ޚަބަރު / ޚިޔާލުފާޅުކުރުމުގެ މިނިވަންކަން

އަބުރުގެ ބިލަކީ އަޅުގަނޑުމެންނަށް ވެސް އޮތް ހުރަހެއް: ދީނީ އިލްމުވެރިން

ގާނޫނުއަސާސީން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ދިފާއުގައި ނޫސްވެރިންތަކެއް ބޭއްވި ހިމޭން މުޒާހަރާ. އަބުރު ރައްކާތެރިކޮށްދިނުމާ ބެހޭ ބިލުގެ ސަބަބުން އިލްމުވެރިންނަށް ވެސް ހުރަސްތަކެއް ކުރިމަތިވާ ކަމަށް ބައެއް އިލްމުވެރިން ވިދާޅުވި.---ފޮޓޯ: އިމޭޖަސް.އެމްވީ

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލު ގާނޫނަކަށްވެއްޖެނަމަ، ދީނީ އިލްމުވެރިންނަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ބައެއް އިލްމުވެރިން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ފާޑު ވިދާޅުވި ބައެއް އިލްމުވެރިން ވިދާޅުވި ގޮތުގައި މިއީ ދީނީ އިލްމުވެރިންނަށް މިހާރަށް ވުރެ ފަސޭހަކަމާއެކު އަދަބު ދޭން މަގުކޮށައިދޭ ބިލެކެވެ. ބިލު ފާސްކޮށް ތަސްދީގުކޮށްފިނަމަ، އިލްމުވެރިން ތަގުރީރު ދިނުމުގައި ޖެހިލުންވާނެ ކަމަށް ވެސް އެ ބޭފުޅުން ވިދާޅުވި އެވެ.

ކުރީގެ އިސްލާމިކް މިނިސްޓަރު އަދި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަބްދުލްމަޖީދު އަބްދުލް ބާރީ ވިދާޅުވީ ދީނީ އިލްމުވެރިންނަށް ދީނީ ނަސޭހަތް ދިނުމަށް ވަކި ގާނޫނެއް ހަދާފައި އޮއްވާ، އެހެން ގާނޫނެއް ގެނެސް، އަބުރާ ބެހުން ކަމަށް ކަނޑައަޅަން އުޅެނީ އިލްމުވެރިންނަށް ދީނީ ނަސޭހަތް ދިނުމުގެ ފުރުސަތު ހަނިކުރަން ކަމަށެވެ.

އަދާލަތު ޕާޓީގެ އިލްމުވެރިންތަކެއް ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އަބުރު ރައްކާތެރިކޮށްދިނުމާ ބެހޭ ބިލުގައި އިލްމުވެރިން ކަންބޮޑުވާ ކަންތައްތަކެއް ވެސް އެބަހުރި..--ފޮޓޯ:އަދާލަތު ޕާޓީ

ދީނީ ތަގުރީރު ދިނުމާއި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ދީނުގެ ހުކުމްތައް ބަޔާންކޮށް ދޭން ވާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންނެވެ.

އަބުރު ރައްކާތެރިކޮށްދިނުމާ ބެހޭ ބިލުގައި ވަނީ ދީނަށް ފުރައްސާރަ ކުރުމުގެ ނިޔަތުގައި ދީނަށް ތައުހީންކޮށް ހިޔާލު ފާޅުކުރުމާއި ދީނުގެ އުސޫލުތަކުގެ ސައްހަކަމާމެދު ސުވާލު އުފައްދާ ހިޔާލުފާޅުކޮށްފިނަމަ، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ހިޔާލު ފާޅުކުރުން ކަމަށް ބަލާނެ ކަމަށެވެ.

މީގެ އިތުރުން ދީނީ ތަގުރީރު ދިނުމާއި އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ދީނުގެ ހުކުމްތައް ބަޔާންކޮށް ދޭންވާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިސްލާމިކް މިނިސްޓްރީން ދޫކުރާ ހުއްދައެއް ލިބިގެންނެވެ.

އިސްލާމް ދީނުގެ އަސްލަކާ ހިލާފު ހިޔާލު ފާޅުކުރުމުން އެމީހެއްގެ މައްޗަށް އަދަބު ކަނޑައަޅާނީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އަދި ހުއްދައެއް ނެތި ދީނީ ތަގުރީރު ދޭ މީހުންނާ މެދު ފިޔަވަޅު އަޅާނީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް މި ބިލުގައި ބުނެފައިވާ ޖޫރިމަނާ އާއި ޖަލު ހުކުމަކުން އިލްމުވެރިން އިސްތިސްނާވެ އެވެ.

މި ބިލުގައި އިލްމީ މަގްސަދުތައް ހާސިލްކުރުމަށާއި ތައުލީމާއި ތަރުބިއްޔަތު ދިނުމުގެ މަގްސަދުގައި ސްކޫލް މަދަރުސާތަކާއި މުދައްރިސުންނާއި މުފައްކިރުންނާއި މާހިރުންނާއި ފަންނުވެރިންނާއި އިލްމުވެރިން ފަދަ މީހުން ހެޔޮ ނިޔަތުގައި ދައްކާ ވާހަކަ އާއި ހާމަކުރާ ހާމަކުރުންތައް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނި، ރައްކާތެރި ކުރެވިގެންވާ ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އަބުރު ރައްކާތެރިކޮށްދިނުމާ ބެހޭ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވާފައި. - ފޮޓޯ: މަޖިލިސް

މަޖީދު ވިދާޅުވި ގޮތުގައި އަބުރަކީ އެއް މިނަކަށް އޮންނަ އެއްޗެއް ނޫން ކަމަށާއި މީހެއްގެ އަބުރަށް އަރައިގަތުން ކަމަށް ދީނީ އިލްމުވެރިން ކަނޑައަޅުއްވާފައިވާ ކަންތައްތަކެއް ހުންނައިރު، ފާޅުގައި މީހަކު ކުރާ ނުބައި ކަމެއްގެ ވާހަކަ ދެއްކުމާއި ހެކި ބަސް ދޭން ޖެހިގެން މީހެއްގެ ނުބައި ވާހަކަ ޝަރުއީ ކޯޓެއްގައި ބުނުމަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ އެވެ.

"ރައްޔިތުންގެ ކަންތައްތަކާ ހަވާލުވެގެން ހުންނަ މީހަކު ފާޅުގައި ހިޔާނާތްތެރިވުމުން އެ ވާހަކަތައް ދެއްކުމަކީ އަބުރާ ބެހުން ކަމަށް ނުބެލެވޭނެ ކަމަށް ކަނޑައަޅުއްވާފައި ވަނީ،" މަޖީދު ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ކަންކަން އިސްލާހުކުރަން ގޮވާލުމާއި ހެޔޮ ކަންކަމަށް އަމުރުކޮށް، ނުބައި ކަންކަން މަނާ ކުރުމަކީ ދީނީ އިލްމުވެރިންގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އިންސާފުން އެއްކިބާވާ ކަހަލަ ކަމެއް ގައުމުގައި ހިނގާ ކަމަށްވާނަމަ، އެކަމާ ދެކޮޅަށް މަސައްކަތް ކުރަން ތިބީ ވެސް ދީނީ އިލްމުވެރިން ކަމަށް އޭނާ ވިދާޅުވި އެވެ.

"ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގެ ދަށުން އާންމުން ހޭލުންތެރިކުރުމަށް ކޮންމެވެސް ވަރަކަށް ދީނީ އިލްމުވެރިންނަށް ފުރުސަތު ލިބޭ. އެކަމަކު އަބުރާ ބެހޭ ގާނޫނު ވުޖޫދަށް އައުމާއެކު ދީނީ އިލްމުވެރިން، އާންމުން ހޭލުންތެރި ކުރުމަށް ހުރި ފުރުސަތު ވަރަށް ބޮޑަށް ހަނިވާނެ." އަނާރާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވި ގޮތުގައި އަބުރަކީ އިސްލާމް ދީނުގައި ހުރުމަތްތެރިވެގެންވާ އެއްޗެއް ކަމަށާއި އަބުރު ހިމާޔަތް ކުރުމަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ކޮންމެ މީހަކު ވެސް ސަމާލު ކަން ދޭން ޖެހޭ ކަމެއް ކަމަށެވެ.

އަބުރާ ބެހުނު ކަން ސާބިތުވާނަމަ، އެކަށީގެންވާ އަދަބެއް ކަނޑައަޅަން ޖެހޭނެ ކަމަށާއި ބިލުގައި މިހާރު އޮތް އަދަބުތައް ބޮޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ކޮމެޓީއަށް ހުށަހަޅައިގެން މި ބިލަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

23 ކޮމެންޓް, 68 ރިއެކްޝަންސް

icon happy icon happy 15%
icon sad icon sad 7%
icon angry icon angry 78%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު ޙަބީބު. ބ. އޭދަފުށި

29 July 2016

ޢިލްމުވެރިންނޭ ކިޔަނީ ދީނީ ޢިލްމުވެރިންނަށެވެ. " ﷲގެ އަޅުތަކުންގެ ތެރެއިން އެކަނލާގެ އަށް ދީނީ ޢިލްމުވެރިން މެނުވީ ބިރުވެތި ނުވެއޭ އަންގަވާފައި އޮވެއެވެ." "ނަބީބޭކަލުންގެ ވާރުތަވެރިންނަކީ ދީނީ ޢިލްމުވެރިންނޭ ޙަދީޘްގައި ބަޔާންވެފައި ވެއެވެ." ވީއިރު މަތިންދާބޯޓެއްހަދަން ދަންނަ މީހުންނަކަށް ޢިލްމުވެރިން ނެކޭ ނުކިޔާނެ އެވެ. މަތިންދާބޯޓުހަދަނީ އެންމެ މީހަކުވެގެންނެއްނެއްވެސް ނޫނެވެ. އަދި ބުނަން ދީނީ ޢިލްމުވެރިންގެ ތެރޭގައި ވެސް މަސައްކަތް ދަންނަ ކުޅިވަރު ކުޅެންވެސްވެސް މޮޅު ގިނަމީހުން މިރާއްޖޭގައިވެސް އެބަތިއްބެވެ. އަހުރެންނަކީވެސް އެކަހަލަމީހެކެވެ. އަދި ދުނިޔޭގައި އެފަދަ މީހުން މާގިނަ އެވެ. ޑޯންނޯ ގެ މަޢުލޫމާތު ވަރަށް ފަޤީރެވެ.

The name is already taken The name is available. Register?

ޑޯންނޯ

29 July 2016

އިލްމު ވެރިންނަކީ އެއީ ހަމަ އެކަނި ދީނުގެ އިލްމު ލިބިފައި ތިބި މީހުން ނެއް ނޫނެވެ. އެނޫނަސް ކޮންމެ ފަންނަކުން ވެސް އިލްމު އުގެނިފައި ތިބިއްޔާ އެވާނީ އިލްމު ވެރިންނަށެވެ. ރާއްޖޭގައި ތިބި ދީނީ އިލްމު ވެރިން އެންމެން އެއްތަނަކަށް ޖަމާވެ މަސައްކަތް ކޮށްގެން އަޅެ މަތިން ދާ ބޯޓެއް ހަދާ އުދުއްސާލަބަލަ. ނުވާނެ ދޯ. އެމީހުން އަހާނީ އެއީ ގަހުގައި އަޅާ އެއްޗަކަށް ކިޔާ ނަމެއްތޯއެވެ. ޓެކްނިކަލް މީހުން ކޮންމެ ގައުމެއް ވެސް ތަރައްްގީ ކުރާ ބަޔަކީ. އެމީހުން މާ ބޮޑަށް ބޭނުންތެރި ވާނެ ގައުމަކަށް. އެމީހުންގެ ނެތް އެއްވެސް މައްސަލަ އެއް އަބުރާއި ބެހޭ ބިލާއި މެދު. ދެން ދީނީ އިލްމުވެރިން ފަދަ ކުޑަ ކުޑަ ޕްރޮޕޯޝަން އަކުން ބުނާ ގޮތަށް ނުޖެހޭނެ ގައުމުގެ އިކޮނޮމިކް ކަންކަން ވެސް ޑްރައިވް ކުރަން އަދި ސޯޝަލް ކަންކަން ވެސް ޑްރައިވް ކުރަން. އެކަންކަން ކުރަން ޖެހޭނީ މިގައުމު ބިނާ ކުރުމަށް ޓަކައި ބުރަ މަސައްކަތް ކުރާ ވިޔަފާރިވެރިންނާއި އަދި ޓެކްނިކަލް މީހުން ބުނާ ގޮތަށެވެ. ދީނީ އިލްމު ވެރިންނަށް އަދި ކުޑާ ކޮށް ސައިޒު އޮޅިގެން އުޅެނީ ކަން ވެސް ނޭގެއެވެ.

The name is already taken The name is available. Register?

ޖައިސަމް

29 July 2016

ކިތަންމެ ވަރަކަށް ހިތްހަމަ ނުޖެހުނަސް ޔާމިނު ސަރުކާރުގަ ހިނގި ވަރު ކޮރަޕްޝަންތަކެއް ވޭތުވެދިޔަ ސަރުކާރުތަކުގަ ހިންގާފަ ހުރި ކަމުގެ ހެއްކެއް ފެންނާކަށް ނެތް. ދެން މިފަދަ ވާހަކަ ތަކާ، ކަދުރާއި ހައްޖު ކޯޓާގެ ވާހަކަތައް ހުއްޓުވަން ކިތަންމެ މަސައްކަތެއް ކުރިޔަކަސް ކުރިއެރުމެއް ނުލިބޭނެ. މީކީ 1978 ނޫން. މީ 2016. އިންޓަނެޓް ހުރިހާ ހިނދަކު ނުހުއްޓުވޭނެ.

The name is already taken The name is available. Register?

ޢަލިފުތު.

29 July 2016

ނޫސްވެރިއަކަށް ދެވޭ ޖަލުގެ އަދަބަށްވުރެ ނުވަތަ ކުރެވޭ ޖޫރިމާނާ އަކަށްވުރެ ސާބިތުނުހިފޭ ވާހަކަ ފަތުރައިގެން ޢާއްމު ފަރުދުންނަށް ލިބޭ ގެއްލުން މާބޮޑު ވީމާ އަނާރާމެން ބާރު އަޅުއްވަންވީ އަދަބު އަދިވެސް ބޮޑުކުރެވޭތޯ.

The name is already taken The name is available. Register?

ޢަލިފުތު.

29 July 2016

ޑޮކްޓަރ މަޖީދަކީ އިދިކޮޅު އިއްތިހާދުގެ ޙިޔަނި ވަޒީރުންގެ މަޖިލީހުގެ ބޭފުޅެއްނަމަ އެވާހަކަ އެދެއްކީ ސިޔާސީ ވިސްނުމުގަ. ޢިލްމީ ފަތުވާއަކަށް ގަބޫލް ކުރެވޭނީ ފިގުހު އެކަޑަމީން ކަޑައަޅާގޮތެއް.

The name is already taken The name is available. Register?

ގައިސް

29 July 2016

ޢިސްލާމް ދީނުގަ އަންގަވާފަ އޮތީ އަބުރާ ނުބެހޭށޭ. ދެން އިލްމުވެރިންނަށް އޮތް ހުރަހެއް ނޭގޭ

The name is already taken The name is available. Register?

މޭންޑޭޓްރީ

29 July 2016

އަބުރުގެ ބިލަކީ ދީނުގެ އިލްމު ވެރިންނަށް އޮތް ހުރަހަކަށް ނުވާނެއެވެ. ދީނުގެ އިލްމު ވެރިން ވެސް ނުޖެހޭނެ ވަކި ޕްރޮޕެގެންޑާ އެއް ފަތުރައިގެން އެމީހުންގެ ކޮޅުގެ މީހުން ގިނަ ކުރަން ޕްރޮޕެގެންޑާ ފަތުރަން. އެގޮތަށް ކަންކަން ކޮށްފިނަމަ ޕާކިސްތާނުގައި ހިންގާ ފަދަ އޮނަރ ކިލިންގް މިގައުމުގައި ވެސް ހިނގާފާނެއެވެ. މިހިރީ ވިސްނާލަން ޖެހޭނެ ކަންކަން. ސަރުކާރުން އެއްވެސް ޖެހިލުމެއް ނެތި އަބުރާއި ބެހޭ ބިލް ފާސް ކޮށް އެބިލް ފާސް ކުރާ ދުވަހު ތަސްދީޤު ކޮށް ސަރުކާރުގެ ގެޒެޓް ގައި ޝާއިއު ކުރަންވީއެވެ. ނުބައި ކަންކަމަށް މީހުން ވަރަށް ބޮޑަށް ހެއްލެން އުޅޭނެއެވެ. އެކަން ކަން ހުންނާނީ އެހެން ކަން ސަރުކާރުން ދަނެގެން އަވަހަށް މިބިލް ލަސް ނުކޮށް ފާސް ކުރަންވީއެވެ. ރިޔާޒު ރަޝީދު ވިދާޅުވި ގޮތަށް މިބިލް އެބަޖެހޭ ފާސް ކޮށް ރާއްޖޭގެ ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ތެރެއަށް އެންގޭޖް ކުރަން. އެއީ ކޮންމެހެން ކުރަން ޖެހޭނެ ކަމެކެވެ.

The name is already taken The name is available. Register?

ޖަަމަލު

29 July 2016

ބައެއް މީހުންނަށް ފަަސާދަ ކުރުމަކީ ވެރިންގެ ގޯސް ވާހަކަ ދައްކާ މުންކަރާތް މަނާ ކުރަން އުޅުމުން. ގައުމް ބަނޑު އަޅާ ނުހައްގުން އެތައް ބަޔަކު ޖަލައްލާ އަނބިދަރިންނާ ވަކިކޮށް، އިސްލާމްދީނާ ހަަމަ ފާޅުގައި ހިލާފްކަންތައް ފާޅުކޮށް ކުރުމަކީ އޯކޭ ކަމެއް... އެއީ އެބޭފުޅުން ތާޢީދު ކުރައްވާ ބޭފުޅުން ކުރާކަމައްކަށް ވުމުން

The name is already taken The name is available. Register?

މުސްލިޙު

29 July 2016

ސ. ހިތަދޫ ޝައިޚު ހުސައިން ރަހާ އާއި އޭނާގެ އިސް ދަރިވަރުންގެ ތެރޭގައި ހިމެނުނު ޝައިޚު މޫސާ އަލް މުސްތަފާ އާއި ދެ އިލްމުވެރިން ކީރިތި ޤުރްއާނުގެ ދިވެހި ތަރުޖަމާއެއް ލިޔުއްވި ކަމަށްވެ އެވެ. އަދި މީގެ އިތުރުން ޖަލާލުއްދީން އަލްމަހައްލީ އާއި (އަވަހާރަވީ 864ހ/1459މ.ގައި) އޭނާގެ ދަރިވަރު ޖަލާލުއްދީން އައްސުޔޫޠީގެ (އަވަހާރަވީ 911ހ./1505މ.ގައި) "ތަފްސީރު އަލް ޖަލާލައިން" ވެސް ހިތަދޫގައި ދިވެހި ބަހަށް ތަރުޖަމާ ކުރެވުނު ކަމަށްވެ އެވެ. މިއިން ފޮތެއް ބަލާލުމުގެ ނަސީބު އަޅުގަނޑަކަށް ލިބިފައެއް ނުވެ އެވެ. އެހެން ކަމުގައިވިޔަސް، ދިވެހިންގެ ތެރޭގައި ވެސް، ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ ގޮތުން މަސައްކަތްތަކެއް ކުރެވިފައިވާކަން މި ކަމުން ވެސް އެނގެ އެވެ. ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރި އަށް ގެންދިޔުމަކީ މުހިއްމު ކަމެއްކަން، އެފޮތަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ދެކޭނޭ ކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ. "މިހާރު" މެދުވެރިކޮށް "ކީރިތ ޤުރްއާން ފަހުމްކޮށް ދެނެގަތުމަށް މަގެއް"، މި ސިލްސިލާ ހުށަހަޅައިލަނީ ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތުގެ އާ އޮށެއް އިންދުމުގެ ބޭނުމުގަ އެވެ. އެއޮށުގައި ކޯދުލައި އާނިރެއް ފަޅުވައި ލެވޭތޯ އެވެ. އަދި ކީރިތި ޤުރްއާން ފަހުމްކޮށް ދެނެގަނެގަތުމުގެ މަސައްކަތުގެ ސިލްސިލާ އަށް ބޮޅެއް އިތުރު ކޮށްލެވޭތޯ އެވެ. އެކަމަށް އެހީތެރިވުމުގެ ގޮތުން އަތެއް ފޯރުކޮށްލަ ދިނުމުގެ މަގުސަދުގަ އެވެ. މި މަސައްކަތް ކުރިއަށް ގެންދިޔުމުގެ ތައުފީގު ދެއްވުމަށް އެދި މާތްﷲގެ ހަޟްރަތަށް ދުއާ ކުރާ ހާލުގަ އެވެ. މި މަގު ފަހި ކޮށްދެއްވި ކަމަށްޓަކައި "މިހާރު"ގެ އިދާރާ އަށް ޝުކުރު ދަންނަވަމެވެ. ކިޔުންތެރިންގެ ކިބައިން އެދެނީ ފާޑުކިޔުމުގެ ނަޒަރަކުން ލިޔުން ކިޔައި ކުށެއް ވާނަމަ އެކަން ފާހަގަ ކޮށްލަ ދިނުމެވެ. އަދި އުފެދޭ ސުއާލުތަކާއި ލިޔުމުގައި ސާފުކޮށް ބުނެނުދެވި ހުރި ކަންކަން ވެސް ފާހަގަ ކޮށްލަ ދިނުމެވެ. އެ ކުށްތައް އިސްލާހުކޮށް، ސުވާލުތަކުގެ ޖަވާބު ހޯދައި އަދި ސާފުނުވެ ހުރި ކަންކަން ސާފު ކޮށްދެވޭތޯ މަސައްކަތް ކުރުމަށްޓަކަ އެވެ. ދެ ވަނަ ބައިގައި އަލްފާތިޙާ ސޫރަތުގެ، އާދެ، އަލްހަމްދު ސޫރަތުގެ މާނައިގެ މައްޗަށް ބަލައިލަން ގަސްދުކުރަމުން އަޅުގަނޑުގެ މުގައްދިމާ މި ހިސާބުން ނިންމާލަމެވެ. އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.

The name is already taken The name is available. Register?

ޝޭކު

29 July 2016

ހުސް އިދކޮޅު ގަ ތިބި ޝޭޚުން!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454