ޚަބަރު / މެމްބަރު އަބްދުﷲ ޖާބިރު (ކާށިދޫ)

ޖާބިރަށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ދީފި

10 އެޕްރީލް 2018 - 22:54

35 comments

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށް އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ދީފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރު އަދި ޔޮޓް ޓުއާޒްގެ ޗެއާމަން ޖާބިރުގެ ޕާސްޕޯޓު ސަރުކާރުން ކެންސަލް ކޮށްފައި ވަނިކޮށް އިނގިރޭސި ވިލާތަށް ވަނުމުގެ ހުއްދަ އެ ގައުމުން ދިނީ މިދިޔަ އަހަރުގެ ޖޫން 20ގަ އެވެ.

ޖާބިރުގެ ޕާސްޕޯޓު ކެންސަލް ކުރިކަން އެނގުނީ އޭނާ އިޓަލީގައި ހުންނެވުމަށް ފަހު، އިނގިރޭސި ވިލާތަށް ވަޑައިގެން އެއާޕޯޓް ކައުންޓަރަށް ޕާސްޕޯޓް ދެއްވުމުންނެވެ.

ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ޖާބިރަށް އިނގިރޭސި ވިލާތުން ރައްކާތެރިކަން ލިބުމުން އެކަމާ ވަރަށް އުފާކުރައްވާ ކަމަށެވެ. އަދި އެއީ ހިތްދަތި ދިގު ދަތުރެއް ކަމަށް ވިދާޅުވެ ދިޔާނާ ކުރެއްވި ޓުވީޓުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާފައި ވެ އެވެ.

ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރުމުގެ ކުރިން ވެސް އޭނާ ގެންދަވަނީ ރައީސް އަބްދުﷲ ޔާމީނަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހް މަގާމުން ދުރުކުރަން އިދިކޮޅު ފަރާތްތަކުން މިދިޔަ އަހަރު ނަގަން މަސައްކަތްކުރި ވޯޓަށް ޖާބިރު ޚަރަދު ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެކަމަކު އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.

ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކުރި މައްސަލާގައި ދައުލަތާ ދެކޮޅަށް އޭނާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި އެވެ. ނަމަވެސް ބަލައި ނުގަނެ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ އެ މައްސަލަ ބޭރުކޮށްލައިފަ އެވެ.

ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދަވާ ޖާބިރުގެ ޕާސްޕޯޓް ކެންސަލް ކޮށްފައިވާއިރު، އޭނާގެ ކުންފުނި، ޔޮޓް ޓުއާސް އަތުން 45 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޯދަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ ދައުވާކޮށްފަ އެވެ.

ޖަބިރުގެ އިތުރުން ނަޝީދާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމް އާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމް ވެސް ވަނީ އިނގިރޭސި ވިލާތުން ސިޔާސީ ހިމާޔަތް ހޯއްދަވައިފަ އެވެ.

35 ކޮމެންޓް, 106 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 3%
icon angry icon angry 75%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އިޙްސާންތެރިޔާ

12 April 2018

ރައީސް ޔާމީނުގެ ހިތަކަށް އެއްވެސް އަސަރެއްނުކުރެ. ނަޝީދު ތިއުޅުއްވަނީ އަނެއްކާވެސް ގޯސް ހައްދަވަން. ޖާބިރަށް އިތުބާރު ނުކުރާތި... ޖަމީލަށް އިތުބާރު ނުކުރާތި.

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

12 April 2018

ޖާބިރު ވެސް މީ ސިޔާސީ މީހެއްތަ؟

The name is already taken The name is available. Register?

ޮޕޮގްބާ

11 April 2018

އަހަންނަވެސް ތި ލިބޭ ގޮތް ހަދާ ދީބަލަ.

The name is already taken The name is available. Register?

އެއްމެން

12 April 2018

މޮޔަ ރިކުއެސްޓެއް!

The name is already taken The name is available. Register?

ރާއްޖެ

11 April 2018

މަ ބުނާނެ އެއްޗެއް ނެތް. އެ އުޅޭ މޫސާ އަންވަރަށް ވެސް ތިޔަ އެއްޗެއް ލިބިއްޖެ. މީހަކު ސިޔާސީ ގޮތުން ފުންނާބު އުސްވާނީ އެވަރަށް. ދެން ނިންމާލީ.

The name is already taken The name is available. Register?

ޣާޒީ

11 April 2018

ރާއްޖޭގަ ތިބި ހުރިހާ ޚާއިނުންނާ ބާޣީންނާ ޣައްދާރުން އެއްތަނަކަށް ޖަމާވެ ހަމަވަނީ. ދެތިން މީހެއް ދެން މަދީ..!

The name is already taken The name is available. Register?

ހުސެންފުޅާ

11 April 2018

އިނގިރޭސިވިލާތަކީ މިހާރު ޓެރަރިސްޓު އައްޑާއަކަށް ވެއްޖެ. ފިލަންދާން ރަގަޅު ތަނަކަށްވެފަތިއޮތީ.

The name is already taken The name is available. Register?

މަރޭމިތުރާ

11 April 2018

.މިގައުމުގެ ދަރިން ބޭރުގަވިއަކަސް ސަލާމަތް ކުރައްވާތީޝުކުރިޔާ...މިގައުމާ މިގައުމުގެ ނޭވާތިއީ ނަޝީދައް ޝުކުރިޔާ.

The name is already taken The name is available. Register?

ޤައުމުގެ ދޫ

11 April 2018

ނޭވާއޭ..؟! އެއީ މިގައުމުގެ ހަލާކު. ގައުމަށް މިފަހުގެ ޒަމާނެއްގައިވެސް ޖެހުނު އެންމެ ބޮޑު ވަބާ. ދުއްޕާން. މުސީބާތް..!

The name is already taken The name is available. Register?

ނަސްރާ

11 April 2018

ދުނިޔޭން މޮޔަފުޅު ވީތޯ. ނަޝީދު ނޭވާ ލާހަ ހިނަދަކު މިޤައުމަށް ހަމަ ނޭވާއެއް ލިޔަކަ ނުދޭނެ!

The name is already taken The name is available. Register?

ކުޑަކަމަނަ

11 April 2018

ހުމާމް ގެ ކޮމެންޓށް ހަަމަ ބުނެވޭނީ ޗީޑި އޭ.. އަންނި މެން ދުނިޔޭގެ އުފަލާ މަޖަލުގަ މި ދިވެހި ރާއްޖޭ ގަ ނޫޅެވޭނެތީއޭ އެތަނަކަށް އަރުވާ ލެވިގެން އެހުރީ. ކުރިން މަވެސް ވަރަށް ސަޕޯޓް ކުރިން ތި އަންނި އަށް. އެކަމް އޭނާއަކަށް މި ކުޑަ ކުޑަ ރާއްޖެ އިސްލާމް ދީނުގެ މަތީގަ ބާއްވާކަށް އެއްވެސް މަސައްކަތެއް ނުކުރެވުނު. ރީތި ގޮތުގަ އިސްތިއުފާ ދީފަވެސް ބަޑިޖެއސިއްޔޭ އޭއްޗެކޭ މީއްޗެކޭ ކިޔާ ތަންތަން އަންދާ އަޅިއަށް ހެދީ. އެއްގޮތަކަށް ވެސް މި ދިވެހި ރާއްޖެ ބޭނުމެއް ނުވޭ ތިކަހަލ ލަޓޯފަޓޯ ރައީސް އެއް. ތިތާ ހުރޭ ރެޑް ކާޕެޓް ގަ މޮޑެލް ކޮއްލާފަ ރާނީ އަތްޕުޅުން ކާލއިގެން. ދުވަސްކޮޅަކުން އެމީހުން ވެސް ނޮހޮރޮއްޕާނާ ހީވެގން ތިތަނުން ފައްސާލަފާނެ.

The name is already taken The name is available. Register?

އޭނާ

11 April 2018

ހަ ހަ ހާ ހާ ކޮބާ ވެއްޓުނުތަ މަހިތައް އަރާ އަދިވެސް 5 އަހަރު އޮތްނަމައޭ ވެއްޓޭތަން ބަލަން މީ ގުނބޯ ސަރުކަރެއް ނޫނޭ ލާހިކެއްނޫ ވައްޓާލާކަށް ކޮބާ އެއްޓެނީ ވެއްޓެނީ ނިމެނީ ނިމެނީ ގޮވި ބައިގަނޑު މައިތިރިވީތަ. ހެހެހޭ

The name is already taken The name is available. Register?

ރީއުނދުން

11 April 2018

އިނގިރޭސި ވިލާތުން ކަންތައް ކުރާގޮތުން ރައީސް ޔާމީހުނުގެ ސަރުކާރަށް ދައުލަތް ހިންގުމަށް އެބަދަތިވޭ. އެހެންވީމަ އިނގިރޭސި ވިލާތާ ގުޅުންކަޑާލަންވީ ހަމަ މިހާރުން މިހާރަށް. ރިޔާޒު ރަޝީދު އެބަޖެހޭ މިކަމުގަ ކޮންމެވެސް އެއްޗެއް ދަނަނަވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454