ސީރިޔާގައި ބޯ ކަނޑާލައިގެން މަރައިލި ވ. މެޑެލިގޭ، އަހުމަދު ޒުބައިރު:
24 ޖުލައި 2018 - 13:37
ޖިހާދު ކުރުމުގެ ނަމުގައި ސީރިޔާ އަށް ގޮސް، ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅިގެން ހަނގުރާމަ ކުރަމުން ދިޔަ ދިވެއްސަކު، އެ ޖަމާއަތާ އިދިކޮޅު ތަހުރީރުއް ޝާމުން ހައްޔަރުކޮށް ބޯ ކަނޑައި މަރާލައިފި އެވެ.
"މިހާރު" އަށް އިތުބާރު ހުރި ގޮތަކަށް އެނގިފައިވާ ގޮތުގައި ބޯ ކަނޑައި މަރާލައިފައި ވަނީ ވ. މެޑެލްޖެހިގޭ، އަހުމަދު ޒުބައިރު (ޒުއްބަ) އެވެ.
ތަހުރީރުއް ޝާމް (އައް ނުސްރާ ފްރަންޓް) އިން ޒުބައިރު ހައްޔަރު ކޮށް ބޯ ކަނޑައިލުމުގައި، ތަހްރީރުއް ޝާމްއާ ގުޅިގެން ހަނގުރާމަ ކުރަމުންދާ ބައެއް ދިވެހީންގެ އަތެއް ވާ ކަމަށް ވެސް އިތުބާރު ހުރި ގޮތަކަށް ވަނީ އެނގިފަ އެވެ.
އައިސިސްގެ ހަނގުރާމަވެރިން ގަބޫލުކުރާ ގޮތުގައި ތަހުރީރުއް ޝާމްގެ ހަނގުރާމަވެރިންނަކީ ކާފަރުވެ މަގު ގެއްލިފައިވާ މީހުންނެވެ. އަދި ތަހުރީރުއް ޝާމްގެ މީހުން ގަބޫލުކުރާ ގޮތުގައި ކާފަރުވެ މަގު ގެއްލިފައިވާ ބަޔަކީ އައިސިސްގެ ހަނގުރާމަވެރިންނެވެ.
ޒުބައިރު މަރާލާފައި މި ވަނީ، މީގެ ކުރިން ވެސް ތަހުރީރުއް ޝާމް އިން އޭނާ ހައްޔަރުކޮށްގެން ދުވަސްތަކަކު ގެންގުޅުމަށް ފަހު ދޫކޮށްލާފައި ވަނިކޮށް، އަނެއްކާ ވެސް އައިއެސް ޖަމާއަތުގެ މީހުންނާ ގުޅިގެން ހަނގުރާމައިގައި އުޅެނިކޮށް ހައްޔަރު ކުރުމަށް ފަހުގަ އެވެ.
ޒުބައިރަކީ މާލޭގައި ކުރިން އުފެދުނު ދީނީ ހަރުކަށި ޖަމާއަތެއް ކަމަށްވާ "ޑޮޓް" އަށް ނިސްބަތްވި މީހެކެވެ.
ދީނީ ހަރުކަށި ޖަމާއަތްތަކުގެ މީހުންގެ އަމަލުތައް ދިރާސާކުރާ ތަޖުރިބާކާރަކު ބުނީ ސީރިޔާގައި ހަނގުރާމަ ކުރަމުން އަންނަ އައިސިސް އަދި ނުސްރާއާ ވެސް ދިވެހިން ގުޅެމުން އަންނަ ކަމަށާއި، އެ ދެ ޖަމާއަތުގައި އުޅޭ ދިވެހީންގެ މެދުގައި ވެސް މިހާރު ހަނގުރާމަކުރާ ކަމަށެވެ.
"މިހާރު މި ދެ ޖަމާއަތަށް ނިސްބަތްވާ ދިވެހިންގެ މެދުގައި ވެސް އަންނަނީ ހަނގުރާމަ ކުރަމުން. ޒުބައިރު މަރާލުމުގައި ވެސް ދިވެހިން ވަނީ ބައިވެރިވެފައި،" އޭނާ ބުންޏެވެ.
ދީނީ ހަރުކަށި ވިސްނުމުގެ އައިސިސް އާއި ތަހްރީރުއް ޝާމް ފަދަ ޖަމާއަތްތަކާ ގުޅިގެން ހަނގުރާމަ ކުރުމަށް ބޭރު ގައުމުތަކަށް ދާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
ސީރިޔާގެ ހަނގުރާމަ އަށް ދިޔަ ދިވެހިންގެ އަދަދު ގާތްގަނޑަކަށް ފަންސާހާ ގާތް ކުރާ ކަމަށް ސަރުކާރުން ބުނާއިރު ބައިނަލްއަގްވާމީ އޮބްޒާވަރުންނާއި ރާއްޖޭގެ އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަނީ ބޭރު ގައުމުތަކުގެ ހަނގުރާމައިގައި ބައިވެރިވާ ދިވެހިންގެ އަދަދު 250 އާ ގާތްކުރާނެ ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޭހު ބޮންދު ބޮނަކް
26 July 2018
ކެނެރީގޭ ނަޝީދު ވިދާޅުވީ ހަމަތެދެއް. މި ރާއްޖޭގައި ހައްދުފަހަނައެޅި ޓެރަރިސްޓުން ކަން ބޮޑުވި މިންވަރަށް އެބައުޅޭ. މިހާރު ނަޝީދު ދައްކާ ވާހަކަތަކުގައި ވަރަށް ބޮޑެތި ހަގީގަތް އެކުލެވޭ.
ހުސޭނު3
24 July 2018
ހައްހައްހާާާާާާާާާާާާާާާ!!! ހީހީ ހަމަ ހަލާކު!
ބުއްސު
24 July 2018
އަދިވެސް ތަނެއްއޮތިޔާދޭ. މިހާރުހުންނާނީ ރާކަނިމަސްކެވިފައި.
ނުސްރަތު ބިންތި ސަމީމް
24 July 2018
ޒުބޭރު އަށް ސުވަރޫގޭގެ މަތިވެރި ނިއުމަތް ދެއްއާފާންދޭއެވެ
މަންސޫރު
25 July 2018
ކީއްވެ؟
ާއަނދު
25 July 2018
ނުލިބޭނެ
ރިޔާޒު ރަސީދު
24 July 2018
ތީ ހުސް ދޮގު ތީ އެންޑީޕީން ފަތުރާ ވާހަކަ
ރަސީދު ރިޔާޒު
25 July 2018
އެހެންތަ ! އެހެން ވިއްޔާ ސަރުކާރުންވެސް އެބުނީ ދޮގެއްދޯ. އޭނާ ދިޔައީ ދެކުދިންނާ އަނބި މީހާވެސް ގޮވައިގެންނޭ ވެސް ބުނެފި ސަރުކާރުން. އެހެންވީމަ އެއޮތީ އެމްޑީޕީން ދޮގުވާހަކަ ނުފަތުރާ ކަމުގެ ހެކި ފެނިފަ. ދެން ރުމާލު ޖަގަހަ ދޮރުމަތީ ހުރެ ތަދުވާ ވަރަށް ބާރަށް އަތް ޖަހަގަ.
ުއުންމު
24 July 2018
ދަންނަ ކުދިންތަކެއްވީ ޖިހާދުގެ ނަމުގައި ފިލައިގެންގޮއްސަ. ެއެކުދިންގެ މައިން އުޅޭހާލު ފެނިފަ ހިތައް އަރާ މިކުދިން މައިންގެ ރުހުންނެތި ވަންންނީ ކޮން ސުވަރުގެއަކަށްބާވައޭ
މެދުމިން
25 July 2018
މެދުމިނުގެ ޒުވާނުން މަސްތުވެމީހުން ކަތިލަމުން މައިންބަފައިންގެމުދާ ވަގައްނަގަމުން މުޅި އުމުރު ޖަލުގަ ހޭދަކުރާއިރު އެކުދިންގެ މައިން ބަފައިން އުޅޭ ހާލުފެނިފަ ހިތައް އަރާ މިކުދިން ވަންނާނީ ކޮންތާކައްބާވައޭ.
އިނޫ
24 July 2018
ބޮޑު ބޮލުގަ ރިހުމެއް
ހަނޖސސ
25 July 2018
މިހާރަކު ނުރިއްސާނެ..
އާދަނު
24 July 2018
ދީނުގަ އަންގާފައޮންނަގޮތްތޯއެއީ.. ތަންތަނަށްގޮސް މުސްލިމުންނާ ހަގުރާމަކުރަން؟؟!!
ޣގގގ
24 July 2018
ދީނޭކިޔައިގެން ކުފުރުވެވޭއިރުވެސް ނޭނގޭ
ޔޔޔޔޔ
24 July 2018
މީ އެންޑީޕީ ސޮރެއް. އެއްބަޔަކު އަނެއްބަޔަކު ލާދީނީއޭ ގޮވަމުްނ ކަތިލަމުން ދުވަނީ ދޯ މިހާރު. ގައުމު ސަލާމަތްކުރަން ބޮޑު ފަޅި (ޕާޓީއަކަށް ނިސްބަތް ނުވާމީހުން) ނުކުމެ ބަލަ
ޔޔޔޔޔ
24 July 2018
ކޮން ޑިސްލައިކެއް ކުރާކަށް. އެންޑިޕީ އެއްވުން ތަކުން މީނަ ދެކުނިން.
ކާރިސާ
25 July 2018
ތި ދެމަފިރިންވެސް ކުރިން އެމްއެންޑީއެފް ގައުޅުން އެމްޑީޕީ ގަ ނޫޅޭނެ އެއްވެސް މުޒާހިރާއަކުންވެސް ނުފެންނާނެ 100% ގެރެންޓީ 3ކުދިން އާއިއެކު ރާއްޖެއިން ފުރީ 2017 ފެބުރުއަރީގަ
މަރީ
25 July 2018
ޑިސްލައިކް ވެސް ކުރަންވީނު.. ލައިކް ތަކުންވެސް ހާމަވޭ ކަލޭ ތިދައްކާ ވާހަކަ ހަމަނުޖެހޭ ކަން.. ކެކެކެކެ