މޫދަށް އެރި އުޅެނިކޮށް ގެއްލުނު ކުދިން ހޯދުމުގެ މަސައްކަތުގައި ކޯސްޓްގާޑް.
21 އެޕްރީލް 2018 - 21:50
އައްޑޫގައި މިއަދު މޫދަށް އެރިގެން އުޅެނިކޮށް ގެއްލިގެން އުޅޭ ދެ ކުދިން ހޯދުމަށް ނައިޓް ވިޝަން ކެމެރާ ބޭނުންކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިރޭ ބުނެފި އެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާލުގައި އޮންނަ މޫދުގެ އޮއިވަރު ބާރު ސަރަހައްދަށް އެރިއުޅެނިކޮށް ތިން ކުދިން ގެއްލުނު އިރު އޭގެ ތެރެއިން އެއް ކުއްޖަކު ވަނީ ފެނިފަ އެވެ. ގެއްލިގެން ހޯދާ ދެ ކުދިންނަކީ ހިތަދޫ ޗަނބޭލީގޭ އަލީ ފަހުމީ އާއި ޓޮޕާޒް މަޔާމީން އަލީ އެވެ. އެއީ 14 އަހަރުގެ ދެ ކުދިންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ ނައިޓް ވިޝަން ޑިވައިސްތައް ބޭނުންކޮށްގެން އެމްއެންޑީއެފްގެ ލޯންޗުތައް އެ ދެ ކުދިން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
Addu gai moodhah eri ulhunu 2 kujjaku gelligen hoadhanee
The most trusted news source in the Maldives
Mihaaru
ދެ ކުދިން ގެއްލިގެން ހޯދުން--
އާންމު އޮޕަރޭޝަންތަކުގައި ރޭގަނޑު ވަގުތުތަކަށް ހޯދުމުގެ މަސައްކަތް މެދުކަނޑާލަ އެވެ. ނަމަވެސް މިރޭ ނިންމާފައިވަނީ ކުރިއަށް ގެންދިއުމަށެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އެ ކުދިން ހޯދުމަށް މަސައްކަތް ކުރާ ސަރަހައްދު އަލިކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ކުދިން ހޯދުމަށް އެމްއެންޑީއެފްގެ ލޯންޗުގެ އިތުރުން ހެލިކޮޕްޓަރު ވެސް މިއަދު ވަނީ ބޭނުންކޮށްފަ އެވެ. އާޒިމް ވިދާޅުވީ މިހާތަނަށް ބޮޑު ސަރަހައްދެއް ބަލައިފައިވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާތު
23 April 2018
ނޫސް ތަކުގަ މިހުންނަ ސުރުޚީތަކަށް ސަލާން.....
ޒަމީރު
22 April 2018
މިދިވެހިރާއްޖެޔަކީ މަގުތަކުގައި ދުވާރެއް ނޯންނާނެ. މޫދައް އެރޭ ނޫނީ މަނާ ތަންތާގައި ނޯޓިސް އެއް ނުހުންނާނެ ލައިފުގާޑެއް ނުހުންނާނެ. ދިވެހިން ދިވެހިންގެ ގޮތުގައި އަބަދައް
ހުސެންބެ
22 April 2018
ފެނުނު ކުއްޖާ ފެނުނީ ކޮންތާކުންހެއްޔެވެ.
ދުއާ
22 April 2018
ބަޔަކު 24 ގަޑިއިރު ކަނޑުމަތި ބަލަން އުޅުމުންވެސް އެއްބަޔަކު ޝުކުރުވެސް ނުކުރޭ. ރޭގަނޑު ކަނުއަދިރީގަ އެއްޗެއް ފެންނާނެ ވަސީލަތެއް ބޭނުންކޮށްގެން ވެސް ކުރުންދޯ ރަނގަޅީ. ހަމަ ސާބަސް ދިވެހި ސިފައިން ތިޔަކޮށްދޭ ކަންތަކަށް. އިރާދަ ކުރެއްވިއްޔާ އެކުދިން ހެޔޮހާލުގަ ފެންނާނެ. އާމީން.
ތުއްތުނާ
22 April 2018
ހޯދުމަށް ނައިޓް ވިޝަން ކެމެރާ ބޭނުންކުރަމުން އަންނަ އިރު ބޭނުންކޮށްފައި ވަނީ ސައުންޑް ޕްރޫފް ހެލިކޮޕްޓަރު....... ލޯންޗު އަދި ހެލިކޮޕްޓަރުގެ ނެވިގޭޝަން ލައިޓް ވެސް އޮފް ކޮށްގެން....... އެހެން ނޫންނަމަ ރޭގައި ފަތިސް ވަންދެން އަތިރިމަތީގައި އެކުދިން ފެނޭތޯ މަސައްކަތް ކުރަމުން ދިޔަ އެއްވެސް މީހަކަށް މިއިން އެއްޗެއްގެ ހިލަމެއް ވާނެ...... މި ދެން ތަންކޮޅެއް ބޮޑުވަރު...........
ނަޝް
22 April 2018
މީ މައްސަލަ އަކީ! 80’ ގެ އަހަރުތަކުގަ ރައްޔިތުން ގޯނި ފުލައްލާން ދައްކާވާހަކަ މިހާރު ދެެއްކީމަ ނުވާނެ މިހާރު ގަބޫލު ކުރާނެ މީހަކު. ރޭގަނޑު ނައިޓްވިޝަން ބޭނުންކުރުން މިއީ ދުވާލު ދުރުމި ބޭނުންކުރުމެކޭ އެއްވަރެއްގަ ސިފައިން ބޭނުންކުރާ އާއްމު ޑިވައިސް އެއް. މީޑިއާ އޮފިޝަލެއް ކަމަކު މިނޫން އެއްޗެއްގެ ނަންކިޔާ. އިރާދަކުރެެއްވިއްޔާ ތި ދެކުދިން ދިރިތިއްބާ ފެންނާނެ!
ބޭނޭ
22 April 2018
ހާދަ ވެގަނެގެން...ކަލޭ އެކަނި ބޭނުންކުރި އެއްޗެއް ދޯ އެއީ....
ސަލީމު އިދުރީސް
22 April 2018
ހިތައްއަރާ މިކަހަލަ ކަމައް ގާބިލު ނޫންބަޔަކައް ޓެކުސްފައިސާއި ބޮޑުހަރަދު ކުރީމައްވުރެ ބޭރުގެ ކަމައްގާބިލު ބަޔާކާ އެގުރިމެއްޓެއް ހެދިއްޔާ އެފާއިސާއި ރައްތުނައް މާ ލާބަކުރާނޭ
ާިަަިައައިހަމް
22 April 2018
އެރާޅު ޖަހާ ދިމާލަކީ ބޮޑެތި ހޮހޮޅަތައް ހުރިތަންތަން. އެދިމާލަށް އޮއިބާރުވެ ކުދިން ދަމައިގަތީކަމަށްވާނީ. ނޭވާނުލެވި ލޮނުބޮވި އެހޮހޮޅަ ސަރަހައްދަށް އަޑިއަށްދާނީ. ފެންމަތީގަ އުފުލިފައިވާނަމަ އެކުދިން އެއްގަމަށް ލައްކުރާނެ. ފަރުމައްޗަށް އަންނަ އޮއިވަރު ނުވަތަ ރާޅުގެ ސަބަބުން ކަނޑާއި ދިމާލަށް އަޑިންވެސް މަތިންވެސް އެއްވެސް އެއްޗެއް ނުދާނެ. ރާޅު ނުޖަހާ ދުވަހެއްގަ ނޫނީ އެހޮހޮޅަތަކުގެތެރެ ނުފެންނާނެ އަދި އެސަރަޙައްދަށް ފީނުމަކީވެސް ވަރަށް ނުރައްކާކަމެއް. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވާހުށީ ހުސްޠޯހިރުވަންތަ މާތްﷲއަށް.
ޢަސްމާ
22 April 2018
އުދަ އަރާ ސަބަބާމެދު، ޝޭޙުން ވިދާޅުވާ އެއްޗެއް ބަލަން ބޭނުން!
ބައްޔެއް
22 April 2018
މިކަހަލަ ވަގުތުތަކުގަވެސް ކައޭމެން ޖޯކު ޖެހޭތޯ ބަލާތި!. މިދެން ބޮޑުވަރު.