ގަތަރު އެއާވޭސްގެ ބޯޓެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޕާކުކޮށްފައި. އިއްޔެ އެކްސިޑެންޓްވި ބޯޓު އަދިވެސް އޮތީ އެއާޕޯޓުގައި.
08 ޖުލައި 2018 - 14:06
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ޕާކު ކޮށްފައި އޮއްވައި އެއާ އޭޝިއާގެ މަތިންދާބޯޓުގެ ފިޔަގަނޑަކުން ޖެހި ގެއްލުންވި ގަތަރު އެއާވޭސްގެ މަތިންދާބޯޓު އަދިވެސް އޮތީ ނުފުރި ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން މިއަދު ބުނެފި އެވެ.
އެ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓްގައި ގެއްލުންވި ގަތަރު އެއާވޭސް ބޯޓު އެއާޕޯޓުގައި އޮތްއިރު، އެއާ އޭޝިއާގެ ބޯޓު މިއަދު 11:30 ހާއިރު ފުރާފައިވާ ކަމަށެވެ.
މެލޭޝިއާގެ ކުއަލަމްޕޫރުން އައި އެއާ އޭޝިއާގެ އޭ-330 މަރުކާގެ މަތިންދާބޯޓު ޖެއްސުމަށް ފަހު މަޑުކުރަން ދަނިކޮށް ބޯޓުގެ ވާތް ފަރާތު ފިޔަގަނޑުގެ ކޮޅުން ޖެހި ގެއްލުން ލިބުނީ އޭޕްރަންގައި ޕާކުކޮށްފައި އޮތް ގަތަރު އެއާވޭސްގެ އޭ350 މަރުކާގެ މަތިންދާބޯޓުގެ ކަނާތް ފަރާތު ފިޔަގަނޑަށެވެ.
މި ހާދިސާއާ ބެހޭ އެއްވެސް ތަފުސީލެއް އެމްއޭސީއެލް އިން ހާމައެއް ނުކުރެ އެވެ. އަދި އެ ދެ އެއާލައިނުން ވެސް އެއްޗެކޭ ނުބުނެ އެވެ.
"މިހާރު"އަށް އެނގިފައިވާ ގޮތުގައި ގަތަރު އެއާވޭސް ބޯޓުން ފުރަން ތިބި ފަސިންޖަރުން ފުރުވާލީ ޖާގަ ބޮޑު އެހެން ބޯޓެއް ގެނެސްގެންނެވެ. އެ އެއާލައިނުން ދުވާލަކު ޝެޑިއުލް ދެ ދަތުރު ރާއްޖެއަށް ކުރެ އެވެ.
ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިސް އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުގައި އެއްވެސް ބޯޓަކަށް ބޮޑު ގެއްލުމެއް ވެފައި ނުވާ ކަމަށެވެ. އެކަމަކު އެ އެކްސިޑެންޓް އެ އޮތޯރިޓީގެ ޓީމަކުން ތަހުގީގުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލީ ނަސީރު
09 July 2018
މިރާއްޖޭގައި ކުއްވެރިވާނީ، އެއަރ ލައިނާ ގުޅުން ހުރީ ސިޔާސީ ކިހާ އުރައްޕަތެއް ހުރި ބަޔެއް ބަލާފަ. މިކަމާ ނުބެހޭ ސީޕްލޭނެއްވެސް މިކަމުގަ ކުއްވެރި ވެދާނެ! ކޯޓު އަމުރެއް ނުނެރުނިއްޔާ، ހައިރާން ވާނަން!
ޑޮކްޓަރުންގެ ސިޓީ / އައްޑޫ ސިޓީ
08 July 2018
ލިބުނުގެއްލުން ކަޑައަޅާނީ ކަލޭމެންނެއްނޫން. އަހަރުމެންނަށް ހަދާހެން ކަންކޮށް ތިކަންނިންމާނުލެވޭނެ. މިލިޔަނެއްހާ ޑޮލަރުގެ ބަދަލު ދިނުމަކުންނޫނީ މިފަހަރު ސަލާމަތް ނުވާނެ. . . . . މިސަރުކާރުން 2 ބިލިޔަން ޑޮލަރުގެ ދަރަނި ރައްޔިތުންގެ ބޮލުގައި އަޅުވާފައި ތިތަނުގައި ތަޅުންގަނޑެއްއެޅި ވާހަކަ ޓީވީން ގޮވާއިރު ހާހުން ވަޒީފާ އުފެދުނު ވާހަކަ އާއި ސަރަހައްދުގެ އެންމެ ރަނގަޅު އެއަރޕޯޓް ކަމަށްވެސް ޓީވީއަށް އަރާ މަންޖެ ގޮވާނަގާ. . . . . އެކަމަކު ބޯޓްތައް ޕާރކް ކުރަނީ މާލޭ މަގުމަތީގައި ސައިކަލް ޕާކްކުރާގޮތަށް އެކަތީގެ ފިޔަގަނޑު ދަށުގައި ދެވަނަ ބޯޓް. . . . ބްރިޖާއި 150މ ޑޮލަރުގެ ކަޮތަރުކޮށްޓަކީވެސް މިފަދަ ވޭންދެނިވި “ލޭއަޅާ ކުއްޖެއް” ފަދަ ތުރާލަކަށް މެނުވީ ނުވާނެ. . . . . . މާލޭ ކަނޑު ފަޅު ހިއްކައިގެން ރާއްޖޭގެ ނަން ހަރާބުކުރުމަށް އާޓިފިޝަލް ރަށްތައް ވުޖޫފު ކޮށްގެން ތިކުރާ މަސައްކަތަކީވެސް މިފަދަސުންޕާ ރާއްޖޭގެޤުދުރަތީ ރީތިކަންބަލާން އަންނަފަތުރުވެރިންނަށް މަކަރާއިހީލަތް ހެދުން. ކަލޭމެންގެ އަސްލަކީތިއީ.
އައްމަކަލޯ
08 July 2018
ލޭއަޅާ ކުދިންނަކީ ތުރާލެކޭ ބުނާކަހަލަ ގޮތަކަށް ސިފަކޮށްފައި އޮތީމަ ވަރަށް ކަޑަ...
މެސީ
09 July 2018
އެއި "ތުރާލެއް" މާނަ ދިވެހި ރަދީފުން ބަލާފަ ކޮނެންޓް ކިށްބަލަ ގަމާރުކަން ބޮޑީ ހަމަ، އޭނަ އެ މާނަ ކޮށްފަ އިން ގޮތް ވިސްނަބަލަ، އެއްޗެއް މީހަކު ބުނާއިރަށް މެޅެނީ ކީއްވެ
އަންވަރު
09 July 2018
އެއާގުޅޭ ރީތި ބަހަކީ ބޮޑުގިފިލި ނުހިފުން.