މާލެ ޖަލު.
14 ޖޫން 2018 - 12:53
ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ތިޖޫރީން ލައްކައެއްހާ ރުފިޔާ މަދުވެފައިވާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮޑިޓް ރިޕޯޓުން ދައްކައިފި އެވެ.
އިމިގްރޭޝަންގެ ގާނޫނާ ހިލާފުވާ ބިދޭސީން ފުރުވާލެވެންދެން ނުވަތަ އިމިގްރޭޝަނުން ވަކި ގޮތެއް އަންގަންދެން ބިދޭސީން ބައިތިއްބަނީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ޑިޓެންޝަން ސެންޓަރުގަ އެވެ. އަދި ބިދޭސީންގެ އަތުން އަތުލާ ފައިސާ ރައްކާ ކުރަމުން ދަނީ އެ ސެންޓަރުގެ ތިޖޫރީގަ އެވެ.
އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ސޮއި ކުރައްވައި ނެރުއްވި ކަރެކްޝަނަލް ސާވިސްގެ 2014 އަދި 2015 ގެ އޮޑިޓް ރިޕޯޓުގައި ވަނީ ތިޖޫރީގެ ހިސާބުތައް އެންމެ ފަހުން ބެލި އިރު، 91،615ރ. ރުފިޔާ އެ އިން މަދުވެ، ކޮން ގޮތަކަށް ލިބިފައިވާ ފައިސާއެއް ކަން އެނގެން ނެތް 127 ޑޮލަރު (1،958ރ.) ތިޖޫރީގައި ހުރި ކަމަށެވެ.
މީގެ އިތުރުން، ޖުލައި 3، 2018، ގައި މަދުވެފައިވާ ފައިސާގެ ތެރެއިން 43،935ރ. އާއި 86 ޑޮލަރު (1،326ރ.) 7 އޮގަސްޓުގެ ކުރިން މުވައްޒަފުންގެ އަތުން ހޯދައި ތިޖޫރީ އަށް ޖަމާކޮށްފައިވުމުން އެ ތާރީހުގެ ނިޔަލަށް މަދުވާ ފައިސާގެ އަދަދަކީ 47،680ރ. ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން ތިޖޫރީގައި ހުންނަން ޖެހޭ އަދަދު ދިމާނުވަނީ ފައިސާތައް އަނބުރާ ހޯދައި ތިޖޫރީ އަށް ޖަމާކޮށްފައިނުވުމުންނާއި ތިޖޫރީގެ ހިސާބުތައް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް ގާއިމުކޮށްފައި ނުވުމުންނެވެ. އަދި ބައެއް ބިދޭސީންގެ އަތުން ނަގާފައިވާ ފައިސާ އަށް ވުރެ އިތުރަށް ނުވަތަ މަދުން، އެ މީހުން ފޮނުވާލާއިރު ފައިސާ ދިނުމުންނާއި ބަލަންވީ ވަރަށް ނުބަލައި ތިޖޫރީ ރިޕޯޓުތައް ތައްޔާރުކޮށްފައި ވުމުން ތިޖޫރީގައި ހުންނަން ޖެހޭ ފައިސާގެ އަދަދު އޮޅިފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންވެ، އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައި ވަނީ ތިޖޫރީން ފައިސާ މަދުވެފައިވާތީ އިހުމާލުވާ މީހުންނާ މެދު ފިޔަވަޅު އަޅައި ފައިސާތައް އަނބުރާ ހޯދުމަށެވެ. އަދި ތިޖޫރީ އަށް ލާ ފައިސާ އާއި ނަގާ ފައިސާ ގަވައިދުން ރިކޯޑު ކުރަމުން ގެންދިއުމަށް އޮޑިޓަ ޖެނެރަލް ލަފާ ދެއްވާފައިވެ އެވެ.
ކަރެކްޝަންސްގެ އޮޑިޓް ރިޕޯޓުގައި އޮޑިޓަ ޖެނެރަލް ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ހދ. ނޭކުރެންދޫގައި ލުއި ޖަލެއް ގާއިމު ކުރުމުގެ މަސައްކަތް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށް، އެޑްވާންސްގެ ގޮތުގައި 5.4 މިލިއަން ދެއްކި އިރު، އެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވާ ކަމަށެވެ. އެޑްވާންސަށް ފައިސާ ދިނީ މާލިއްޔަތުގެ ގަވައިދާ ހިލާފަށް ކަމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ. އަދި މަސައްކަތް ނިންމަން ޖެހޭ ދުވަހަށް ނިމިފައި ނުވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް އޮޑިޓް ރިޕޯޓުގައިވެ އެވެ.
މީގެ އިތުރުން، ދައުލަތުގެ މަސައްކަތެއް އެއްވެސް ފަރާތަކާ ހަވާލު ކުރަން ވާނީ ދެ ފަރާތުން އެއްބަސްވުމެއްގައި ސޮއި ކުރުމަށް ފަހު ކަމަށް މާލިއްޔަތުގެ ގަވައިދުގައި ބުނެފައިވާއިރު، އެއްބަސްވުން ތައްޔާރު ނުކޮށް، 172،372ރ. ހަރަދުކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙުޝާމް
15 June 2018
ޒިލާލޫ ހެޔޮނުވާނެ މަރުވާނެ ހިސާބުބެއްލެވޭނެ
ދޯ
14 June 2018
އަހަ....ފޫގޮއްސައޭ
ބޭބެ
14 June 2018
ޝުކުރިއްޔާ ޔާމީން... ދެންވެސް ޔާމީން 2018...
އަހުމަދު77
14 June 2018
ތިހުންނަނީ ތިިތަނުގެ ވެރިންގެ ޒިންމާދާރުކަން ކުޑަކަން. ޒިލާލް މެން ކޯޕަރޭޓިވް އާ ތަންތއް ބޭނުއްކޮށްގެން ނުގަވާއިދުން ކުރާ ކަންތައްތަކުގެ ނަތީއްޖާ ތީ. ވަރަށްދެރަ.
އެޑަމް
14 June 2018
މިއީ މިޤައުމުގެ ހާލަތު އެމީހަކު ބާނާ ރޮނޑެއްގަ އެމީހަކު ބޭނުންގޮތަކަށް ހަން ނޮޅަނީ،، އެ ރިހަކައްކައިގެން ބޭނުން މީހަކަށް ދީގެން ބޭނުން ވަރަކަށް ކާލަނީ،،،، ހުރިހާ ސޯބެއްވެސް އެނބުރެނީ އެއްގޮތަކަށް
ޝީރީން
14 June 2018
މައި ގުޑްނަސް! ޔާމިން ދައުލަތް ހިނގަމުން މިދަނީ ކޮންފަދަ ރުންކުރު ގޮތަކައް!!!!