ޚަބަރު / އިލެކްޝަންސް ކޮމިޝަން

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް ހަމަޖައްސައިފި

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަކްރަމް: އޭނާ ވިދާޅުވީ އޮފިޝަލުން ކަރުދާހުގައި ފާހަގަ ޖަހައިދޭ ގޮތަށް ނިންމީ ބެސްޓް ޕްރެކްޓިސްއަށް ބަލާފައި ކަމަށް .---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓު ކަރުދާހުގައި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުން ފާހަގަ ޖަހައިދޭ ގޮތަށް އެ ކޮމިޝަނުން ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ އަންނަ ސެޕްޓެމްބަރު، 23ގައި ބާއްވާ ރިޔާސީ އިންތިހާބުގައި، ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓު ލުމަށް އެހީތެރިވާނީ ވޯޓު ލާ މަރުކަޒުގެ އިސްކޮށް ހުންނަ މީހާ ކަނޑައަޅާ އިލެކްޝަންސްގެ އޮފިޝަލެއް ކަމަށެވެ.

"މިގޮތަށް އަޅުގަނޑުމެން މި ނިންމީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި، ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވެސް ވޯޓު ލުމުގެ ފުރުސަތު ދޭން. މިގޮތަށް ނިންމީ އެހެން ގައުމުތަކުގައި ކަންތައް ކުރާ ގޮތަށް ބަލައިފައި ބެސްޓް ޕްރެކްޓިސްއަކީ މިއީ ކަމަށް ބަލައިގެން،" އަކްރަމް ވިދާޅުވި އެވެ.

ކުރިން އޮންނަ އުސޫލަކީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ފާހަގަ ޖަހައިދެނީ އޭނާގެ އެހީތެރިއަކަށް ހަމަޖައްސާފައިވާ މީހާ އެވެ. އިލެކްޝަންސްގެ އޮފިޝަލުން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެހީތެރިވެދިނުމުގެ ފުރުސަތު ދިނުމަށް މިދިޔަ ހަފްތާގައި ވަނީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް އިސްލާހު ވެސް ގެނެސްފަ އެވެ.

އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 45 ވަނަ މާއްދާގެ ށ. ގައި ކުރިން ބުނެފައިވާ ގޮތުން ޖިސްމާނީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުގައި އިތުރު މީހަކަށް އެހީތެރިވެވިދާނެ އެވެ. ނަމަވެސް ކޮންމެ އެހީތެރިއަކަށް ވެސް އެހީތެރިވެދެވޭނީ ވޯޓު ލާން އަންނަ އެކަކަށް ކަމަށް ބުނެފައިވެ އެވެ.

މިދިޔަ ހޯމަ ދުވަހު އެ މާއްދާ އަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާ ވާހަކަ ދައްކަވަނީި: ކޮމިޝަނުގެ ނިންމުން މާރިޔާ ވަނީ ކުށްވެރިކުރައްވާފައި - ފޮޓޯ: މިހާރު/ ހުސެއިން ވަހީދު

މިގޮތަށް ހަމަޖެއްސުމާ އެކު އެ ނިންމުމަށް އިދިކޮޅު އިއްތިހާދުން ދަނީ ފާޑުކިޔަމުންނެވެ. އެގޮތުން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ އިލެކްޝަންސްގެ ނިންމުމުގެ ސަބަބުން އެތައް ހާސް ބައެއްގެ ހައްގު ގެއްލިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ކޮމިޝަނާ މެދު ކުރާ ތުހުމަތުތަކަކީ ހާމަކޮށް ކުރާ ތުހުމަތުތަކެއް. މިފަދަ އަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ކަންބޮޑުވުން އިތުރުވެގެން ދަނީ،" މާރިޔާ ވިދާޅުވި އެވެ.

މީގެ އިތުރުން އިދިކޮޅު ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލޫފް ވިދާޅުވީ އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްފައި ވަނީ ގާނޫނީ ގޮތުން ކޯރަމް ހަމަނުކޮށް ކަމަށާއި ނުކުޅެދޭ މީހުންނަށް ވޯޓު ލާ މަރުކަޒުގެ އޮފިޝަލުން އެހީތެރިވެދޭ ގޮތަށް ހަމަޖެއްސީ ވެރިކަން ކުރާ (ޕީޕީއެމް) އިން ބުނެގެން ކަމަށެވެ.

ނަމަވެސް ޕީޕީއެމްގެ ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުގެ އެއްވެސް ގާނޫނަކަށް އަދި ކަންތައް ކުރަންވާ ގޮތަކަށް ޕީޕީއެމުން ލަފާ ދީފައިނުވާނެ ކަމަށެވެ.

"އަޅުގަނޑުމެން ބުނެފައެއް ނުވާނެ މިވެނި ގޮތަކަށް ކަންތައް ކުރާކަށް. އެކަމަކު މަޖިލީހުގައި ނުވަތަ އިލެކްޝަންސް އެޑްވައިޒަރީ ކޮމެޓީގައި އަޅުގަނޑުމެން ވެސް ވާހަކަ ދައްކައި މަޝްވަރާ ކުރަން،" އާރިފް ވިދާޅުވި އެވެ.

މި ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާ އިރު 452 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ހަމަޖެހިފަ އެވެ.

70 ކޮމެންޓް, 250 ރިއެކްޝަންސް

icon happy icon happy 8%
icon sad icon sad 0%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަލިިނަރު

19 July 2018

ޥަރަށް އަންފެއަރ ކަމެއް

The name is already taken The name is available. Register?

Open mind

18 July 2018

ޙަހަހަހޮހޮހޮ ހެހެހެ ހިހިބަލި

The name is already taken The name is available. Register?

ކުކުޅުހާ

18 July 2018

ފައްކާ މަރުމޯލެއް.

The name is already taken The name is available. Register?

ނުދޭނެ މީހާ

18 July 2018

މަގޭ ވޯޓް ވެސް ލައިދީބަލަ.

The name is already taken The name is available. Register?

އަލީ!

18 July 2018

ނުކުޅެދޭ މީހުންގެ ވޯޓް ވެސް ފޭރިގަންނަން ރާވާރޭވުން.

The name is already taken The name is available. Register?

ހަބޭސް222

18 July 2018

ކިތަންމެ ވަރަކަށް ކުޅުނަސް ސޮރީ ބުނެވޭނީ.

The name is already taken The name is available. Register?

ޙަބީބު

18 July 2018

ޝަރީފް އޮފީހުގެ ބޮޑު އެއް ވޯޓުފޮށި ބަހައްޓައިގެން ވޯޓުލުމުގެ ހައްގުލިބިފައިވާ އެންމެންގެ މަތިން ޝަރީފް ވޯޓުލާގޮތަށް ގާނޫނަށް ބަދަލުގެންނަން ފެނޭ އޭރުން ތިހަދަންއުޅޭ އެއްޗެއްވެސް ފައްކާކޮށް ހެދޭނީ

The name is already taken The name is available. Register?

ވޯޓު

18 July 2018

ވޯޓު ލުުގެ ގާބިިލްކަންނެއް ބަަަަޔަކު ލާކައްނުޖެހޭ ނަމާދުވެސް ރޯދަވެސް ހިިފަކަށް ނުޖެހޭ މޮޔައިިންނާ ކުޑަކުދިިން.

The name is already taken The name is available. Register?

މަންމަ

18 July 2018

ވަރަށް ނާއިންސާފުން އެކުދިންގެ ހައްޤުތަށް ނިގުޅައިގަންނަން ކުރިކަމެއް މިކަމަކީ، މިކަމަކަށް އެއްގޮތަކަށްވެސް ތާއީދެއް ނުކުރަން. ނަމަވެސް މި ކޮމެންޓް ކިޔާފަ އަޅުގަނޑު ވަރަށް ދެރަވެއްޖެ. އެއީ ނުކުޅެދޭ ކުދީންނަކީ ހަމައެކަނި މޮޔައިންނާއި ކުޑަކުދީންނަށް ނިސްބަތް ކޮށްފަ އިނީމަ. އޭގެން އިނގެނީ އަދިވެސް ދިވެހީންގެ އެތައްބައެއްގެ ވިސްނުމުގެ ހުރި ނުކުޅެދުންތެރިކަން. އަޅުގަނޑުގެ ދަރިފުޅަކީވެސް ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއް. އެކުއްޖާގެ އުމުރުން ވީހާވެސް ދުވަހަކު މިމަސައްކަތް ކުރަނީ އެކަނިހާލައިގެން އެކުއްޖާއަށް ދިރިއުޅުމެއް އުޅެވޭނޭ ހިސާބަށް ގެންދެވޭތޯ. ނަމަވެސް އެތައް ކަމަކުން އަޅުގަނޑުގެ އެދަރުފުޅު އަޅުގަނޑަށްވުރެ އަދި އެހެން އެތަށް ބަޔަކަށް ވުރެ ކުޅަދާނަ އަދި ވިސްނުންތެރި. އެއްވެސް ހާލެއްގަ އެކުއްޖާއާއި ދިމާލަށް އަދި އެފަދަ އެހެން ކުދިންނާއި ދިމާލަށް މޮޔައެކޭ ބުނުން އެއީ އަޅުގަނޑަށް ކެއްވާނެ ކަމެއް ނޫން. ޔާ ﷲ ހެޔޮ ވިސްނުން ދެއްވާށި. އާމީން

The name is already taken The name is available. Register?

ނަން

18 July 2018

ކިހާ ބޮޑު އުނދަގުލެއް. ކާކަށް އަނިޔާވެރިވެގެންތަ މިއުޅެނީ. ޖަލަށް ލާފަ ތިބީ ބަޣާވާތް ކޮށްގެން ވެރިކަން ވައްޓަން އުޅުނު ބައެއް. އަމިއްލަ ގައުމުގަ ގާނޫނީ ގޮތުން ހޮވިފަ އޮތް ސަރުކާރެއް ބާޣާވާތް ކޮށްގެން ވައްޓާލަން އުލޭ ބައެއްގެ ދިފާއުގަ ވާހަކަ ދައްކާނީވެސް ބާޣީން..

The name is already taken The name is available. Register?

♍⛎♓♌

18 July 2018

ކާނަލް ނާޒިމް ކޮންކަމެއްކޮއްގެން ތަ ޖަވާބް ދީބަލަ.

The name is already taken The name is available. Register?

އޮފިޝަލް

18 July 2018

ކަނޑައަޅާ އޮފިޝަލް އޯކޭވާނެތާ މުލިއާގެއިން ކެންޕޭނު އޮފީހުން ވޯޓުފޮށިކައިރީ ބައިތިއްބާ މީހުން ކަނޑައަޅާ އިލެކްޝަންސަށް ފޮނުވަނީ. ސަޅިއެންނު؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454