ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (މިނިސްޓަރު)

ތިނަދޫ އިސްލާމީ މަރުކަޒުގައި ސިޔާސީ ހަރަކާތެއް ނުހިންގަން: ޑރ. ޝަހީމް

ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ޑރ. ޝަހީމް ވާހަކަ ދައްކަވަނީ.

ގދ. ތިނަދޫގައި އިމާރާތްކޮށްފައިވާ އިސްލާމީ މަރުކަޒަކީ އަދި މިސްކިތަކަށް ނުވެ ހުރި ތަނެއް ކަމަށާއި އެކަމަކު ވެސް އެތަނުގައި ސިޔާސީ ހަރަކާތެއް ނުހިންގަވާ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ރަމިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް ޝަހީމް އިއްޔެ ތިނަދު އަށް ވަޑައިގެން، އެ ރަށުގައި އިމާރާތް ކޮށްފައިވާ އިސްލާމީ މަރުކަޒުގެ ހަރިންމަ ތެރޭގައި ޕީޕީއެމްގެ ދެ ޖިންސުގެ ސަޕޯޓަރުންނާ އެކު ފޮޓޯ ނެންގެވި މައްސަލަށް ވަރަށް ބޮޑަށް ހޫނުވެ، އިދިކޮޅު ފަރާތްތަކާއި ބައެއް ދީނީ އިލްމުވެރިންގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

ތިނަދޫ ދެކުނު ދާއިރާގައި މިރޭ ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި، އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝަހީމް ވިދާޅުވީ، އެފަދަ ގޮތަކަށް ބަޔަކު ވާހަކަ ދެއްކީ ތިނަދޫ އިސްލާމީ މަރުކަޒު މުޅި ދުނިޔެ އަށް ދައްކައިލެވުމުން އެކަން ބަޔަކަށް ހަޖަމު ނުވެގެން ކަމަށެވެ.

"އެ މީހުން ބުނަމުން ދިޔައީ އަހަރެމެން މިސްކިތެއްގެ ހުރުމަތް ކަނޑާލައިފިއޭ. އަޅުގަނޑު ދަންނަވާނީ އެއީ އަދި މިސްކިތަކަށް ނުވެ ހުރި ތަނެކޭ. އަޅުގަނޑުމެން އަދި އެތާ އެތެރެއަކަށް ވެސް ނުވަންނަމުއޭ. އަޅުގަނޑުމެން ފޮޓޯއެއް ނެގީ އެތާނގެ ބޭރުގެ ސިޑި މަތީގައޭ،" ޝަހީމް ވިދާޅުވި އެވެ.

"އެތަނުގެ އެތެރެއަކަށް އަޅުގަނޑުމެންގެ މީހުންނެއް ނުވަދޭ. އެއީ އަދި އިމާރާތް ކުރެވެމުންދާ ތަނެއް. އެއީ އަދި ނިމިފައި ހުރި ތަނެއް ނޫން. އެއީ ކޮންސްޓްރަކްޝަން ސައިޓެއް."

ދީނީ އިލްމުވެރިޔާ ޝަހީމް ވިދާޅުވީ، ތިނަދޫ އިސްލާމީ މަރުކަޒަށް އިއްޔެ އެތައް ބަޔަކު ޒިޔާރަތް ކުރި ކަމަށާއި އެތަނަށް ދިޔައީ ކެމްޕޭން ހަރަކާތެއް ހިންގަން ނޫން ކަމަށެވެ.

ޝަހީމް ތިނަދޫގެ ސަޕޯޓަރުންނާ އެކު އެ ރަށުގެ އިސްލާމީ މަރުކަޒުގެ ސިޑި މަތީގައި.

"އެތަނުގައި ތިބީ މި ރަށުގެ ރައްޔިތުން. އެ މީހުންގެ ރަށުގައި ހުރި ބިނާއެއްގެ ކައިރީގައި ފޮޓޯއެއް ނެގުމަކީ އެ މީހުންނަށް ލިބިގެންވާ ހައްގެއް. އެކަމަކު، ހަގީގަތުގައި ވީ ގޮތަކީ އެ ބޮޑު ހައިބަތު ލިބިގެންވީ އިސްލާމީ ބިނާ ދުށުމަށް އެ މީހުން [އިދިކޮޅު ފަރާތްތަކުގެ] ގެ ހިތްތައް ނުކުޅެދުނީ." ޝަހީމް ވިދާޅުވި އެވެ.

"އެ ފޮޓޯ އެ މީހުންނަށް ހަޖަމު ނުކުރެވުނީ."

ޝަހީމް ވިދާޅުވިގޮތުގައި، އިސްލާމީ ކޮންމެ މުއައްސަސާއެއްގެ ހުރުމަތް ދަމަހައްޓަން ވާނެ އެވެ. އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ދުވަހަކު ވެސް އިސްލާމީ ޝިއާރެއްގެ ހުރުމަތް ވެސް ކަނޑައިނުލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ތުހުމަތު ކުރެވޭ އެހެން ބަޔަކު ރާއްޖޭގެ ވެރިކަމަށް އަތުވެއްޖެ ނަމަ މިފަދަ އިސްލާމީ މަރުކަޒެއް ގާއިމު ކުރެވިގެނެއް ނުދާނެ. އެއީ އެ މީހުން ސަޕޯޓް ކުރާ ތަންތަނެއް ނޫން މި ކަހަލަ ތަންތަނަކީ،" އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި ޝަހީމް ވިދާޅުވި އެވެ.

ސިޔާސީ ގޮތުން އޭނާ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ، ރައީސް ޔާމީން ރިޔާސީ ދެވަނަ ދައުރަކަށް ހޮވަން މަސައްކަތް ކުރަނީ އިސްލާމް ދީނާއި ދިވެހި ގައުމަށްޓަކައި ކަމަށެވެ. އަދި ވިދާޅުވީ، 2013 ގައި ރައީސް ޔާމީން ވެރިކަމަށް ވަޑައިގަތީ ރާއްޖެ ވަރަށް އުނދަގޫ ހާލަތެއްގައި ވަނިކޮށް ކަމަށެވެ.

"...އިގުތިސާދީ ގޮތުން ގޮންޖެހުންތައް ކުރިމަތި ވެފައި އޮތް. ދިވެހި ރާއްޖެ އަށް އިޖުތިމާއީ ގޮތުން ގޮންޖެހުންތައް ކުރިމަތި ވެފައި އޮތް. ރާއްޖޭގެ ސިއްހީ ދާއިރާ އަށް ވެސް ވަރަށް ގިނަ ގޮންޖެހުންތައް ކުރިމަތި ވެފައި އޮތް،" ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޝަހީމް ވިދާޅުވި އެވެ.

"އެހެން ނަމަވެސް މި ކަންކަމުގެ ކުރިމަތީގައި ސާބިތުކަމާ އެކު މަސައްކަތް ކުރައްވައި އެ ކަންކަމުން ރާއްޖެ ސަލާމަތްކޮށް، އަލުން އަނބުރައި ހަމަ މަގަށް އަޅުއްވައި، ރާއްޖޭގައި [ރައީސް ޔާމީން] އަމާންކަން ގާއިމް ކުރެއްވި."

ޝަހީމް ވިދާޅުވި ގޮތުގައި، ރައީސް ޔާމީންގެ މިފަދަ މަސައްކަތްތައް ރައްޔިތުން ބަލައި ގަނެ، މިއީ އެކަންކަމާ ދޭތެރޭ ފުންކޮށް ވިސްނަންވީ ވަގުތެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޑޮލަރު ލިބުމުގެ ދަތިކަން ނައްތައިލުމާއި ޒުވާނުންނާއި އަންހެނުންގެ ކުރިއެރުމާއި ތަރައްގީ އަށް ވެސް ރައީސް ޔާމީން ވަނީ ވަރަށް ގިނަ ފުރުސަތުތައް ފަހިކޮށް ދެއްވައިފަ އެވެ.

ޝަހީމް ވިދާޅުވީ، މިކަންކަން މިހެން ހުރުމާ އެކު، ރާއްޖޭގައި މިހާރު އޮތް ތަރައްގީގެ ހާލަތާއި އުމުރާނީ ގޮތުން ލިބުނު ކުރިއެރުންތައް ކުރިއަށް ގެންދަން ރައީސް ޔާމީން ދެވަނަ ދައުރަކަށް އިންތިޚާބު ކުރަން އަޒުމް ކަނޑައަޅަން ޖެހޭ ކަމަށެވެ.

"އެ މަނިކުފާން ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންފި ނަމަ އެކަމުގެ ހުރިހާ ކާމިޔާބީއެއް، ފައިދާއެއް އޮތީ ރާއްޖެ އަށް. ދިވެހިންގެ މަސްލަހަލަތު އެކަމުގެ ކާމީޔާބީ އަކީ. ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑުމެންނަށް ފެނިގެން ދާނީ 25 ބުރީގެ އެންމެ އިމާރާތެއް ނޫން. އިރާދަކުރެއްވިއްޔާ ފެނިގެން ދާނީ 25 ބުރީގެ އެތައް ޓަވަރުތަކެއް،" ޝަހީމް ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޯހިޔާވަހި ކަމުގެ އެތައް މަޝްރޫއުތަކެއް. ފެންނަމުން ދާނީ އެންމެ އިންޓަނޭޝަނަލް އެއާޕޯޓެއް ނޫން. ކިތަންމެ އިންޓަނޭޝަނަލް އެއާޕޯޓެއް ފެންނާނެ މި ދިވެހިރާއްޖޭން."

73 ކޮމެންޓް, 258 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 1%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢ ހާ

19 August 2018

ބޮޑު ޖަމާޢަތުގަ ހުކުރު ކުރެއްވީ ދޮތަ؟

The name is already taken The name is available. Register?

ޖަހޯބަރާ

18 August 2018

ދެން ކީއްތޯ ކުރީ؟ ބޮޑު މާލޫދު ކިއުއްވީތޯ؟

The name is already taken The name is available. Register?

އަމީސާ

18 August 2018

ޝަހީމް ދެންބުނޭ ތިމަންނަ ކައިރީގަ މިސްކިތް ދާލަ މަތީގައި އިށީދެގެން ތިބީ އަދި އަންހެންކުދިން ނަށްނުވާ އަންހެންކުދިންނޭ.

The name is already taken The name is available. Register?

މުދިންު

18 August 2018

އަންހެނުންނާ ފިރިހެނުން މިސްކިތެއްގެ ކުރިމަތީ ބަރިބަރިޔަށް ޕީޕީއެމް ކުލައ ލައިގެން ތިބެ ނަގާ ފޮޓޯއެއް ސިޔާސީ ކަމަކަށް ނުވާނެ.

The name is already taken The name is available. Register?

މަންޒަރު

18 August 2018

އީސްލާމްދީނޭ ކީޔާއީރު އަހަރެން އަޑުއެއީން މީސަރުކާރުން މާލޭގެ އީސްލާމީމަރުކަޒު ތަޅާލަން ނީންމާފައީވަ ވާހަކަ.. އެއީ ސައުދީގެ ބޮޑު މީސްކީތް ނީމުނީމަ.. އެކަމަކު މީއީ އަހަރެމެން ދީވެހީރައްޔީތުން އެއްގޮތަކައްވެސް ރުހޭނެ ކަމެއް ނޫން..

The name is already taken The name is available. Register?

މަންސޫ

18 August 2018

ކުއްވެރީވ ބޭޒާރުވީމަ ބަހަނާ ނުދައްކާ މައާފައް އެދުނުނަމަ މާ ރަނގަޅުވީސް..

The name is already taken The name is available. Register?

ޒަމީރު

18 August 2018

ތިގޮތައް ކުލަބޮކި ދިއްލާފަ އޫރިދޫ ޖަހާފަ މިސްކިތުގަ ފޮޓޯ ނެގޭތަ، ފުކެއް ބޮޑުވަރު ތީ

The name is already taken The name is available. Register?

ދީދީ

18 August 2018

މިވަރުން ދަންޏާ ރައީން ޔާމިން ގެ ދެވެނަ ދައުރަކައް ހޮވުމުގެ ހުވަފެން ދާނީ ޗޮކުން ކަންނޭގެ، ކެންޕޭނައް ދީނީ ކުލަވަރު ގެންނަ ވަން ގެނައި ޝޭހް ޝަހީމް މުޅިންވެސް ހި ހައްދަވަނީ ފީކަޅާ ކަންކަން.

The name is already taken The name is available. Register?

ސަކީނާ

18 August 2018

ޝަހީމު މިހިރަގެން ބޭގަރާރުވަނީ...

The name is already taken The name is available. Register?

އަހްމަދު

18 August 2018

ޝެއިޚުންނަށް ނުފެނޭތީ އިބޫ އުޅޭގޮތް ހަމަޔާއި އިންސާފުން ވާހަކަ ދައްކަވާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454