މައުމޫން: ބޭރުގައި ހުުންނަވައިގެން ވެސް ޕާޓީ ހިންގަވާނީ މައުމޫން ކަމަށް އެ ޕާޓީން ބުނޭ -- ފޮޓޯ: މުހަންމަދު ޝަރުހާން/ މިހާރު
31 ޖުލައި 2016 - 16:27
ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާދަމާ ރާއްޖެއިން ބޭރަށް ފުރައި ވަޑައިގަންނަވާތީ އެމަނިކުފާނު އެނބުރި ވަޑައިގަންނަވަންދެން އެ ޕާޓީގެ ކައުންސިލްގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށް އަންގައިފި އެވެ.
ޕީޕީއެމުން މިއަދު ނެރުނު ބަޔާނެއްގައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި މާދަމާ މައުމޫން ފުރައި ވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ރަށުގައި ނޫޅުއްވާ ދުވަސްތަކުގައި ކައުންސިލްގެ ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ. އަދި މައުމޫން އެނބުރި ވަޑައިގެން އެމަނިކުފާނުގެ ރިޔާސަތުގެ ދަށުން ކައުންސިލްގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން މައުމޫން މާދަމާ ފަށްޓަވާ ދަތުރުފުޅުގައި ރާއްޖެއިން ބޭރުގައި އެމަނިކުފާނު ހުންނަވާ ދުވަސްތަކުގައި ވެސް ޕާޓީ ހިންގާނީ ސީދާ މައުމޫންގެ ބެލުމުގެ ދަށުން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. އަދި ޕާޓީގެ ކަންކަން އިސްލާހުކުރަން ކުރާ މަސައްކަތުގައި ލިބެމުންދާ އެއްބާރުލުންތަކަށް އެ ބަޔާނުގައި ޝުކުރު އަދާކޮށްފައިވެ އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުން ބޮޑުވެ، ކައުންސިލްގައި ހިމެނޭ ރައްޔިޔުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި މައުމޫންގެ ޚިޔާލު ވަނީ ތަފާތުވެފަ އެވެ. އަދި އެ މައްސަލައިގެ ތެރޭގައި ޕާޓީގެ ކައުންސިލް ބައްދަލުވުން ނުބާއްވަން ކުރިން ވެސް މައުމޫން އެންގެވި އެވެ. އެ މައްސަލަ އެ ޕާޓީގެ މަޖިލިސް ދެ މެމްބަރަކު ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު ފަހުން ވަނީ މައުމޫންގެ ބެލުމުގެ ދަށުން ކައުންސިލް ބައްދަލުވުމެެއް ބާއްވައިފަ އެވެ.
އެކަމަކު ޚިޔާލު ތަފާތުވުން ބޮޑުވެ، އެ ބައްދަލުވުން ވެސް ވަނީ ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފަ އެވެ.
މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި މައުމޫނަށް ތާއީދުކުރާ އިތުރު ދެ ބޭފުޅަކު ޕާޓީން ވަކިކުރަން އެ ޕާޓީގެ ސުލޫކީ ކޮމެޓީން ނިންމިޔަސް އެ ބޭފުޅުން ވަކިނުވާ ކަމަށް މައުމޫން ދަނީ ވިދާޅުވަމުންނެވެ. ކައުންސިލްގެ އެންމެ ފަހު ބައްދަލުވުން ހުއްޓާލީ އެ މައްސަލައިގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢިދުރީސް
01 August 2016
ޢަދިވެސް ހަމަ މައުމޫނުވަރެއް ނެތް
މީހާ
31 July 2016
މައުމޫންތީ ރައްޔިތުންނަށް ހެޔޮއެދޭ މީހެކޭ ބުނެވޭކަށްނެތް. ހުރިހާ ސިޔާސީ ކަންކަމުން ދުރުވެ ހުންނާނަމޭ ބުނި މީހާ މިހާރު ކިހިނެތް ތިހަދަނީ
ޒަމާން
31 July 2016
ނައިބު ރައީސެއް ނެތް ދުވަސްވަރު ރައީސްވެސް ގައުމުން ބޭރުގަ ހުންނަވައިގެން ގައުމު ހިންގެވި. އެހެންވުމުން ގައުމުން ބޭރުގަ ހުންނަވައިގެން ޕާޓީ ނުހިންގެންވީ ސަބަބެއްވެސް މިޒަމާނުގަނެތް.
އައި
31 July 2016
ތީ ހުސް ޑުރާމާ، ޕާޓީ މީހުން ހިފަފަށްޓަން ދެބެން ކުޅޭ ގޭމް ހުސް. ސަރުކާރުން ކުރާ ގޯސް ކަންތަށްތަކުގެ ވާހަކަ މާ ބޮޑަށް އާންމުން ދައްކަން ފެށީމަ ތި ޑުރާމާ ފަށައި ގަނެގެން ތި އުޅެނީ ފަޮކަސް ބަދަލް ކޮށްލަން
ޔައުމިއްޔާ
31 July 2016
އަޖައިބުނުވާނެ، މައުމޫނު ނެތީމަ މުޅި ޕާޓީގެ ހުރިހާ ގުނަވަންތަކެއް ހުއްޓުމަކަށްތޯ އަންނަންވަނީ. ދެން މާދަމާ އިވޭނެ ޚަބަރަކީ ރައީސް ޔާމިނު ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވާތީވެ ސަރުކާރުގެ އެއްވެސް މުއައްސަސާ އަކުން ރައްޔިތުންނަށް ޚިދުމަތް ނުލިބޭނެ ވާހަކަތޯ.
ޒިންދަގީ
31 July 2016
ޔޫކޭ އަށްތޯ؟؟؟ ވަޑައިގަންނަވާ ގައުމެއް ޚަބަރަކުން ސާފެއްނުވި.
ބޯގޯ
31 July 2016
ކޮންމެ ބެއްދުމެއްގައި ދިހަ ނެއްޓުމުގެ ދޮރު އޮންނާނެކަމަށް ބުއްދިވެރިޔަކު އަޅުގަނޑުގެ ގާތު ބުނި. ޔާމީން މިހާރު ބައްލަވަންވީ މަޅިއާ ދިމާއަކަށް ނޫން. މަޅިއާ ދިމާ ބައްލަވާނަމަ ބެދޭލެއް ބޮޑުވާނެ. ނެއްޓުމާ ދިމާ ބައްލަވައިފި ނަމަ އެ މަޅި ޖެހިފަރާތް ޕެރެލައިޒް ކޮށްލެވިދާނެ.
ޟޫދާން އިބުރާ
31 July 2016
ތިޔަ ނިންމެވުމަށް އިހުތިރާމްކުރަން އަމާން ރައްކާތެރި ދަތުރަކަށް އެދެން
އޭޕީ މީހާ
31 July 2016
ކައިރިވެއްޖެ ކޮންމެ ތަނަކީ އަމިއްލަ ތަރިކައޭ އަދިވެސް ހީވާކަހަލަ އެވެ.
ކޮއިފުޅާ
31 July 2016
މިޒަމާނުގަ ބޭރުގަ ހުންނަވައިގެން ޕާރޓީ ހިންގުމަކީ އެއްވެސް މައސަލައެއްނޫން ވައިބަރ ގްރޫޕްގަ ލިޔެލީމަ ޖަވާބު ދޭނެ މިދައްކަނީ ޕާރޓީއެއްގެ ވާހަކަ އެއަށް ވުރެ މާބޮޑެަްނޫންތޯ ގާއުމު ބައެް ގައުތަކުގަ މެބިނެޓު ނުމެ ބާއްވާމެ ހިންގަނީ ވައިބަރު ގުރޫޕުގަ ލިޔެގެން ކިހާފަސޭހަ ކިދުމަތެއްތޯ މި ލިބެނީ