އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ނޫސްވެރިންގެ ބައްދަލުވުމެއްގައި: ފޮޓޯ ހިމަނަންޖެހޭނެ ކަމަށް ގަވާއިދުގައި ހިމެނުނީ އޮޅުމަކުން ކަމަށް ކޮމިޝަނުން ބުނޭ .---ފައިލް ފޮޓޯ: މިހާރު
24 ޖުލައި 2018 - 10:39
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަން ނުޖެހޭ ގޮތަށް ރިޔާސީ އިންތިހާބުގެ ގަވާއިދު އިސްލާހުކޮށް އިއްޔެ ގެޒެޓް ކޮށްފި އެވެ.
ރިޔާސީ އިންތިހާބާ ބެހޭ ގަވާއިދު އާދީއްތަ ދުވަހު ގެޒެޓް ކުރިއިރު އޭނާ އޮތީ އިންތިހާބީ މަރުކަޒުތަކުގައި ބަހައްޓާ ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ހިމަނަންޖެހޭނެ ކަމަށެވެ. ނަމަވެސް އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވެފައި ވަނީ ގަވާއިދުގައި އެގޮތަށް އޮތީ ގެޒެޓް ކުރުމުގެ ކުށަކުން ކަމަށެވެ.
އިސްލާހުކޮށް ގެޒެޓްކުރި ގަވައިދުގައި މިހާރު އޮތީ ވޯޓުލާ މީހުންގެ ލިސްޓުގައި ހިމަނަންޖެހޭނީ ފުރިހަމަ ނަމާއި ޖިންސާއި އަތޮޅާއި ރަށާއި އެޑްރެހާއި އުފަން ތާރީހާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ކަމަށެވެ.
މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ވޯޓުލާ މީހުންގެ ލިސްޓުގައި ފޮޓޯ ނުޖެހުމަށް ނިންމީ ލިބިފައިވާ ޝަކުވާތައް ގިނަކަމުން ކަމަށެވެ.
"ފޮޓޯ ނުޖެހުމަށް ގިނަ ބަޔަކު އެދުނު. އޭގެ ތެރޭގައި މޫނު ބުރުގާ އެޅި ގިނަ މީހުން ހިމެނޭ. އެ ކަންކަމަށް ބެލުމަށް ފަހު ނިންމީ ވޯޓާސް ލިސްޓުގައި ފޮޓޯ ނުޖަހަން،" އަކްރަމް ކުރިން ވިދާޅުވެފައިވެ އެވެ.
ސެޕްޓެމްބަރު، 23ގައި، ބާއްވާ ރިޔާސީ އިންތިހާބުގައި 263،000 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު 483 ވޯޓު ފޮށި ބަހައްޓާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބގބގގ
24 July 2018
ސުޕްރީމް ކޯޓުގެ އަމުރަކާ ޚިލާފުވުމަކީ ކޯޓު ހުރުމަތް ކެޑި ކަމުގެ ގޮތުން 6 މަހުގެ ޖަލު ހުކުމެއް އަންނާނެ ކަމެއް ކަން އިލެކްޝަން ކޮމިޝަނުގެ މެމްބަރަށް ހަނދުމަކޮށް އަރުވަން. ސު ކޯޓުން އޮތި ފޮޓޯ ޖަހަން އަންގާ އަމުރެއް ކޮށްފައި!
ހައްސާ222
24 July 2018
ފޮޓޯ ނުހިމެނިއަސް ވޯޓުން ވައްކަން ކުރަން ނޫޅެންޏާ އައިޑީ ކާޑު ނަމްބަރ ޖަހާބަލަ.
ހަސަން އަހްމަދު
24 July 2018
އައިޑީ ކާޑް ނަންބަރާ އުފަންދުވަހާ ހާމަކުރާ އިރު ފޮޓޯ ނުޖަހާންވީ ސަބަބެއް ނުވިސްނުނު، ބެންކް އޮފް މޯލްޑިވްސް އިން އެކަުންޓާ ކާޑުގެ މައުލޫމާތެއް ހޯދަން ފޯނުކޮއްލީމަވެސް އަހަނީ އައިޑި ކާޑް ނަންބަރާ އުފަން ތާރިޚް މިޔައްވުރެ ސިއްރުކުރަންވީ މައުލޫމާތެއް އެބަ އޮތް ތޯ؟ ގައުމުގަ މިހާރުގެ ހާލަޑތައް ބެއްލެވިއަސް.
ހަބޭސް222
24 July 2018
މި ސަރުކާރުން އިންތިޚާބު ނަަހަމަަގޮތުގަ ހޯދުނަށް ހިންގަމުން ގެންދާ ހުރިހާ ކަމެއް ވާނީ އުފެދުމުގައިވެސް ބާޠިލް އެއްޗަކަށް!
ނާގާބިލްބެ
24 July 2018
ތިޔަ ނާގާބިލް އީސީގެ ސަބަބުން ރައީސް ޔާމީނަށް އިންތިހާބް ގެއްލެމުން ދާތަން މިފެންނަނީ..
ބޭބެ
24 July 2018
ފުއާދު ތައުފީގު ދޯ ގެންނަންވީ!! އޭރުން ކަލޭ ހިތްހަމަޖެހޭނެ!! ފުއާދު ތައުފީގު އެތަނަށް ލައިގެން ކަލޭމެން ސަކަރާތްޖެހި އިރު އަހަރެމެން އެއްޗެކޭ ނުބުނަން!! އޭރު އޭނާ ކަންތައްތައް ކުރިގޮތަށް މިހާރުވެސް ކަންތައްތައް ދަނީ!! ނޫނީ އޭރުގެ ތަޖުރިބާއަށްބަލާފަ މާރަގަނޅަށް ގެންދަނީ!! ކެލޭމެން މައްސަލަ ނުޖައްސާ އެއްކަމެއްވެސް މިހާރަކު ނެތް!! ވޯޓާސް ލިސްޓުގައި މީހާގެ ފޮޓޯ ނުޖަހައިގެންވެސް ތެޅި ބާލަނީ!! އޭގައި އަހަރެންވެސް ބޭނުމެއްނޫން މަގޭ ފޮޓޯ ޖަހާކަށް!! މަގޭ ފޮޓޯ ފިޔަވާ މަގޭ ހުރިހާ މަޢުލޫމާތެއް އެލިސްޓްގައި ހުންނާނެކަމަށް ވަނީ!! އެއީ މަގޭ ފުރިހަމަ ނަމާ، ރާށާ، ދާއިމީ އެޑްރެހާ، ޢުމުރާ އަދި އައިޑީ ނަމްބަރު!!
އާދަން މި
24 July 2018
2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ފުރަތަމަ ބުރު ކެންސަލް ކުރުމަށްފަހު ސުޕުރިންކޯޓުން ގައިޑުލައިނެއް ނެރުނު އެގައިޑުލައިނާ އެއްގޮތަށް މިހާތަނަށް އިންތިޚާބުތައް ބާއްވަމުން އައިސްފަވަނީ. އެގައިޑުލައިންގައިވާ ކަމެއް ފޮޓޯޖެހުން.. ފޮޓޯނުޖެހުމަކީ ސުޕުރިންކޯޓުގެ ގައިޑުލައިން އާއި ޚިލާފުވުން. މިމައްސަލަ ކޯޓަށް ވައްދަންޖެހޭ. ރާއްޖޭގައި 1000 މީހުންވެސް މޫނު ބުރުގާ އަޅައިގެން ނޫޅޭ. އެމީހުންގެ ހައްގުތަށް ގެއްލޭނެމަ އެމީހުންގެ ފޮޓޯ ނުޖަހާ ދެންތިބި އެންމެންގެ ފޮޓޯ ޖަހަން ޖެހޭނެ. އިންތިޚާބު ބާއްވަންޖެހެނީ ޝައްކާއި ވަހުމު ނުވާގޮތަށް ދެފުށް ފެންނަ ގޮތަށް
ބާބޫ
24 July 2018
މިހާރު ތިވާގޮތުން އިންތިޚާބު ކާމިޔާބު ކުރިމީހާގެ ނަން އިޢުލާނުކޮށްފައި އެއްދުވަސް ފަހުން ބުނެފާނެ އެއީ އޮޅުމެކޭ ؟
މަރީ
24 July 2018
މިމީހުން ކިތަންމެވަރެއް ކުރިއަސް މާތްﷲގެ އިރާދަފުޅުން މިމީހުން ހަމަ ދާނީ ބަލިވަމުން. އެއްވެސް މީހަކު މާޔޫސްވާނެކަމެއް ނެތް، ހަމަ އީމާންތެރިކާމާއެކު މަސައްކަތް ކުރަމުންދޭ.
ބޭބެ
24 July 2018
ރަގަނޅު ނިންމުމެއް!! ކޮންމެހެން ފޮޓޯ ޖަހާކަށް ނުޖެހޭ!! މިހާރު އެހެރީ ފޮޓޯ ފިޔަވާ މީހާ އާއި ބެހޭ ހުރިހާ މަޢުލޫމާތެއް!! މިއީ ރީތި ހުތުރު ބަލަން އުޅެނީކީ ނޫން!! މިއުޅެނީ ވޯޓްލާން!! އެހެންވީމަ ވޯޓްލާންދާ މީހުންގެ ލިސްޓް "ވޯޓާސްލިސްޓް" ގައި ހުންނާނެ މީހާގެ ނަން، ރަށާއި ރަށުގެ އެޑްރެސް، ޢުމުރު، އައިޑީ ކާރޑް ނަމްބަރު!! މައްސަލަ ޖައްސާ މީހުން އެޖައްސަނީ ފޮޓޯ ބަލައިގެން ކޮންމެވެސް އެހެން ގަނޑެއް ގަންނަން ވެގެންކަމަށް ލަފާކުރެވެނީ!!
މަރޭމިތުރާ
24 July 2018
ސައްހަނުވާގޮތަކަށް ކަމެއްކޮއްފިއްޔާ ކުއްވެރިއަކަށްވާނީ! ހައްގު ނިގުޅަން އީސީންކުރި ކަންތައް ބަލަންވާނީ!
އައިސްތު
24 July 2018
މަރޭ ތިބުނީ ހެޔޮކޮށް.