އެޗްއާރުސީއެމްގެ ބައެއް މެމްބަރުން މަގާމުގެ ހުވާ ކުރައްވަނީ: އެ ކޮމިޝަނުން މިދިޔަ އަހަރު އެންމެ ރަނގަޅަށް ހިސާބުތައް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓުން ހާމަވޭ.-- ފައިލް ފޮޓޯ: ރައީސް އޮފީސް
20 ޖުލައި 2016 - 23:42
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިދިޔަ އަހަރު ކުރި ހަރަދުތަކުގެ ތެރެއިން 1.2 މިލިއަން ރުފިޔާ ބޭކާރުވެ، ބަޖެޓަށް ވުރެ އިތުރަށް ލައްކައެއްހާ ރުފިޔާ ހަރަދު ކުރި ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
އެޗްއާރުސީއެމްގެ 2015 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓުގައި އެންމެ ބޮޑު މައްސަލައަކަށް ފެންނަން އޮތީ އެ ކޮމިޝަނުން ސްކޮލަޝިޕާއި ކޯސްތަކަށް ބޭރަށް މީހުން ފޮނުވަން ހަރަދު ކުރި 1.2 މިލިއަން ރުފިޔާގެ މައްސަލަ އެވެ. އެ މީހުން ކޯސް ފުރިހަމަ ނުކޮށް އެނބުރި ރާއްޖެ އައުމުން މާލީ ގޮތުންނާއި ފަންނީ ގޮތުން ކޮމިޝަނަށާއި ދައުލަތަށް ގެއްލުން ވާނެ ކަމަށް ރިޕޯޓުގައި ބުންޏެވެ.
އެކަމަކު، އެ 1.2 މިލިއަން ރުފިޔާ އަނބުރާ ހޯދަން އެޗްއާރުސީއެމުން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ، އޮޑިޓް ރިޕޯޓުގައި ލަފާ ދީފައި ވަނީ ކޯސް ފުރިހަމަ ނުކުރާ މުވައްޒަފުން ކޮމިޝަނުން އަންގާ ގޮތެއްގެ މަތިން ހިދުމަތް ކުރުމަށް އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ނުުވަތަ ކޮމިޝަނުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ފައިސާ ދައްކާ ހަލާސް ކުރުމަށެވެ.
މީގެ އިތުރުން، އެޗުއާރުސީއެމަށް ކަނޑައަޅާފައިވާ ބަޖެޓަށް ވުރެ 97،569ރ. އިތުރަށް މިދިޔަ އަހަރު ހަރަދު ކުރިކަން ވެސް އޮޑިޓުން ހާމަވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދަތުރުފަތުރަށް ކުރި 70،392ރ. އާއި މަރާމާތުކުރުމާއި ބެލެހެއްޓުމަށް ހަރަދު ކުރި 303،328ރ. އާއި ލިބުނު ގެއްލުމަށް ނުވަތަ ގެއްލުމެއް ހަމަޖައްސަން ހޭދަކުރި 105ރ. އެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ އަނެއް މައްސަލައަކީ ހަރަދުތަކުގެ ތަފްސީލު އެކަށީގެންވާ ގޮތަކަށް ބަލަހައްޓަމުން ނުދިއުމާއި ބޭނުން ކުރާ ތަކެތީގެ ރަޖިސްޓްރީއެއް ބަލަހައްޓަމުން ނުދިއުމެވެ. އެ ގޮތުން، އެކިއެކި ކަންކަމުގައި ރާއްޖޭން ބޭރަށް ދިއުމަށް ޓިކެޓު ނެގުމަށް ފަހު އެ ދަތުރުތައް ކެންސަލްކޮށްފައި ވިޔަސް، އެކަމާ ގުޅޭ ލިޔެކިއުންތައް ވެސް ބަލަހައްޓާފައި ނުވާ ކަމަށް އޮޑިޓުގައި ބުންޏެވެ. ޓިކެޓު ރިފަންޑުގެ ގޮތުގައި 8،064ރ. ގެ ގެއްލުމެއް ދައުލަތަށް ލިބުނުއިރު، އެ ދަތުރުތަކާ ގުޅިގެން އަނބުރާ ޖަމާކުރަންޖެހޭ 52،423ރ. ވެސް ލިބިފައި ނުވާ ކަމަށް ބުންޏެވެ.
"އެ ފައިސާ ހޯދުމަށް ކޮމިޝަނުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ،" އޮޑިޓު ރިޕޯޓުގައިވެ އެވެ.
އެހެންވެ، އޮޑިޓް ރިޕޯޓުގައި ލަފާ ދީފައި ވަނީ ދަތުރުތައް ކުރުމުގައި ދައުލަތަށް ގެއްލުން ނުވާނެ ގޮތަށް ބަލައި ރަނގަޅު ޕްލޭނެއް އެކުލަވާލުމަށެވެ. އަދި ދަތުރަށް ޓިކެޓު ނަގާފައި އެ ދަތުރު ނުކުރާ މީހެއްގެ އަތުން ފައިސާ ހޯދުމަށް ވެސް އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސް
21 July 2016
ދިވެހި ރާއްޖޭގައި މިވަގުތަށް ހިއުމަން ރައިޓްސް ކޮމިޝަނެއް ،ރައްޔިތުން ގެ ޙަރަދުގައި، ބޭއްވުމުގެ ބޭނުމެއް އޮތްކަމަކަށް ނުފެނޭ!
މޫސަ
21 July 2016
ތިތާގެ އިސްމީހުންނަށް ބަލާލީމާ އެގޭ ތިތާގެ ފެންވަރު. ކަމުދާ އެކަކުވެސް އުޅޭ ތަނެއް ނޫން. ތި ހިސްޓޯ ކިޔުނު މީހާ އަކީ ތިމާއަށް ވުރެ ވިސްނޭ މީހެއް ނެތް ކަމަށް ހެދިގެން އުޅޭ ރޯނު އެދުރެއް
ހަންޓޯ
21 July 2016
ކޮބާ އެއްކަލަ ޝިފާގު މުފީދު. މީގެ ކުރިން މީޑިޔާ ތަކުގަ އެހެން މީހުން ކުއްވެރިކޮށްފަ ވާހަކަދައްކަމުން ދިޔައީ، ހަގީގަތަކީ ހިއުމަން ރައިޓްސް ކޮމިޝަން އަކީ ވާވެފަ އޮތް ތަނެކެ. ވަރަށް ސާފުކޮށް އެކަން އެނގެން މިއޮތީ. އަދިވެސް އެހެން މީހުން ބްލޭމް ކުރެވޭތޯ ބަލާތި ޝިފާގޫ
ރިންސް
21 July 2016
ތިޔަތަން ރަގަޅުގޮތުގައި ހިންގުނީ މުޖުތަބާ އުޅުއްވި ދުވަސްވަރު ދެން މުޅިންވެސް ފެންނަނީ މުޅި މުއައްސަސާ ސިޔާސީވެ ތަތްތެޅިފައިވާތަން. އެ ކުޅިވަރެއްފެއްޓީ ނަންރީތި ސަލީމު.
މުހައްމަދު
21 July 2016
ތިޔަ އޮތީ ހިއުމަންރައިޓްސްއަށް ހިއުމަން އެރަރ އަރާފައެވެ. ހިއުމަން އެރަރ އެރީމާ ހިއުމަންރައިޓްސްއެއް ނޯންނާނެއެވެ. ސަހަރޯއެވެ.
މުހައްމަދު ބުނަނީ
21 July 2016
އަދި މާ ބޮޑު މައްސަލައެއް ނެތެއްނު. ބޮޑު ހިޔާނާތްތެރިޔާ އެހެރީ ގައިދުކުރެވިފަ. ދެން ހިޔާނާތެއް މިގައުމަކު ނޯންނާނެ.
ނަދީމް
21 July 2016
ކޮމިޝަންވެސް ބޭކާރު.. ކޮމިޝަނުގެ މެމްބަރުންވެސް ބޭކާރު.. ކޮމިޝަނުގެ މުވައްޒަފުންވެސް ބޭކާރު.. ބޭކާރު ބޭކާރު ބޭކާރު..
އުސްތާޛް ޢިރުފާން ބިން ޢަބުދުﷲ
21 July 2016
ޒިންމާ ނަގަން ޖެހޭނެ މީހަކުވެސް ވާން ޖެހޭ!
ާނުކުޅެދިފަ
21 July 2016
ތިޔައީ މުޅިން އޯވަރހޯލް ކުރަންވެފާ އޮތްތަނެއް. ތިިތަނާ ޤާނޫނީ ގޮތުން ހަވާލު ކުރެވިފައިވާ ޒިންމާ އަދާ ކުރަމުންދާތަނެއް ނުފެނޭ.