މަހުލޫފް އިއްޔެ ކޯޓުން ނެރެގެން ގެންދަނީ: މިހާރު އޭނާ ދަނީ ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން .-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
19 ޖުލައި 2016 - 19:39
ހަތަރު މަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް ދައުވާ ކުރާ ދެވަނަ މައްސަލައިގެ ހުކުމް މާދަމާ އިއްވަން ހަމަޖައްސައިފި އެވެ.
ފުލުހުންގެ ބަންދުގައި ހުރެ ފިލަން މަސައްކަތް ކުރިކަން ސާބިތުވެ، މަހްލޫފް ހަތަރު މަހާއި 24 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވާ އިރު މާދަމާ އޮތީ މުޒާހަރާއެއްގައި ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަކަށް ގަދަކަމުން ވަދެ، ބެރިކޭޑް ކޮއްޕާ ހެދި ކަމަށް ބުނެ ކުރާ ދައުވާ ހުކުމެވެ.
އެ މައްސަލައިގެ އަޑުއެހުންތައް މިއަދު ނިންމާލާފައިވާ އިރު އެ މައްސަލައިގެ ހުކުމް އިއްވަން ހަމަޖައްސާފައިވަނީ މާދަމާ މެންދުރެވެ.
އެ ކުށް ސާބިތުވިޔަސް މަހްލޫފަށް އެންމެ ބޮޑު އަދަބަކަށް ވެސް އަންނާނީ ހަ މަހުގެ ޖަލު ހުކުމެއް ކަމަށްވާތީ އޭނާގެ މެމްބަރުކަމުގެ ގޮނޑިއެއް ނުގެއްލޭނެ އެވެ. އެކަމަކު ހުކުމުގެ މުއްދަތުގައި މަހްލޫފަށް މަޖިލީހަށް ހާޒިރެއް ނުވެވޭނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޭޝަރަމް
19 July 2016
މަހުލޫފުގެ ގޮނޑި ގެއްލުމާއި ޖަލްސާތަކަށް ނުދެވުން އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކީ ތާސްކުޅޭއިރު ހުކުމް ބުނާހާ ފަސޭހަކޮށް ރާއްޖޭގެ ކޯޓުތަކުން ހުކުމް ކުރާތީއެވެ. ތަހުގީގު ކުރިޔަސް ނުކުރިޔަސް، ސާބިތު ވިޔަސް ނުވިޔަސް!!
ޖހ
19 July 2016
ވާގޮތަކީ މިހާރު ހެކިބަސް ދެނީ މޭޒުމަތީގައި އޮންނަ ބަރުކަމަށް ވާތީއެވެ.
ލީނާ
19 July 2016
ވަރަށް ފެންވަރު ދަށް އަޚްލާޤީ ގޮތުން ސުމެއްގެ މީހެއް މަހްލޫފަކީ.
ސުވާދީބު ކަލޯ
19 July 2016
ތިފަދަ ކިންތަންމެ ހުކުމެއް ތީނާއަށް ކުރަންވެއްޖެ ތިމާގެ ފެންވަރު އޮޅިގެން އުޅޭ މީހެއްތިޔައީ މަށަށް މީނާއަށް ވޯޓް ދެވުނީތީވެސް އިންތިހާއަށް ހިތާމަކުރަން ލާރިކޮޅެއް ދިނީ ދޭމީހާ ނުން އެނެއް މީޙާއާއި ދިމާލަށް ހަޅޭލަވަން ވަރަށް މޮޅުމީހެއް
ނުދައްކަބަލަ
19 July 2016
މަހޭ ދެން ސަލާމަތް ވިޔަސް ބާ ކިބަޅި ޕިކަޕް މަގަތުގައި ބާއްވައިގެން ނުނިކުންނައްޗޭ އިންތިގާލީ ހަނދު ބަލަން ދާން ހުރިހާ ކުދިން ކާނިވާ ސަރަހައްދަށް ޖަމާވުމަށް ގޮވަން. މަހޭ ކަށަވަރޭ، ދެން ހަތަރު މަސްވަން ދެން ނުގޮވޭނެއޭ، ނުގޮވޭނެއޭ، ނުގޮވޭނެއޭ.. ދެން މަހޭ ނުބުނައްޗޭ، ކަށަވަރޭ އަންނާނަމޭ، އަންނާނަމޭ، އަހަރެން އެނބުރި އަންނާނަމޭ، މަގަތުގައި ޕިކަޕް ބާއްވައިގެން އަޑުގަދަ ކުރާ އިން އިންތިގާލީ ގޮވަން ހުންނާނަމޭ، ހުންނާނަމޭ، އެހެން ނުބުނައްޗޭ ދެން އިނގޭ. މަމެންގެ ޕީޕީއެމް ކުދިންނަށް ވަރަށް ތަދުވޭ އަދި ނުވެސް ނިދޭ ތިޔާ އިންތިގާލީ ހަނދުގެ ވާހަކަ މަހޭ ދައްކާތީވެ.
ނަހޫ
19 July 2016
އެއީ ވަރަށް ބޮޑަން ރާވާގެން ގެންދާ ޖަރީމާއެއް!!!