ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. ކާރު ލިބޭނެ ދެ ގޮތަކާ މެދު މަޝްވަރާ ކުރަމުން ގެންދާ -- ފޮޓޯ: މަޖިލިސް
21 ޖުލައި 2016 - 11:01
ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ 85 މެމްބަރުންނަށް ކާރު ހަމަޖެއްސޭނީ ކޮން ގޮތަކުންތޯ ބެލުމަށް މަޖިލީހުގެ މެމްބަރުންގެ މެދުގައި މަޝްވަރާ ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި މަޖިލިސްގެ މެމްބަރުންގެ ވިސްނުން ހުރީ ޑިއުޓީ ފްރީކޮށް ކާރު ލިބޭ ގޮތް ހެދުމަށް ނުވަތަ ދައުލަތުން މަޖިލީހަށް ކަނޑައަޅާފައިވާ ބަޖެޓުން އެކަން ކުރުމަށެވެ. ނަމަވެސް މަޖިލީހުގެ ބަޖެޓުން ހަރަދުކޮށްގެން ކާރު ދިނުމަށް ދެކޮޅު ހައްދަވާ ގިނަ މެމްބަރުން އެބަތިއްބެވި އެވެ.
"މިހާރު"އާ ވާހަކަ ދެއްކެވި ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި މިހާރު ވެސް ޑިއުޓީ ފްރީކޮށް މަޖިލީހުގެ މެމްބަރުންނަށް ކާރު ލިބެ އެވެ. އެހެންވެ، މެމްބަރުންނަށް ޑިއުޓީ ފްރީކޮށް ކާރެއް ލިބުމަކީ މުހިންމު ކަމެއްގެ ގޮތުގައި އެ މެމްބަރުން ފާހަގަކުރައްވަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: މަޖިލިސް
"ޑިއުޓީ ފްރީކޮށް ކާރު ލިބޭ ގޮތް އޮތުމަކީ މައްސަލައެއް ނޫން. މީހަކަށް ދިނުން ނުވަތަ ވިއްކާނަމަ އެކަން ކުރެވޭނީ ޑިއުޓީ ދެއްކުމުން ކަމަށް ހަމަޖައްސާނަމަ ލިބޭނެ ގެއްލުމެއް ނެތް،" މެމްބަރަކު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި މަޖިލީހުގެ ބައެއް ކޮމެޓީތަކުގައި ވަކިވަކި މެމްބަރުން ވަނީ ކާރުގެ މުހިންމުކަން ފާހަގަކޮށް އެބޭފުޅުންގެ އަމިއްލަ ވިސްނުން ހާމަ ކުރައްވައިފަ އެވެ. ނަމަވެސް މިއީ އެއްވެސް ކޮމެޓީއަކުން ނިންމައި މަޖިލީހުގެ ތަޅުމަށް ހުށަހެޅޭނެ ކަމެއް ނޫނެވެ.
މިއިން ކޮންމެ ގޮތަކަށް ނިންމި ނަމަވެސް މަޖިލީހުގެ މެމްބަރުންނަށް ކާރު ލިބޭނީ އިމްތިޔާޒުތަކާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައި މަޖިލީހުން ފާސްކޮށް، ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމުންނެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މެމްބަރުންނަށް ކާރު ދިނުމާ ދެކޮޅު މެމްބަރުން ވެސް އެބަތިއްބެވެ. އެ މެމްބަރުން ވިދާޅުވީ ކާރު ގަތުމުގައި އެއަށް ވުރެ ލުއި ގޮތެއް ހޯދުން މުހިންމު ކަމަށެވެ.
"ދައުލަތުން އެހާ ބޮޑު ހަރަދެއް ކުރާކަށް އަޅުގަނޑަކަށް ނުފެނޭ. އެކަމަކު ކޮންމެވެސް ކަހަލަ އިނާޔަތެއް ލިބޭ ގޮތަށް އެކަން ކުރުމަކުން މައްސަލައެއް ނެތް،" މަޖިލީހުގެ މެމްބަރަކު ވިދާޅުވި އެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން މިހާރު ކާރު ފޯރުކޮށްދެނީ ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ރައީސާއި ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށާއި ބޭރު ގައުމުތަކުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުންނަށާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންނަށާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސަށެވެ.
ޑިއުޓީ ފްރީކޮށް ކާރު ލިބޭ ގޮތް އޮތުމަކީ މައްސަލައެއް ނޫން. މީހަކަށް ދިނުން ނުވަތަ ވިއްކާނަމަ އެކަން ކުރެވޭނީ ޑިއުޓީ ދެއްކުމުން ކަމަށް ހަމަޖައްސާނަމަ ލިބޭނެ ގެއްލުމެއް ނެތް.--މެމްބަރެއް
ޑިއުޓީ ފްރީކޮށް ކާރު އެތެރެކުރެވޭ ގޮތް ހަދަން ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ މެމްބަރުން ވެސް ވަނީ، އިމްތިޔާޒުގެ ގާނޫނު ފާސްކޮށްފަ އެވެ. އެހެން ނަމަވެސް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެ ބިލު ތަސްދީގު ނުކުރައްވާ އަނބުރާ މަޖިލީހަށް ފޮނުއްވާލެއްވި އެވެ. އެހެންވެ، ކާރުގެ ވާހަކަ ދެއްކުން އެ ހިސާބުން އޮތީ ހުއްޓިފަ އެވެ. ފަހުން އިމްތިޔާޒުގެ ބިލް ފާސްކުރީ އެބައި ނުހިމަނަ އެވެ.
ދައުލަތުން އެހާ ބޮޑު ހަރަދެއް ކުރާކަށް އަޅުގަނޑަކަށް ނުފެނޭ. އެކަމަކު ކޮންމެވެސް ކަހަލަ އިނާޔަތެއް ލިބޭ ގޮތަށް އެކަން ކުރުމަކުން މައްސަލައެއް ނެތް. --މެމްބަރެއް
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުރަކި
23 July 2016
ކުރަންވީ ކަމަކީ މެމްބަރުންގެ މުސާރަ ސިވިލް ސަވިސް އާއި އެއްވަރުކުރަންވީ. އެމީހުންގެ މުސާރަ ވަކިން ބޮޑުކުރަންވީ ސަބަބެއް ނެތް.
ގގ
23 July 2016
މާރު ކޭޓުގައި ކާރު ސޭލް އަޅުވާފައި، ރައްޔިތުން ބިޑި ސުއްޓަޔަށް ވޯޓް ކިއްކީ މެމްބަރުން މިލިޔަނުން ވޯޓު ވިއްކާލަނީ،
ޑާހިމް
23 July 2016
ވަަރަށްރަނގަޅުކަމެއް، މިހާރުވެސް މަޖިލީހުގަކުރާނެ ކަމެއް ނެތި ގިނަ ދުވަހު މެންބަރުން އަތް އުރާލައިގެން ނުތިބެ ހުޅުމާލެ ދެވަނަ ފިޔަވަހީގަ ވަޝައިގެން އެއޮތް އަޅާނިމެމުންދާ ރޭސްޖަހާ ޓުރެކުގަ މަޖިލިސް މެންބަރުން ކާރުރޭސް ޖަހާތަންބަލަން ރައްޔިތުން މިތިބީ ކެތްމަދުވެފަ، މާލެ ދެކުނުން އެއޮތް އެނބޫދޫ ފަޅުގަ ހިއްކާނިމެމުންދާ ލިޓުލް ސިންގަޕޯރގަ ހަދާ ޓޮޔޯޓާ ކާރުހާނާއިން މަޖިލިސް ކޮންމެ މެންބަރަކަށް ރޭސްކާރެއްދޭ ވާހަކަ އިވުމުން ރައްޔިތުން އުފަލުން ޑާންސްނުކޮށްތިބެންވީ ސަބަބެއްނެތް، އެދުވަހަކުން މުޅިދުނިޔެ އަންނާނެ އަނުގަ މަޖިލިސް މެންބަރުން ކާރުރޭސް ޖަހާތަން ބަލަން، އދ އެބައިމީހުން އެނބުރި އބައިމީހުުންގެ ގައމަށްގޮސް ބުނާނެ ލިތުލް ސިންގަޕޯރ ވަރެއްނެތޭ ހާދަހާއޭ ފައްކަލީ ހާދަހާއޭ މަޖަލީ އަދިވެސް ދާންވީ ރަހީމުއާ ރަޝީދުއާ ހާން ކާރުރޭސް ޖަހާތަން ބަލަންށޭ، އެވެސް ކީހާ ބޮޑު ޝަރަފެއް މިދިވެހިންނަށް ލިބިގެންދާނެ..
މިނިވަން ޚިޔާލް
22 July 2016
މިރާއްޖޭގައި ކަންމިހިގަނީ ވަރަށް ހައިރާންވާކަހަލަގޮތަކަށް. މަޖިލީސް އިންތިޚާބަށް މީޙަކު ކުރިމަރިލައިގެން ދާއިރާއަށް ކެމްޕޭނަށް ދިއުމުން ރައްޔިތުން ވިސްނަނީ އެމީހެއްގެ އަތުން ލިބެންއޮތް އެއްޗެއް ހޯދުމަށް. މަޖިލީހަށް ހޮވުނީމަ، އަނެއްކާ އެމީހާވަނީ ދާއިރާގެ އެންމެނަށްޖެހޭހުރިހާކަ،ެއް ފުއްދަދޭން، އެހެންނޫޏިއްޔާ އެމީހަކުގޯސްވީ. ދެން މަޖިލީހަށް ހޮވޭމީހާގެ އަމާޒަކަށްވަނީ ވީހާވެސް ގިނަފައިސާ އެންމެ އަވަހަށް ހޯދުނުނުގޮތަކުން ހޯދައިގެން އެމީހެއްގެ އަމިއްލަ ތިރިއުޅުމާއި، ކަންކަމު އަންނަ މީހުންގެ ކަންކަންދުއްދުން. މިހެން މިކަން އޮރްހާދުވަހަކު ރައްޔިތުންނަށް ފައިދާހުރި އެއްވެސްކަމެއް މަޖިލީހުގެ ތެރެއިން ނުކުރެވޭނެ. ވޯޓްދިނުމުގަ ވަގުތީ ފައިދާއަށް ވިސްނައިގެން ވޯޓްދޭހާދުވަހަކު މިކަމެއް ހައްލެއްނުވާނެ. އަހަރެމެންނަށް މިލިބެނީ އަހަރެމެން އިންދި އޮށުގެ މޭވާ. މެންބަތުންގެ އެއްވެސް މައްސަލައެއްނެތް. މިއުޞޫލު އޮތްހާދުވަހަކު އަބުރުވެރި ރަގަޅުމީހަކު މެންބަރުކަމަށް ކުރިމަތިނުލާނެ.
މޫސުން
22 July 2016
މެމްބަރުންނަށް ކާރުވެސް ދޭންވީ 85 ކާރު ފައިކޭޓުން ފޭދިގެންދާ ވަކިލާރި ކޮޅަކުންވެސް ގަނެލަ ދެވިދާނެ
ބުނދުބުންޑި
22 July 2016
މާލޭގެ ޓްރެފިކު ހުރިގޮތުން އެއްތަނުން އަނެއްތަނަށް ކާރުގައި ތަރުރުކުރުމަކީ ދަތިކަމެއް. ރަނގަޅުވާނީ ރައްޔަތުންގެ ނަމުގައިނަގާ ދަރަނީގެ ފައިސާއިން އިއްޒަތްތެރި ކޮންމެ މެމްބަރަކަށް ހެލިކޮޕްޓަރެއް ބައްލަވައިގަތުން. ހަރާމްކޯރު.
ަައ ލ ޤ
22 July 2016
ނަޝީދުގެ ވެރިކަމުގައި ތިހުށަހެޅުން ބޭރުކޮށްލި. ސަބަބަކީ ރާއްޖޭގެ މަޖިލިސް މެމްބަރުންނަކީ ޤައުމުގެ އެހެން މީހުންނާ އަޅާ ބަލާއިރު މުސާރަ 40 ގުނަ އިތުރު ބައެއް. ޔާމީންގެ ސަރުކާރުން ހަދާގޮތެއް ބަލަމާ!
ހަންކެޑެ
22 July 2016
މިބައިގަނޑަށް ފައިދާހުރި ގޮތަށްނޫނީ ކަމެއް ހުށައަޅައިގެން ފާސްކުރަން އެބައުޅޭތަ އަޅެ؟؟؟
ހުސޭނު
22 July 2016
މަޖްލިސް މެމްބަރުންނަށް ކާރު ޑިއުޓީފްރީކޮށް މަގުމަތީ ދުއްވަން ފެށުމުން އިނގޭނީ. ޕާކްކުރަންވެސް ޖެހޭނެތާ. ކާރުގެ ބޮޑީ ފެނުނަސް ރަނގަޅު. އެވަރަސް މިހާރު ގިނަ ރައްޔިތުން ތިޔަ މެމްބަރުންނާއި މެދު މިތިބީ ރުޅިގަދަވެފަ. މިނިންމުން ވަރަސް ވިސްނާފަ ނިންމުމަށް ދަންނަވަން.
ނިކަމެތިި ރައްޔިތުމީހާ
22 July 2016
ތިޔަ ވިސްނުމަކީ މި ސަރުކާރަށް ތާއީދު ކުރާ މެންބަރުންގެ ވިސްނުމެެއް.! މަހަކު--/10.000ރ ވެސް ހަމަޔަށް ނުލިބޭ ނިކަމެތި ރައްޔިތުން ކާރު ގެންނަނީ ޑިިއުޓީ ދައްކާފަ. ރަޖިސްޓުރީ ކުރެވެނީ މާލޭގަ ގެދޮރުހުރި މީހުންނަށް ކާންދޭން ޓުރާންސްޕޯޓުން ނިންމާފަވާ ނިންމުމުގެ ދަށުން މާލޭ މީހަކަށް 40.000ރ ދީފަ ގަރާޖުސިޓީއެއް. ނުވަތަ މާލޭ މީހަކަށް ސާޅީހަކަށްހާސް ރުފިޔާ ކާންދިންކަމުގެ ލިޔުމެއްވެސް ހޯދައި ޓުރާންޕޯޓަށް ހުށަހަޅައިގެން. މި މަޖުލީހުގަ މިތިބަ ބައިވަރުގަނޑަށް މަހަކު 85.000 ރުފިޔާ މުސާރަޔާއިނާޔަތުގަަ ލިބޭނެގޮތް ހަދާފަ ދުނިޔޭގެ ކޮންމެތާކުން ބޭސްފަރުވާ ކުރެވޭނެ ގޮތް ހަދައިގެން ތިބެ. ނުފުދިގެން ތެޅެއަރުވާއިރު މަރުވާނެކަންވެސް ހަނދުމަ ނުވަނީބާ!!!!