ޚަބަރު / ޕީޕީއެމް

ބައްދަލުވުމަކަށް ތިން ފަހަރު މައުމޫން އެދުނު، އެތައް މަހެއްވީ އިރު ވެސް ޔާމީނު ޖަވާބެއް ނުދެއްވާ

މިދިޔަ އަހަރު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޔާމީން، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫނާ ސަލާމްކުރައްވަނީ.--ފޮޓޯ:ރައީސް އޮފީސް

ޕާޓީގެ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރަން ރައީސް އަބްދުﷲ ޔާމީންއާ ބައްދަލުކުރެއްވުމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމު ތިން ފަހަރެއްގެ މަތިން އެދިވަޑައިގެން ނަމަވެސް އެތައް މަހެއް ވީއިރު ވެސް ޔާމީން ޖަވާބެއް ނުދެއްވާކަން "މިހާރު" އަށް ކަށަވަރުވެއްޖެ އެވެ.

ނޫހުގައި ނަން ނުޖެހުމަށް އެދި ޕީޕީއެމްގެ އިސް އޮފިޝަލަކު ވިދާޅުވީ ޕާޓީގެ މައްސަލަތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވުމަށް މައުމޫން ތިން ފަހަރެއްގެ މަތިން ރައީސް ޔާމީން އަރިހުން އެދިވަޑައިގެންނެވި ކަމަށާއި އެކަމަކު އެކަމަށް އެއްވެސް އިޖާބައެއް ނުދެއްވާ ކަމަށެވެ.

ރައީސް މައުމޫނާއި ޔާމީނާ ދެމެދު ޕާޓީގެ ކަންކަމުގައި އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި މައުމޫން ހުށަހަޅުއްވާ ޕާޓީގެ އިސްލާހީ އެޖެންޑާއާ ގުޅޭ ގޮތުން މަޝްވަރާ ކުރަން ރޭ ވަނީ ކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަންވަން ހަމަޖެހިފައިވީ ނަމަވެސް، އެންމެ ފަހު ވަގުތު އެ ބައްދަލުވުމަކަށް އެ މަނިކުފާނު ވަޑައެއްނުގަންނަވަ އެވެ.

ރޭގެ ކައުންސިލް ބައްދަލުވުމަށް ފަހު މައުމޫންް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: އެ ބައްދަލުވުން ވަނީ ކުރިއަށް ނުގެންދެވިގެން މެދުކަނޑާލާފައި--ފޮޓޯ: ނިޝާން އަލީ/މިހާރު

ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތަކާ މެދު ވާހަކަ ދައްކަން ބައްދަލުވުމެއް ބާއްވަން ޕާލަމެންޓްރީ ގްރޫޕުން އެދުމުން ރޭ ކައުންސިލްގެ ބައްދަލުވުމެއް ބޭއްވި ނަމަވެސް ވަކި ހިސާބަކުން، ޔާމީނަށް ތާއިދު ކުރައްވާ މެމްބަރުން ވަނީ އެތަން ދޫކުރައްވާ ވަޑައިގެންފަ އެވެ. އެ ބޭފުޅުންގެ މައްސަލައަކީ ސުލޫކީ ކޮމެޓީން ވަކިކުރަން ނިންމާފައިވާ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި އައިމިނަތު ނާދިރާ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމެވެ.

ބައްދަލުވުން ކުރިއަށް ނުގެންދެވުމުން ނޫސްވެރިންނާ ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ މައްސަލަތަކާ ގުޅޭގޮތުން ޔާމީނާ ވަކިން އަދި އެއްވެސް ފަހަރަކު މަޝްވަރާ ކުރައްވާފައި ނުވާ ކަމަށެވެ. އަދި ކައުންސިލްގެ އެ ބައްދަލުވުމަށް އެ މަނިކުފާނު ވަޑައިގަންނަވާކަމުގެ ހަބަރު ލިބިވަޑައިގަތީ ވެސް މީޑިއާއިން ކަމަށް ވިދާޅުވި އެވެ.

"އެކަމަކު ވަޑައިގެންނެވި ނަމަ އަޅުގަނޑު މަރުހަބާ ދެންނެވީމުސް. ވަރަށް އިއްޒަތާއި ގަދަރާއެކު މަރުހަބާ ދެންނެވީމުސް،" މައުމޫން ވިދާޅުވި އެވެ.

ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް މައުމޫން އެދިވަޑައިގަތްތޯ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ "ތި ވާހަކައަށް ދާކަށް އަޅުގަނޑު ނެތިން" ކަމަށެވެ. އެކަމަކު "މިހާރު"އަށް އެނގިފައިވާ ގޮތުގައި މައްސަލަތައް ޖެހެން ފެށުމާއެކު އެކަން ހައްލު ކުރަން ބައްދަލުކުރެއްވުމަށް މައުމޫން ވަނީ ތިން ފަހަރަކު އެދިވަޑައިގަންނަވާފަ އެވެ.

މައުމޫން ވިދާޅުވީ ކައުންސިލްގެ ބައްދަލުވުންތަކުގައި ޔާމީން ބައްދަލު ކުރެއްވީ މުޝްތަޝާރެއް ނުވަތަ މެމްބަރެއްގެ ހައިސިއްޔަތުން ކަމަށާއި ބައްދަލުވުމުގައި ބައިވެރިވުމާއި ނުވުމުގެ އިހްތިޔާރު މެމްބަރުންނަށް އޮންނާނެ ކަމަށެވެ. އަދި ކައުންސިލްގެ ގިނަ ބައްދަލުވުންތަކުގައި ޔާމީން ބައިވެރިވެ ވަޑައިނުގަންނަވާތީ ރޭގެ ބައްދަލުވުމުގައި ވެސް އެ މަނިކުފާނު ބައިވެރިވެ ވަޑައިގެންފާނެ ކަމަށް ހީނުކުރައްވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފެކްޝަނުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން: މައްސަލަތައް ހައްލު ކުރެވޭނެ ކަމުގެ ޔަގީންކަން ދިން.-- ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

މައުމޫން ވިދާޅުވިގޮތުގައި މި މައްސަލަތަކުގައި ދޫދޭން އެ މަނިކުފާނު އެއްވެސް ކަމެއް ގޯސްކޮށެއް ނުކުރައްވަ އެވެ.

ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ރޭ ބައްދަލުވުން ދޫކުރައްވައި ވަޑައިގަތުމަށް ފަހު ނޫސްވެރިންނާ ވަނީ ބައްދަލު ކުރައްވާފަ އެވެެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ފާރިސް އާއި ނާދިރާ ވަކިކުރަން ނިންމީ އަސާސީ ގަވާއިދާ އެއްގޮތަށް ކަމަށާއި އެހެންވެ، އެ ދެ ބޭފުޅުންނަށް ކައުންސިލްގައި ނުތިއްބެވޭނެ ކަމަށެވެ. އެކަމަކު އެ ދެބޭފުޅުން ނުލައި މާދަމާ ވެސް ކައުންސިލްގެ ބައްދަލުވުމެއް ބާއްވަން ތައްޔާރު ކަމަށް ވިދާޅުވި އެވެ.

ރޭގެ ބައްދަލުވުން ދޫކުރައްވައި ވަޑައިގަންނަވަން ރައީސް ޔާމީން ނާންގަވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ޕާޓީގެ ތެރޭގައި އުފެދިފައިވާ މައްސަލަތައް ހައްލުކުރަން ކައުންސިލް އެއްކުރަން އުޅުމުން އެކަން ފޭލްވެފައިވީ ނަމަވެސް ދެ ފެކްޝަންގެ ބޭފުޅުންގެ މެދުގައި އެއްވެސް ވަރެއްގެ ހަމަނުޖެހުމެއް ނުހިނގާ ކަމަށާއި ވާހަކަ ދައްކައިގެން މައްސަލަތައް ހައްލު ކުރާނެ ކަމަށް މައުމޫން އަދި ޔާމީނަށް ތާއީދު ކުރައްވާ މެމްބަރުން ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.

18 ކޮމެންޓް, 79 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 6%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޑެނީ

20 July 2016

ކަޅެއް ޖަހާލަންވެސް އެގެއަށް ޖައްސާނުލާ.

The name is already taken The name is available. Register?

އުސްތާޛް ޢިރުފާން ޢަބުދުﷲ

20 July 2016

8 މަސް ދުވަސް ވެއްޖެ މަޢުމޫނާއި، ޔާމީން ބައްދަލު ނުކުރައްވާތާ. މިކަން އެނގޭތީ މިބުނެލީ.

The name is already taken The name is available. Register?

މާމަ

21 July 2016

ސިއްރުން ކުރާ ކަންތައްވެސް އެނގޭނެ. އެއްވެސް ކުޅި އެއް ކުޅުނަސް

The name is already taken The name is available. Register?

އަޙްމަދު

20 July 2016

އަދުރޭ ނިހާން ލަދެއް ނުގަނޭ.ދެނެއް ނުހޮވޭނެ.

The name is already taken The name is available. Register?

އަސީލް

20 July 2016

ޔާމީން އަކީ މީހުންނާ ފޭސްކުރަން ކެރިވަޑައި ނުގަންނަވާ ފިނޑި ބޭފުޅެއް. އަބަދު ވެސް ފިއްލަވައިގެން ހުންނަވައި ނުފޫޒު ހިންގެވޭތޯ ބައްލަވަނީ.

The name is already taken The name is available. Register?

މުންދަރަ އަލިފުތާ ކުކުޅާ

20 July 2016

ޙައްޤަށް އަޅުވެތި ވުމަށް ކުރާ މަސައްކަތުގައި އެކިމަރުހަލާ ތަކަށް އެކިފެންވަރުގެ އެކިކަންކަން ޙާއްސަވެގެންވޭ. އެހެން ކަމުން ރާއްޖޭގެ ރައްޔިތުން އަޅުވެތިކަމުން ސަލާމަތް ކޮށްދިނުމަށް ކުރާ މަސައްކަތް ވެސް މިދެންނެވި އުސޫލު ތަކާއި އެއްގޮތަށް ކުރިޔަށް ގެންދާން ޖެހޭ. ...! . . . ދުނިޔޭގެ ޤައުމު ތަކުގެ ޤަދަރުވެރި ކޮލަޖް ތަކާއި ޔޫނިވާސިޓީ ތަކުން ތައުލީމް ހާސިލް ކޮށްގެން ތިއްބަވާ ބޭފުޅުން އެބޭފުޅުން ކިޔަވާ ވިދާޅުވި އެއްޗަކާއި ހިލާފަށް ޤައުމަށް ރައްޔިތުންނަށް ދުނިޔޭގެ ހަމަތަކަށް ބެލުމެއްނެތި ''ޖާހިލީއްޔަތަށް'' ތަބާވެ ކަންކަން ކުރާނަމަ އެފަދަ ބޭފުޅުންނަށް ދެއްވާފައިވާ ޤަދަރާއި އިއްޒަތް އަދި ތާލީމީ ސެޓިފިކޭޓް ތައް އަބުރާ ނެންގެވުމާއި އިއްޒަތް ނެންގެވުމަކީ ވަރަށް ކުރީއްސުރެން ކުރަމުން އަންނަ އަދި މިހާރުވެސް އެގޮތް ދަމަހައްޓަމުން އަންނަ ކަމެއް. .. ރާއްޖޭގެ ޑިމޮކްރަސީއަށް އަދި ރައްޔިތުންގެ ޙައްޤަށް ކަޑައެޅިގެން ދެކޮޅުހަދާ ހުރަސް އަޅާނަމަ އަދި ބައިނަލް އަޤުވާމީ ގޮތުން ގޮވާލެވޭ ގޮވާލުންތަކަށް ފުރަގަސް ދެއްވާނަމަ ލަންޑަން ޕީއެޗްޑީ އެއްގެ އަތުގައިވާ ޕީއެޗްޑީގެ ދަރަޖަ ނިގުޅައިގަތުމަކީ އިޤިރޭސި ޔުނިވާރސިޓީ ތަކުން ނުކުރާނެ ކަމެއްނޫން. އެހެން ކަމުން ރާއްޖޭގެ ރައްޔިތުންނަށް މިދެންނެވި މަގަށް ދަތުރު ކުރުމަށް އިޤިރޭސި ޔޫނިވާރސިޓީ އަކުން ތާލީމް ހާސިލް ކުރައްވާފައިވާ މީހަކު ހުރަސް އަޅާނަމަ އޭނާ ކިޔެވި ޔުނިވާސިޓީ އަކަށް އެމައުލޫމާތު ދެއްވަން ވާނެ.

The name is already taken The name is available. Register?

އުމަރު ނަސީރު

20 July 2016

ޔާމީނަކީ ކޮންމެ މީހެއްގެ ކިބައިންވެސް އޭނަ ބޭނުންވާ މަޤްސަދު ހާސިލްވުމުން އެމީހަކަށް ދޯކާދޭ މީހެއް. މިކަމުގެ ދިރިހުރި މިސާލަކަށް ނާޒިމް، އަދީބް، މުހުތާޒް، އަބުދޯޤާޒީ އަދިވެސް އެތަށް ބޭފުޅުންނެއް ހިމެނޭ. ޤާސިމް ފަކީރަށްވެސް ހަދާލިގޮތްނިކަން ބަލާލަ ބަލަ. މިހާރު ޤާސިމް އެހުރީ ކުޑަ ކަކޫ މައްޗަށް ތިރިކޮށްފަ އޮޅިގެންވެސް ޔާމީން ހިތްހަމަ ނުޖެހޭ ވާހަކައެއް ބުނެވުނަސް ޒަމާންދިޔައީ.

The name is already taken The name is available. Register?

ސައިކޮލޮޖިސްޓް

20 July 2016

ރައީސް ޔާމީން އަކީ ރައްޖެތެރޭ ރަށްރަށަށް އެރުމާ، ރައްޔިތުން ތެރެޔަށް ނުކުމެ އުޅެން ވަރަށް ބިރުގަންނަ މީހެއް.

The name is already taken The name is available. Register?

އަލީ

20 July 2016

މިހާރު ޔާމީނަކައް މައުމޫނުގެ ބޭނުމެއްނެއް ބޭނުންއޮތްދުވަހު ރޮއިއާދޭސްކުރަންވިޔަސް ކޮންމެދުވަހަކުވެސް ބައްދަލުކުރަންދިޔަ.

The name is already taken The name is available. Register?

Hisaan

20 July 2016

ޔަމީން. ޢެއީ ބޭބެ އެއްނު. ވެރިކަން ލިބުނަސް ތި ގޮތަށް އުޅޭކަށް ނުވާނެއްނު.

The name is already taken The name is available. Register?

ރަށުމީހާ

20 July 2016

ތިމާގެ އަޙާއަށް ނުކުރި އިހުތިރާމެއް ވާދަވެރި ޕާޓީތަކުގެ ވެރިންނަށް ކޮށްފާނެބާއޭ ހިތަށްއަރާ މިފަދަ ބައިބައި ވުމެއް އުފެދިފައި އޮށްވާ ޕާޓީތަކާއެކު ކުރާމަސްވަރާގަ ބައިވެރިވެ ބަސްބުނާނެ ފެކްޝަނަކީ އެއްމެ ބާރުގަދަ ފެކްޝަން ކަމަށް ބަލަމާ ހިނގާދޯ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454