ދިރާގުގެ ކަސްޓަމަ ސާވިސް އޮފީސް ކުރިން ހުރި ތަން: އެ ތަނުގައި ދަނީ ވަގުތީ ޕާކިން އެރިއާއެއް ހަދަމުން.-- ފޮޓޯ: ހުސެން ޝަޔާހު /މިހާރު
24 ޖުލައި 2016 - 20:40
ދިރާގުގެ އޮފީސް ކުރިން ހުރި ބިން ބަޔަކަށް ނުދޭ ކަމަށާއި އެ ތަނަކީ ސަލްޓަން ޕާކުގެ ބައެއް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ޗާންދަނީމަގާއި ފަރީދީމަގު ގުޅޭ ކަންމަތީގައި ކުރިން ދިރާގުގެ ކަސްޓަމަ ސާވިސް އޮފީސް ހުރި ބިން ބަޔަކަށް ދިގު މުއްދަތަކަށް ކުއްޔަށް ދީފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަހުމަދު ފަޒާލް ވިދާޅުވީ އެ ތަނުގައި ކުރަމުން ގެންދަނީ ސަލްޓަން ޕާކު ތަރައްގީކުރުމުގެ މަސައްކަތް ކަމަށެވެ.
"އެ ތަން ބަޔަކަށް ދިން ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް،" އޭނާ ވިދާޅުވި އެވެ.
އެ ބިމުގައި ހުރި ސްޓެލްކޯގެ ޓްރާންސްފޯމަރު ނަގައި އިސްލާމީ މަރުކަޒުގެ ގޯތިތެރެ އަށް ބަދަލުކޮށް، އެ ތަނުގައި ވަގުތީ ޕާކިން އޭރިއާއެއް ހެދުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
ދިރާގުގެ ކަސްޓަމަ ސާވިސް އޮފީސް ބަންދުކޮށް، އެ ތަނުގައި ހުރި އެ ކުންފުނީގެ ބައެއް އާލާތްތައް ނެގީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަގަގަދަމިތުރު
25 July 2016
ވިޔަފާރިއުސޫލުން އެބިމުގާ ބަޔަކު މަސައްކަތެއްކުރާތީ ރޭގާ ހުވަފެނުް ފެނުނެވެ. ތެދެކެވެ. ފެނުނީ ހަމަ ޕާކުގެ ބައެއްގެ ގޮތުގައެވެ.
ޙަސަންދީ
25 July 2016
މީހުންގެ ހަޅޭކާ އެއްޗެހިގޮވުމާއި ހެދި ނުދިނީ
ބޭނުމީ މިނިވަންކަން / އައްޑޫ ސިޓީ
24 July 2016
މިދައުލަތުގެ ހަޒާނާ ރައްކޭތެރިކޮށް ނުބެލެހެއްޓުނު ބަޔަކު ދައްކާ ވާހަކަ އަހަރުމެން ދެނެއް ޤަބޫލެއް ނުކުރާނަން. ދެން ވެސް އަވަހަށް ''ބަޗަންވީ'' އެހެން ނޫނީ ހެދޭނީ ގޯސް. . . . މިދައުލަތުގެ އެއްވެސް އެއްޗެއް. މިބެއް ފަޅެއް އަދި މުދަލާއި ފައިސާ ކަމުގައި ވިޔަސް ''ނުޙައްޤުން'' ''ޤާނޫނީ ހަމަތަކާއި ހިލާފަށް ކޮށްފައި ހުރި ހުރިހާ މުޤާމަލާތް ތަކެއް ރައްޔިތުންގެ ވެރިކަމެއް އައުމާއި އެކު ރޫޅާލެވޭނެ'' ކަން އެގިގެން ނޫނީ ތިއިން އެއްވެސް ތަނެއް އެއްވެސް ބަޔަކު ހަވާލު ވެގެން ނުވާނެ. . . .މިވެރިކަމުގެ ފަރާތުން ހިންގާފައި ހުރި ''މިފަދަ ޤާނޫނާއި ހިލާފުް ކަންކަން'' ރޫޅާނުލެވޭނެ ކަމަށް އަދި މިއީ ޤާނުން ބާރު ލިބިގެން ކޮށްފައިވާ ''ސައްޙަ މުއާމަލާތް'' ކަމަށް ވަކާލާތު ކުރާމީހުންނަކީ ކަޑައެޅިގެން ޖާޙިލުން ތަކެއް. . . . ޤާނޫނާއި ޤަވާއިދު ތައް އެއީ ޤާނޫނީގޮތުން ބަރުދަން ހުރި އެއްޗެއް ކަމަށްވެގެންދަނީ އިންސާނާގެ ބުއްދިއަށް އަދި ދުނިޔެއަށާއި މުޖުތަމައުއަށް ޤަބޫލު ކުރެވޭ ގޮތްގޮތަށް ޤާނޫނު ތަކާއި ޤަވާއިދުތައް ހެދުމުން. . . . . ހަރުފަ ''ވިހަލާ އުސޫލު'' އެއީ ޤާނޫނު ކަމަށް ދުނިޔެ ޤަބޫލެއް ނުކުރޭ. އަދި އެއުސޫލުން ކޮށްފައިވާ އެއްވެސް ކަމަކަށް އެއްވެސް މުއާމަލާތަކަށް އިހްތިރާމް ކުރުމަކަށް ދުނިޔެ ނޭދޭނެ. / މިނިވަންކަން ، އައްޑޫ ސިޓީ
މަސްވެރިޔާ
24 July 2016
މީމިބުނަ ވާހަކައަކީ ތޯތޯ ވާހަކަ ދެއްކުމަކީ ތިވެހިންގެ ކަށީގަ ހިފާފައިވާ އާދައެއް މިފަދަ ވާހަކަތަށް މީޑިއާގަ ހެޑްލައިން ހޯދަން އުޅުނީމަ މާ ޒިންމާދަރެއް ނޫންކަންނޭގެ..
ސ
25 July 2016
ނަސަންދުރަ އެހެރަ ބިން ވެސް ތޯތޯ ދެއްތޯ؟ ރަގަޅަށް ވިއްޔާ ދީފަ މީޑިއާ އިން އެވާހަކަ ދަށްކަން ފެށީމަ އަނބުރާލީ އެހެން ގޮތަކަށް.
ހުރަސް
24 July 2016
އެ ސަރަހައްދަށް މީހުންނަށް ނުވެދެވޭގޮތް ހެދުމާ ތަންތަން ފުނޑުކުރުން ނޫން ކަމެއް ނެތް ލީއްތަވާނީ އިސްލާމީ މަރުކަޒުގެ ޕާރކިން އޭރިޔާއަކަށް ހެދުއްޔާ ނޫނީ އެބިން އިސްލާމީ މަރުކަޒަށް އާމްދަނީ ލިބޭ ގޮތަށް ދިނިއްޔާ ކީއްތަވާނި
ޢަބްދުﷲނާފިޒު
24 July 2016
އަދިވެސް ވަގުތީ ޕާކިން އޭރިއާއެއް ދެއްތޮ، ދާއިމީ ޕާކިން އޭރިއާއެއް ބޭނުންވާކަމަށް ނުފެންނަނީބާ!
ޕާކް ހެވަން
24 July 2016
ދި ޕާކް މުއިޒް.