އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ނަޝީދު އަތް ޖައްސަވަނީ. ނަޝީދު ވަނީ ރިޔާސީ ޓިކެޓް ދޫކޮށްލައްވަން ވަނީ ނިންމަވާފައި.
29 ޖޫން 2018 - 15:23
އެމްޑީޕީގެ ރިޔާސީ ޓިކެޓް ރައީސް މުހައްމަދު ނަޝީދު ދޫކޮށްލެއްވުމުން އިދިކޮޅު ޕާޓީތަކުގެ ބައެއް އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ތައުރީފް ކުރައްވަމުން އެބަ ގެންދަވަ އެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓް ދޫކޮށްލައްވަން ނިންމެވިކަން ނަޝީދު ހާމަކުރެއްވީ އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގްރޫޕަށް މީގެ އިރުކޮޅެއް ކުރިން ފޮނުއްވި މެސެޖެއްގަ އެވެ. ޓެރަރިޒަމްގެ ކުށް ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ރިޔާސީ ޓިކެޓު ދޫކޮށްލައްވަން ނިންމެވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި އިލެކްޝަންސް ކޮމިޝަނުން ބަލައިގަންނަ އެމްޑީޕީގެ ކެންޑިޑޭޓެއް ނެތިދާނެ ކަމުގެ ކަންބޮޑުވުމަށް އިޖާބަ ދެއްވުމުގެ ގޮތުން ކަމަށެވެ.
Raees @MohamedNasheed ge mi ninmevumakee Dhivehi rayyithunnah kurevvi sodhagaathekeve. Kurevey foni ummeedhakee party thah gulhigen Candidate akaai Running Mate aku nere #RiyaaseeInthihaab2018 kaamiyaabu kurumeve.@maumoonagayoom@Jumhooree_MV @MDPSecretariat @AdhaalathOffice
— Hussain R. Hassan (@DrHussainHassan) June 29, 2018
ނަޝީދު އެކަން އިއުލާންކުރެއްވުމާ އެކު އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ، ނަޝީދުގެ އެ ނިންމެވުމަކީ ދިވެހި ރައްޔިތުންނަށް ކުރެއްވި ސޮދަގާތެއް ކަމަށެވެ. އަދި ކުރެވޭ ފޮނި އުއްމީދަކީ ޕާޓީތައް ގުޅިގެން ކެންޑިޑޭޓަކާއި ރަނިންމޭޓާއެކު ނެރެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމެވެ.
Raees @MohamedNasheed ah libivadaigenfaivaa riyaasee ticket dhookolevvumaky siyaasee aa safuhaa akah ali vileyne nimmevumeh. Hivvarugadha e nimmevumuge sababun ummeedhuge alikan dhivehi ummathah genesdheyne. Iburaiththeri misaalakah vaane. Ekuveri gulhumakah furusathu hulhuveyne.
— Abdulla Ameen (@ameenex) June 29, 2018
އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ އަމީން ވިދާޅުވީ ރައީސް ނަޝީދަށް ލިބިވަޑައިގެންފައިވާ ރިޔާސީ ޓިކެޓް ދޫކޮށްލެއްވުމަކީ ސިޔާސީ އާ ސަފުހާއަކަށް އަލިވިލޭނެ ނިންމެވުމެއް ކަމަށެވެ. އަދި ހިތްވަރުގަދަ އެ ނިންމެވުމުގެ ސަބަބުން އުއްމީދުގެ އަލިކަން ދިވެހި އުއްމަތަށް ގެނެސްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިބުރަތްތެރި މިސާލަކަށް ވާނެ. އެކުވެރި ގައުމުތަކަށް ފުރުސަތު ހުޅުވޭނެ،" އަމީން ވިދާޅުވި އެވެ.
ނަޝީދުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރައީސް ނަޝީދު އިންތިހާބަށް ކުރިމަތިނުލައްވަން ނިންމަވައި، އެގޮތަށް އަމަލުކުރައްވައިފި ނަމަ، އެކަން ވެގެންދާނީ މި ގައުމަށް ލިބޭނެ ހަމަޖެހުމަކަށް ކަމަށެވެ.
"އަޅުގަނޑު ވެސް އެންމެ އިސްކަމެއްދޭނީ ޖަލުގައި ހައްޔަރުކުރެވިފައިވާ އަޅުގަނޑުމެންގެ އަޚުން އަވަހަށް މިނިވަންވާނެ ގޮތެއް ހޯދުމަށް،" ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ވިދާޅުވި އެވެ.
I welcome the decision by Former President @MohamedNasheed to step back from the race and pave the way for new leadership within MDP! @MDPSecretariat. A mature decision indeed. pic.twitter.com/b9gwDr7Feg
— Dunya Maumoon (@dunyamaumoon) June 29, 2018
ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން އަދި ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވެސް ވަނީ ނަޝީދުގެ ނިންމެވުމަށް ހިތްވަރުދެއްވައިފަ އެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދު ރިޔާސީ ރޭހުން ފަހަތަށް ޖެހިވަޑައިގެން އަދި އެމްޑީޕީއަށް އާ ލީޑާޝިޕަކަށް މަގުހުޅުވައިދެއްވައިފި. މިއީ ވަރަށް ބުއްދިވެރި ނިންމެވުމެއް،" އޭނާ ވިދާޅުވި އެވެ.
💔
— Eva Abdulla 🎈❓ (@evattey) June 29, 2018
My prayer is you will be back to lead us, united with the people & the land you hold so dearly. My wish is that the country can do justice to the great man you are.
There will never be your equal in vision, courage, service & love for the people. I love you. @MohamedNasheed pic.twitter.com/csW96qQeJv
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އޭނާގެ ދުއާއަކީ ނަޝީދު އެނބުރިވަޑައިގެން އިސްކޮށް ހަރަކާތްތެރިވެވަޑައިގެން، އެންމެން އެއްބައިވަންތަކުރުވުމަށް ވަރަށް ބޮޑަށް ބޭނުންވެފައިވާ ކަމަށެވެ. އަދި އެމަނިކުފާނަށް އިންސާފު ލިބުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް އީވާ ވިދާޅުވެފައިވެ އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެފައި ވަނީ ރާއްޖޭގެ ފަހުގެ ތާރީހުގައި ގައުމަށްޓަކައި އެންމެ ބޮޑެތި ގުރުބާނީތަކެއް ވެވަޑައިގެންނެވީ ރައީސް ނަޝީދު ކަމަށެވެ.
"ގައުމަށްޓަކައި އެހެން ސިޔާސީ ބޭފުޅުންނަށް ތިޔަދެއްކެވީ ވަރުގަދަ މިސާލެއް. މަނިކުފާނަށް ދެމިގެންދާ އިހުތިރާމް،" އޭނާ ވިދާޅުވި އެވެ.
Raajeyge Fahuge Thaareehugai Gaumattakai Emme bodethi Qurubaanee thakei ve vadaigennevee Raees @MohamedNasheed . Gaumattakai ehen Siyaasee beyfulhun nah thiya dhekkevee varugadha Misaalei. Manikfaanah dhemigen dhaa Ihuthiraam. https://t.co/SJffEXOsOh
— Ali Nizar (@DhekunuNizar) June 29, 2018
އަދާލަތު ޕާޓީގެ އިސް މެމްބަރެއްކަމަށްވާ މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ރައީސް ނަޝީދުގެ ހިތްވަރުގަދަ ނިންމެވުމަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން އިއުލާން ކޮށްފައިވާ، ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ނަޝީދު ވެވަޑައިގެންފައި ވަނީ މިހާތަނަށް މި ގައުމުގައި ސިޔާސީ ލީޑަރަކު ސިޔާސީ ގޮތުން ވި އެންމެ ބޮޑު ގުރުބާނީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މިއީ، ދިވެހި ރައްޔިތުންގެ ހައްގުގައި ނަޝީދު ވެވަޑައިގެންނެވި ދެވަނަ ގުރުބާނީ އެވެ.
ފުރަތަމަ ގުރުބާނީ ކަމަށް ލަތީފް ދެކެވަޑައިގަންނަވަނީ ފެބްރުއަރީ 7، 2012 ގައި ނަޝީދު އިސްތިއުފާ ދެއްވުމެވެ.
Mihaathana migaumuga siyasee leader aku siyasee gothun gurubaani eh nuvaafadha bodu gurubaani eh miadhu evee. Miee Raees Nasheed. dhivehi rayyithun ge hagguga vi dhevana gurubaanee eve..
— Abdul Latheef (@funamalatheef) June 29, 2018
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފް ވިދާޅުވީ ރައީސް ނަޝީދު މިއަދު ނިންމެވި ފަދަ ހިތްވަރުގަދަ ނިންމެވުންތަކެއް ރައީސް މައުމޫނާއި ގާސިމް އިބްރާހިމް އަދި ޝެއިޚް އިމްރާން އަބްދުﷲ ނިންމަވާނެ ކަމުގެ ފޮނި އުއްމީދެއް އެބައޮތް ކަމަށެވެ. އަދި ﷲ އިރާދަފުޅާއެކު އެއް ކެންޑިޑޭޓަކަށް އެއްބަސްވެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Raees @MohamedNasheed miadhu minmevifadha hiyvarugadha ninmunthakeh Raees @maumoonagayoom,Hon. @qasimibrahim adhi Sheikh @ShimranAb ninmavaane kamuge foni ummeedheh ebaoiy.Allah Iraadhafulhaaeku common candidate akahves ebbas veveyne. #RiyaaseeInthihaab2018 #AniyaaverikanNimman https://t.co/GwVSJ9jGz4
— 𝐀𝐡𝐦𝐞𝐝 𝐌𝐚𝐡𝐥𝐨𝐨𝐟 (@AhmedMahloof) June 29, 2018
ގޮނޑިގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅާފައިވާ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ ރައީސް ނަޝީދު ނިންމެވި ނިންމެވުމަކީ ގައުމާއި، ގައުމުގެ ދަރީންގެ ދަރިންނަށްޓަކައި ނިންމެވި ވަރަށް މުހިންމު އިހުލާސްތެރި ނިންމެވުމެއް ކަމަށެވެ.
An important nationalistic decision by President @MohamedNasheed. Dhen @ibusolih vidhaalhuvi gothah visnun iskoh jangaleege maguthakah balaigen kuriyah dhaanvee. IA haqqah nasru libeyne!
— Abdulla Mausoom (@Mausoom_Maus) June 29, 2018
Maruhabaa Coalition Leaders.@AdhaalathOffice@Jumhooree_MV@MDPSecretariat @maumoonagayoom https://t.co/mb2S7fpOAE
ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ނަޝީދު ނިންމެވީ ވަރަށް ގައުމީ ނިންމެވުމެއް ކަމަށެވެ. އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތަށް ޖަންގަލީގެ މަގުތަކަށް ބަލައިގެން ދަތުރުކުރަންވީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އިންޝާ ﷲ ހައްގަށް ނަސްރު ލިބޭނެ. މަރުހަބާ ކޯލިޝަން ލީޑަރުންނަށް،" މައުސޫމް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުސާފިރު ޚާނާ
30 June 2018
ރޭވުން އަދިވެސް ރާވަނީ ވެރިކަމަށް އައުމަށް. 1 ވެރިކަމަށް އިބޫ އައުން 2 ނަޝިދު މިނިވަންކުރުން 3 ނާއިބު ރައީސް ވަކިކުރުން 4 ނާއިބު ރައީސަކަށް ނަޝީދު ގެނައުން 5 އިބޫ އިސްތިއުފާ ދިނުން (ބަލިވެގެން) 6 ނަޝިދު ރައީސްކަމަށް އައުން. ނަމަވެސް އަޅުގަޑުގެ ދުޢާއކީ ދުވަހަކުވެސް މި ޤައުމުގެ ވެރިކަމަށް ނަޝީދު މިންވަރު ނުކުރެއްވުން އާމީން
ފެޕޭ
30 June 2018
އެންމެން އެށްގަލަކަށް އަރައިގެން ކާމިޔާބުވާނެކަން ޔަޤީން
އޭނަ
30 June 2018
އިތުރު ގޮތެއްނެތީމަ ދެންޖެހޭނީ ދޫކޮށްލަންތާ...
ރިނީ
30 June 2018
ހަމަ ރަނގަޅު ވާހަކައެއް. އިންސާނުންނަކީ ބިރުދެއްކުމުން ބިރުގަންނަން އެބައިމީހުންގެ ސިނކުޑިތައް އެފެދިފައިވާ ބައެއް. ހިސާބައްވުރެ ނުބައި ނުލަފާ ވެރިޔަކުވީމަ ދެންނިކަމެތި އިންސާނުން މިދުނިޔެމަތީ ކުރާނެކަމެއް ނޯންނާނެ. ދެންޖެހޭނީ މާތްރަސްކަލާނގެޔާ ވަކީލުކޮށް އާޚިރަތުގެ އިންސާފަށް މަޑުކުރަން.
ރައިސޫ
30 June 2018
ގޮތް ހުސްވީ ބޮޑުތަނުން ބަލިވީ ސިޔާސީގޮތުން ފެއިލްވީ. ތަޅާނެކުދިންކޮޅަކާ ފައިންއެރުމާ ނުލަފާކަންދެއްކުމާ އޯލްޓަރނޭޓިވް ނެރެޓިވް އާއި ޖެޒުއިޓްސް ސަޕޯޓްއާ ބޮވެންޖެހުމާ ގާތްމީހުންނަށް ރަށްތައް ބެހުމާ ކޮރަޕްޝަނާ މިވަރުންވެސް ގްރޭޓް ލީޑަރ ވާނީ ބީރު ލޯފަން ކުދިންނަށް. ނޮޓް އަސް ހޫ ރިއަލީ ލަވް ދިސް ނޭޝަން.
ދަތްނެތްކުއްޖާ
30 June 2018
ޕީ ޕީ އެމް ގެ ވެރިން ނަށް ދަންނަވާލަން ބޭނުންވަނީ މިހިރަ މިހިރަ ރީތި ކަންތައް ތަކުން ތިބޭފުޅުންވެސް އިބްރަތް ލިބިގަނެ ބޮޑާ ކަމާއި ކިބުރު ވެރިކަން ދޫކޮއް ރައްޔިތުންގެ ލޯބި ހޯދުމަށް ކެނޑި ނޭލި މަސައްކަތް ކުރާށޭ. ރާއްޖޭގެ %99 ރައްޔިތުން ރަޢީސް ނަޝީދު ދެކެ ލޯބި ވެއެވެ. ސަބަބުތައް ވަރަށް ގިނައެވެ. ޙުދު ތިބޭފުޅުންވެސް ހިތުގެ އަޑިން މިއީ ހަޤީގަތް ކަން ޤަބޫލު ކުރާނެއެވެ. ދިވެހި ތާރީޙު ގަވެސް ރަޢީސަކު ދެކެ ރައްޔިތުން މިވަރަށް ލޯބިވީ ކޮންމެވެސް ސަބަބު ތަކެއް ހުރެގެން ކަން ހަމަ ޔަޤީނެވެ. ވ ސަލާން.
އިބިރިހިންބެއްޔާ
01 July 2018
ކާކު ދެއްކިވާހަކައެއް. 2013 ގެ އިންތިޚާބުގަވެސް ގިނަވޯޓް ލިބުނީ އެ ޔާމީނަށް.
މަރްހަބާ
30 June 2018
ޔާމީނެއް ދުވަހަކު ދުލެއްނުދޭނެ.. .. ރައްޔިތުން ފަނާކޮށްފަވެސް ވެރިކަން ކުރެވޭތޯނު އެބަލަނީ...
ރީތި މޫސަ
30 June 2018
ތިވީ ވާންވީގޮތް އިބޫބޭނުންވި ގޮތް އިބޭވެސްހުރީ ހަދާނެގޮތްހުސްވެފަ ތިނަޝީދަކާހެދި
މަގޭ ހިޔާލު
30 June 2018
ޜައީސްކަންވެސް އިސްތިއުފާދިނީ ރައްޔިތުންނަށޭ ކިޔާފަ. ޖެހިގެންއައި ދުވަހު ދެފައިވާން އަތަޢްލައިގެން ދުވިހަދާން އެބަހުރި..މިފަހަރުވެސް ވާނީ އެހެން.. އިބޫއަށް ހަމްދަރުދީވާންޖެހޭ މިހާރު
މަންޑޭލާ
30 June 2018
ތައުރީފު ކުރާނެއެއްނުން މުޅި ކޯލިށަން ފުޑެމުންދިޔައީ މި ނަޝިދުގެ ދަބަބުންވީޔަ.
ޝޮކްތެރަޕީ
30 June 2018
މީގެންއެގުނީ ނަޝީދުއަ ވެރިކަންދޭން އެކަކުވެސް ބޭނުންނުވާކަން މިހަރު.