ޚަބަރު / ރައީސް އަބްދުﷲ ޔާމީން

ވެރިކަމުގެ "ކޭކު ފަޅިކުރަން" ގާނޫނެއް ބޭނުންވަނީ ލީޑަރުންގެ މެދުގައި އިތުބާރު ނެތުމުން: ރައީސް ޔާމީން

ރައީސް ޔާމީން މިއަދު ދިޔަމިގިއްޔަށް ވަޑައިގެން އެ ރަށުގެ މީހުންނާ ސަލާމް ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު ޕާޓީތަކުގެ ވެރިކަމެއް ގާއިމްކުރުމަކީ "ކޭކު ފޮއްޗެއް ފެޅުން" ކަމަށް ސިފަ ކުރައްވައި، އެ ކޭކު ފޮތި ފަޅަން ގާނޫނެއް ބޭނުން ވަނީ އިއްތިހާދުވެގެން އުޅޭ ލީޑަރުންގެ މެދުގައި އިތުބާރެއް ނެތުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތ. ދިގަމިގިލީގައި ވިދާޅުވެއްޖެ އެވެ.

މި މަހު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީން ބަލިކުރަން، އިއްތިހާދުވެފައި ވަނީ، އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ތާއީދު ކުރާ މީހުންނެވެ. މި ކޯލިޝަނަކީ، މިހާރު ވެސް ޚިޔާލު ތަފާތުވުން ބޮޑު، އެއް ބަޔަކު އަނެއް ބަޔަކަށް އިތުބާރު ނެތް، ހިތުގައި ހަސަދަވެރިކަން އޮތް ބައެއް ކަމަށް ވިދާޅުވެ، މި ހާލަތުގައި ތިބެ ރައްޔިތުންނަށް ވެރިކަމެއް ހިންގާނީ ކިހިނެއްތޯ ރައީސް ސުވާލު ކުރެއްވި އެވެ.

"ކޭކު ފޮއްޗެއް ލިބިއްޖެއްޔާ ބައި އަޅާނެ ގޮތެއް ކިޔައި ދެވިދާނެ، ކޭކު ފޮތި ލިބެންދެން. އެކަމަކު ކޭކު ފޮތި ލިބުނީމަ ބައި އަޅާ ގޮތް، ކިހާވަރަކަށްތޯ ކޭކު ފޮތި ފަޅާ މީހާ ދަހިވެތި ވަނީ، އެއީ މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިފައިވާ ކަންކަން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ދިޔަމިގިއްޔަށް ރައީސް ޔާމީން މިއަދު ވަޑައިގަތް އިރު، މަރުހަބާ ދަންނަވަން ނުކުމެ ތިބި އެ ރަށުގެ ރައްޔިތުންތަކެއް.---ފޮޓޯ/ރައީސް އޮފީސް

ދިޔަމިގިލީގައި ނަރުދަމާގެ ނިޒާމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައި ދެއްވުމަށް ފަހު ރައީސް ޔާމީން ވިދާޅުވީ ތަފާތު ފިކުރުތަކުގެ، އަމިއްލަ މަސްލަހަތަށް އުޅޭ ބަޔަކު ވެރިކަން ލިބިއްޖެ ނަމަ ތަރައްގީގެ މަޝްރޫއުތަކެއް ނުހިންގޭނެ ކަމަށެވެ. ވެރިކަން ލިބުމުގެ ކުރިން، މިވެނި ބަޔަކަށް ކޭކުގެ މިވެނި ޕަސެންޓޭޖެއް ކަމަށް ބުނެ ރައްޔިތުން ހިތްހަމަޖައްސާލަން ވާހަކަ ދެއްކި ނަމަވެސް މާޒީގައި ކަން ހިނގާފައި އޮތް ވެސް ރައްޔިތުންނަށް އެނގޭ ކަމަށް ވިދާޅުވި އެވެ.

ދެ ހާސް އަށެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތީ ބޮޑު ކޯލިޝަނަކުން ކަން ފާހަގަކުރައްވައި، އެ ވެރިކަމުގެ ހޯމް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ތިން ހަފުތާ ތެރޭގައި މަގާމުން އިސްތިއުފާ ދެއްވައި ދުރަށް ވަޑައިގަތީ ކީއްވެތޯ ރައީސް ޔާމީން ސުވާލު ކުރެއްވި އެވެ. އެ ފަހަރު ވެރިކަމަށް ވަޑައިގަތުމަށް ފެޅި ކޭކު ފޮތީގެ ރަހަ ކަރުތެރޭގައި ހަރުލި ނަމަ ވެރިކަމަށް ތިން ހަފުތާގެ ތެރޭގައި ގާސިމް ދުރަށް ވަޑައިނުގަންނަވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

"އެހެންވީމަ މިއަދު، [ކޯލިޝަން ސަރުކާރެއްގެ] އެ ވާހަކަ ދެއްކީމަ އެ ބޭފުޅުން އުޅޭ ހާލަތާ މެދު ހަމްދަރުދީވޭ. ގައިމު ކޭކު ފޮތީގެ ބައި އެޅުން ހަމަޖެހިގެން ނުދާނެތީވެ ދެއްތޯ އެ ބޭބޭފުޅުންގެ ދައްކާ ވާހަކަތަކުގެ ތެރޭގައި ކޯލިޝަން ހިންގުން ރެގިއުލޭޓް ކުރާ ވާހަކަ ދައްކަވަނީ،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން މިއަދު ހެނދުނު ދިޔަމިގިއްޔަށް ވަޑައިގަތުމުން، ގުރައިދޫ ދާއިރާގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކު މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ކޭކު ފޮތި ލިބުނީމަ ބައި އަޅާ ގޮތް. ކިހާވަރަކަށްތޯ ކޭކު ފޮތި ފަޅާ މީހާ ދަހިވެތި ވަނީ، އެއީ މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިފައިވާ ކަންކަން. --ރައީސް

އެ މަނިކުފާނު އެ އިޝާރާތް ކުރެއްވީ ކޯލިޝަން ސަރުކާރަކަށް ގާނޫނީ ހައިސިއްޔަތު ހޯދައިދޭން މަސައްކަތް ކުރައްވާނެ ކަމަށް އިދިކޮޅު ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓު، އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ދައްކަވާ ވާހަކަ އަށެވެ.

"މިއީ، އިތުބާރު އޮތް ހިސާބު. ގާނޫނަކުން މިކަން ނިންމާ ހިސާބަށް ދިޔައީމަ އޭގެ މާނައަކީ އަނގަަބަހުން ދެ ލީޑަރުންގެ ތެރޭގައި އެއްބަސްވާ އެއްބަސްވުމުގައި އެއްވެސް ކަހަލަ އިހްތިރާމެއް ނޯންނާނެ ވާހަކަ. އަދި އެގްރީމެންޓެއް ލިއެފައި ސޮއި ކުރިއަސް އެއްވެސް ކަހަލަ ބަލާލުމެއް ނޯންނާނެ ކަން،" ރައީސް ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރެއް ހިންގަވަން އިބޫ ވަޑައިގަންނަވަނީ އެންމެ 18 މަސް ދުވަހަށް ކަމަށާއި އެ މުއްދަތުގައި ރައްޔިތުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

53 ކޮމެންޓް, 86 ރިއެކްޝަންސް

icon happy icon happy 28%
icon sad icon sad 0%
icon angry icon angry 72%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަފަރު

15 August 2018

ބަލަ މަނިކުފާނު ކޭކުއަޅާ ނިމުނީމަ ބޭނުންވީ ހުރިހާ ބައިވެރިން އެކަހެރިކޮށްފަ ކޭކު އެކަނި ކާލަން ،އެގޮތައް އުޅެންހަދައިގެން މިއަދު ތިވަނީ މުޅިން އެކަނިވެރިވެފަ، ޝިޔާމް ބެވެސް އެހުރީ ރުޅިގަދަވެފަ، އެހެންވީމަ ކޭކު ބަހަން ނޭނގުނީ ކާކަށްކަން ސާފުވެއްޖެ ދެއްތޯ

The name is already taken The name is available. Register?

އާދަނު

15 August 2018

ތިކަން އެންމެރަގަޅަށްއެގޭނީ އަދީބު އަށް ކޭކު ލަވައިދިންމީހުނަށް.

The name is already taken The name is available. Register?

‫އަސް

15 August 2018

‫ކޭކެއް ފޮތި ކުރަން ނޭންގި ގެން އިދިކޮޅުން އުޅޭ އިރު ކޮން ވެރިކަމެއް ކުރެވޭނީ. ދެން ވެސް ހުންނަވާނީ ރައީސް ޔާމީން

The name is already taken The name is available. Register?

ފޮނިޓައްޕު ހަސަނު

15 August 2018

ކޭކު ފެޅުމުގެ ބައިވެރިވާނެ އެއްވެސް މީހަކު ނުލިބުނީމަ ތިޔަދައްކަނީ ހިޔަޅު ބުނިކަހަލަ ވާހަކައެއް.ހިޔަޅުވެސް ބުނީ މޭބިސްކަދުރު ކޯނި އުޅެެއުޅެ ނުބިދެވުނީމަ އޭގަ ލާނީ ހުތް ރަހައޯ. މީހާގެ އިންސާނިއްޔަތުކަމުގެ ކަންފުޅެއްވެސް ނެތީމަ ވާނީ ހަމަތިހެން. މިހާރު ތިޖެހުނީ ގިނިކަޏާ ނިކުންނަވަން. މިރާއްޖޭގެ ރައްޔިތުން މިތިބޭ ޔާމީނަށް އިތުރު ރިޔާސީ ދައުރެއް ދޭގޮތަކަށް ނޫން. އަވަހަށް ފޮށިތަންމަތި ތައްޔާރުކުރޭ.

The name is already taken The name is available. Register?

ހަސީނާ

15 August 2018

ތިޔަކަން ތިދަނީ އަމަލީގޮތުން ދައްކަމުން ނޫންތޯ. ވެރިކަމަށް ގެނައި އެއްބަފާ ބޭބެއަށް ޖެއްސި ހާލު މިހިރީ ފެންނަން. އެހެންވީމާ ލޭގެ ގުޅުމެއް ނެތް ތަފާތު ފިކުރުގެ ބަޔަކު ކޯލިޝަނަށް ގާނޫނީ ހައިސިއްޔަތު ހޯދައިދިނުން ކޮބާ މައްސަލައަކީ؟

The name is already taken The name is available. Register?

ަަބޫސް

15 August 2018

މިގައުމުގަ ދެންވެސް ވެރިކަން ކުރެވޭނީ ރައީސް ޔާމީން ނަށް އިދިކޮޅުން އެފަޅަން އުޅޭ ކޭކު ދެނެށް މިގައުމުގަ ނުފެޅޭނެ ރައީސް ޔާމީން 2018

The name is already taken The name is available. Register?

Boava

15 August 2018

ވެރިކަމުގެ ކޭކަކީ ކިހާ މީރު ކިހާއަސަރުގަދައެއްޗެއްކަން އެންމެ ރަނގަޅަށް އެގިލައްވާނެ އެކަކު މަނިކުފާނުތީ. ކޯލީޝަނެއްގެ ތެރެއިން ކޭކުއަތަށް އެރީމާ އެއަށް ދަހިވެތިވިވަރާއި އެބަހަންނުކެރިގެން އެއަށް ހެދިގޮތްވެސް އެގިލައްވާނީ މަނިކުފާނަށް. ކޭކު ހޯދަން މަސައްކަތް ކުރިކުދިންނަށް ދިނ ދޯކާވެސް އެނގިލައްވާނީ މަނިކުފާނަށް. އެހެން މީހުންނަށް ކިޔާދީ ވިސްނާދެވޭތޯ މަސައްކަތް ކުރޭ.

The name is already taken The name is available. Register?

ވާނުވާ....

15 August 2018

2013 ގަވެސް ކޭކު ބަހާނަމޭ ކިޔާފަ ކޭކު އެއްކޮށް ކާލީ ދެން ތުއްތުދޮންބެ ޖަލައްވެސްލާ ލިމިފަ މީވާ ގަޓް ހުރި ބޭފުޅެއް

The name is already taken The name is available. Register?

ހުސްނާތު

15 August 2018

ރައީސް ޔާމީން ވާހަކަ ފުޅުދައްކަވަނީ ކަންކަން ހިގާފައިވާގޮތަށް އަދި ހިގާނެ ގޮތަށް ކޯލިޝަނުގެ މާގާމުތައްމީހާރުވެސް ބަހާނިމިއްޖެ ހަމައެއާއެކު ހިތްހަމަ ނުޖެހުން އިތުރުވެއްޖެ މިކަން މިހާރުވެސް ހިގަން ފަށައިފި ޔާމީނު ހަގީގަތަށް ވާހަކަ ދައްކާތީ ބަޔަކު ހިތްހަަމަ ނުޖެހުނަސް ހަގީ ގަތްވާނީ ހަމަ ހަގީގަތަށް މިގައުމަށް ބޭނުމީ ޔާމީނު ކަލަ ކެރޭ ވެރިޔެއް އެއީ ހަމަ ޔަގީން ކަމެއް

The name is already taken The name is available. Register?

‫އަސްތާ

15 August 2018

‫އިދިކޮޅު މީހުން ކޭކު ފޮތި ކުރެވިފައި އޮތީ މަހާނަމަތީ ބަރަވެލި ދުވާކަހަލަ ގޮތަކައް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454