ޚަބަރު / ސުޕްރީމް ކޯޓް

ގޮނޑިއާ ގުޅޭ ގޮތުން ފެބްރުއަރީ 1 ގައި ނިންމި ނިންމުން ބާތިލްކޮށްފި

ގޮނޑި ގެއްލުނު ކަމަށް އިލެކްޝަނުން ކަނޑައަޅާފައި ތިއްބެވި 12 މެމްބަރުން. - ފޮޓޯ: މިހާރު

25 ޖުލައި 2018 - 12:24

105 comments

ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު 12 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ނިންމި ނިންމުން އެ ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު އިއްވި ހުކުމުގައި ބުނެފައި ވަނީ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް، ފެބްރުއަރީ 1ގެ އަމުރުގައި ބުނެފައިވާ ބަޔާއި އެ 12 މެމްބަރުން ވެސް ބައިވެރިކޮށްގެން މަޖިލީހުގެ ޖަލްސާތައް ބާއްވަން ބުނެފައިވާ ބައި ވެސް ބާތިލު ކުރާ ކަމަށެވެ.

ސުޕްރީމް ކޯޓުން ފެބްރުއަރީ 1ގެ އަމުރު ނެރުނީ އޭރުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲގެ އިއްތިފާގުންނެވެ. އެކަމަކު، ފެބްރުއަރީ 5 ވަނަ ދުވަހުގެ ރޭ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމުން، އެ ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން، ފެބްރުއަރީ 1ގެ އަމުރުގެ ބައެއް ބައިތައް ބާތިލު ކުރި އެވެ. ނަމަވެސް، 12 މެމްބަރުންނާ ގުޅޭ ގޮތުން އޮތް ބައި، މިއަދާ ހަމައަށް ބާތިލެއް ނުކުރެ އެވެ.

މިއަދުގެ ހުކުމް ނެރުއްވީ އަލަށް އައްޔަންކުރެއްވި އުއްތަމަ ފަނޑިޔާރު ޑރ. އަހްމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދު އަދި އަލަށް އެ ކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީގެ އިއްތިފާގުންނެވެ. ހުކުމްގައި ބުނެފައި ވަނީ ފެބްރުއަރީ 1 ގެ އަމުރުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ގުޅޭ ގޮތުން އޮތް ބައި ބިނާކޮށްފައި ވަނީ "ސައްހަ އަސާސެއްގެ މައްޗަށް ނޫން" ކަމަށެވެ.

ފެބްރުއަރީ 1 ގެ އަމުރުގައި މެމްބަރުންނާ ގުޅޭ ގޮތުން ހުރި ބައިތައް ބާތިލު ކުރަން ހުށަހެޅީ ދައުލަތުންނެވެ. ދައުލަތުން ހުށަހެޅި މައްސަލައިގައި ފާހަގަކުރި ގޮތުގައި މެމްބަރުން ގޮނޑި ނުގެއްލޭ ކަމަށް އަމުރު ކުރުމާއި މެމްބަރުން ހުރިހާ ޖަލްސާއަކަށް ހާޒިރުވުމަށް އެންގުމަކީ ގާނޫނުއަސާސީއާ ހިލާފަށް ނިންމި ނިންމުމެކެވެ.

ދައުލަތުން މި މައްސަލައިގައި ބުނި ގޮތުގައި ފެބްރުއަރީ 1ގެ އަމުރަކީ ސުޕްރީމް ކޯޓުގެ ކުރީގެ ދެ ފަނޑިޔާރު، އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ނުބައި ނިޔަތެއް އޮވެ، ފަނޑިޔާރުންތަކަކަށް އޮޅުވާލައިގެން ނެރުނު އަމުރެކެވެ. އެކަމަކު، ހުކުމުގައި ބުނެފައިވަނީ އެ އަމުރު ނެރުމުގައި ފަނޑިޔާރުންގެ ނުބައި ނިޔަތެއް އޮތްތޯ ބަލަން ނުޖެހޭ ކަމަށާއި، ފަނޑިޔާރުކަމުގެ "އަހުލިއްޔަތުކަން" ގެއްލޭ ފަދަ އަމަލެއްކޮށްފި ނަމަ، ގާނޫނުތަކުގެ ދަށުން ފިޔަވަޅު އެޅޭނެ ކަމަށެވެ.

ސުޕްރީމް ކޯޓުން ފާހަގަކުރި ކަންކަމުގެ ތެރޭގައި، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މިދިޔަ އަހަރުގެ ޖުލައި 13 ވަނަ ދުވަހު ހުކުމެއް ކުރި އިރު، އެ ހުކުމްގައި އެންޓި ޑިފެކްޝަންގެ ގާނޫނެއް މަޖިލީހުން ހަދަން ލާޒިމްކޮށްފައިވެ އެވެ. އެކަމަކު، އެ ހުކުމް ކުރިތާ ހަ މަހާއި 20 ދުވަސްވީ އިރު، އެ ގާނޫނު ވުޖޫދަށް ނާންނަ ކަމަށް ހުކުމުގައިވެ އެވެ. އަދި ގާނޫނު ވުޖޫދުނުވެ، އެހާ ގިނަ މުއްދަތު ނެގީ ސަރުކާރާއި މަޖިލީހުން އެ ގޮތަށް އަމަލު ނުކުރުމުން ކަމަށް ބުނެފައިވެ އެވެ.

ފެބްރުއަރީ 1 ގެ އަމުރުގައިވާ ގޮތުން، ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ކުރި ހުކުމް ބާތިލު ކުރީ އެންޓި ޑިފެކްޝަން ގާނޫނެއް ނުހެދި އޮތް ކަމަށް ބުނެ އެވެ. އެކަމަކު، ސުޕްރީމް ކޯޓުގެ އަމުރު އައި ފަހުން، އެންޓި ޑިފެކްޝަން ގާނޫނު ވަނީ ފާސްކޮށްފަ އެވެ. އަދި މަޖިލީހުން ފާސްކުރީ ސައްހަ ގާނޫނެއް ކަމަށް ވެސް ސުޕްރީމް ކޯޓުން ވަނީ ނިންމައިފަ އެވެ.

ޕާޓީން ވަކިވާ ނުވަތަ ވަކިކުރާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ހެދި އުސޫލަކީ ރާއްޖޭގެ މަލްޓި ޕާޓީ ނިޒާމު ހަރުދަނާ ކުރުމަށް މުހިންމު އުސޫލެއް ކަމަށް ހުކުމްގައިވެ އެވެ. ހުކުމުގައިވާ ގޮތުން، އެ އުސޫލު ބާތިލު ކުރަން ފެބްރުއަރީ 1 ގައި ނިންމީ އެއްވެސް ސަބަބެއް އުނިވެގެން ނުވަތަ އަމުރު ބާތިލު ކުރަން ހުށަހަޅައިގެންނެއް ވެސް ނޫނެވެ.

މިއަދުގެ ހުކުމްގައި ވެސް ބުނެފައި ވަނީ އެންޓި ޑިފެކްޝަން ގާނޫނަކީ ކޮންމެހެން ފާސްކުރަން ޖެހޭ މުހިންމު ގާނޫނެއް ކަމަށެވެ. އަދި އެ ގާނޫނު އޮތުން ކޮންމެހެން ބޭނުންތެރި ކަން ހުކުމުގައި ފާހަގަކުރި އެވެ.

ހުކުމުގައި ފާހަގަކުރި އެހެން ނުކުތާއެއްގައި ބުނެފައިވާ ގޮތުގައި ފެބްރުއަރީ 1ގެ އަމުރުގައި 12 މެމްބަރުންނާ ބެހޭ ގޮތުން އޮތް ބައި ބާތިލު ކުރިޔަސް، އެ ބާރަ މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރެއްގެ ގޮނޑިއާ ގުޅޭ ގޮތުން ވަކިވަކިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅާފައިވެ އެވެ. އަދި އެ މައްސަލަތަކުގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލައިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

ހަތަރު މެމްބަރުންގެ އިތުރުން ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ އަނެއް އަށް މެމްބަރުންގެ މައްސަލަ ވަކިވަކިން ސުޕްރީމް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ވެސް މިއަދުގެ ހުކުމުގައި ވަނީ ފާހަގަކޮށްފަ އެވެ.

105 ކޮމެންޓް, 331 ރިއެކްޝަންސް

icon happy icon happy 20%
icon sad icon sad 2%
icon angry icon angry 79%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކަނބެނިބެ

25 July 2018

މިސަރުކާރަށް ކުރިއަށްއޮތް އިންތިހާބްގައި ތިޔަދާއިރަަތަކުން 50 އިން ސައްތަ ވޯޓްވެސް ގެއްލުނީކަމަށް ވެސް ދެންބަލާ!

The name is already taken The name is available. Register?

އެމްވީ ވެންޑޭޓަރ

25 July 2018

އިސްލާމީ ޤައުމެއްގައި ކިޔަވައިގެން ތިބި ބޮޑެތި ހޭ ޖެހޭ ފިރިހެނުން 2018 އަހަރު މިކަހަލަ އިންސާފަށް ހުރަސް އެޅޭ ޒާތުގެ އަރަތަކަށްވެސް ނުވާކަހަލަ ހުކުމް މިކުރަނީ ކީއްވެގެން ބާވައެވެ؟ އިންސާފަށް ހުކުމް ކުރުމަކީ އިސްލާމީ މުޖްތަމައުއެއްގެ ފުރަތަމަ އަސާސް. ދީނީ އިލްމުވެރިން ކީއްވެގެންބާ މިކަހަލަ ޒާތުގެ ވާހަކަތައް ކިޔާނުދެއްވަނީ. އަބަދުވެސް އުޅުއްވަނީ އަންހެނަކު ބުމަ ހަދައިގެން ، އަންހެނަކު ބާރު އެއްޗެހި ލާތީ އެކަމާ ބޮޑެތި ދަރުސްތައް ބާއްވާގެން. އިސްލާމީ މުޖްތަމައުގައި އަދުލު އިންސާފަށް ހުރަސްއެޅޭ ޒާތުގެ ހުރިހާ ކަމަކީ އެހެން ބޮޑެތި މުންކަރާތްތަކަށް ހުޅުވޭ ދޮރެއް.

The name is already taken The name is available. Register?

އިހްސާންތެރިޔާ

25 July 2018

ތިޔަ އެންޓި ޑިފެކްޝަން ޤާނޫނުގެ ސަބަބުން މުހައްމާގެ ގޮނޑި ގެއްލޭ ގޮތެއް ނުވިސްނުނު.

The name is already taken The name is available. Register?

ޚިޔާލް123

25 July 2018

މިއީ ގާނޫނައް ގެނައި ބަދަލް އެއްގެ ތެރެއިން ތިމާމެން ނުރުހުނީމައި ބޭރުކޮއްލެވުނު 12 މެންބަރުންނެވެ، މިދުވަސް އަދި މިގައުމުގައި އިޔާދަވާނެކަން ދަންނާށެވެ.

The name is already taken The name is available. Register?

އަލިފް ހ

25 July 2018

ގޮނޑި ގެއްލުމުން މައްސަލަ ހުށަހެޅި ފަރާތްތަކުގެ ޙުކުމް މިއައީ ސްޕްރީމް ކޯޓުން ކުރިން ކުރި ޙުކުމް ބާޠިލް ކުރުމުން. މާނަ ނަގާނެ މީހަކު ނަގާނެ ގޮތަކަށް ނަގަން ބާއްވާފަ! ދަޢުވާ ކުރާ ފަރާތުގެ ޙައްޤުތައް އޮތް ހިސާބެއްވެސް ނޭނގޭ! ވ ސަލާމް ދިވެހި ޤައުމު

The name is already taken The name is available. Register?

ވެދުން ސަލާން

25 July 2018

ކަޑަ ވާނެ.

The name is already taken The name is available. Register?

ގަންދީ ހުވައި

25 July 2018

މިފަދަ ވެރިކަމެއް ދަމަހައްޓާކަށް ވޯޓެއް ނުދޭނަމެވެ.

The name is already taken The name is available. Register?

ހަސަންކޮއި

25 July 2018

ގޮނޑިގެއްލިގެން މިއުޅެނީ އަނެއްކާ އިތުރުބަޔަކު ވަދެގޮނޑިތަކުގައި އިށީދެތިބީބާ

The name is already taken The name is available. Register?

ގަމާރުބެ

25 July 2018

ދެން އަޅެ އެހެންވީއިރު މި ނިމުނީ ކޮންގޮތަކަށްތަ؟ މި ޚަބަރުން އެޔެއް ނޭނގުނު ގަމާރުބެޔަކަށް.

The name is already taken The name is available. Register?

ސީދާ

25 July 2018

މިތާގައިވާ އެއްޗެއް އަދި ނުވާ އެއްޗަކީ ގޮނޑީގެ ހުކުމް!!!!!!!!!!!!!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454