މިނިސްޓަރު އަހުމަދު ޒުހޫރު:
02 އޯގަސްޓް 2016 - 13:24
އިކޮނޮމިކް އެންޑް ޔޫތު ކައުންސިލްގެ ޗެއާމަނަކަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އަދި ވައިސް ޗެއާއަކަށް ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީ ހަމަޖައްސަވައި، ސޯޝަލް ކައުންސިލް ނައިބު ރައީސްގެ ބެލުމުގެ ދަށުން ހިންގަވާ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސަވައިފި އެވެ.
އިކޮނޮމިކް އެންޑް ޔޫތު ކައުންސިލާއި ސޯޝަލް ކައުންސިލަށް އެ ބަދަލުތައް ގެނައިކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ ކުރެއްވި ޓްވީޓެއްގައިވަނީ ކަށަވަރުކޮށް ދެއްވައިފަ އެވެ.
ހޯމް މިނިސްޓަރަކަށް ހުންނަވަނިކޮށް ޒުހޫރު ރައީސް އޮފީހަށް ބަދަލުކުރީ އިއްޔެ އެވެ. އޭގެކުރިން ވެސް އޭނާ ވަނީ ހެލްތް މިނިސްޓަރު ކަމާއި ޔޫތް މިނިސްޓަރު ކަން ކުރަައްވައިފަ އެވެ.
ކުރިން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއާއަކަށް ހުންނެވީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބެވެ. އަދި ވައިސް ޗެއާއަކަށް ހުންނެވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މި ސަރުކާރު އައުމަށް ފަހު އެންމެ ފުރަތަމަ ސޯޝަލް ކައުންސިލް ހިންގަވަމުން ގެންދެވީ އޭރުގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލްގެ ބެއްލެލުވުމުގެ ދަށުންނެވެ. އެކަމަކު އޭނާ މަގާމުން ދުރުކުރުމާ އެކު އެ ކައުންސިލް ވެސް ރައީސްގެ ބެއްލެވުމުގެ ދަށަށް ގެންދެވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަރު ނުލާ މިނިސްޓަރު
03 August 2016
ކ ކުރާނީ މި ވަރުން ވެސް ގެންގުޅެން ޖެހޭ ވިއްޔާ. ދައުރު ނިމޭ އިރު ސަރުކާރުގަ އޮތިއްޔާ އޮތް މިނިސްޓަރު ކަމެއް ދޭން ވާނެ. މިއުޒިކަލް ޗެއާރ ކުޅުމުގެ ވައްތަރަކަށް ވެސް ވެދާނެ
އިބިރިހިން ތައްކާނު
03 August 2016
އެހެންތާ ވާނީ.
ހާދާލު
02 August 2016
ބޮޑިއެއް ނުދީ ސަލާމަތް ވާނެ ވަޒީރެއްބާ.....
މެންޓަލިސްޓް
02 August 2016
ބޯޓެއްގެ ކައްޕިއަކަށް އުޅެފައިހުރިމީހަކު ގައުމެއްގެ އިނޮނޮމިކް ކައުންސިލްގެ ރައީސްކަމަށް ލުމެކޭ ، ފައިވްސްޓާރ ރިސޯޓެއްގެ ބޮޑުކައްކާއެއް ހޮސްޕިޓަލްއެއްގެ ޗީފް ސާރޖަންއަކަށް ލުމެކޭ ކޮބާތޯ ތަފާތަކީ ، އަޅުގަނޑު ހިތަށްއަރާ ރައީސްޔާމިން ބޭރޫތް ޔުނިވަރސިޓީންކިޔެވީ ކޮންޗެއްބާވައޭ ؟؟ މިހެންމިބުނީ ކެބިނެޓްގައި މިނިސްޓަރެއް ހަރުލަނީކީނޫން ، ނާއިބްެރައީސްއެއް ހަރުލަނީކީނޫން ، ބަޑިގުދަނުގެ ދޮރުހުރީ ފޫވެއްޓިފައި އަދި ގައުމުގެ ތިޖޫރި ހުރީ ފޫގޮސްފައި ، ތ
އިބްރާހީމް
02 August 2016
މިކޮމެންޓް ކުރިފަރާތައް ބުނެލަންއޮތީ ވަރަށް މައުލޫމާތު ދަށޭ. ކުޑަކޮށްނަމަވެސް މައުލޫމާތު ސާފުކޮށްލާފަ ކޮމެންޓުކުރުން ރަނގަޅު ވާނެއޭ.
ޔޭސްމޭން
03 August 2016
ހުސް ރަގަލުހަބަރު ރަސްގެފާނުއަރިހައް ގެންނަ ބައަކު ރަސްގެފާނު ވަށައިގެން ބޭތިއްބުމަކީ' ހަގީގަތް އެނގިވަޑައިގަންނަވަން ބޭނުންފުލުނުވާކަމަުގެ ހެކި. ހިޓްލަރ އައް މިހެންދިމާވި.
ބެދޭމަޅި
02 August 2016
އިކޮނޮމިކް ކައުންސިލްގެ ޗެއާރ އަކީ ވިދާޅުވާގޮތަށް ކަންތައްކުރަން ޖެހޭމީހެއް. ވިދާޅުވެގެން ކުރާ ކަންތަކުގެ ޒިންމާ ނަގަންޖެހޭނީ އެކަން ކުރިމީހެއްކަން ހަނދާންކުރަންޖެހޭނެ. ރާއްޖޭގެ ހުރިހާތަނެއް ވިއްކާލަން ވިދާޅުވިޔަސް އެކަންޖެހޭނީ ކުރަން. ބެހެއްޓި ހިސާބެއްގަ ހުރުމަކީ އެއީ. ކުރިން ތިކަމާ ހަވާލްވެހުރި މީހާ އަށް ވީގޮތް ނުވާނެބާ.
ދދ
02 August 2016
ފަޅުވިއްކުމާއި ފަޅު ރަތްތަށް ވިއްކާ ހުސްކޮށްލަ 200 އަހަރަށް އޭރުން ލާރި ލިބޭނެ!
ޢަބްދުﷲނާފިޒު
02 August 2016
ކުރިން އިކޮނޮމިކް އެންޑް ޔޫތް ކައުންސިލްގެ ޗެއާއަކަށް ހުންނެވި ބޭފުޅާ މިހާރު ހުންނެވި ހިސާބު ޒުހޫރަށް އޮޅިވަޑައި ނުގަންނަވާނެކަމަށް ހީކުރަން، ރައީސްމީހާ ހުންނަން ބުނި ތަނެއްގަ އެބުނި ހިސާބެއްގަ އެހުންނަވަނީ، ރައީސްމީހާ ބުނި ތަނެއްގަ ހުންނަވާނެ ކަމަށް ޒުހޫރު ތިވަނީ މާކުރިން ބުނެ އަންގާ އިއުލާނުވެސް ކޮށްފަ، އެހެންވީމަ ވިސްނުންތެރި ކަމާއެކު ކަސްތޮޅު ނޭޅޭނެ ގޮތަކަށް އަމަލުތައް ބަހައްޓަވާނެ ކަމަށް އުއްމީދުކުރަން.
ހަމީދު
02 August 2016
އިކޮނޮމިކް ކައުންސިލްގެ ޗެއާ އަދި ވައިސް ޗެއާ، މިއީ ޤާނޫނު އަސާސީން ނުވަތަ ރައީސުލް ޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ މަގާމުތަކެއްނޫން އަދި ރައްޔިތުންގެ މަޖިލިހަށް ޖަވާބްދާރީވާންޖެހޭ ކައުންސިލެއްނޫން، މިތަނުންކުރާ ހުރިހައި ކަމެއް ބެލެވޭނީ ޤާނޫނާ ހިލާފަތް ކުރެވޭ ކަންކަމަށް
މަސްޢޫދު
02 August 2016
ޒުޙޫރު އަށް މަރުހަބާ؟ އުންމީދަކީ ރައްޔިތުންނަށް ތަރައްގީގެނެސްދޭން ވަރަށް ގަދަޔަށް މަސައްކަތް ކުރައްވާނެ ކަމަށް ސުކުރިއްޔާ
ކަރަމް
02 August 2016
ޒުހޫރު ހަބޭސް ....ކުޅަދާނަ އިނގޭ..ހަބޭސް....ކުޅަދާނަ ...ޒުހޫރޫ..............
ޢަލީ
02 August 2016
މަރުހަބާ! ޒުހޫރު ޒުހޫރުގެ ހުރި ގާބިލުކަމާއި އުފެއްދުންތެރިކަން ފެނިގެންދާނެ ކަމަށް އުއްމީކުރަން .