ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ (މ) ރޭ ފުލުސް އޮފީހަށް ވެންނެވުމުގެ ކުރިން ފުލުސް އޮފީސް ކުރިމަތީގައި --މިހާރު ފޮޓޯ:
04 އޯގަސްޓް 2016 - 09:58
އެމްޑީޕީ ޕާލަމެންޓް ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ރޭ ފުލުސް އޮފީހަށް ހާޒިރުކުރީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ އަހަރު ގޭބަންދަށް ބަދަލުކުރަން ކަރެކްޝަނަލް ސާވިސް އިން ދިން ލިޔުމާ ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ނަޝީދު މިދިޔަ އަހަރުގެ ޖުލައި މަހު ގެއަށް ބަދަލުކުރި އެވެ. އެމަނިކުފާނު ގެއަށް ބަދަލުކުރީ ޖަލު ހުކުމުގެ ބާކީ ބައި ގޭބަންދަށް ބަދަލުކުރި ކަމަށް ބުނެ ކަރެކްޝަނަލް ސާވިސް އިން ލިއުމެއް ދިނުމަށް ފަހު ކަމަށް، ނަޝީދުގެ އާއިލާ އާއި އެމްޑީޕީން ބުނެ އެވެ.
ނަމަވެސް ސަރުކާރުން ބުނެފައި ވަނީ އެކަހަލަ ލިޔުމެއް ނުދޭ ކަމަށެވެ. އެހެންވެ އެ ލިއުމުގެ ސައްހަކަން ބަލަައިދޭން އެމްޑީޕީން އޮތީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.
ބޭސްފަރުވާ އަށް މިދިޔަ ޖެނުއަރީ މަހު އިނގިރޭސިވިލާތަށް ވަޑައިގެންނެވުމަށް ފަހު ނަޝީދު ވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވައިފަ އެވެ.
ގާތްގަނޑަކަށް ތިން ގަޑިއިރު ވަންދެން ފުލުސް އޮފީހުގައި ހުންނެވުމަށް ފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އިބޫ ވިދާޅުވީ އަހަރަކަށް ފަހު އެ މައްސަލަ ފުލުހުން ބަލަން ފެށުމުން އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެމްޑީޕީން ހުށަހެޅި އެ މައްސަލައާ ބެހޭ ގޮތުން މިދިއަ ދުވަސްތަކުގައި އެއްވެސް މީހަކާ ސުވާލު ވެސް ކޮށްފައެއް ނުވެ އެވެ.
"މި މައްސަލާގައި ޝާމިލްވާ ވަރަށް ގިނަ ބޭފުޅުން އެބަ ތިއްބެވި. އޭގެ ތެރެއިން ރައީސް ޔާމީންގެ ވާހަކަ އެބަ އާދޭ. އެކަމަކު މިހާތަނަށް އައި އިރު ވެސް ރައީސް ޔާމީނާ މިކަމާ ގުޅޭ ގޮތުން އެއްވެސް ވަރަކަށް ތަހުގީގެއް ނުވަަތަ ސުވާލެއް ނުކުރޭ،" އިބޫ ވިދާޅުވި އެވެ.
"މިކަން ފެށިގެން އައި ގޮތާއި އަނބުރާ ގެންދިއުމާ ހަމައަށް ކަންތައްތައް ވީ ގޮތް ސާފުކުރަން [އަޅުގަނޑު] މި ހާޒިރުކުރުވީ."
ރޭ 9:30 ހާއިރު އިބޫ ފުލުސް އޮފީހަށް ހާޒިރުކުރިއިރު އެމްޑީޕީގެ ގިނަ ސަޕޯޓަރުންތަކެއް އެ ސަރަހައްދަށް އެއްވި އެވެ. އެކަމަކު ފުލުހުން ވަނީ އެތާ ތިބި މީހުން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް ދުރަށް ޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޭލާ
04 August 2016
އަދީބަށް އިތުރު ހުކުމެެއް ނެރެން ތައްޔާރު ވަނީއެވެ. މާކަނާ ކަލޯ ފިލާއިދެ ހެނީތާ ..........؟؟؟؟ އެންމެ ފަހުން މާކަނާ ކަލޯއަށް ވީގޮތްވެސް ސާފެވެ. ރާބުޅަ މަސްނޫނީ ނުކަން އިންދައެވެ.
ކޮށްބަލަ
04 August 2016
އިބޫ ވެސް ޕޮލިހަށް ހާޒިރު ކުރަންވީ ކޮންމެ ދުވަަހަކު 3 ފަހަރު. ކޮންމެ ފަހަރަކު ކުޑަ ކުޑަ ސުވާލެއް ކޮށްފައި ދޫކޮށްލާނީ. އެގޮތަށް ތިން މަސްދުވަސް ވަން ދެން އެކްސަސައިޒް ތަކެއް ހެދީމާ ހުންނާނީ އަލާ ފިލާފައެވެ.
ވާނުވާ
04 August 2016
ތިކަހަލަ ރައްޔިތުންނަށް ޖެއްސުންކުރާ ވިސްނުން ގެންގުޅޭތީ މައްސަލައަކީ. ރައްޔިތުންނަށް އަނިޔާކޮށް އުނދަގުލާތުރާީގެން އަލާފިލުވަންތަ މިސަރުކާރުން ވިސްނަނީ
ނަޝީދު
04 August 2016
މިސަރުކާރުގެ ތާއީދު ކުޑަކޮށްވެސް ދަށެއް ނުވޭ.ތާއީދު ދަނީ އިތުރުވަމުން
ބަލަގަ
04 August 2016
ނަޝީދު! ތިޔަ ހުންނެވީ ހިނދުކޮޅުގަތޯ؟ މިސަރުކާރަށް އޮތް ތާއީދު ކުޑަކޮށްވެސް ދަށެއް ނުވެޔޭ! ރަށު ތެރެއަށް ނިކުމެ، މީހުން ދައްކާ ވާހަކަތައް އަޅު އަޑުއަހާލަބަލަ! ހިތްވަރު އެބަހުރިބާ ގެކޮޅުން ނިކުމެ އެކަން ކުރަން؟
އިބުނު ޢަލީ
04 August 2016
ކަރެކްޝަން ސިޓީގެ މައްސަލަ އެއީ ބަހަނާއެއް. ސަރުކާރުގެ ތާއީދު ދަށްވެ އެތެރެއިންނާއި ބޭރުން އަންނަ ޕްރެޝަރު ބޮޑުވާތީ އިދިކޮޅު ފަރާތްތަކަށް ބިރުދައްކަން ހިންގާ ކަމެއް. ފަހަރަކު މީހަކު ހާޒިރުކުރަނީ. ކަރެކްޝަންގެ ސިޓީގެ ހަގީގަތެއް ސަރުކާރުން ހާމައެއް ނުކުރާނެ. އެންމެފަހުން އެވެސް އަދީބުގެކަމަކަށް ހަދާފަ އަދީބުގެހުކުމުގެ ލިސްޓަށް އަހަރެއްވަރު އިތުރުކޮށްލާފަ ނިންމާލާނެ.