23 ނޮވެމްބަރ

November 23, 2019 76
ހުރިހާ "ހިބަރު" ބާނައި ނިމިއްޖެ: ޔާމީން

ހުރިހާ "ހިބަރެއް" ބާނައި ނިމިއްޖެ ކަަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުންނަށް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

30 އޮކްޓޯބަރ

October 30, 2019 48
"ސޭޓު" ކިޔާތީ ގާސިމް ނުރުހުން ފާޅުކުރައްވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމަށް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން "ސޭޓު" ގެ ނަމުން ގޮވާތީ ގާސިމް މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

08 އޮކްޓޯބަރ

October 08, 2019 69
ވަހީދުގެ "އިތުރު ހަ ދުވަހު"ގެ ވެރިކަން ބަލަނީ!

ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގެ ދައުރު ނިމި، އިތުރު ހަ ދުވަހު ރައީސްކަމުގައި ހުންނެވި މައްސަލަ ބަލަން ނިންމައި ރައްޔިތުން މަޖިލީހުގެ ކޮމެޓީއަކަށް މިއަދު އެޖެންޑާ...

October 08, 2019 105
ފެބްރުއަރީ 7 ގެ މައްސަލަ މަޖިލިހުގެ ކޮމިޓީން ބަލަނީ!

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ހާދިސާގައި އިސްކޮށް ތިއްބެވި ބޭފުޅުންގެ މައްސަލަ ބަލަން ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީއަކުން މިއަދު އެޖެންޑާކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2019 25
ބަޣާވާތް ކުރަން ދެވަނަ ފުރުސަތެއް ނެތް: ހަސަން ލަތީފް

އިސްލާމް ދީނާއި ރަސޫލާ އަށް ފުރައްސާރަކޮށް، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން ބަޣާވާތް ކުރަން އިތުރު ފުރުސަތެއް އެއްވެސް ބަޔަކަށް ނުލިބޭނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

10 ޖުލައި

July 10, 2019 75
ލުތުފީ ފެނުނީ އާންމުން ހީކުރި ގޮތަކަށް ނޫން!

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންތަކެއް އަބްދުﷲ ލުތުފީ ސިފަކުރެއްވީ އުމުރުން 70 އަހަރުވެ، ގައިބާރު ދެރަވެފައިވާ މީހެއްގެ ގޮތުގަ އެވެ. މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މަޖިލީހުގައި އެ މެމްބަރުންގެ ވާހަކަ ހުރި ގޮތުން، ގޮޅީގައި އޮވެވޭރަށް ވުރެ ވެސް ލުތުފީގެ ބަލި ހާލު ބޮޑެވެ.

09 ޖުލައި

July 09, 2019 256
ލުތުފީ، ކަރެކްޝަނަލް ސާވިސްއާ ހަވާލުކޮށްފި

މީގެ 31 އަހަރު ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައިގެ މޭސްތިރި އަބްދުﷲ ލުތުފީ ނުވަ އަހަރު ވަންދެން ރާއްޖެ އިން ބޭރުގައި ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހި...

July 09, 2019 105
ތިން ޕޮލިސް ކޮމިޝަނަރުން އުމަރާ އެއްކޮޅަށް!

އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ފިލައިގެން އުޅުނު އަބްދުﷲ ލުތުފީ ރާއްޖެ ނުގެނެވުމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ އިހުމާލު އޮތް ކަމަށް ދޭހަވާ ގޮތަށް ހޯމް...

01 ޖުލައި

July 01, 2019 222
ލުތުފީގެ ޝަރީއަތް އިންސާފުވެރިއެއް ނޫން، މާފުދޭން ޖެހޭ

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަށް ލިބުނީ އިންސާފުވެރި ޝަރީއަތެއް ނޫން ކަމަށާއި އޭނާ އަށް މާފު...

July 01, 2019 40
ލުތުފީ ރާއްޖެ ނުގެންނާތީ މަޖިލިހަށް ކުއްލި މައްސަލައެއް

ނޮވެމްބަރު 3، 1988 ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ދިރިއުޅޭތާ އެތައް ދުވަހެއްވީ އިރު ވެސް، އޭނާ...

27 ޖޫން

June 27, 2019 113
48 ގަޑިއިރު ތެރޭ ލުތުފީ ރާއްޖެއަކަށް ނުގެނެވުނު

ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ އަށް ގޮސް ހަވާލުވި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ، 48 ގަޑިއިރުގެ ތެރޭގައި ރާއްޖެ ގެނައުމަށް ކުރި މަސައްކަތް...

June 27, 2019 46
ލުތުފީ ފޮރުވި މައްސަލައިގައި މާފަށް އެދެންޖެހޭ:ޕީއެންސީ

ކުށެއް ނެތް އެތައް ދިވެހިންނެއްގެ ލޭ އޮހޮރުވާލައި ޖަލު ހުކުމަށް ފިލައިގެން އުޅުނު ހާޖަރާގޭ އަބްދުﷲ ލުތުފީ، ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީގައި ފޮރުވައިގެން...

26 ޖޫން

June 26, 2019 95
ލުތުފީގެ މައްސަލައިގައި އެންމެ ފަހުން ބަޔާނެއް ނެރެފި

ފިލައިގެން އަށް އަހަރު އުޅެފައި ސްރީ ލަންކާގައި ހުންނަ ދިވެހި ރާއްޖޭގެ އެމްބަސީ އަށް ގޮސް ފުލުހުންގެ ބެލުމުގެ ދަށަށް ދިޔަ ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުން ލަސްވީ ގޮންޖެހުންތަކެއް ކުރިމަތިވުމުން ކަމަށް ބުނެ އެންމެ ފަހުން ފޮރިން މިނިސްޓްރީން އެ މައްސަލައިގައި މިއަދު ބަޔާނެއް ނެރެފި އެވެ.

25 ޖޫން

June 25, 2019 132
ލުތުފީގެ މައްސަލަ، ސަރުކާރުން ސިއްރުކުރީ ކީއްވެ؟

ކުށެއް ނެތް އެތައް ދިވެއްސެއްގެ ލޭ އޮހޮރުވާލި ނޮވެމްބަރު 3 ގެ ހަމަލާގެ މޭސްތިރި ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުމަށް ފަހު، ސްރީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް އަމިއްލައަށް ދިޔަތާ ދެ މަހެއްހާ ދުވަސް ވީއިރު ވެސް އެކަން ސަރުކާރުން ސިއްރު ކުރި ސަބަބު ބުނާކަށް އެއްވެސް ފަރާތަކުން ބޭނުމެއް ނުވި އެވެ.

21 އެޕްރީލް

April 21, 2019 59
އިންތިގާލީ ކޮމިޝަނުން ފެބްރުއަރީ 7 ބަލާފާނެތަ؟

ބޮޑު ކޯލިޝަނުން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވަނީ އެމްޑީޕީން މިހާރު ނުކުމެ ތިބީ ބަޣާވާތަކުން ވެރިކަން ވައްޓާލީމާ އަލުން ތެދުވެ ކަމަށެވެ. އަދި ދެން ބަޣާވާތް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ވިދާޅުވެ އެވެ. ރިޔާސީ އިންތިޚާބުގެ އިތުރުން މަޖިލީހުގެ 65 ގޮނޑިއާ އެކު އެމްޑީޕީ ސިޔާސީ...

13 އެޕްރީލް

April 13, 2019 3
ބަޣާވާތުގެ ލީޑަރު އެއް ދުވަސް ފަހުން އިސްތިއުފާ ދީފި

ޚަރްތޫމް (އެޕްރީލް 13) - ސޫދާންގެ ރައީސް އުމަރު އަލް ބަޝީރުގެ 30 އަހަރުގެ ވެރިކަން ވައްޓާލި އެ ގައުމުގެ މިލިޓަރީ ކައުންސިލްގެ ވެރިޔާ އަދި ޑިފެންސް މިނިސްޓަރު އަވާދު އިބްން އައޫފް އިސްތިއުފާ ދީފި އެވެ.

16 މާޗް

March 16, 2019 138
މެޖޯރިޓީ ނުލިބިއްޖެ ނަމަ ދާނީ ބަޣާވާތަކަށް: ރައީސް

އަންނަ މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުން އެމްޑީޕީ އަށް އަޣުލަބިއްުޔަތު ނުލިބިއްޖެ ނަމަ މިސްރާބު ޖަހާނީ ބަޣާވާތަކާ ދިމާލަށް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

12 މާޗް

March 12, 2019 19
އޮޅުންބޮޅުން: ބަޣާވާތަކުން ސަރުކާރު ބަދަލުކުރެވިދާނެބާ؟

ރާއްޖޭގެ ފަހުގެ ތާރީޚަށް ބަލައިލާ އިރު ބަޣާވަތަކުން ސަރުކާރު ބަދަލުކޮށްފައި ވަނީ އެންމެ ފަހަރަކު އެވެ. އެއީ 50ގެ އަހަރުތަކުގައި، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ވެރިކަމުން ދުރުކުރި ފަހަރު އެވެ. އެ އަށް ފަހު ބަޣާވާތަކުން ރާއްޖޭގެ ވެރިކަން ބަދަލުކޮށްފައެއް ނުވެ އެވެ. އެފަހަރު ވެސް...

10 މާޗް

March 10, 2019 4
ބަޣާވާތް ނާކާމިޔާބުކޮށްލި ސިފައިންނަށް މަދޫރޯގެ ޝުކުރު

ކަރާކަސް (މާޗް 10) - އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ އާއި އެމެރިކާ ގުޅިގެން ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލާފައިވާތީ ވެނެޒުއެލާގެ ސިފައިންނަށް ރައީސް ނިކޮލަސް މަދޫރޯ ޝުކުރު އަދާ ކުރައްވައިފަ އެވެ.

08 ޖެނުއަރީ

January 08, 2019 6
ގޭބޮންއަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލައިފި

ބްރިޒިވިލް (ޖެނުއަރީ 7) - މެދުތެރޭ އެފްރިކާގެ ގޭބޮން އަށް ގެންނަން އުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލުމަށް ފަހު ބަޣާވާތް ކުރަން އުޅުނު ސިފައިންގެ ފަސް މީހުންގެ ތެރޭން ދެ މީހުން މަރާލައިފި އެވެ.

07 ޖެނުއަރީ

January 07, 2019 4
ގޭބޮންގެ ސިފައިން ބަޣާވާތް ކޮށްފި

ލިބްރެވިލް (ޖެނުއަރީ 7) - ހުޅަނގު އެފްރިކާގެ ތެލުގެ މުއްސަނދިކަން ލިބިފައިވާ ގައުމެއް ކަމަށްވާ ގޭބޮން އަށް ސިފައިން މިއަދު ބަޣާވާތެއް ގެނެސްފި އެވެ.

03 ނޮވެމްބަރ

November 03, 2018 33
ނޮވެމްބަރު 3، މޫސާ ޖަލީލުގެ ތަޖުރިބާ

މިއީ ނޮވެމްބަރު 3 ގެ ހަމަލާއަށް 25 އަހަރު ފުރުމާ ގުޅިގެން، 2013 ގައި، އަޅުގަނޑު އޭރުގެ "ހަވީރު" ނޫހަށް ލިއެދިން ރިޕޯޓެކެވެ. މިއަދު މި ރިޕޯޓް "މިހާރު"ގައި މި ޖަހަނީ ކިއުންތެރިންނަށް މި ހަމަލާގެ ހަނދާންތައް، އެދުވަހުގެ މުހިންމު އެއް ބަތަލުގެ ނަޒަރުން ގެނެސްދިނުމަށެވެ. --މޫސާ ލަތީފު

09 ސެޕްޓެމްބަރ

September 09, 2018 3
މަދޫރޯ ވެރިކަމުން ދުރުކުރަން އެމެރިކާއިން ބަޣާވާތް ރޭވި

ކަރާކަސް (ސެޕްޓެމްބަރު 9) - ބަޣާވާތެއް ގެނެސް ވެނެޒުއެލާގެ ރައީސްކަމުގެ މަގާމުން ނިކޮލަސް މަދޫރޯ ދުރުކުރަން އެމެރިކާގެ އޮފިޝަލުން ވެނެޒުއެލާގެ އަސްކަރީ އޮފިސަރުންނާ ބައްދަލުކޮށްފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.