މެމްބަރު ނިޒާރު މަޖިލީހުގައި ވާހަކަ ދައްކަަވަނީ: އޭނާ ރޭ ވަނީ ފުލުހަށް ހާޒިރުކޮށްފައި.-- ފައިލް ފޮޓޯ: މަޖިލިސް
03 އޯގަސްޓް 2016 - 09:39
ފުލުހުންނަށް ހަމަލާ ދޭން ގޮވާލާ ކުރި ޓުވީޓަކާ ގުޅޭ މައްސަލައެއް ބެލުމަށް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރު އަލީ ނިޒާރުގެ ފޯނު ފުލުހުން ރޭ ހިފަހައްޓައިފި އެވެ.
ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު ނިޒާރުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ހިފެހެއްޓީ ރޭ 9:30 ގައި ފުލުހުންގެ މައި މަރުކަޒަށް އޭނާ ހާޒިރުކުރުމަށް ފަހު އެވެ.
ކްރިމިނަލް ކޯޓުގެ ވަގުތީ އިސް ގާޒީ އަބްދުލް ބާރީ ޔޫސުފް ނެރުއްވި ކޯޓު އަމުރުގައިވާ ގޮތުން ނިޒާރުގެ ފޯނު ހިފެހެއްޓީ ގާނޫނު ތަންފީޒު ކުރާ ފުލުހުންގެ މަސައްކަތަށް ހުރަސް އަޅައި ދަތިކޮށް، ފުލުހުންނަށް ހަމަލާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ސޯޝަލް މީޑިއާގައި ޓުވީޓެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ހެއްކާއި ގަރީނާ ހޯދުމަށެވެ.
ނިޒާރުގެ ފޯނު ކޯލުތަކާއި މެސެޖުތަކުގެ ތަފްސީލު ހޯދަން އޭނާގެ ފޯނު ތިން މަސްދުވަސް ވަންދެން ފުލުހުންގެ ބެލުމުގެ ދަށުގައި ބޭއްވުމުގެ ހުއްދަ ކޯޓުން ވަނީ ދީފަ އެވެ.
މި މައްސަލައާ ގުޅޭ ގޮތުން ފުލުހުންނާއި ނިޒާރުގެ ބަހެއް ވެސް އަދި ނުލިބެ އެވެ.
Akh @DhekunuNizar @PoliceMv ah haaziruvanee #HappeningNow @MDPSecretariat pic.twitter.com/ZzRW9uL1mh
— Free LucasJalyl (@RukumaA) August 2, 2016
މެމްބަރު ނިޒާރު ރޭ ފުލުހަށް ހާޒިރު ކުރިއިރު އޭނާއާ އެކު އެމްޑީޕީގެ އިސް ބޭފުޅުން ފުލުސް އޮފީހުގެ ބޭރުގައި.
ކުރެއްވި ޓުވީޓަކާ ގުޅިގެން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސޭނާއި އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުލް ލަތީފު ވެސް ވަނީ ފުލުހަށް ހާޒިރުކޮށް، ސުވާލުކޮށްފަ އެވެ. އޭގެ ތެރެއިން އަލީ ހުސެންގެ ފޯނު އަތުލުމަށް ފަހު މިހާރު ވަނީ އަނބުރާ ދީފަ އެވެ.
މީގެ އިތުރުން، ފުލުހުންނާއި ސިފައިންނާ މެދު ނަފުރަތު އުފައްދައި ހަމަނުޖެހުން އުފައްދަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާ އެކްޓިވިސްޓެއް ކަމަށްވާ ޝަމްއޫން ޖަލީލް (ލޫކަސް ޖަލީލް) ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އިދިކޮޅު އިއްތިހާދުން ގާއިމްކޮށްފައިވާ ހައިރާތު ފަންޑާ ގުޅޭ މައުލޫމާތެއް ސާފުކުރަން ކަމަށް ބުނެ އެ އިއްތިހާދުގެ ހިޔަނި ކެބިނެޓުގެ ތިން ވަޒީރަކު ވެސް ފުލުހަށް ހާޒިރުކޮށްފައިވެ އެވެ.
ކުރި ޓުވީޓުތަކަކާ ގުޅިގެން އިދިކޮޅު ގިނަ ފަރާތްތަކެއްގެ މައްސަލަތައް ބަލަމުން އަންނައިރު، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ އަބުރު ރައްކާތެރިކުރުމުގެ ބިލުގައި ސޯޝަލް މީޑިއާ ވެސް ވަނީ ހިމަނާފަ އެވެ. އެ ބިލުގައި އަބުރާ ބެހެވޭ ފަދަ އެއްޗެއް ޝާއިއުކުރުމުގެ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އޭގެ ތެރޭގައި އޮންލައިން ނޫސްތަކުގެ އިތުރަށް ވެބްސައިޓުތަކާއި ބްލޮގުތަކާއި ސޯޝަލް މީޑިއާ ވެސް ހިމެނެ އެވެ. އެހެންވެ، މީހަކު އެ މީހެއްގެ އަމިއްލަ ފޭސްބުކް ނުވަތަ ޓުވިޓާގައި ޖަހާ އެއްޗަކުން ކުށްވެރިވެ، ޖިނާއީ ދައުވާއަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު އެބައޮތެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ްއައިއެފް
03 August 2016
މި ސަރުކާރުން ނުބެހޭ ކަމެއް މިހާރު ނޯވޭ. އާނމު އުނގުލަކަށް ވެއްޖެ. ކޮންކަމެއް ވެފައިބާވޭ ފުލުހުންނަށް މިހުރީ. މިއޮތީވާ ސަރުކާރެއް ގެނެސްފައި.
އަލީ
03 August 2016
އޭނަކުރި ޓްވީޓްތައް އެހެރީ ހާމައަށް ފެންނަން. ކުށަކަށްވާކަލަ އެއްޗެއް ލިޔެފައިވާނަމަ ޕީޖީއަށް ފޮނުވައިގެން ދައުވާކުރޭ. ފޯނުއަތުުލަންޖެހޭ އެއްވެސް ސަބަބެއްނެތް. އޭނާގެ އާއިލާއާއި ރައްޓެހިންނާއި ފޯނުގައިފޮރުވާފައިހުންނަ ފޮޓޯތަކަކީ ފުލުހުން ބަލަންޖެހޭ އެއްޗެއްނޫން. ބޮންހެދިމީހާ އަދިވެސް ހުރީ ސަރުކާރުގެ ހިމާޔަތުގަ ދޫކޮށްފައެއްނު؟ ފުލުހުންގެ މުއައްސަސާގެ ހާލަތު މީގެންވެސް އެނގޭ
މާލީ
03 August 2016
ފޯނުނުހޯދާ ރާއްޖެއިން ޓުވިޓާ އަދި އެހެން ސޯށަލް މީޑިޔާ ބޭންކުރަންވީނު.. އޭރުންވާނެ މިތަން ތިބުނާ ލިޓްލް ސިނގިންގްޕޫރަށް
ދޮން އާމިރު
03 August 2016
ހަމަ ބިރުން.
އިބިރިހިން ތައްކާނު
03 August 2016
ހިތާމަކުރަންޖެހޭ ކަމެއް. ބަސްމަގު ހަޑިވުމާއި ގޮތެއް ފޮތެއް ނެތި އަނެކުނާއި މުހާތަބުކުރުން މިއީ ރާްޖޭގައި އާންމުވަމުން އަންނަ އަދި ޒުވާނުންގެ މެދުގައި ވަރަށް "ހިޓް" ކަމަކަށް އަންނަނީި ވަމުން. ބައެއްފަހަރު ހީވޭ މިއީހެން އެންމެ ހިގާ ކެމްޕެއިނަކީވެސް. ހައުދަހައި ދެރައޭ.
ޓަކަނަ
03 August 2016
އެއް އިރެއްގައި ދިވެހިންނަކީ ރަސްކަލުންނާއި ވެރިންގެ އަޅުންނަށް ވިޔަސް މިއިކީ އެޒަމާނެއްނޫން، ބަހާ ސަގާފަތާ ޒަމާނާއި އެއްވަރަށް ކުރިއަރުވާ މައިގަނޑު ބަޔަކީ ޒުވާނުން، ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގައުމެއްގެ ކުރި އެރުމަށް އެންމެ މުހިންމު އެއްކަންތައް، ހަގީގަތެއް ކޮންމެ ބަހުރުވަ އަކުން ބުނިކަމަށް ވިޔަސް ހަމަ ވާނީ ހަގީގަތަށް، ގުރޯ އަ ތިކް ސްކިން މަޗާ
އިބިރިހިން ތައްކާނު
03 August 2016
ތިޔާވާނީ ދެންނެވިފަދަ ޒުވާނަކަށް
އަލީ
03 August 2016
މިއީ ދެން މީހަކު ބިރު ގަތަސް ބޮޑު ވަރެއް. ކޮށްލާ ޓުވީޓަކުން ވެރިކަން ގެއްލިދާނެތީ ނުވެސް ނިދެނީ އުތަ؟
ނިމުން
03 August 2016
ވެރިކަން ނިމުމުގެ ކޮޅުމަތި މިހާރު މިފެންނަނީ. ޙުދުމުޚުތާރު ވެރީން ނިމޭގޮތް ތާރީޚު ކިޔާލީމާ ފެންނާނެ.
ފޫހި
03 August 2016
ތިންމަހޭ؟ ހާދަ މަދު ދުވަސްކޮޅެއް.
ގަރީބު
03 August 2016
ކޮންމެ މީހަކުވެސް 2 ފޯނު ގެންގުޅެންވީ.. ކޯޓު އަމުރު ގެނައީމަ ހަވާލު ކުރާނީ 2 ވަނަ ފޯނު.. ** ލައިކް އަ ބޮސް **
އއ
03 August 2016
ގުޑް އައިޑިއާ
ބޭޑޭ
03 August 2016
ކަލޭ ހީކުރީ މަ ލަނީ ފުއްޕި ޖިންސް ކަމަށްތަ ، ދެ ފޯނު ގެންގުޅެން. ސީދާ ފޯނެއް ގަނެލާނީ....
އަހުމަދު
03 August 2016
ފޯން ހިފަހައްޓަނީ ވެރިކަން ވައްޓާލަން ކަމެއް ރާވަނީ ތޯ ބަލަން ކަމަށް ވެދާނެއެވެ.