އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު ވާހަކަ ދައްކަވަނީ: އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އަދާލަތުން ވެސް ކެންޑިޑޭޓަކު ނެރުމަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށް ވިދާޅުވި.---ފޮޓޯ: މިހާރު
09 ޑިސެމްބަރ 2017 - 11:47
އަންނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނުނެރެވިއްޖެ ނަމަ ނުވަތަ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތު ބަންދުވެއްޖެ ނަމަ، އެ އިންތިޚާބަށް އަދާލަތު ޕާޓީން ކެންޑިޑޭޓަކު ނެރުމުގެ މަސައްކަތް ފަށައިފި އެވެ.
ފ. މަގޫދޫގައި އިދިކޮޅު ފަރާތްތަކުން ރޭ ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ތަރުޖަމާން އަލީ ޒާހިރު އެކަން އިއުލާން ކުރެއްވިއިރު، ކޯލިޝަން ސަރުކާރަކަށް ތާއީދު ކުރުމަށް އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
ނަމަވެސް އަލީ ޒާހިރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމުގެ ފުރުސަތު ގެއްލިއްޖެ ނަމަ، އަދާލަތުން ކެންޑިޑޭޓަކު ނެރުމަށް މަސައްކަތް ކުރާ ކަމަށެވެ.
"އަޅުގަނޑުމެންނަށް އެފަދަ ނަސީބެއް ނުލިބިއްޖެ ހާލަތެއްގައި އިރާދަކުރެއްވިއްޔާ އަދާލަތު ޕާޓީގެ ފަރާތުން ވެސް އަޅުގަނޑުމެންގެ މި ދިވެހި ގައުމާއި އިސްލާމްދީނާއި އަދި ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ދަމަހައްޓާނެ ކެންޑިޑޭޓެއް އިރާދަކުރެއްވިޔާ ހުރުމަކީ މިހާރު އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތެއް،" އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އެއީކީ އަޅުގަނޑުމެންގެ ފަސްޓް ޕްރިއޯރޮޓީއެއް ނޫން. އަޅުގަނޑުމެން އެންމެ އިސްކަންދޭ ކަމަކީ އަޅުގަނޑުމެން ހުރިހާ ފަރާތްތަކެއް ގުޅިގެން އެކުގައި މަސައްކަތް ކުރުން."
ރިޔާސީ އިންތިޚާބުގައި އިދިކޮޅު ފަރާތްތަކުން ވާދަކުރުމާ ގުޅޭ ގޮތުން މިހާތަނަށް ގޮތެއް ނިންމާފައި ވަނީ އަދާލަތު ޕާޓީގެ އިތުރުން އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީންނެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމާފައި ވަނީ ރިޔާސީ އިންތިޚާބުގައި އިދިިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓަކު ނެރުމަށެވެ. އަދި އެ ކެންޑިޑޭޓް ކަނޑައަޅާނީ، އިދިކޮޅު ފަރާތްތަކުން ބާއްވާ ޕްރައިމަރީއަކުން ކަމަށް ވެސް އެމްޑީޕީން ވަނީ ނިންމައި އެކަން އެ ހަރަކާތުގެ އެހެން ޕާޓީތަކަށް ހުށަހަޅައިފަ އެވެ. އެކަމަކު މިހާތަނަށް އިދިކޮޅު ހުރިހާ ފަރާތްތަކުން މިކަމުގައި ގޮތެއް ނިންމި ކަމެއް ނޭނގެ އެވެ.
އެއް ކެންޑިޑޭޓަކު ނެރުމަށް އިދިކޮޅު ހުރިހާ ފަރާތްތަކުން އުސޫލެއްގެ ގޮތުން ތާއީދު ކުރާ ކަމަށް ބުނަމުން އައި ނަމަވެސް އިދިކޮޅު ހަރަކާތުގައި މަސައްކަތް ކުރާ ޖުމްހޫރީ ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރާ ފަރާތްތަކުން މި މައްސަލާގައި ސާފުކޮށް ވާހަކައެއް ނުދައްކަ އެވެ. އަދި އެއް ކެންޑިޑޭޓަކު ނެރޭނެ ފޯމިއުލާއެއް ވެސް އިދިކޮޅު ފަރާތްތަކުން ކަނޑައެއް ނާޅަ އެވެ.
އަލީ ޒާހިރު ރޭ ވިދާޅުވީ ރިޔާސީ އިންތިޚާބަށް އިދިކޮޅު ފަރާތްތަކުން ގުޅިގެން މަސައްކަތް ނުކުރެވުނު ކަމުގައި ވިޔަސް، ރައީސް އަބްދުﷲ ޔާމީން ފަސޭހަކަމާ އެކު ބަލިކުރެވެން ޖެހޭނެ ކަމަށެވެ.
"އަޅުގަނޑުމެންގެ އެ ހިތްވަރު އިރާދަކުރެއްވިއްޔާ ހުންނާނެ. އެކަމަށްޓަކައި ހުރިހާ ފަރާތްތައް ވެސް ހޭލާ ތިބުމަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެރިބަލަ
10 December 2017
ދެން ހުރިހާ ކުދިންވެސް ކެނޑިޑޭޓުން ނެރިބަލަ. އޭރުން މިގައުމުގައި ތާއީދު އޮތީ ކޮން ބަޔަކަށް ކިހާ ވަރަކަށްކަން އަސްލު އެނގޭނީ. ކޮންމެ ބަޔަކު ވާހަކަ ދައްކާއިރު އެބައެއްގެ ލީޑަރަށް އެންމެ ތާއީދު ބޮޑީ. އެކަމު ހަގީގަތުގަ މިހާރުގެ މަންޒަރު އޮތް ގޮތެއް ނޭނގޭ. އިންތިޚާބުގައި ދެވަނަ ބުރަކަށް ދިއުން އެއީ އާ ކަމަކަށްނުވާނެ.
ދޮންތުއްތު
10 December 2017
ނެރޭ ނެރޭ. ތި ހުރިހާ ގޮތެއް ހަދައިގެން ރީނދޫ ހުންގަނޑުން ސަލާމަތްވާން ޖެހޭ. އެއީ ބޮޑު ވަބާއެއް.
ސިފްލީން
10 December 2017
އަންނި މިގޮވަނީ ޔާމީނަށް ކޮރަޕްޝަނޭ! ޔާމީނުގޮވަނީ އަންނިޔަށް ކޮަޕްޝަނޭ! މައުމޫނު މިގޮވަނީ ޔާމީނަށް އަނިޔާވެރިކަމޭ! ޔާމީނު މިގޮވަނީ މައުމޫނަށް އަނިޔާވެރިކަމޭ ! އެހެންވީމަ 2018 ގައި އާ ރައީސެއް ދިވެހިން ބޭނުންވަނީ
އަލީ ނާޝިދު
10 December 2017
މަވެސް ތާއިީދު. ދިވެހިންގެ ހަލާކަކީ ހަމަ ދިވެހިން. އަމިއްލައައް ފޭއްސާ އިލޮށިގަޑު މިހުންނަނީ. މިއީ ޕާޓީ އަކޯ!!!މި މީހުން މިހެން ކިޔައިގެން އިދިކޮޅު ޕާޓީގެ އެއްގަލަކައް އެރުން ބައިބައިވެ، ފުޑިގެންދާނީ. ޢެޔެއް މިޔެއް ނެތި. ވޯޓު ދޭ ދުވަހު މި ޕާޓީގެ މީހާއައް، ނުލިބޭނެ 4 ވޯޓުވެސް. އެއީވެސް އަމިއްލަ އަނބިންކޮޅު އެކަނި .އެވެސް ބިރުދައްކައިގެން. ދިވެހިންނަކީ އަމިއްލައައް ހަލާކު އެދޭ ބަޔެއް. ހެހެ. މަވެސް ސަޕޯޓްމި ޕާޓީ އައް!!!މަވެސް މިއީ އެންމެެނައް ހަލާކު އެދޭ ދިވެއްސެއްވިއްޔާ!
ފޫޅު
09 December 2017
އަދާލަތުން ދައްކަނީ ރަނގަޅުވާހަކަ. އަދާލަތުން އަމިއްލައެދުމަށްވުރެ އިސްކުރަނީ ޤައުމު އެހެންވީމާ ތެދުވާންޖެހެނީ. މަޤާމަށްޓަކައި ހުޝާމަދުކޮށްގެން އަދާލަތަށް ވެސް ތިބެވިދާނެ.
ބްރެޒިލް
09 December 2017
ދީނީ ޕާޓީގެ މީހުންނަށް އެނގޭތަ ދިވެހިން ކައި އުޅޭ ބްރެޒިލް ކުކުޅު މަހުގަ ހަގީގަތް. އެމީހުން ކައިރީ އަހާބަލަ.
ކަންބޮޑުވޭ
09 December 2017
ޢަދާލަތު، މިހާތަނައް މިޤައުމުގައި ވެރިކަންކުރި ހުރިހާ ވެރިކަމަކާ ދެކޮޅަށް ތެދުވި. އެއްގޮތެއްގައި ސާބިތު ނުވެވޭ، މިއަދާ ހަމައަށްވެސް އަމިއްލަ ކެނޑިޑޭޓެއް ނުނެރެވޭ، ސިޔާސީ ގޮތުން ކުފޫހަމަނުވާ ޕާރޓީއެއް. ދީން ހަތިޔާރަކަށް އެންމެ ބޮޑަށް ހެދި ޕާރޓީ. ދިވެހިން ވިސްނަންޖެހޭ.
މުގާބޭގެ ސަޕޯޓަރު
09 December 2017
އަދާލަތަކަށް ރާއްޖޭގެ ރައްޔަތުން ވޯޓެއް ނުދޭނެ. ޝައިޚު އިލްޔާސް ވައިކަރަދޫ ދާއިރާޔަށް ކުރިމަތި ލައިގެން ފޭލްވީ. އަދާލަތަށް ތާއީދު ކުރާ 10 ހާސް މީހުންވެސް ރާއްޖޭގައި ނޫޅޭ. ރާއްޖޭގެ ރައްޔަތުން އިސްލާމްދީނަށް އުޅުމަކީ އަދާލަތަށް ސަޕޯޓްކުރާކަން އަންގައިދޭ ކަމެއް ނޫން. އަދާލަތުގެ ކެންޑިޑޭޓަކު ނެރެން ބާރުމިއަޅަނީ ޕީޕީއެމްގެ ރޭވުމުން.
މެންޓަލިސްޓް
09 December 2017
އަޅުގަނޑަށް ފެނޭ ހުރިހާ އިދިކޮޅު ޕާޓީތަކުންވެސް ވަކިން ކެންޑިޑޭޓުން ނެރެން ،،،، އޭރުން ކޮންމެބަޔަކުވެސް ގިނަވޯޓްހޯދަން ޕާޓީގެ ވާދަވެރިކަމުގައި މަސައްކަތްކުރާނެ ،،، އޭރުން ވޯޓްލާން ތިބޭ މީހުންނަށް ލިބޭ ހަދިޔާގިނަވާނެ ،،،، ހުރިހާ ޕާޓީއަކުން ފައިސާނަގާމީހުންވެސް އުޅޭނެ ،،،، ރައްޔަތުން އެދުވަސްކޮޅު ތިޔާގެވާނެ ،،،، އެގޮތް އަޅުގަނޑަށް ބޮޑަށް ރަގަޅީ ،،، އަބަދުވެސް ވިސްނަންވާނީ އެންމެގިނަމީޙުންނަށް ފައިދާ ވާނެގޮތެއް ،،،،، މައައްސަލާމާ ،،
ޖަމަލު
09 December 2017
އަހަންނަކީ އެއްވެސް ޕާރޓީގެ މެންބަރެއް ނޫން. އެކަމު އަދާލަތުން ނެރޭ ކެނޑިޑޭޓަށް ތާއީދު. އެއީ މީގެ ކުރިންވެސް މަގާމަށް އަޅުވެތި ނުވެ ގައުމު އިސްކޮއްފައިވުމުން.