އަދާލަތު ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ނައިބު ރައީސް އަލީ ޒާހިރު ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު
06 ޖޫން 2018 - 11:48
މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީން ބަލިކުރުމަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ކަނޑަނޭޅި ލަސްވަމުންދާތީ، އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކޮށް، އެކަމާ ގުޅޭ ގޮތުން ވީހާ ވެސް އަވަހަކަށް އެ ޕާޓީން ގޮތެއް ނިންމުމަށް ރޭ ޚިޔާލު ހުށަހަޅައިފި އެވެ.
އިދިކޮޅު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ބޭއްވި އެ ޕާޓީގެ ސިއްރު މަޝްވަރާ މަޖިލީހުގެ ބައްދަލުވުމުގައި، މެމްބަރުންގެ ކަންބޮޑުވުމަކީ މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ އިންތިޚާބު ބޯމަތިވެފައިވާއިރު، ވެސް އިދިކޮޅު ކެންޑިޑޭޓަކު ނުދެއްކުމެވެ. އެއާ އެކު، ކެންޑިޑޭޓަކު ކަނޑައެޅުމުގެ މައްސަލައިގައި ކޯލިޝަންގައި ހިމެނޭ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ޚިޔާލު ތަފާތުވުންތައް ހައްލު ނުވެ ދިގުލައިގެން ގޮސް އެއް ބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާ ބަދަލުކުރަމުންދާ މައްސަލައިގައި ވެސް މަޝްވަރާ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
އަދާލަތު ޕާޓީ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި، އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު، ރިޔާސަތު ބެލެހެއްޓެވި ބައްދަލުވުމުގައި، ކެންޑިޑޭޓަކު ކަނޑައަޅަން ފުރުސަތު ދޭނީ ކިހާ ދުވަހަކަށްތޯ މެމްބަރުން ސުވާލު އުފެއްދެވި އެވެ. ކެންޑިޑޭޓަކު ކަނޑައަޅަން ވަކި މުއްދަތެއް ދިނުމަށް ފަހު، އެ މުއްދަތުގައި ވެސް އެކަން ނުވެއްޖެ ނަމަ އަދާލަތުން ދެން ހަދާނީ ކިހިނެއްތޯ ވެސް މެމްބަރުން ސުވާލު އުފެއްދެވި އެވެ.
ކުނޫޒްގައި ބޭއްވި ޖަލްސާއެއްގައި އިދިކޮޅު ލީޑަރުންތަކެއް ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު
މި ބަހުސް ވަރަށް ހޫނުވެ، ބައެއް މެމްބަރުންގެ ވިސްނުމަކީ އަދާލަތު ޕާޓީ އިސްވެ ކޮންމެވެސް ގޮތްތަކެއް ނިންމުމެވެ. އެއީ، އިދިކޮޅު ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ބަންދުވެއްޖެ ނަމަ، އިންތިޚާބަށް އަދާލަތު ޕާޓީން ކެންޑިޑޭޓަކު ނެރުމެވެ. އެކަމަކު ރޭގެ ބައްދަލުވުން ނިމުނީ ވަކި ގޮތެއް ނުނިމި އެވެ.
އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ، އަދާލަތުން ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރާނެ ކަމަށް އަދާލަތު ޕާޓީން މީގެ ކުރިން ވަނީ ބުނެފަ އެވެ.
އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށް ޕާޓީތަކުން ވަނީ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. އެކަމަކު މި ކޮމެޓީ އަށް ވެސް އަދި ގޮތްތަކެއް ކަނޑައެއް ނޭޅެ އެވެ.
އެމްޑީޕީން ބޭނުން ވަނީ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނެރުމަށެވެ. ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓަކީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ. މި މައްސަލައިގައި ޚިޔާލު ތަފާތުވުން ބޮޑުވެ، ބަހުގެ ހަމަލާތައް ދަނީ ބަދަލުކުރުމުންނެވެ.
ނަޝީދާއި ގާސިމަށް އިއްވާފައިވާ ހުކުމާ ހެދި އިންތިހާބުގައި ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ދެ ބޭފުޅުންނަށް ވެސް ވަނީ ބަންދުވެފަ އެވެ. އެކަމަކު ދެ ޕާޓީން ވެސް ބުނަމުން އަންނަނީ، އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ދެ ބޭފުޅުންނަށް ވެސް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައްޑޫ ބެއްޔާ
07 June 2018
އެއްކަލަ އަދާލަތު ތެޅެންފެށީ. ހީވަނީ ދޯ ރިޔާސީ އިންތިޚާބު ކާމިޔާބުވާނެޔޭ. ޙަޤީގީ ވާހަކައެއް ކިޔާދެންތަ؟ ޤައުމެއްގައި އުފެދުނު ދީން އަކީ އެމީހުންކަމަށް ދެކޭ ސިޔާސީ ޕާޓީއެއް. 15 އަހަރުގެ މަސައްކަތުން މަޖލިސްއަކަށް 195 މެމްބަރުން ހޮވިއިރު ލިބުނީ 1 ގޮނޑި. އެކަމަކު ރިޔާސީ އިންތިޚާބެއް ބޯމަތިވާއިރަށް ހީވާނީ ތިމަންނާމެންނީ ކީ ޕްލޭޔާރ ކަމަށް، އަސްލުގަ ބެންޗުގަވެސް ގިނަފަހަރު ލައްވާލަނީ ކުނޑިދަމާތީ ބޮލަށް އުނދަގޫވެގެން.
ޕޮގުބާ
07 June 2018
ކޮންމެ މީހަކު ނިކުތަސް އަލީ ޒާހިރަކަށް ރިޔާސީ ޓިކެޓެއް ނުލިބޭނެ ނުވެސްދޭނަމެ ތީ މީހުންތާއީދުކުރާ މީހެއްނޫ ން
ނަޑަރުބޭ
07 June 2018
އަދާލަތުން އިމްރާމް އެމްޑީޕިން ނަސީދު ޖުމްހުރީ ޕާޓިން ގާސިމް ހުރިހާ ޕާޓީއަކުން އަދީބު ސާބަސް ތިހިރީ ވެރިކަން ލިބިފަ ހުސްކުއްވެރިން ކީއްކުރާނި ދޯ
އަވަސްކުރޭ
07 June 2018
ޙެޔޮނުވާނެ އަދާލަތު މިކަމުގައި ކަލޭމެން ކުދިން ގޮތެއް ނިންމައިދީ. އެމްޑީޕީ އެއުޅޭ މޮޔަ ސްކައިޕް ރައީސް ލައިގެން މިކަމެއް ނުވާނެ. ޖޭޕީވެސް އޮތީ އެކަލޭގެޔާ ހުރެ ގޮތް ހުސްވެފަ. އަވަސް ކުރޭ.
ފަތީ
07 June 2018
ނޫނޭ ކޯލިޝަންހެދިގެން އުޅޭ
ނާހިދު
07 June 2018
ހަމަ ހައިރާންވެ އަންތަރީސްވޭ މި މީހުންގެ ޖާހިލުކަމުން. 3 މީހަކު މި ތިބީ ވެރިކަމާ މަގާމުތަކަށް ދަހިވެތިވެ ބޫތުކައިފަތާ؟؟؟؟ ހުވަފެނުން ލިބޭ އެއޗެއްނަމަވެސް ރަގަޅެއްނުން ހުވަފެން ދެކެން.
އަޙްމަދް
06 June 2018
ހެހޭ: ޢަދާލަތު ކެނޑިޑޭޓަކީ ޢިމްރާނުދީ؟
އަޙްމަދް
06 June 2018
ހެހޭ:ގުނބޯ ހައްދާ ހައްދާ ވަރުބަލިވީ ދޯ؟ ދެންކަލޭމެންވެސް ގުނބޯ ކެނޑިޑޭޓެއް ނެރޭ! ހުއްނާނެ ޖަލުގައި.
ލާރި
06 June 2018
ދީން އެއްކިބާކޮށްފައި ލާރި ގޮތި، ސޭޓު ފަހަތުް މޮޅުތަކެއްވެދާނެކަމަށް ދިޔުން ބުއްދިވެރިއެއްނޫން. ހުސްހަލާކަށް މަގުފަހި ވުން އޮއްނާނީ
ކަނބިލި
06 June 2018
ޢަދާލަތުން ނެރެންވާނީ ޢިމްރާން