ޚަބަރު / ސީނާ ޒާހިރު

ޒާހިރުގެ "އައްޑޫ ރަދުން" ނެރެފި

ޒާހިރުގެ ކާފަ ދެ ދަރިކަނބަލުން އައްޑޫ ރަދުން ފޮތް ނެރެދެއްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އިނގިރޭސީން އިސްވެ ތިބެ 1959 ވަނަ އަހަރު އުފެއްދި ދެކުނު ދައުލަތުގެ ވެރިޔާ، އަބްދުﷲ އަފީފްގެ އިންޓަވިއުއަކަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަހްމަދު ޒާހިރު (ސީނާ ޒާހިރު) ލިޔުއްވި، ފޮތް "އައްޑޫ ރަދުން" މިރޭ ނެރެފި އެވެ.

އަފީފް ހިމާޔަތް ހޯދައިގެން އުޅުއްވި ޝީޝެލްސްއަށް މީގެ 38 އަހަރު ކުރިން ކުރެއްވި ދަތުރެއްގައި ޒާހިރު ނެންގެވި އިންޓަވިއުގެ މައްޗަށް ލިޔުއްވާފައިވާ ފޮތް، އާޓު ގެލަރީގައި މިރޭ ބޭއްވި ހަފުލާގައި ނެރެދެއްވީ ޒާހިރުގެ ކާފަ ދެ ދަރިކަނބަލުންނެވެ. ޒާހިރު ވިދާޅުވި ގޮތުގައި އެގޮތަށް ނިންމެވީ އެ ހާދިސާއާ ގުޅުމެއްނެތް ބަޔަކު ލައްވައި ފޮތް ނެރުމަށެވެ.

މިއީ ޒާހިރު 1980 ގެ އަހަރުތަކުގައި ނެރުއްވި ނޫސް "ހަފްތާ" ގައި އައްޑޫ ރަދުންގެ ނަމުގައި ޝާއިއުކުރި ރިޕޯޓްތައް އެއްފޮތަކަށް ހަދައި ނެރެފައިވާ ފޮތެކެވެ.

އަފީފުގެ އިންޓަވިއުއަކަށް ޒާހިރު ލިޔުއްވި ފޮތުގައި އޭނާ ސޮއިކުރައްވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އަފީފުގެ ފޮޓޯއެއް ކުރަހައި މުށިކުލައިން ބޭރުގަނޑު ޑިޒައިންކޮށްފައިވާ 175 ސޮފުހާގެ އެ ފޮތުގައި ހިމެނެނީ "ސުވައިދީބު" ހާދިސާއާ ގުޅިގެން އަފީފު ދެއްކެވި ވާހަކަތަކެވެ. އެއީ ހަތަރު ގަޑިއިރުގެ އިންޓަވިއުއެއްގެ މައްޗަށް ލިޔެފައިވާ ލިޔުންތަކެކެވެ.

ބަޣާވާތެއް ކުރީ މަޖުބޫރުވެގެން ކަމަށާއި އެއީ ރަނގަޅަށް ކުރެވުނު ކަމެއް ނޫން ކަމަށް އަފީފާ ހަވާލާދީ ފޮތުގައި ލިޔެފައިވެ އެވެ. އަދި އިބްރާހިމް ނާސިރުގެ ސަރުކާރުން މަޝްވަރާގެ މަގު އިހުތިޔާރު ކުރި ނަމަ އެހާދިސާ ނުހިނގާނެ ކަމަށް އަފީފް ވިދާޅުވެފައިވެ އެވެ. އަދި އޭރުގެ ސިޔާސީ މައިދާނުގައި ހިނގި ކަންކަމުގެ ތަފްސީލް ދެއްވާފައިވެ އެވެ.

ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރެއްވި، ޒާހިރު ވިދާޅުވީ އޭނާ ބޭނުންވީ އެ ހާދިސާގެ ވާހަކަ ދެ ފަރާތުން ގެނެސްދޭން ކަމަށެވެ.

އައްޑޫ "ރަދުން" ފޮތް ބައެއް ބޭފުޅުން ގަންނަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

"ކަންކަން ހިނގާގޮތް ރައްޔިތުންނަށް އެނގެން ޖެހޭ. ބަޣާވާތްކޮށްގެން ނުވާނެ. އެކަމަކު ޝަރީއަތުގައި ދެކޮޅު އޮންނަގޮތަށް ދެ ބައި ގެންނަން ބޭނުންވީ،" "ރައްޔިތު އަހުމަދު" ގެ ނަމުން މަޝްހޫރު ކޮލަމްތައް "ހަވީރު" ގައި ލިޔުއްވާފައިވާ ޒާހިރު ވިދާޅުވި އެވެ.

އެފޮތަށް އައްޑޫ "ރަދުން" ގެ ނަން ކީގޮތާ ގުޅޭގޮތުން ޒާހިރު ވިދާޅުވީ އަފީފު ވެރިކަން ކުރަން އުޅުނުއިރު ރައީސް އަކު އުޅުއްވާގޮތާ ހިލާފަށް އުޅުއްވީ ރަސްކަލަކު އުޅުއްވާގޮތަށް ކަމަށެވެ.

ޒާހިރުގެ އެ ލިޔުއްވުމަކީ އިބްރާހިމް ނާސިރުގެ ވެރިކަމުގައި ސިޔާސީ މައްސަލަތަކުގައި އޭނާ ޖަލަށް ލުމުން ނާސިރާ ދެކޮޅަށް ލިޔުއްވި ލިޔުއްވުމެއްކަމަށް ނާސިރަށް ތާއީދު ކުރައްވާ ލިޔުންތެރިން ވަނީ ލިޔުއްވައިފަ އެވެ. މިފޮތުގައި ޒާހިރު ވަނީ އެލިޔުންވުންތަކަށް ޖަވާބު ދެއްވާފަ އެވެ.

ފޮތް ނެރުމުގެ ހަފުލާގައި ޒާހިރު ވާހަކަ ދައްކަވަނީ-- ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ މަގުސަދަކީ އަފީފް ޕްރޮމޯޓްކޮށް އަދި ނާސިރާ ދެކޮޅަށް ލިޔުއްވުން ނޫން ކަމަށެވެ. ބޭނުން ވަނީ ކަމެއް ހިނގިގޮތް ދިވެހި ރައްޔިތުންނަށް ބުނެދެއްވުން ކަމަށް އޭނާ ވިދާޅުވި އެވެ.

"ލިޔާ ލިޔުމަކާ ޖަލަށް ލުމާ ގުޅުމެއް ނެތް. ބޭނުންވަނީ ހަގީގަތް ގެނެސްދޭން،" ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އަފީފުގެ އިތުރުން ކުރީގެ ރައީސް ނާސިރާއި އެސަރުކާރުގެ ވެރިންގެ އިންޓަވިއު ނަގަން މަސައްކަތް ކުރައްވާފައި ވާނެ ކަމަށެވެ. އެބޭފުޅުންނަށް ހުށަހެޅުމުން އިންޓަވިއު ނުދެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

މި ނެރުނު ފޮތް މާދަމާއިން ފެށިގެން ބުކްޝޮޕްތަކުން، 150ރ. އަށް ވިއްކާނެ އެވެ.

ޒާހިރު ވަނީ ދެ ފޮތެއްވެސް މިހާތަނަށް ނެރުއްވައިފަ އެވެ. އެއީ ސައުދީ އަރަބިއްޔާގެ މައުލޫމާތު ހިމެނޭ އަތްމަތީ ފޮތަކާއި ރައީސް މައުމޫންގެ ވެރިކަމާ ގުޅޭ ގޮތުން ލިޔުއްވި "ތިރީސް އަހަރު" އެވެ.

15 ކޮމެންޓް, 51 ރިއެކްޝަންސް

icon happy icon happy 84%
icon sad icon sad 4%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސީނު

23 June 2018

ވަގުތާއި ހާލަތަށް ބަލާފަ، އެބަޔަކު އެދޭގޮތަށް ކަންކަން ކުރަން އުޅުމަކީ މައްސަލައެއްނޫން. އެއީ އިއްޔެވެސް އަދި މިއަދުވެސް ކަން އޮތްގޮތް.

The name is already taken The name is available. Register?

ވަޅޯމަހެއް

22 June 2018

ބަޔަކު އެކަހަލަ ކަމެއްކުރީމަ ކުރާވާހަކަ.. މާލޭ މީހުން ވެރިކަންކުރަމުންއައިގޮތް މަމެންނަށްވެސް ފެނިފައޮތީ. ރަށްވަށައިގެން ގެރިގާ ތޮށިލައިގެން، ހުރިހާމަގެއްގަ ގާއަތުރާ ކޮންކުރީޓު އަޅައިގެން، ގޭގެއަށް ފޯނުލައިގެން، ހުރިހާ ވަޒީފާއެއް ރަށަށް ޖަމާކޮއްގެން، ހުރިހާ ރިސޯޓެއް ރަށްވަށާ ހަދައިގެން، ރަށުގޭގެއަށް ހިލޭ ޓީވީދީގެން ލަވަމުބާރާތް ބާއްވައިގެން 30 އަހަރުވަންދެން ތިބީ ރަށްރަށުގެ އެންމެ މަގެއްހާހިސާބުވެސް ހަދާނުދީ.

The name is already taken The name is available. Register?

އީމަން

22 June 2018

މުޙިއްބުލްވަޠަން އިބްރާހިމް ނާސިރު ރަންނަބަޑޭރިކިލެގެފާނު ވަރުގެ ގަދަ ރައިީސްއެ މިގައެމު ތާރީހު އަދި ނުދެކެއެވެ.

The name is already taken The name is available. Register?

ހުސެިނުބޭ

22 June 2018

ފޮތްލިޔެވިދާނެ ޗާޕުވެސްކުރެވިދާނެ. ހަގީގަތްހާމަވަނީ ކިހާވަރަކަށްތޯ އިނގޭނީ އެކަމެއްގެތެރޭގައި އުލުނުމީހުންނަށް. ޒާހިރުއަކީ އައްޑޫމީހެއްނޫން އެކަމުގެތެރޭގައި އުޅުނު މީހެއްނޫން. ހަމައެކަނި މީހަކާއި ވާހަކައެއްދައްކާޅި، ވާހަކައެއްއަޑުއިވުނުމީހެއް. ކޮންމެގޮތަކަށް ކަންހިގައިދިޔަނަމެސް ެކަމަކާއިމެދު އެތަނެއްގެބަޔަކު ހިތްމަޖެހޭކަމަށްވާނަމަ މަގުސަދުހާސިލުވީއެވެ. މިގޮތުންބަލާއިރު އަޢްޑޫ މީހުން މިހާރުވެސް ވަރަށް ފަހުރުވެރިވާ ހަދިސާއެއް އެއީ އަދި އަފީފުދީދީއަކީ އެމީހުންގެ ހީރޯ އެއް. ބަޔަކު ބައާވާތެކޭ ކިޔަސް ހަގީގަތަކީމިއީ. އަހަރުމެން ކިތަންމެ ހިތްހަމަނުޖެހުނަސް ކަންއޮތްގޮތަކީ މިއީ

The name is already taken The name is available. Register?

ރަށު މީހާ

22 June 2018

ކުޑަކުދިން ލައްވައި ސިޔާސީ ވާހަކަ ހިމެނޭ ފޮތް އިފްތިތާޙް ކުރުމުކީ އެހާ ރަނގަޅު ކަމެއްނޫން. ޒާހިރުގެ ފޮތުން އޭރުގެ ސަރުކާރުން އައްޑޫ ހުވަދޫ މީހުންނަށް ޖެއްސި ހާލު އެނގިގެންދާނެ ކަމަށް ހީކުރަން.

The name is already taken The name is available. Register?

ނަޒީމް ސީސީރ

22 June 2018

މާލެެއަށް އަރަން ކުޑަ ސީޓީ ހައްދަން ޖެހި ރައްރަށުން އަންނަ މީހުން ފަޅުގައި އޮންނަ ދޯނީގައި މަސް ދެމަސްވަންދެން މަޑު ކުރަން ޖެހުނު! ވަކި ދައުލައްތައް ހެދިލެއް އަދިވެސް މަދީ

The name is already taken The name is available. Register?

ނިޒާރު

22 June 2018

އޭގެ ކުރިން އެގޮތައް ކަންތައް ކުރަން ޖެހުނު ސަބަބު ބަޔާން ކޮއްލިނަމަ ރަނގަޅުވީސް. އަނެއްކާ ތިއީ މާކުރީގެ ކަމެެއް. ތުންތުން މަތިން ދެކެވޭ ވާހަކައެއް އޭގެ ފުރިހަމަ ހަގީގަތް ނޭންގެނީސް ލިޔެލިޔަސް އަދި ކަމަކުނުދާނެ. ރައްޔިތުންނަށް އޮޅުން އަރާނެ.

The name is already taken The name is available. Register?

ދޯގު ފާޅުވާނެ

22 June 2018

މިހުރިހާ ދޮގެއް ފާލުވާނެކަން ޔަގީން. 1- އިންގެރޭސިންނަކީ މާލޭސަރުކާރުން ވަރައްހާލުގަ ޖައްސާފަތިބި ދެކުނުގެ މީހުންނައް އެހީވާން އުލުނުބައެއް. އިންގިރޭސިން ރާއްޖެ ހިފަން އުލުނުނަމަ އެއީ އެއިރު މާ އުންގޫކަމަކައް ނުވާނެ. ހަމަ އެކަނި މާލޭގެ ބޮޑުންނައް ފައިސާކޮޅެއް ދިނަސް އެކަންވީސް. 2- ރާއްޖޭގެ މިނިވަނދުވަހުގެ ގޮތުކަ ޖުލައި 26 ފާހަގަ ކުރަންޖެގޭ އެއްވެސް ސަބަބެއް ނެތް. ޜާއްޖޭގެ މިނިވަންކަމަކާއި އިންގިރޭސިން ނުބެހޭ. ޖަޕާނުގަ އެމެރިކާ ސިފައިން ތިބުމަކީ ޖަޕާނުގެ މިނިވަންކަން ގެއްލުމެއްނުން. 3- އައްޑޫ ބަގާވާތޭކިޔާފަވާހަކަދައްކަނީ އައްޑޫމީހުންނައް ހަސަދަވެރިވާތީއާއި އެމީހުން ވެރިކަން ކޮއްފާނެތީ ބިރުން. އެއީ މާލޭން ވެރިކަން ގެއްލިދނެތީ ޖައްސާ ސްޓަންތެއް.

The name is already taken The name is available. Register?

އީމަން

22 June 2018

ރަންގަޅު ދެދައުލަތް އުފެއްދިޔަނުދޭނެ، އަދި އިންގިރޭސިން ނަކީ ރާއްޖެއަށް ހެޔޮގޮތެއް ހޯދައިދޭން އުޅުނު ބަޔަކަށް ކަމައް ނުބެލެއެވެ.

The name is already taken The name is available. Register?

1234

22 June 2018

ސީނާ ޒާހިރަކީ ހުވަދު އަތޮޅަށް އުފަން ފަހުރުވެރި ދަރިއެއް. ބައެއް މީހުންނަށް އޮޅިފަ އޮވެދާނެ މާލޭ ބޭފުޅެކޭވެސް. އެއީ ހަގީގަތެއް ނޫން. މިފޮތުން ހުވަދު އަތޮޅާްި އައްޑޫއާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބޭނެކަމަށް އުންމީދުކުރަން.

The name is already taken The name is available. Register?

ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ

22 June 2018

އައްޑޫ ބަޤާވާތޭ ކިޔާއިރު “ކޫ” ނުވަތަ ބަޢާވަތް މާނަކޮށްފައި އޮތްގޮތާއި މާދުރުގައި އޮތް ރަނގަޑަކުން ކުރަމުންދިޔަ “ހިކި އަމުރު ތަކަކަށް” ފުރަގަސްދިނުމާއި ހުރިތަފާތަށް ވިސްނާލަންޖެހޭ. . . . . . އައްޑޫ، މުލައް އަދި ހުވަދޫ ރައްޔިތުން އެކުވެ ވުޖޫދު ކުރި އެކުވެރި ދައުލަތް އައުމުގެ ކުރިން “މާލޭ މީހުން އަޅުވެތިވެފައިވާ ދަރަޖައާއި އަމިއްލަ އިޙްތިޔާރަށް އެއްވެސް ކަމެއް ކުރުމުގެ ބާރުވެރިކަންނެތް” ކަމާއި “ފައިވާނަށް އެރުމާއި ޓޯޗްބައްތި ގެންގުޅުމާއި ރަދުންނާއި ކުދިބޭކަލުންނަށް ނޯކިރީ ކޮށްދޭންޖެހޭ” ވާހަކަ މިހާރުގެ ކުދިންނަށް ކިޔާދިނުމަށް ލަދުގަންނަނީތޯ؟ . . . .އަދި ތިޔަބުނާ ދުވަސްވަރެއްގައި މާލޭ އޮތް ސަރުކާރަކީ ރައްޔިތުން ވޯޓްލައި ނުވަތަ އެމީހުންގެ ރުހުމުގައި ގެނެސްފައިވާ ސަރުކާރެއްތޯ އާއި އަދި އޭރު ލިޔެވިފައިވާ ޤާނޫނު އަސާސީއެއް އޮތްތޯ ނުވަތަ ނެތްނަމަ ނެތްވާހަކަ ނުބުނަނީ ދެކުނު މީހުން އުފެއްދީ ޤާނޫނީ ހަމަތަކުން “ބަޢާވާތުގެ ސަރުކާރެއްނޫން” ކަން ސާބިތު ކުރެވޭނެތީތޯ ؟ އަދިވެސް ތިދަނީ ހަޤީގަތާއި ދުރަށް.

The name is already taken The name is available. Register?

ސެޕަރަޓިސްޓް

22 June 2018

ބަޢާވާތް ނޫނީ މީ ދެން ކޮންކަމެއްތޯ؟ ހަޤީޤަތް އޮޅުވާ ނުލައްވާ.

The name is already taken The name is available. Register?

އީމަން

22 June 2018

އޭރު ލިޔެވިފައިވާ ޤާނޫނު އަސާސީއެއް އޮތެވެ.

The name is already taken The name is available. Register?

ރިޔާޒް ޜާށީދޫ

22 June 2018

1932 ވަނަ އަހަރުން ފެށިގެން ވެރިކަން ކުރަމުނއ ދިޔައީ ލިޔެފައިވާ ގާނޫނު އަސާސީއަކަށް

The name is already taken The name is available. Register?

ބސނސނ

22 June 2018

ކޫ އާއި ރެބެލިއަން = މި ދެބަހަށްވެސް ކިޔަނީ ބަގާވާތް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!