ށ. ފުނަދޫ: މި ރަށުގައި އެއާޕޯޓެއް އެޅުމުގެ މަޝްވަރާތައް ވަރަށް ކުރިއްސުރެ އަންނަނީ ކުރަމުން
30 ޖުލައި 2016 - 10:47
ށ. ފުނަދޫގައި އެއާޕޯޓު އެޅުމުގެ މަސައްކަތަށް ހަ ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފި އެވެ.
އެތައް ފަހަރެއްގެ މަތިން މެދުކަނޑާލާފައިވާ މި މަޝްރޫއު އަލުން ކުރިއަށް ގެންގޮސް، އެއާޕޯޓު އެޅުމަށް ބިޑު ހުޅުވާލާފައިވަނީ މިދިޔަ ޖޫން މަހުގެ 30ގަ އެވެ. އެނގިފައިވާ ގޮތުގައި މި މަޝްރޫއަށް ކުރިމަތިލި ހަ ފަރާތެއްގެ، ބިޑު އިވެލުއޭޓް ކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.
ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް ވިދާޅުވީ މި މަޝްރޫއުގެ މަސައްކަތް ދާ ސްޕީޑަށް ބަލާފައި، ވަރަށް އަވަހަށް މަސައްކަތް ފެށޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ދެން މާ ލަސްވާނެހެން ހިއެއް ނުވޭ. އަޅުގަނޑުމެންނަށް ލިބޭ މައުލޫމާތުތަކުން، މަަސައްކަތް ހަވާލުކުރާތާ 13 ވަރަކަށް މަސް ފަހުން އެއާޕޯޓުގެ މަސައްކަތް ނިމޭނެ،" އޭނާ ވިދާޅުވި އެވެ.
ހދ. ހަނިމާދޫގައި އެއާޕޯޓު އެޅުމުގެ ކުރިިން ވެސް ފުނަދޫގައި އެއާޕޯޓެއް އެޅުމަށް ވަނީ މަޝްވަރާ ކޮށްފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އާއި ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ވެސް މި މަސައްކަތް ބަޔަކާ ހަވާލުކުރި އެވެ.
ނަޝީދުގެ ސަރުކާރުގައި މި މަސައްކަތް ހުއްޓުނީ އެއާޕޯޓު އެޅުމަށް އެ ރަށުގައި ހިއްކާބައި، 1،200 މީޓަރުން 1،800 މީޓަރަށް ބަދަލު ކުރުމަށް ކުރި މަޝްވަރާތަކުގެ ތެރެއިންނެވެ. އަދި ވަހީދުގެ ސަރުކާރުގައި މަސައްކަތް ބަޔަކާ ހަވާލު ކުރި ނަމަވެސް އެއްވެސް ވަރަކަށް މަސައްކަތް ކުުރިއަށް ގޮސްފައެއް ނުވެ އެވެ.
ކައުންސިލްގެ ރައިސް ވިދާޅުވި ގޮތުގައި ފުނަދޫގައި އެއާޕޯޓު އެޅުމަށް ހަމަޖެހިފައިވަނީ އެ ރަށުގެ ބަނދަރުން ފެށިގެން އުތުރުން ފަޅުތެރެއިން 61 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ.
ފުނަދޫގެ އިތުރުން ކުޅުދުއްފުށީގައި އެއާޕޯޓު އެޅުމަށް ވެސް ވަނީ ބިޑަށް ހުޅުވާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޙްމަދު
31 July 2016
ކޮބާތަ ކުޅުދުއްފުށީގައި އަޅަން ބުނި އެއަރޕޯރޓް ކުޅުދުއްފުއްޓަށް އެއްވެސް ތަރައްޤީއެއްގެ ކުލައެއް ނުފެނޭ އެހެންނުވާނީ އެތަނުގައި ތިބި ދެ މެންބަރުން ވެސް ތިބީ ނިދާފައި ފައިސާ ލިބުނީމާ ނިމުނީ .. ޝުކުރިޔާ
މަގޭ ވިސްނުން
31 July 2016
ރަނގަޅު. މިއަންނަ މަހު އިޢުލާން ކުރާނެ، ހުށަހެޅި ފަރާތްތަކުގެ އަގުތައް މާބޮޑޭ، ބިޑުތައް ކެންސަލޭ، އަލުން އިޢުލާން ކުރަންޖެހެޔޭ، އަނެއްކަ ދުވަސްކޮޅަކުން އިއުލާން ކުރާނެ، ތިމާވެއްޓޭ ނާޒުކޭ، ،،، ... ތި ދުވަހަކުވެސް އަޅާނެ އެއާ ޕޯޓެއް ނޫން..........
ފުނަދޫ ގުނބޯ
31 July 2016
އާދެ! އެއާޕޯޓު އަޅާ ތިޔަ ނިމުނީ. ދެން އަންނަ އިންތިޚާބުގަ ވޯޓު ފޮށި ފުރާލަދޭން ތައްޔާރު. އަޅުގަނޑުމެން މިތިބީ ގުނބޯ ހެދިފަ.
ގުއިފުނަދޫ
30 July 2016
ފުނަދޫއަކީ އެއަތޮޅުގެ ދެކުނުކޮޅު. އެއަތޮޅުގެ އުތުރު ރަށްތަކަާއި އެއަށްވުރެ ކައިރި ހދ. ހަނިމާދޫވެސް. ދެން ތިޔާގައި އެއްވެސް ބޭނުމެއް އެބައޮތްތަ ؟
ޢަލީ ސަލީމް
30 July 2016
ތިއެއަރ ޕޯޓް މެންބަރ ސަލީމް ގޯތި ބިތުގަ އަޅާ ނިންމިތާ މިހާރު 3 އަހަރު ވެއްޖެ. ފަރުކޮޅަށް ގެންދަން ކޮޅުވެއްޓިއެއް ހޯދާ!
އަލީޝާކިރު
30 July 2016
ކޮބާ ޔާމިނު 2 އަހަރުން އަޅަންބުނި ކުޅުދުއްފުށި އެއާޕޯޓު ތިކަހަލަ ދަޅަދެއްކިޔަސް 2018 ވަނައަހަރު އެއްވެސް ރައްޔިތަކު ޔާމީނައް ވޯޓު ނުދޭނެ އެއީ ވައުދު ތަކުގެ ތެރޭގަ ނުފުއްދޭނެ ވައުދު ޔާމިނު ވެފަވާތީ ކޮބާ ރިސޯޓު ހިއްސާ ރިސޯޓު އެއްވެސް މުވައްޒަފަކު ޔާމީނައް ވޯޓު ލާންނުޖެހޭ ސަބަބު ކޮބާ މަސްވެރިންގެ 10،000 ޔާމިނައް ވޯޓު ދޭންނުޖެހޭ ސަބަބު ކޮބާ ދަނޑުވެރިންގެ ފައިސާ ޔާމިނައް ވޯޓު ލާންނުޖެހޭ ސަބަބު އަލަތުކައިވެނީގެ ޒުވާނުން ޔާމިނައް ވޯޓު ލާން ނުޖެހޭ ސަބަބު ދެމެހެއްޓެނިވި ގޮތަކައް މިބުނި ކަންކަމަކީ ކުރެވޭނެ ކަންކަމެއް ނޫން ވޯޓު ހޯދުމައް އޮޅުވާލާފަ ވާ މިންވަރު މިކަމުން ސާބިތުވެއްޖެ 95.000 ވަޒީފާ އުފައްދަން ބުނާއިރު ހދ އަތޮޅުގަ ޓުވެރި ޒަމައް 50 އަހަރުވާއިރު އަދިނެތް އެންމެ ރިސޯޓެއްވެސް މީހަގީގަތަކީ އެއަތޮޅުން ޔާމިނައް އެންމެ ވޯޓެއްވެސް ދޭންނުޖެހެނީ މިސަބަބާހުރެ ރާއްޖޭގަ ވަޒީފާ އޮތީ މިބުނިދާއިރާތަކުގަ ސަރުކާރު ހިންގެނީ މިބުނި ދާއިރާތަކުން ފެލާދިޔަ ބަހައިގެން ވީމާ ނާޖާއިޒްގޮތުގަ ފައިސާ ގޯނިހިފައިގެން ދުވާމީހުންނާއި އެލިބޭ މީހުން ޔާމީނައް ވޯޓު ލުމަކީ އަޖައިބުވާ ކަމެއްނޫން އެއީ އެމީހުން އަމިއްލަޔައް ކަމުން ގެންދާ އަލިފާން އޭގެން އެއްވެސް ފައިދާއެއްނެތް
ށ މުހައްމަދު
30 July 2016
ފަރުކޮަޅުފުނަދޫގަ އެއާރޕޯޓް އަޅާފިއްޔާ މަށެއް ވޯޓެއްނުދޭނަން ވަރައް ސަލާން
ށަވިޔަނި
30 July 2016
ފުނަދޫގައި އެއްރޕޯޓް ހަދައިގެން ށަވިޔަނި އަތޮޅުގެ ރައްޔިތުންނަށް އެއަރޕޯޓެއްގެ ފުރިހަމަ ފައިދާއެއް ނުލިބޭނެ. އަތޮޅުގެ މެދުގައި އެއަރޕޯޓް ހެދުމަށް ރައީސް ޔާމިނަށް ގޮވާލަން
ސާހިދާ
30 July 2016
ކަލޯ އަހުމަދު ކައުންސިލަރާ ބުނާކަށް ކަލޭވެސް ތީ ގޮނޑި ގެއްލިދާނެތީ ދައްކާވާހަކަ ތީ ވާނެކެމެއްނޫން ސަލީމު އަނެއްކާވެސް ރައްޔިތުން ގުނބޯ ހައްދަން އަރާނެ އެރަންނަމާރި
މެންޓަލިސްޓް
30 July 2016
ށ.ފޮނަދޫއަކީވެސް ދައުލަތުގެ މުދާ ، ދިވެހިރައްޔަތުންގެ ރައުސްމާލް ، ވީމާ ތިޔަތަން ހަދަން ހުށައެޅިބަޔަކާއި އެމީހުނަށް ތިޔަކަމުގެ ބަދަލުގައި ދެނީ ކޯންޗެއްކަން ރައްޔަތުންނަށް ވަރަށް ސާފްކޮށް އެންގެންޖެހޭ ، މިހެންމިބުނީ މިސަރުކާރުން 40 އެތަށް ރަށެއްވިއްކާ އެފައިސާ އަމިއްލަޖީބަށް ޖަހާލިއިރު އެރައްތަކުގެ ހައްގުވެރީން (ރައްުޔަތުން ) ނަށް ވާނުވާވެސް ނޭންގުނު ، ވީމާ އަޅުގަނޑުއެދެނީ ވަރަށް ޓްރާންޕޭރަންޓްކޮށް ތިޔަކަންކުރެއްވުން ، މިސަރުކާރަކަށް މިހާރު އެއްވެސް އިތުބާރެއްހަގީގަތުގައި ނެތް ، އިތުބާރުކުރުމަކީވެސް މޮޔަކަމެށް ،
ހުސޭނުބެ
30 July 2016
އެންމެ ގިނަލާރި ޖީބަށް ލެވޭނެ ފަރާތަކަށް ނޫނީ ނުދޭތި. މިދުވަސްކޮޅު ބަލަން ވީ ވީހާވެސް ގިނަ ތަންތަން ވިއްކާ ލާރިޔަށް ހެދޭތޯ. ތަރައްގީގެ ވިސްނުން ގެންގުޅިގެން ގައުމު ތަރައްގީވާނީ.