބަރު ބުނާނީ މަމެން ރަށުގައި ގަރުދިޔަ ހޮޅި، މަމެން ރަށުގައި ރިހާކުރު ހޮޅި އަޅައި އޮލަކޮށް އެއެއްޗެހި ތައްޔާރު ކުރަން ފަށައިފޫއެވެ. ވަޓްސް ގޮއިންގް އޮން.. އައި ޑޯން ނޯ ވަޓް ޓު ސޭ.. ހުރި ހިތާމަ އާއި އަދި އޮޅުވާލުމާއި މަކަރާއި ހީލަތެއްގެ ބޮޑު ކަމާއެވެ.
ދިރާސާ
17 July 2016
ނިހާން އަށް އަވަހަށް ފިޔަވަޅުއަޅާ އޭނާ ޔަމިއްޔާތައް ނުފޮނުވުމުން އަސާސީ ޤަވައިދާ ހިލާފުވީ ކޮބާ ފޯރިއަރުވާ ސްލޫކީ ކޮމިޓީ....... މައުމޫނާ ނުކުޅޭ މިހާރު މި ލޭކެކެނީ
ބޭޝަރަމް
17 July 2016
ޔައުމިއްޔާ ދެއްވާތޯ ޕާޓީ މީހުންނާއިގެން މަޖިލިސް ކައިރިޔަށް ވަޑައިގަތުން ރަނގަޅުކަމަށްފެނޭ!!!