ރައީސް އޮފީހުގެ ތަރުޖަމާނު މުއާޒް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ
07 އޯގަސްޓް 2018 - 14:28
މީގެ ހަތަރު އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ، އަހްމަދު ރިލްވާން މަރުވެފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވި ނަމަވެސް އެއީ މަނިކުފާނު ރިލްވާންގެ މަރު ސާބިތު ކުރެއްވުން ނޫން ކަމަށް، ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު މިއަދު ވިދާޅުވެއްޖެ އެވެ.
ގދ. މަޑަވެލީގައި ވާހަކަ ދައްކަވަމުން، ރިލްވާން މަރުވެފައިވާ ކަމަށް ރައީސް ވިދާޅުވި އިރު، ރިލްވާން މަރުވެފައިވާ ކަން ސަރުކާރުގެ ރަސްމީ ފަރާތަކުން ކުރިން ބުނެފައެއް ނުވެ އެވެ.
"މިނިވަން ނޫހުގެ ނޫސްވެރިއަކަށް އުޅޭ ރިލްވާން، މިހާރު ވަނީ ނިޔާވެފައި، ޝައްކެއް ވެސް ނެތް. ވަރަށް ހިތާމަވެރި ކަމެއް،" ޖަލްސާގައި ރައީސް ވިދާޅުވި އެވެ.
"Gdh Madaveleegai Raeesuljimhooriyyaa dhekkevi vaahakafulhugai, Raees Rilwan ge maru saabithu kurevvee eh noon. Raees ge vaahakafulhu amaazu kurevvee Kureege Naibu Raees Adheeb, Raeesuljumhooriyyaa aai Cabinet aa gulhivaigen hedhi bodu dhogehge macchah..
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) August 7, 2018
1/2
އެކަމަކު ރައީސްގެ އެ ވާހަކަފުޅު ތަރުޖަމާކޮށްދެއްވަމުން މުއާޒު ވިދާޅުވީ އެ މަނިކުފާނުގެ ވާހަކަފުޅު އަމާޒު ކުރެއްވީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު، ރައީސް ޔާމީނާއި ކެބިނެޓާ ގުޅުވައިގެން ހެދި ބޮޑު ދޮގެއްގެ މައްޗަށް ކަމަށެވެ.
އަދި "ޝައްކެއް ނެތް ކަމަށް" ވިދާޅުވުމުން ދޭހަވަނީ ރިލްވާނަށް ވީގޮތާމެދު އެންމެން ހިތާމަ ކުރުން ކަމަށް ވެސް މުއާޒް ވިދާޅުވި އެވެ.
"އެއީ އާއްމުކޮށް ރައީސް ވާހަކަ ދައްކަވާއިރު ބޭނުން ކުރައްވާ ބަސްފުޅެއް. އަދީބު ހެއްދެވި ދޮގާ ގުޅިގެން އެ މަނިކުފާނަށް އެހެން ވިދާޅުވެވުނީ،" އޭނާ ވިދާޅުވި އެވެ.
... "Shakkeh neiy" kamah vidhaalhuvy, Rilwan ah veegothaamedhu alugandumen emmen hithaama kuraa vaahaka" -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV) August 7, 2018
2/2
ރައީސް މިއަދު އެ ވާހަކަ ދެއްކެވީ، ރިލްވާންގެ އާއިލާ އަށް އިންސާފު ހޯދައި ދެއްވަން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވެ، އަދީބުގެ ފަރާތްޕުޅުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވަ އެވެ.
"[އަދީބު ވިދާޅުވި] ..ރިލްވާންގެ މައްސަލަ ކެބިނެޓުގެ ފެންވަރުގައި ތިމަންނަމެން އެކަން ހޯދަން ދަނިކޮށް ރައީސް ޔާމީނޭ ހުއްޓުވާލީ. [ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނަށް އިޝާރާތް ކުރައްވައި] މި ތިއްބެވީ ކެބިނެޓުގެ ތިއްބެވި ވަޒީރުން އޭރު ވެސް. އަޅުގަނޑު ދަންނަވާލާނީ މިކަހަލަ ބުހުތާނު ދޮގު، ބޮޑެތި ހުކުމް އައިސްފައި ތިބި މުޖުރިމުން ދެއްކީމަ، އެ ވާހަކަތައް ނޫސްތަކުގައި ކެރީ ކުރީމަ އަޅުގަނޑު ހިތާމަކުރަން،" ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި މީހަކު މަރުވެގެން އުޅުމަކީ ދައުލަތަށް ބޮޑުވާނެ ކަމެކެވެ. ރިލްވާން ހޯދަން ކެބިނެޓުގެ ފެންވަރުގައި މަސައްކަތް ކުރެއްވި ކަމަށް އަދީބު ވިދާޅުވި ވާހަކަ ތަކުރާރުކޮށް ދޮގުކުރައްވައި ރައީސް ވިދާޅުވީ "ނޫން، ކެބިނެޓުގެ ފެންވަރުގައި މަސައްކަތެއް ނުކުރާނެ" ކަމަށެވެ.
ރިލްވާން ހޯދުމުގެ މަސައްކަތުގެ ތަހުގީގަކީ، ރައީސް ވިދާޅުވި ގޮތުގައި، ފެށުނީއްސުރެން ވެސް ފުލުހުން ހިންގާ ތަހުގީގެކެވެ. މިހާރު ވެސް އެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރިލްވާން ހޯދުމުގެ މަސައްކަތުގެ ތަހުގީގަކީ، ރައީސް ވިދާޅުވި ގޮތުގައި، ފެށުނީއްސުރެން ވެސް ފުލުހުން ހިންގާ ތަހުގީގެކެވެ. މިހާރު ވެސް އެ ތަހުގީގު ފުލުހުން ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"[އަފްރާޝީމްގެ މަރުގެ މައްސަލަ އަޅުގަނޑުމެންނަށް ބެލެންޖެހޭ. ރިލްވާންގެ މަރުގެ މައްސަލަ ބަލަން ޖެހޭ. ދެންވެސް ތިބި މީހުންގެ މަރުގެ މައްސަލަ ބެލެންޖެހޭ. ކިހިނެއްތޯ ކެބިނެޓުގެ ފެންވަރުގައި މިކަން ކުރާނީ. ކެބިނެޓުން ކޮމެޓީއެއް މިކަމަށް ނަގައިގެން ނުކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރިލްވާންގެ މައްސަލައިގައި ފުލުހުންގެ އިދާރާ އިން ޖަވާބުދާރީވާނެ ކަމަށެވެ. އެއީ، ކެބިނެޓުން ބަލާ މައްސަލައެއް ނޫން ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގުނބޯ
07 August 2018
އަހަރެމެންނަކީ ދިވެހިންނެތްނޫންދޯ ދިވެހިބަހުން ދަށްކާ ވާހަކަ އެހެން ދިވެއްސަކު ދިވެހިބަހުން ތަރުޖާކޮށްދޭން! ތިޔައީ ވަކި ދިވެއްސަށް މާ އަރާހުންނެވި ބޭފުޅެއްތަ! ޝާއިރުވިދާޅުވިބަހުގެ މާނަ ބަނޑުފުޅުން ނެރުތީތޯ! ލަދު!
ކިޔުންތެރިއެއް
07 August 2018
މޮޔަނުގޮވާ ވާހަކަ އެއޮތީ ބުނެ ރެކޯޑުކުރެވިފާ
މަވާސަހަރޯ
07 August 2018
މަނިކްފާނުގެ ބޭބޭފުޅުވަނީ ދިވެހިބަހުން ލިޔަންކިޔަން އެނގޭވަރަށް މިގައުމުގެ 98% ރައްޔިތުންނަށް އަސާސީ ތައުލީމުފޯރުކޮށްދެއްވާފައި. އެހެންވީމާ މިހާރު ތަރުޖަމާނެއްބޭނުމެއްނޫން.
falaku ain
07 August 2018
މިމީހުން ކައިޜި ސްޕީޗް ލިޔަން ދަންނަ މީހަކު ހުރެގެން ނޫންތޯ އެކަން ކުރެވޭނީވެސް. އަނެއްކާ ބޮޑު އިކޮނޮމިސްޓެއްވީމާ އެހެން މީހަކު ލިޔެދޭ އެއްޗެއްވެސް ކަމު ނުދާނެ ނޫންތޯ؟ މީ މުޢާޒުމެން ރާވައިގެން ކުޅޭ ގޭމެއްނޫންތަ؟ ތަރުޖަމާނޭ މިކިޔާ މީހަކީވެސް އަލަށް ދިވެހި ދަސްކުރަން އުޅޭ ކުޑަކުއްޖެއް ވިއްޔާ. އޭނައަށް ކިޔޭ އެއްޗެއް ގިނަފަހަރަށް 3 ވަނަ ފަރާތަކުން ތަރުޖަމާ ކުރަން ޖެހޭ އަސްލު މިބާވަތުގެ ތަރުޖަމާ އަކީ ކޮންއެއްޗެއްކަން ނޭގެނީވެސް ތޯއްޗެއް. މީކީ ބިދޭސީ ޑޮކްޓަރަކަށް ދިވެހި ބަލިމީހަކު ދައްކަން ދިޔައީމާ ތަރުޖަމާކުރާ ގޮތަށް ކުރާ ތަރުޖަމާއަކަށްވީބާ؟
އެޅަބެއްޔާ
07 August 2018
މިވަރުގެ މީހަކު ޤަވްމެއް ގެ ވެރިކަމުއަދި ވެސް ބަހައްޓަން ކިޔާ ތީ ހަމަ ކޮސް ވެއްޖެ
ސާފު
07 August 2018
މީހެއްގެ މަރާމެދު ދެބަސްވުން އުފެދިއްޖެނަމަ އެކަމެއް ފާޅު ކުރައްވާނެ ކަމައް ވަނީ އަންގަވާފަ.
ޢަލިދީދީއައްޑޫސިޓީ
07 August 2018
އަޅުގަނޑުމެނަށް ދިވެހި މާދަރީ ބަހުން މީސްމީހުން ދައްކާ ވާހަކަ ވަރަށް ރަނގަޅަށް ފަހުމުވޭ. އެވަރަށް މިތިބީ ކިޔަވައިގެން. އަސާސީ ތަޢްލީމު ރާއްޖޭގެ ރައްޔިތުންނަށް ސަރުކާރުން މީގެ އަހަރުތަކެއް ކުރީން ވަނީ ދީފައި. އެހެންވެ ލިޔަންކިޔަން ދަންނަ މިންވަރު 98 އިން ސައްތައަށްވުރެ ވެސް މަތީގަ މިގައުމު އޮތީ. ޗައިނާބަހުން ވާހަކަފުޅު ދެއްކެވިނަމަތާ ތަރުޖަމާނުގެ އެހީ ބޭނުންވާނީ. ސްޕީޗްތައް ލިއުއްވާފަ ދެއްވާ އޭރުން މިހެން ނުވާނެ!
އަށްޑޫ މީހާ
07 August 2018
ރައީސް ޕޯޑިއަމްތަކުގައި ދައްކާ ވާހަކަ މިޖެހެނީ ތަރުޖަމާނު އަނެއްކާވެސް ތަރުޖަމާ ކޮށްދޭން. މަ ހީހީ. ޖަރީމާ ރަ......ސް
ހުއްޓޭބެ
07 August 2018
އެކަމަކު މުއާޒު މިހާރު ދެން ތިޔަ ސާބިތުކޮށްދެއްވީ އެއީ ތެދުފުޅެއްކަމެވެ.
ޢަބްދުﷲނާފިޒް
07 August 2018
ދެން "މާއެނގޭ" ތިމޭރުމުން ތިވާހަކަ ދެއްކީމަ ދޮގު ހެދީ އަދީބުކަމެއް ރ ޔާމީނު ކަމެއް ސާފެއް ނުވޭ، ތީ ހަމަ އެއްވަރުގެ ދެމީހުން، ދެމީހުންގެ ރޭވުމުން ކޮށްފަ ނުކުރަނީ ކޮންކަމެއްކަންވެސް ރައްޔިތުންނަށް ނޭގެ.