"ހެސަ ވާދަ" މުބާރާތުގައި ކުރަން ޖެހޭ މަސައްކަތްތައް ސިފައިން ކުރަނީ-- ފޮޓޯ: އެމްއެންޑީއެފް
19 ޖޫން 2018 - 14:47
ދިވެހިވަންތަ ތަފާތު މަސައްކަތްތައް ކުރަން ޖެހޭ މުބާރާތެއް ސިފައިންގެ މެދުގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.
"ހެސަ ވާދަ" ނަމުގައި އަލަށް ފަށާ މުބާރާތް ބޭއްވުމަށް ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް އިންޑަސްޓްރިއަލް ޒޯނުގަ އެވެ. ކޮންމެ ރެއެއްގެ 8-12 އަށް ބާއްވާ އެ މުބާރާތް ބެލުން އާންމުކޮށް ހުޅުވާލާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
"ހެސަ ވާދަ" މުބާރާތުގައި ކުރަން ޖެހޭ ބައެއް މަސައްކަތްތައް -- ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފުން ބުނީ އެންމެ އަވަހަށް މަސައްކަތް ނިންމާ ޓީމަކަށް ވަނަ ދޭ އެ މުބާރާތުގައި ޓީމްތަކުން ކުރަންޖެހޭ މަސައްކަތްތަކުގެ ތެރޭގައި ދޯނި އެހެލުމާއި ގަސްކެނޑުމުގެ އިތުރުން ރުކަށް އެރުމާއި ވަޅުދިޔަ ހިއްކުން ކަހަލަ މަސައްކަތްތައް ވެސް ހިމެނޭ ކަމަށެވެ. އޭގެ އިތުރުން ވެސް ކާށި ހެހުމާއި ޖޯލިގެތުން ފަދަ މަސައްކަތްތައް ވެސް ކުރަންޖެހެ އެވެ.
އެ މުބާރާތުގައި އެމްއެންޑީއެފްގެ 17 ޔުނިޓެއް ބައިވެރިވެފައިވެ އެވެ. ޓީމެއްގައި ހިމެނެނީ ސިފައިންގެ ހަ މީހުންނެވެ.
އެމްއެންޑީއެފުން ބުނީ އެ މުބާރާތް ބާއްވަނީ ދިވެހިންގެ އާދަކާދަ ދިރުވައި އާލާކުރުމާއި ސިފައިންގެ ތެރޭގައި ގުޅުން ބަދަހި ކުރުމުގެ މަގުސަދުގައި ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަދުރު
20 June 2018
ކުރާނެ ކަމެއް ނެތިއްޔާ ހުރިހާ އެންމެން މަހަށް ދާން ވީއެއްނު... ދުވަސް ކޮޅަކުން މަސްކެއްކުމުގެ މުބާރާތެއް ނުބޭއްވިއްޔާ ރަގަޅު
އަންތަރީސް9
20 June 2018
މިއަށްވުރެ ކުރަން ތާހިރުކަމެއް ނުފެނުނުތަ ގައުމު މިހާލަތުގަ އޮށްވަ. އޮށްވަޅު ގޮނޑި ކުޅުމުގެ މުބާރާތެއް ބާއްވަންވީނު.
ރައްޔިތު ކަލޯ
20 June 2018
އަހުން އެންމެ ދެކެން ބޭނުންވާ ދުވަހަކީ ސިފައިންގެ އެންމެހައި ރޭންކުތަކުގައި މަސައްކަތް ކުރާ އެންމެހައި ބޭލަކުން (މަތިން ތިރިއަށް) އެންމެން އެކައްޗެއް ކިޔައި ސިނގު ބަޑުތައް ހިންދާލައި ދުޅަހެޔޮ ބަލާލަން ރީތި ބަޔަކަށް ވުން.. ވަރުގަދަ ތަމްރީނު ތަކަށްފަހު ހަށިގަނޑު ރީތި ސިފައަކަށް ބެހެއްޓުމުގެ ހިތްވަރު ނެތްނަމަ ޔޫއާ ނޮޓް ކޮލިފައިޑް ޓުބީ އިން އާރމީ. މަޑުޗަކުން ޗައްޕާސް ވެފައިވާ އާމީ ބޭކަލުން މިހާރު ފެންނަނީ މާގިނައިން ވިއްޔާ.. ރަނގަޅުކުރޭ ކުދިންނޭ..
ވިސްނާ މީހާ
20 June 2018
ދިވެހި ސިފައިން މިއަށްވުރެ ރަނގަޅު ކަމެއް ކުރަން ވެއްޖެ. ދިރާސާ ކުރުމާއި އައު އީޖާދު ފަދަ ކަންކަން ކުރެވޭނެ ތަޢުލީމީ ސިކުނޑިތައް ތިޔަ ތިޔަ މުޢައްސަސާގައި ވާނެ. މި ފުރުސަތުގައި ޚިޔާލެއް ހުށަހަޅާލަން ބޭނުން. އެމް.އެން ޑީ އެފުން އުފައްދަން ވީ ޕައިލެޓަކާ ނުލާ ދުއްވާ މަތިން ދާ ބޯޓެއް. މިފަދަ 5 ވަރަކަށް ބޯޓު އުފައްދައި ރާޢްޖޭގެ ހުރިހާ ސަރަޙައްދެއްގެ ސަވައިލަންސް އެމް.އެން ޑީ އެފަށް ބެލެހެއްޓޭނެ. ޒަމާނާއެއްވަރަށް ކުރިއެރުމަށް މަސައްކަތެއް ކުރާނަމަ މިއީ އަޅެ ފައިދާ ބޮޑުވެފަ ޤައުމުގެ ހައިބަތު އެހެން ޤައުމުތަކުގެ ކުރިމަތީގައި ބޮޑުވެގެން ދާނެ ކަމެއް. އިންޑިޔާއަށް އަހަރެމެން ބަރޯސާވާން ވީ ކީއްވެ. ބޯޓުތައް ޑިޒައިންކޮށް އުފެއްދުމުގައި ޕްރޮފެސަރ އުގައިލްގެ އާޓިފިޝަލް އިންޓެލިޖެންސްގެ ސޮފްޓްވެއަތަކާއި ތަފާތު ފަންނީ އުކުޅު ބޭނުންކުރެވިދާނެ.
ސަރާސަރު
19 June 2018
ރަނގަޅުކަމެއް
ކުޗުކުޗު
19 June 2018
ހެޔޮނުވާނެ ތިޔައްވުރެރަގަޅުވާ 5އޮއްކުޅުނަސް ކަމެއްނެތިއްޔާ ހުވާބޯހަލާކު!!!!!!
ޢަލިދީދީއައްޑޫސިޓީ
19 June 2018
ރަށުތެރޭ ވައްކަން ކުރާމީހުން ހިފަން ނުކުމެ އެންމެ ގިނަ ވަގުން ހިފިމީހަކަށް އިނާމާ ޝީލްޑާ އައްޑަނަ އާއި ކުލަޔާ ބެޖް ދޭންވީ ނޫންތޯ؟ އެއީ ރައްޔިތުންނަށް ހަމަ ނިދި ލިބޭނެ ގައިމު ވެސް އޭރުން.
ޔާމިން
19 June 2018
ކޮބާ ނޫޑުލްސް ކެއްކުން؟
އަލިކޮއި
19 June 2018
ގަސް ކަޑާ މުބާރާތް ބާއްވަން ތަންކޮޅެއް ލަސްވެއްޖެ. ބޭރުމަގު ހުރިނަމަހުރި ގަހެއް ކަޑާހުސްވީމަ މުބާރާތް ތިޔަބާއްވަނީ.
ކުރަންނުކުރަން
19 June 2018
ކުރާނެކަމެއްނެތިގެން ފޫހުވެގެން އުޅެންޏާ ބޮޑުކަންނެއްޔަށް ދިއުމަށްފެނޭ. ކޮންމެވެސް އެއްޗެއްލިބިފައި ދިވެހިން ކުރާ ހަރަދަށް ކޮންމެވެސް ލުޔެއްލިބިގެންދާނެ