އިދިކޮޅު ޕާޓީތަކުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވަނީ: ނަސަންދުރަ ދިން މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގަން އިދިކޮޅުން ވަނީ ގޮވާލާފައި. --ފޮޓޯ/މިހާރު
04 އެޕްރީލް 2018 - 22:47
ނަސަންދުރަ ޕެލަސް ހޮޓެލް ހިންގަން 50 އަހަރަށް ދޫކުރި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ނަސަންދުރަ ހިންގަން އެންއެޗްޕީ އިންވެސްޓްމަންޓަށް 50 އަހަރަށް ދޫކުރި މައްސަލާގައި ދައުލަތަށް 74 މިލިއަން ރުފިޔާ ދައްކަން އެމަނިކުފާނަށް ސަރުކާރުން މިހާރު ވަނީ އަންގައިފަ އެވެ. އެ ފައިސާ ދައްކަން އަދީބަށް އެންގީ އެތަނުގެ މުއްދަތު އިތުރު ކުރުމުގެ ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމެއް ނެތި، އެއްބަސްވުން ހަދާފައިވާތީ އެއީ އަދީބު ޒިންމާވާން ޖެހޭނެ ކަމެއް ކަމަށް ބުނެ އެވެ.
އިދިކޮޅު ކޯލިޝަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ މާފަނުން އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވީ ނަސަންދުރަ މައްސަލައިގައި ދައުލަތަށް ފައިސާ ދައްކަން އަދީބަށް އެންގި އެންގުމަކީ އެކަމުގައި ކޮރަޕްޝަންގެ އަމަލު ހިންގި ކަމަށް ސަރުކާރުން ވާ އިއުތިރާފެއް ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތަށް ފައިސާ ދައްކަން އަދީބަށް އެންގިއިރު، އެންއެޗްޕީ އަތުން އެ ފައިސާ ދައުލަތަށް ނުނެގީ ކީއްވެގެން ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަހުމަދު އަދީބަށް މި ފައިސާ ހޯދުމަށްޓަކައި ސިޓީ ފޮނުވުމުގެ ބޭނުމެއް ކޮބައިތޯ؟. ކީއްވެގެންތޯ އެ ކުންފުންޏަށް އެ ލިބޭ ފައިދާއިން ސަރުކާރަށް ނުވަތަ ދައުލަތަށް ދެއްކުމަށް ސިޓީ ނުފޮނުވެނީ ނުވަތަ ޑިމާންޑް ނުކުރެވެނީ ކޮން ސަބަބަކާ ހުރެގެންތޯ؟،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މުއާމަލާތަކީ ދައުލަތަށް ވަރަށް ގެއްލުންވާ ގޮތަށް ކުރެވިފައިވާ މުއާމަލާތެއް ކަމަށާއި އެހެންވެ، އެކަމުގައި އިތުރު ތަހުގީގުތަކެއް ކުރަން ޖެހޭ ކަމަށެވެ. ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދަން ޖެހޭނީ ކޮން ފަރާތެއްގެ އަތުން ތޯ އާއި އެކަމުގެ އަޑީގައި ތިބީ ކޮން ބައެއްތޯ ބެލުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މިއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް. މި މައްސަލައިގައި ފުރިހަމަ ތަހުގީގެއް ހިންގަން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަން. ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލަނީ ފުރިހަމަ މިނިވަން ތަހުގީގެއް ހިންގުމަށް،" އިންތި ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއަދު ފެންނަނީ ކޮންމެ މުއާމަލާތެއްގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާތަނެވެ. އެފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭ ކަމަށާއި އެއީ އިދިކޮޅުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.
އިންތި ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މިފަދަ ހުރިހާ މައްސަލަތަކެއް ބަލާނެ ކަމަށެވެ. އަދި އެކަންކަމާ މެދު އަޅަންޖެހޭ ފިޔަވަޅުތައް ގާނޫނީ އިމުގެ ތެރެއިން އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އަޅާނެ ކަމަށާއި އަދި ދައުލަތަށް ލިބެން ޖެހޭ ފައިސާ ވެސް ހޯދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު2
07 April 2018
ވަރަށް ތާއީދު ތިމައްސަލަ ބަލަން..ތިިލާރި ސަރުކާރަށް ލިބެން ޖެހޭނެ، އެކަމަކު ތިބުނާ " އޭނާ ވިދާޅުވި ގޮތުގައި މިއަދު ފެންނަނީ ކޮންމެ މުއާމަލާތެއްގައި ވެސް ކޮރަޕްޝަންގެ އަމަލުތައް ހިންގަމުންދާތަނެވެ. އެފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭ ކަމަށާއި އެއީ އިދިކޮޅުން ކަންބޮޑުވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ" ތިޔައީ ބޮޑު ޖޯކެއް.... އިނދިކޮޕޅު އައީމައިވެސް މިއީ މިކަން ހަމަ ހިނގާގޮތް.. އެމީހުންވެސް ކޮރަޕްޝަން މިމީހުންވެސް ކޮރަޕްޝަން އަދި މިހާރު މިތިބި ޕޮލިޓީޝަނުންގެ ތެރެއިން މިކަމަށް އަލިމަގެއް ފެންނާކަށްވެސް ނެތް..
އޭސީސީ
05 April 2018
ކޮބާތަ އޭސީސީ؟ މިކަހަލަ ބޮޑެތި މައްސަލަ ނުބެލެންޏާ ހުވާކޮށްގެން ތިބެ ތި ނަގާ ބޮޑު މުސާރަ ހަލާލުވާނެ އެއްވެސް ގޮތެއް ނެތް.
މަހާރަދުން
05 April 2018
މިތަން ހަދަން ސިމެންތި ގަށާ އަޅަނީވެސް ބްރިޖު މީހުން
ޖައިސާމް
05 April 2018
މިސަރުކާރަކުން ރަނގަޅު ތަހުގީގެއް ނުކުރާނެ. ކުރަން އުޅެފިއްޔާ އެމީހަކު ޖަލަށްވެސްލާނެ.
އަބްދުއްލާ
05 April 2018
ގާނޫނު ނަންބަރު 1/68ޖ ގެ 9 ވަނަ މާއްދާ ބުނާގޮތުން ޖީއެމްއާރުން ލިބިފައިވާ ގެއްލުމަކީދަވްލަތުގެ މުވައްޒަފުން އިހުމާލު ވެފައިވާތީ ލިބުނުގެއްލުމެއް ވީމާ ގާނޫނުގައިވާގޮތުގެ މަތީން ޒިންމާ ކުރުވާފައިސާ ހޯއްދަވަން ފެނޭ.
މޫސާފުޅު
05 April 2018
ތާއީދު!! ޝައްކުވަންޏާ ތިމައްސަލަވެސް ހަމަ ބަލަންވީ! ނުބަލާ ބާއްވަންވީވެސް ކީއްވެ؟ އެކަމަކު އެހެންނޭކިޔާފަ ނަސަންދުރަ މައްސަލަ އޮއްބާލާކަށް ނުޖެހޭ! ތާއީދެއްވެސް ނުކުރަން! ކުރިން ގޯސްކޮށް ކަމެއްކޮއްފައޮތިއްޔާ ނުޖެހޭ ފަހުން އެެހެންބަޔަކުއައިސް ހަމަ އެގޯސް ނުވަތަ އެއަށްވުރެ ނުބައިގޯސް ހަދާކަށް! ތިޔަކޮމެންޓްގެ ބޭނުމަކީ ނަސަންދުރަގެ މައްސަލައިގައި އެއްވެސް ގޯހެއްނެތްކަމެއް ދޭހަކުރުވަން ކަމަށްވާނަމަ ތީތި ކަޑައޭ ބްރޯ!
ހަސަނު
05 April 2018
އެ މުއމަލާތުން ފައިދާ ވީ ކާކަށްތޯ ބަލަން ޖެހޭ.. އެފައިދާ ވި މީހަކީ ކާކުގެ ޅިއަނު ތޯވެސް ބަލާންޖެހޭ.. މީގެ ކުރިން ދައުލަތުން އަމަލު ކުރާ ގޮތަކީ ދައުލަތަށް ގެއްލުންވާ ގޮތަށް ކޮށްފައި ހުންނަ މުއާމަލާތުތައް އެބްއިނީޝިއޯކޮށް އުވާލުން.. ސަރުކާރަށް ބޮޑު ގެއްލުމެއްވެއްޖެކަން އެނގުމުން އެހެން ފަހަރު ތަކާ ހިލާފަށް މިފަހަރު މިގޮތަށް އަމަލު ކުރީ ކީއްވެތޯ ބަލަންޖެހޭ.. އަދީބު އަތުން އެ ފައިސާ ހޯދުމަށް އެ ބުނާ ސިޓީއެއް ފޮނުވި މީހަކު އެސިޓީ ފޮނުވީ ކަރަޕްޝަނަށް މަގުފަހިކުރާ ގޮތަށް ކަމާމެދު ވެސް އެބަ ޝައްކު ކުރެވޭ.....
ޟަރި
05 April 2018
ތި އިންތި އަކީ މާތާހިރުމީހެއްނޫން ތިވާހަކަ ދައްކަން. އިންތިމެންގެ ވެރިކަމުގައި ތިގޮތަށްދީފައި ހުރި ރައްތަކާއި ތަންތަނުގެ ސަބަބުން ދައުލަތަށް ލިބެންޖެހޭ ފައިސާ އަށްވީގޮތެއް ހާމަކޮށްދީބަލަ
ޢަހަރު99
05 April 2018
މިހާރުނޫސް އަށް އެނގޭތަ. ނަސަންދުރަ ވަނީ 99 އަހަރަށް ކުއްޔަށްދީފަ. 50 އަހަރަކަށް ނޫން. އެތަނުން ފްލެޓްގަންނަ ބްރޯޝަރ ބައްލަވާ! އިންނާނީ 99 އަހަރުކަމަށް!
އިތުރުފުޅު
05 April 2018
99 އަހަރެކޭ ނެތް
ކާސިމްބެ
05 April 2018
ތިޔަ ހުރިހާ ކޮމެންޓެއް ތިރައްދު ކުރާ އިންތިމެންގެ ރީދޫ ސަރުކާރުގައި މިއަށްވުރެ ބޮޑުގޯސް ހަދާފައި ހުރީ ، އެތެއްފަޅަކާއި ރައްތަކެއް ބޭނުންބަޔަކަށްދީ ކެވިފައިވާ ފައިސާގެ އަދަދެއްނޭގޭ. އެފަދަބަޔަކު ދެވަނަ ފަހރަށް އައިސްފިނަމަ އެއްކޮއްދަވާލާނެ ،
އަލި ބެއްޔާ
05 April 2018
އޭގެ މާނަ އަކީ މި މީހުނަށް ވެސް ކާންދޭން ވީ އޭތަ
އެޑްމުންޑޯ
05 April 2018
އަސްލު ކުންފުންޏަށްވެސް ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އަންގަންޖެހޭނެ ، އަދީބު ގޯހެއްހެދީމާ އޭގެ މާނައަކީ އެކުންފުނިން ދޭންޖެހޭ ފައިސާ މައާފްވުމެއްނޫން.