ޕީޕީއެމްގެ ކައުންސިލް މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ އިސް ބައެއް މެމްބަރުން. އެ ގްރޫޕްގެ ބައްދަލުވުންތަކުގެ އެއްވެސް ލިޔެކިޔުންތަކެއް ނުބަލަހައްޓާ ކަމަށް ބައެއް މެމްބަރުން ވިދާޅުވޭ. --ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
19 ޖުލައި 2016 - 19:11
ޕީޕީއެމް ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުންތަކުގެ ޔައުމިއްޔާތައް ފޮނުވަން ކުރީގެ ރައީސް އަދި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ތަކުރާރުކޮށް އެދިވަޑައިގަތުމުން ވެސް އެކަން ނުކޮށް ލަސްވަނީ، އެ ގްރޫޕްގެ އެއްވެސް ލިޔެކިޔުންތަކެއް މިހާތަނަށް ބަލަހައްޓާފައި ނުވާތީ ކަމަށް މައުމޫން ފެކްޝަނުގެ ބައެއް މެމްބަރުން މިއަދު ތުހުމަތުކޮށްފި އެވެ.
މައުމޫން ފައްޓަވާފައިވާ ޕީޕީއެމްގެ އިސްލާހީ ޕްރޮގްރާމަށް ބޭނުންވެގެން، ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް އިއްޔެގެ ރަސްމީ ގަޑި ހަމަވުމުގެ ކުރިން ފޮނުވަން ދެ ވަނަ ފަހަރަށް އެދިފައިވީ ނަމަވެސް އެ މުއްދަތު ހަމަވި އިރު ވެސް ލިޔުންތައް ފޮނުވާފައެއް ނުވެ އެވެ.
މައުމޫން ފެކްޝަންގައި ހިމެނިވަޑައިގަންނަވާ ޕީޖީ ގްރޫޕްގެ މެމްބަރުންތަކެއް ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވީ ވެރިކަން ކުރާ ޕީޕީއެމް ޕީޖީ ގްރޫޕްގެ ޔައުމިއްޔާތައް ބަލަހައްޓާފައި ނުވާ ކަމަށެވެ. ޕީޖީ ގްރޫޕްގެ ޖަލްސާތަކުގެ ހާޒިރީ ވެސް ބަލަހައްޓަމުން ނުދާ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
"ޖަލްސާތަކަށް ހާޒިރުވި އަދަދާއި ހާޒިރުވީ ކޮން މެމްބަރުންނެއްތޯ، ވޯޓުތަކުގައި މެމްބަރުން އަމަލުކުރި ގޮތުގެ ރެކޯޑެއް ވެސް ނޯންނާނެ. ލިޔެކިޔުންތައް ނުފޮނުވައިގެން އުޅޭ ސަބަބަކީ މިއީ،" ޕީޕީއެމްގެ ޕީޖީ މެމްބަރަކު ވިދާޅުވި އެވެ.
ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ބައްދަލުވުންތައް ގިނައިން ބާއްވާފައި ވަނީ މުލިއާގޭގައި ނުވަތަ މަޖިލީހުގަ އެވެ. މި ބައްދަލުވުންތަކުގައި ކަމެއް ފާސްކުރަން ބޭނުންވެއްޖެ ނަމަ ވޯޓުދެނީ އަތް އުފުލައިގެން ކަމަށް ބައެއް މެމްބަރުން ވިދާޅުވި އެވެ.
"މިހާރާ" ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި ގޮތުގައި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ސާފު މެޖޯރިޓީއާ އެކު ގާނޫނު އަސާސީ އަށް ބަދަލު ގެނައުމާއި ނައިބު ރައީސުން ވަކިކުރުމާއި ޕްރޮސިކިއުޓާ ޖެނެރަލް ވަކިކޮށް، ރައްޔިތުންގެ މަސްލަހާ ގުޅުން ހުރި އެތައް ނިންމުންތަކެއް ނިންމާފައިވާއިރު، ބައްދަލުވުންތަކުގެ ލިޔެކިޔުންތައް ބަލަހައްޓާފައި ނުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.
"ގައުމީ މަސްލަހަތު ހިމެނޭ ބޮޑެތި ކަންކަން ނިންމުމުގެ ބާރު ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ އަތްމަތީގައި އޮންނައިރު ޖަލްސާތަކުގައި ނިމުނު ގޮތް ފަހުން ބަލަން ބޭނުންވިއަސް އެކަން ބެލޭނެ ގޮތެއް ނެތް. ގާނޫނު އަސާސީ އިސްލާހުކޮށް ގާނޫނު ހަދާ ރައްޔިތުންގެ އަތުން ޑިއުޓީ އާއި ޓެކްސް ނަގަން ނިންމާ ދިވެހި ރާއްޖޭގެ އެސެޓްތައް ދޫކުރާއިރު މިއަށްވުރެ ޒިންމާދާރު ގޮތަކަށް ޕީޕީއެމުން އަމަލުކުރަން ޖެހޭނެ،" ޕީޖީ ގްރޫޕްގެ މެމްބަރަކު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޅުފަސް.
20 July 2016
ހިތާމަޔަކީ، ޤައުމުގެ ގާތްގަޑަކަށް 1/4 އަކީ ޑިގްރީން ފެށިގެން މަތީގެ ރައްޔިތުންނަށް ވިޔަސް،، ދައުލަތާ ޕާޓީތަކުގެ ނުފޫޒާ ކޮންޓްރޯލާ ބާރުތައް ނިޕޮޓިޒަމްގެ ތެރެއަށް ވަދެ މުޅި ޤައުމު، ސިޔާސީ މީހުންނޭ ކިޔާ ވަޒީފާއެއް ނެތިގެން އުޅުނު ބައެއްގެ ޙިޞާރުގެ ތެރެއަށް ވަދެގެން ދިއުން. ހުރިހާކަމެއްވެސް ބާރާއި ނުފޫޒުގެ ތެރެއިން ނިންމަން ޢާދަވުން. ޤައމު ހަލާކުގެ ތެރެއަށް. މިހާރުގެ އޮޕްޒިޝަނާގެ ހިޔަނި ކެބިނެޓާ މަޤާމުތަކަށް ބައްލަވާ ލެއްވިޔަސް، މި ޤައުމުގައި ކިޔަވައިގެން ތިބި މީހުންނާ، މަޤަމުތަކަށް ލާނެ އެހެން ބަޔަކު ނެތީބާވައޭ ހިތަށް އަރާ. ހަމަ އެއް ޢާއިލާތަކެއް. އަދި ގިނައިން ތިބީ އެމީހުންގެ ހިންގުންތެރިކަން ހުރި ފެންވަރާ، އަޚްލާޤީ ފެންވަރާ މިހުރިހާކަމެއް ދިވެހީންނަށް އެނގި ބާވެފައި ތިބި މީހުން. އޮޕޮޒިޝަން މިނެގީ އެންމެ ފަހުގެ ސިޔާސީ އުފެއްދުމަށް ވަތީ.
ދޮގެއްތަ؟
20 July 2016
ތިޔަ ބައިމީހުން ވެރިކަމުން ދުރުވާއިރު ގައުމުގެ ލިޔެކިޔުންތައްވެސް ހުންނާނެ ކަމާމެދު ޔަގީންކަމެއް ނެތް.
އުދުހޭ
20 July 2016
ޔައުމިއްޔާއަށް ކޮފީތަށްޓެއް ބަންޑުންނުވޭތޯ؟؟
އަޖައިބު
20 July 2016
ރަށްތައް ބިޑަށްނުލާ ދެނީ ވަރަށް ބަލާ ކޮރަޕްޝަނަށް މަގުފަހި ނުވާނެހެންނޯ މި ބުނަނީ އަމިއްލަ ޕާޓީގެ ލިޔެކިޔުންތައްވެސް ނުބެލެހެއްޓޭ ބަޔަކު! ހިނި އަންނަނީ!
މުހަންމަދު
20 July 2016
ތިޔައީ އެއްގޮތަކަށްވެސް ކަންބޮޑުވެ ނުތަނަވަސްވާންވީކަމެއްނޫން. ޚުދުމުޚުތާތު ގޮތެއްފޮތެއްނެތް އަދި ޒިންމާދާރުކަމުގެ ޒައްރެއްވެސް ނެތްބައެއްގެކިބައިން ހައްތަހާވެސް ފެންނާނީ ތިފަދަކަންތައް. ދެފުއް އެބަފެނޭ!
ކަލޯ
19 July 2016
ތިވާނީ ޔަައުމިއްޔާ މިނިކާވަގު ކާލީކަމަށް
ފަޅުވެރިން
19 July 2016
ތިޔަކަމާ ޒިންމާވާންޖެހޭނީ ރައީސް މައުމޫން. އެމަނިކުފާނު މުސްކުޅިފުޅުވެ، ހިންތުންތެރިކަމެއް މިހާރު ނެތްކަން ތިޔައިން އެނގެނީ. ޕާޓީގެ ހުރިހާ ގުނަވަންތަކުން ކަންތައް ކުރަންޖެހޭ ގޮތުގެ އިރުޝާދު އެމަނިކުފާނު ދެއްވަންޖެހޭނެ. ޕާޓީގެ ކަންކަން ހިނގާ ނުހިނގާ ގޮތް އެމަނިކުފާނު ނުބައްލަވާކަން ތިޔައިން އެނގެނީ. މިހާރުން މިހާރަށް އެމަނިކުފާނު ރައީސްކަމުން އިސްތިޢުފާ ދެއްވާފައި އަދުރޭއާ ޙަވާލު ކުރައްވަނިކޮށް ތިޔަހުރިހާ ކަމެއް ހަމައަކަށް އެޅޭނެ. މިއޮތް ހުރިހާ ދުވަހު ޕާޓީ ހިފެހެއްޓީވެސް އަދުރޭގެ މަސައްކަތުން. ޕާޓީއަށް މެންބަރުން ހޯއްދެވީ ރައީސް ޔާމީންގެ މަސައްކަތުން. މިއީ ހަމަ ޙަޤީޤަތް. ކޮންމެ ބޭފުޅަކުވެސް ޙަޤީޤަތް ޤަބޫލުކުރައްވާ!
ޢަބްދުﷲނާފިޒު
19 July 2016
ފަޅުވެރިކަލޭގެ ތިޔަވިދާޅުވަނީ، ތިޖޫރީގަ ހުރި ހުރިހާ ފައިސާއެއް ސަރުކާރުތެރޭން ބަޔަކު ގެންދިއުމުން ރައީސް ޔާމީނު ޒިންމާވާން ޖެހޭނެޔޭތޯ، އަދި އިސްތިއުފާވެސް ދޭން ޖެހޭނެޔޭތޯ، އެކަމަކު އެހެނެއް ނޫން ދެއްތޮ، އެމަނިކުފާނަށް އެނގިވެސް ނުލައްވާހާލު އަތްދަށު ވަޑިއަކަށް ހުރި އެންމެ އިތުބާރުކުރެވޭ މީހާ އެފަދަ ބޮޑު ޖަރީމާއެއް ހިންގީމަ ރައީސް މީހާ ހަމަ އިސްތިއުފާ ދޭން ޖެހޭނެތޯ.
ނޮޓް މީ
19 July 2016
ދެން ބުނާނީ ޔައުމިއްޔާ ލިޔުން އެއީ ޕާޓީގެ އޮފީހުން ހަަމަޖައްސަން ޖެހޭ ކަމެކޭ! ޔައުމިއްޔާ ނެތީ އެކަން ކުރަން ހަވާލުވެފަ ހުންނަ މުވައްޒަފު ޕީޖީ ގެ ބައްދަލުވުންތަކަށް ހާޒިރުވެފަ ނެތީމައޭ! މިކަމުގެ ޒިންމާ ނަގަން ޖެހޭނީ ޕާޓީގެ ރައީސްއޭ!
ހިނގާދެން
19 July 2016
މިރޭ ޕީޕީއެމްގެ ކައުންސިލު ޖަލްސާ ބޭއްވުމަށް ފަހު މީޑިއާ ކުރިމަތީގައި ރައީސް ޔާމީން އާއި އަދި ރައީސް މައުމޫނު ސަލާމް ކުރައްވާ އަދި ޕީޕީއެމްގެ މުޅި ކައުންސިލުން އެކުވެރި ކަމާއި އެކީ އަތް ގުޅާލައިގެން ގައުމުގެ ތަރައްގީ އާއި ގެން ކުރިއަށް ދާން އަތު ކުރި އޮޅާލާނެ ކަމަށް އަޅުގަނޑުމެން މިދެކެނީ.
ޢަބްދުﷲނާފިޒު
19 July 2016
އެކަމަކު ތިޔާހެނެއް ނުވިތާ، އެންމެ ފަހުން އަހުން އުއްމީދު ކުރިގޮތަށް ބައްދަލުވުން ކުރުގަޅުވާލީ، ވަރަށް ސަޅި، މީ އުއްީދަކީ ކުރިއަށް އޮތްތަނުގަވެސް މިގޮތުގަ ކުރިއަށް ދާނެކަމަށް އުއްމީދުކުރަން.
ހައި
20 July 2016
ހެހެހެ ވަރައް ފެނިއްޖެ ނޫން. ޔާމީން އަށް ތާއިދު ކުރަމޭ ކިޔާފަ ޔާމީން ފެކްޝަނުން ޔާމީން އަށް 2018 ގެއްލުވާލަން މަސައްކަތް ކުރާތަން މިފެންނަނީ
ޝިފާގު
19 July 2016
މިއީ ވައިބަރުގެ ޒަމާން. ޠައުމިއްޔާ ބޭނުމެއް ނުވާނެ.