އީ ވޯޓިން މެޝިނެއް: ދެން ބާއްވާ ކައުންސިލް އިންތިހާބުގައި އީ ވޯޓިން ބޭނުން ކުރާނެ.
26 ޖުލައި 2016 - 15:25
އީ ވޯޓިން ރާއްޖެއާ ނުގުޅޭ ކަމަށް ބުނެ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިއަދު އެ ކަމަށް ފާޑުކިޔައިފި އެވެ.
އަންނަ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އީ ވޯޓިން ތައާރަފްކުރަން އިލެކްޝަންސް ކޮމިޝަނުން މަސައްކަތް ފަށާފައިވީ ނަމަވެސް އީ ވޯޓިންއާ އެކު އިންތިހާބު ބާއްވަން އިދިކޮޅު ސިޔާސީ ޕާޓީތަކުން ދެކޮޅެވެ. އެމްޑީޕީ އާއި އަދާލަތުގެ އިތުރުން ޖުމްހޫރީ ޕާޓީން ވެސް ބުނެފައި ވަނީ އީ ވޯޓިން އަށް އިތުބާރެއް ނެތް ކަމަށެވެ.
އީޔޫއިން ކުރި ޓުވީޓެއްގައި ބުނި ގޮތުގައި ރާއްޖެ ކަހަލަ އެންމެ 350،000 އެއްހާ މީހުންގެ ގައުމެއްގައި އީ ވޯޓިން ބޭނުން ކުރަން ފަށަން އެހާ ވަރަކުން އުޅުމަކީ ރާއްޖެއާ ނުގުޅެ އެވެ. އޭގެ ކުރިން، އެ ނިޒާމާ މެދު އިތުބާރު އުފައްދަންޖެހޭ ކަމަށް އީޔޫން ބުންޏެވެ.
"މި ނިޒާމުގެ ސަބަބުން ރާއްޖޭގެ ޑިމޮކްރެސީ ވަރުގަދަ ވާނެ ކަމުގެ އިތުބާރު ހޯދަންޖެހޭ،" އީޔޫގެ ޓުވީޓުގައިވެ އެވެ.
Insistence on introducing e-voting is odd in country of 350K. EC must increase confidence that this will strengthen #democracy in #Maldives
— EU to the Maldives (@EU_Maldives) July 26, 2016
އީޔޫގެ ޓުވީޓު.
އިލެކްޝަނުން ނިންމާފައި ވަނީ ކައުންސިލް އިންތިހާބުގައި ރާއްޖޭގެ ތިން ސަރަހައްދެއްގައި އީ ވޯޓިން ކުރި އަށް ގެންދިއުމަށެވެ. އެކަމަކު އެއީ ކޮން ސަރަހައްދުތަކެއް ކަމެއް އަދި ކަނޑައެއް ނާޅަ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ބުނެފައިވާ ގޮތުގައި ރާއްޖެ އަށް އީ ވޯޓިން ނިޒާމެއް ބޭނުމެއް ނުވެ އެވެ. އަދި އެކަން ތައާރަފް ކުރަނީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް އިންތިހާބު ކާމިޔާބުކޮށްދިނުމަށް ކަމަށާއި މި ނިޒާމުގެ ސަބަބުން މިނިވަން އިންތިހާބެއް ނުބޭއްވޭނެ ކަމަށް ވެސް އެ ޕާޓީން ކުރިން ބުނެފައި ވެ އެވެ.
އެކަމަކު، އެ ހުރިހާ ތުހުމަތުކެއް އިލެކްޝަނުން ދޮގު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމް.ވީ ތިންކްޕެޑް
27 July 2016
ނަޝީދު ވެރިނަމުގަ ނެތީމަ؟ މި ޤައުމަށް ގުޅޭ އެއްޗެހި ކިޔާދޭން ވަރަށް މޮޅުބައެއް އީ.ޔޫ އަކީ..... ލޮލް!
އަހަންމާ
27 July 2016
އެހެންވެއްޖިއްޔާ ކޮންމެހެންވެސް އީވޯޓްނޫންގޮތަކައް ވޯޓުގެކަންތައްކުރިއައްނުގެންދިއުން ވަރައްމުހިންމު
ޖޯޖު
27 July 2016
ހިލަރީ ކްލިންޓަނާ ދިމާލަށް އީޔޫއިން އެއްޗެކޭ ނުބުނާނަންތަ؟ އީވޯޓިންގް ސިސްޓަމް ތަށް ބޭނުންކޮށްގެން ހިލަރީ ވަނީ ޕްރައިމަރީގައި މަކަރުހަދާފަ ކަަމަށް އެމެރިކާގެ ބޮޑެތި ޔުނިވާސިޓީތަކުގެ ދިރާސާއިން އެބަދައްކާ؟ ކަލޭމެނަށް މުސްލިމުގައުމަކުން ކުރާ އެއްކަމެއްވެސް ރަނގަޅެއްނުވާނެ.
ފަޤީރުކަލޯ!
27 July 2016
އީޔޫ އިން ތިހެން ބުނުމުން އެއިން ދޭހަކޮށްދެނީ އެއީ ވޯޓުގައި މަކަރު ހަދައި އޮޅުވައި ލުމުގެ ގަސްދުގައި އުފައްދާފައި ހުރި އެއްޗެއްކަމެވެ. ކަލޭމެން މިހައި ތަނަށް އެބޭނުން ކޮށް މަކަރު ތަޖުރިބާ ކޮށްފައި ވާކަމެވެ. މީހުން ގިނަ ޤައުމުތަކުގައި ކިތަންމެ މަކަރެއް ހެދިޔަސް ނޭގޭކަމެވެ. މަދުބައެއްގެ ތެރޭގައި ބޭނުން ކުރީމާ ހުރިހައި މަކަރެއް އެއްފަހަރާ ފަޅާއަރައި ބޭޒާރުވެދާނެތީވެ އެތަނަށް އަހަށް ތޮރުފި ގަތީދޯ! ދެން ހަޅޭ ނުލަވައި މަޑުމަޑުން ތިބެވޭތޯބަލާ! މިޤައުމުވެސް މިހާރު އެދުރުވެފައި ކަލޭމެންގެ ކައިރިންނެވެ. މިހާރު މަމެން އަތުގައި އޮތީ ކަލޭމެން ކިޔަވައި ދިން އެއްޗެކެވެ. ދެން ނުތެޅި ތިބޭށެވެ.
އީޔޫ _މޯލްޑިވްސް
27 July 2016
މީ އީޔޫ އިން ރާއްޖެއަށް ޚާއްސަކޮށް ހަދާފައިވާ ޓްއިޓަރ އެކައުންޓެއް. މީގެ ޕާސްވޯޑް ދިވެއްސެއްގެ އަތުގަވެސް އޮންނަ ކަމަށް ހީވަނީ.. ވެދާނެ ކެނެރީގެ އަށް ތަބާވާ ކުދިންކޮޅެއް އުޅޭނީކަމަށްވެސް.
އަލީ
27 July 2016
ކޮންއީޔޫއެއް މީ ދިވެހިރާއްޖެ މޮޔަވީތަ ފަރަންޖީން
Fayaz
26 July 2016
ޢީޔޫ އަކަށް ނޫން އެގޭނީ ވޯޓް ލަންވީ ގޮތެއް. ސަރުކާރުން ކަންތައް ކުރާ ގޮތުން ސަރުކާރަށް ތާއީދު ނުކުރިއަސް އީޔޫ އިން ދިވެހި ރާއްޖޭގެ ކަންތަކާ ބެހޭތީ ވަރަށް ރުޅި އަދޭ. އީޔޫ ނުޖެޙޭ ދިވެހިންގެ ކަންތަކާ ބެހޭކަށް. ޢީޔޫ އަކީ ފެއިލް ވެފަވާ ޖަމާއަތެއް
ޢަބްދުﷲނާފިޒު
27 July 2016
އައްދެއައްދޭ، ހާދަ ރުޅިގަދަވީ، ރުޅިނާދެބަލަ އެވެރިން ކިޔާއެއްޗެއް ކިޔާފާނެނު، ރައްދު ދޭނެކަމެއް ނެތޭ އަހަރުމެނަށް ފެނުނުގޮތަކަށް ކަންކުރީމަ ހުންނާނީ ރަނގަޅަށް، ކޮން އީޔޫއެއް ބީޔޫއެއް، މިހާރު ޤައުމު ހިނގަމުން މިދަނީ އެންމެ ރަނގަޅަށް ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިއަސް އެގޮތަށް ބަޔާން ގަނޑެއް ނެރެލުން ނޫންކަމެއް އެވެރިންނަކަށް ނުކުރެވޭނެ، އެއުޅެނީ ރާއްޖެ ތަރައްޤީވާތީ ހަޖަމު ނުވެގެން، މެކުނު ފުމުނަސް ގާހަކައަކަށް ނުފުމެވޭނެ، ބައިތިއްބާ.
ނޫރު
26 July 2016
ދިވެހި ރާއްޖެ ކަހަލަ ޖަޒީރާ ޤައުމަކަށް އެންމެރަގަޅީ ޢީ ވޯޓިންގް
ކިޔުންތެރިޔާ 767
26 July 2016
އީޔޫ އިން އެބުނީ ރަގަޅަށް. އީވޯޓިން މުހިންމެއް ނުވާނެ މަދު އާބާދީ ތަކަކަށް. މި އުޅެނީ މީހުން ގިނަކަމުން ވޯޓު ނުގުނިގެނެއް ނޫން. އެރަށެއްގަ ތިބޭ ވޯޓުގުނާ މީހުނަށް ނުގުނޭވަރު އެއްޗެއް ނޫން އެއީ. ތަޖުރިބާ ލިބިފަހުރި ކުރިއަރާފައިވާ ގައުމުތަކުގައި އީވޯޓިން ބޭނުންކުރަނީ އެކަމަށް ހޭލުންތެރިކޮށް ރައްޔިތުންގެ އިތުބާރު އޮތް ނަމަ. މިއުޅެނީ ކަރުދާސް ވޯޓުދޭ އިރުވެސް، ވޯޓުދެއްކުމާއި، މަރުވެފަ ތިބި މީހުންގެ ނަމުގައި ވޯޓުދިނުމާއި، ވިއްކުމާއި، ސުޕުރީމުކޯޓުން ވޯޓަށް އަތް ބޭނުމާއި، މިކަހަލަ މައްސަލަތައް ޖެހި އިތުބާރު ނުހިފެހެއްޓިގެން. ދެން އީވޯޓިންނަށް ވަކި އިތުބާރު ކުރެވޭނެތޯ.
މުރާސިލް
26 July 2016
މޮޔަނުވާށެވެ. އީވޯޓީން ކަލޭމެނަށް ގުޅިފައި އަހަރެމެނަށް ނުގުޅި، ޑިމަކުރަސީ ކަލޭމެނަށް ގުޅޭ، އަހަރެމެނަށްވެސް ގުޅެން ޖެހޭ. މިދެން އަރަތެއްނޫން ހެއްޔެވެ؟ ތިޔަ ދައްކަނީ ޓެރެރިސްޓް ނަޝިދު ދައްކާ ޒާތުގެ ވާހަކައެވެ.
ޢަބްދުﷲނާފިޒު
27 July 2016
ޓެރަރިސްޓުން ތިބޭނީ ޖަލުގަ، މިނިވަން ކަންމަތީ ބޭރު ޤައުމަތަކުގަ ގޮހެއް ނޫޅޭނެ، ހަޖަމު ނުވިއަސް ދެން ތިހާވަރު ވާކަށް ނުވާނެނު.