އެމްޑީޕީގެ ބައެއް އިސްވެރިން ޕްރެސް ކޮންފަރެންސެއްގައި: ރާއްޖެއަށް ކުރިމަތިވި ނާކާމިޔާބީގެ ތުހުމަތު އެ ޕާޓީން އެޅުވީ ސަރުކާރުގެ ބޮލުގައި --
09 ޖޫން 2018 - 14:45
އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމަށް ރާއްޖޭން ކުރި މަސައްކަތް ނާކާމިޔާބުވީ ސަރުކާރުން ބައިނަލްއަގުވާމީ ގުޅުންތައް ކަނޑާފައި ވާތީ ކަމަށް، އިދިކޮޅު އެމްޑީޕީން ބުނެފި އެވެ.
އދ.ގެ އާންމު މަޖިލީހުގައި އިއްޔެ ނެގި ސިއްރު ވޯޓުގައި އިންޑޮނީޝިއާއާ ވާދަކޮށްގެން ރާއްޖެ އަށް ވޯޓު ދިނީ އެންމެ 46 ގައުމަކުންނެވެ. ހަތަރު ވަރަށް ދައުރަކަށް އިންޑޮނީޝިއާ އިންތިޚާބުވީ ވޯޓުގައި ބައިވެރިވި 190 ގައުމުގެ ތެރެއިން 144 ގައުމުގެ ވޯޓުންނެވެ. ރާއްޖެއަށް ކުރިމަތިވި މި ނާކާމިޔާބީއަށް އިދިކޮޅު ފަރާތްތަކުގެ ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައިވާއިރު، އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނި ގޮތުގައި މި ފަދަ ބޮޑު "ފަލީހަތެއް" ލިބުނީ ދުނިޔެއާ ގުޅުން ކެނޑުމުގެ ދޯހަޅި ސިޔާސަތު ގެންގުޅުމުގެ ސަބަބުންނެވެ. އަދި ސަރުކާރުން އަންނަނީ އިންޑިއާ ކަނޑުގެ ހަމަޖެހުން ނަގާލުމުގެ އަމަލުތައް ހިންގުމާއި އދ.ގެ މުއާހަދާތަކާއި ގަރާރުތަކަށް ސަރުކާރުން ބޯނުލަނބައި، ބައިނަލްއަގްވާމީ ހަމަތަކާއި މިންގަނޑުތަކުން ނެއްޓެމުން ކަމަށް އެމްޑީޕީން ބުންޏެވެ. އޭގެ އިތުރުން، ހައްޔަރުކޮށްފައިވާ ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް، އދ.ގެ ކޮމިޓީތަކުން ނިންމާފައިވާ ނިންމުންތަކަށް އިހުތިރާމް ނުކުރާއި ދިވެހިންގެ އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަންނަމުން ދިއުމަކީ ވެސް ނާކާމިޔާބީއާ ކުރިމަތިވި ސަބަބެއް ކަމަށް ބުންޏެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ސިޔާސީ ޕާޓީން ސިފަ ކުރިގޮތުގައި ސަރުކާރުން ގެންގުޅޭ ހާރިޖީ ސިޔާސަތު ވަނީ ބައިނަލް އަގްވާމީ ހަމަތަކުން ނެއްޓިފަ އެވެ. އަދި އެ ސިޔާސަތު ކުފޫ ހަމަނުވާ ކަމަށް ވެސް ބުންޏެވެ. އެހެންވެ، މި ނާކާމިޔާބީ އެ ޕާޓީން ސިފަ ކުރީ، މުޅި ދުނިޔޭގެ ކުރިމަތީގައި ރާއްޖެ ފަލީހަތްކޮށްލުން ކަމުގަ އެވެ.
އެމްޑީޕީން ވަނީ އެ ޕާޓީ ވެރިކަމުގައި އޮތް އިރު، އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހަށް ރާއްޖެ ވާދަކޮށް ހޯދި ކާމިޔާބީ، މި ބަޔާނުގައި ފާހަގަކޮށްފަ އެވެ. އަދި ސަލާމަތީ މަޖިލީހުގެ ގޮނޑި ކާމިޔާބު ކުރުމަށް އޭރުއްސުރެ ކުރަމުން އައި މަސައްކަތާއި ފަހި ފުރުސަތު ނަގާލީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
އދ. ސަލާމަތީ މަޖިލީހުގެ މެމްބަރު ކަމަށް ހޮވޭނީ އދ. ގެ އާންމު މަޖިލީހުގައި ނަގާ ވޯޓުގައި މެމްބަރު ގައުމުތަކުގެ ތެރެއިން ތިން ބައިކުޅަ ދެބައި ގައުމުގެ ވޯޓު ލިބިގެންނެވެ. އެއީ އދ. ގައި ހިމެނޭ 193 މެމްބަރު ގައުމުގެ ތެރެއިން އެންމެ މަދުވެގެން 120 ގައުމުގެ ވޯޓު ލިބިގެންނެވެ.
އދ. ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކަށް ލިބޭނެ އެންމެ ބޮޑު ބާރަކީ ދުނިޔޭގައި އެކިކަންކޮޅުތަކުގައި ހިނގާ ތަފާތު މައްސަލަތަކުގައި ބަސް ބުނުމުގެ ހައްގެވެ. އަދި އެކިއެކި ގައުމުތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބާރު ވެސް ކައުންސިލަށް ލިބެ އެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ކާމިޔާބުނުވުމުން ރާއްޖެ އިން ބުނީ ދުނިޔޭގެ ސުލްހަ އާއި ސަލާމަތަށް އެކަށީގެންވާ ގޮތަކަށް މަސައްކަތްކޮށް، ވަކާލާތުކުރަން، ކުދި ގައުމުތަކަށް ފުރުސަތު ނުލިބޭ ކަމަށެވެ. އެކަމަކު މުހިއްމު މައްސަލަތަކުގައި އަޑުއުފުލައި، ވަކާލާތުކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ ކަމަށް ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނގަފުޅާ
10 June 2018
ހާދަ މޮޅޭ މި އެމްޑީޕީ މީހުން. މިމީހުން ޖެއްސި އެންޓި ކެމްޕޭން އެއީ އެއްވެސް ކަމެއް ނޫންދޯ؟ މިހާރު ރާއްޖެ ނާކާމިޔާބުވެ ފަލީހަތްވުމުގެ ހުރިހާ ކްރެޑިޓެއް ޔާމީނަށް. ގައުމުތަކަށް ރިޝްވަތު ދިން ވާހަކައަށް ދަންދެން ދައްކައިގެން ގޮސް މިމީހުން ކުރި އެއްކަމެއްވެސް ނެތް އެކަމު މިހާރު. އެމްޑީޕީ ސަރުކާރު ވެރިކަމުގައި އޮތްއިރު މި ގޮނޑި ހޯދަން މަސައްކަތް ކުރިއޭ ބުނާނަމަ މަސައްކަތެއް ކޮށްފަ އޮތިއްޔާ ތަފްސީލުވެސް ކިޔައިދޭންޖެހޭ...
ޕޮކަންޑިމޭން
09 June 2018
އެއްވެސް ޤައުމަކާއި ވާދަނުކޮށް؟
މަރޭމިތުރާ
09 June 2018
ބަލިގަބޫލު ކުރަން ބޭނުންނުވޭ މިހާރުގެ ވެރިންނެއް...... ބަލިސަރުކާރެއްކަން އެންމެންތެރޭ ބޭޒާރުވިޔަސް.
ދޮންއަލީ/ އުކުޅަސް..
09 June 2018
އަހަރެންގަބޫލުކުރާގޮތުގައި ޑޮމެނިކަން ރިޕަބުލިކު އަކީ ވެސް ކުޑަގައުމެއް..
ސަރީފް
09 June 2018
ދެން ކަލޭމެން ދޮންމީހުުންނާ ގުޅުން ބާްއްވައިގެން ކާމިޔާބުކުރެވުނު ކަމެއް ބުނެބަލަ. ޢެއްްކަމެއްވެސް ނުވި. އެސޮރަށް ކުރިމަތިލެވޭނެ ގޮތްވެސް ހަދާނުލެވުނު.
ރަށްދު
09 June 2018
ވޯޓް ކާމިޔާބު ނުވީ އެމްޑީޕީގެ ޖައްބާރުކަމާ ޖާހިލުކަމުން
ޢަލީ ބަނާތު
09 June 2018
އެމް.ޑީ.ޕީ ތިއީކޮންބައެއްކަން ދިވެހިރައްޔިތުންނަށް އޮޅިފައި އޮންނާނެކަމަކަށެއް ނުބެލެވޭ ސަބަބަކަށްވަނީ މިރާއްޖޭގެ ހިސްޓްރީގައި ތަންތަން ރޯކޮށްގެނާއި އެހެނިހެން ގޮތްގޮތުންނާއި މިރާއްޖޭގެ އަގުވައްޓާލުމަށާއި ޓްއަރިޒަމް ބޮއިކޮޓްކުރަން މަސައްކަތް ކުރުމާއި އެކު ތިމީހުން މިރާއްޖެއަށާއި ރައްޔިތުންނަށް ތިދިންވަރުގެ ގެއްލުންތަކެއް ފަހުންވެސް ބަޔަކަށް ދެވޭނެކަމަކަށް ނުބެލެވޭ... އަދިވެސް ދިވެހިންގެ ދުޝްމިން ނަޝީދު އެއްކައިރި ކޮށްފައި އިބޫމެންކަހަލަ ބަޔަކު އިސްކޮށްފިއްޔާ އަހަރެމެން މިތިބީ އަދިވެސް ތިޕާޓީއާއި އެކު
އޯޕަން ސޮސައިޓީ
09 June 2018
އަހަރުމެން ނިއު ވޯލްޑް އޯޑަރ އަށް ތަބާވާކަށް ނުޖެހޭ.
އަހްމަދު ޒަކީ
09 June 2018
ގޮޑި ނުލިބުނީ، ވޯޓިން ސިސްޓަންގައި މައްސަޖެހިފައި ނެތުމުންނާ ގުޅިގެބް ރޯލްކޯލް ވޯޓަކަށް ނުދެވުމުގެ ސަބަބުން.
ރައްޔިތުމީހާ...
09 June 2018
ކަލޯ އެމް.ޑީ.ޕީއަށް ބުނެލަންއޮތީ ރާއްޖެއަށް ގެއްލުމެއް ލިބުނަސް އަދި ނާކަމިޔާބެއް ވިޔަސް އެހުރިހައިކަމެއްގެ ޒިންމާނަގަންޖެހޭނީ ތިޕާޓީންނޭ އިންގޭތޯ .. ސަބަބަކައްވަނީ ދިވެހިރާއްޖެއަށް ގެއްލުން ދިނުމަށާއި ދިވެހިންގެ ނަސްލާއިދީން މިފަސްގަނޑުން ފުހެލުމަށް މަސައްކަތްކުރަނީ ތިޕާޓީންކަން އަހަރެމެނަށް އެނގޭ އަދި ބޮންތީގައި ހުރީ ނަޝީދުކަންވެސް އަހަރެމެނަށް އެނގޭ .. ކަލޯމެން ނިދާފަތިއްބަސް އަހަރެމެން މިތިބީކީ ނިދާފައެއްނޫން... އަދި ބުނެލަން ކެނެރީގެ ނަޝީދަކަށް ދެނެއް މިޤައުމުގެ ވެރިކަންކުރުމުގެ ފުރުސަތު ﷲގެ އިރާދަފުޅާލައިގެން އަހަރެމެނެއް ނުދޭނަން .. އެހެންނޫން އެމް.ޑީ.ޕީގެ ނަޝީދު ފިޔަވައި ދެންތިބި މީސްމީހުނަކަށް އަދި ފުރުސަތު ނުގެއްލޭ ....
ތުއްކޮ
09 June 2018
ބުއްދި ސަލާމަތުން ހުރި ތޯ ބެލުން ރަނގަޅު......... ދެން އަތްޖަހާ..........
ޙަގީގަތް
09 June 2018
އޭނަ ނޫން މީހަކު ނުކުތަސް އެޕާޓީގެ މާޒީއާއި އުސޫލާއި މެންބަރުން އާވެ ބަދަލުވާނެއޭތަ ތި ބުނަނީ؟؟ ތިޔަ ބުނާ އެހެން އިސް މީހުންނަކީ ވެސް ޕާޓީގެ ހުރިހާ ހަރަކާތެއްގެ ފަހަތުގައި ތިބި މީހުން. ވީމާ ތިއީ ރައީސް ނަޝީދާއި މެދު އޮތް ހަސަދައާއި ޒާތީ ތައައްސުބު. ކޮންމެ ގޮތެއް ވިޔަސް އެވަރުގެ މަގުބޫލް ލީޑަރެއް ރާއްޖެ ތާރީޚް ދެކެފައެއް ނެތް. ހުޝިޔާރު، ކެރޭ، އިލްމީ، ކެތްތެރި، އޯގާތެރި، ހުލްޤު ހެޔޮ، މީހުންނަށް ހެޔޮ، ތާރީޚާއި ސަގާފަތަށް އިހްތިރާމް ކުރާ، ދިވެހި ޑިމޮކްރަސީގެ ރަމްޒު އެއީ. އަހަރެމެން އެ މަނިކުފާނު ދޫކޮށެއް ނުލާނަން. ރައީސް މައުމޫންގެ ކުރީގެ ސަޕޯޓަރުން އެމަނިކުފާނަށް ވީ ހިޔާނާތްތެރި. ގައްދާރު. އަގެއް ކުލުނެއް ނެތް ބައެއް އެއީ.