27 އޯގަސްޓް 2018 - 14:43
ރާއްޖޭގައި ބޭނުންކުރުމަށް އިންޑިއާ އިން ގެނެސްފައި އޮތް ދެ ހެލިކޮޕްޓަރު އިތުރު މުއްދަތަކަށް ރާއްޖޭގައި ބޭއްވިދާނެ ކަމުގެ އުންމީދު އެބަ އޮތް ކަމަށް އިންޑިއާގެ ނޫސްތަކުގައި މިއަދު ބުނެފި އެވެ.
އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ބުނެފައި ވަނީ، ދެ ހެލިކޮޕްޓަރާއި އެ އުޅަނދުތައް އޮޕަރޭޓް ކުރުމަށް އިންޑިއާ އިން ފޮނުވާފައި ތިބި 48 ސިފައިންނަށް ވެސް ރާއްޖޭގައި ތިބެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
ހެލިކޮޕްޓަރުތަކަށް ހަދާނެ ގޮތަކާ މެދު ދެ ގައުމުން އަންނަނީ މަޝްވަރާ ކުރަމުން ކަމަށާއި، މިހާރު އެ މަޝްވަރާތައް ދަނީ "ވަރަށް ރަނގަޅަށް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބާއްވާ މުއްދަތު "ދެތިން މަހަށް" ވުރެ އިތުރު ވެސް ވެދާނެ ކަމަށް އިންޑިއާގެ އޮފިޝަލް ވިދާޅުވި އެވެ.
ހެލިކޮޕްޓަރުގެ އަނބުރާ ފޮނުވާލުމުގެ މައްސަލައާ ގުޅިގެން އިންޑިއާއިން ދިވެހި ސަރުކާރާ މަޝްވަރާ ކުރަމުންދާ ކަމަށް ބުނި ނަމަވެސް ދިވެހި ސަރުކާރުން މިކަމާ ބެހޭ ރަސްމީ ބަހެއް އަދި ނުބުނެ އެވެ.
ރާއްޖެއިން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އަހުމަދު މުހަންމަދު މި މަހު ކުރީކޮޅު ރޮއިޓާސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައި ވަނީ އެ ހެލިކޮޕްޓަރުތައް ރާއްޖެއިން ފޮނުވާލަން ބޭނުންވަނީ މިހާރު އޭގެ ބޭނުން ކެނޑިފައި ވާތީ ކަމަށެވެ. އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބޭނުން ކުރަމުން އައީ ބަލި މީހުން އުފުލަން އެކަނި ކަމަށާއި، އެކަމަކު އެކަން އަމިއްލަ އަށް ކުރެވޭ ވަރަށް ރާއްޖޭގައި މިހާރު ވަސީލަތްތައް ހުރި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
އެ ހެލިކޮޕްޓަރުތައް ރާއްޖޭގައި ބާއްވަން ބޭނުންނުވާ ކަމަށާއި، ދިވެހި ސަރުކާރުން ބޭނުން ވަނީ ވީހާ ވެސް އަވަހަކަށް އެ ހެލިކޮޕްޓަރުތައް ފޮނުވާލަން ކަމަށް ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާ އިން ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. އައްޑޫ ގަން އެއާޕޯޓުގައި އެއް ހެލިކޮޕްޓަރު އޮތް އިރު، އޭޕްރީލް، 2011 ގައި ގެނައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި ބާއްވައިގެންނެވެ. އެ ހެލިކޮޕްޓަރު ބާއްވަން އިންޑިއާ ސަރުކާރުން ވަނީ ލ. ކައްދޫގައި ހެނގަރެއް ވެސް ހަދައިފަ އެވެ.
ދެ ހެލިކޮޕްޓަރު ބެލެހެއްޓުމަށް އިންޑިއާ ސިފައިންގެ 48 މީހުން ރާއްޖޭގައި ދާއިމީކޮށް ތިބޭތީ، ބައެއް މީހުން ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި ސަރުކާރުން ވެސް ވަނީ، އައްޑޫގައި އިންޑިއާ ސިފައިން އެކަނި އޮޕަރޭޝަންތައް ހިންގާ ކަމަށް ބުނެ، އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުފާކުރަން
28 August 2018
އެމްޑީޕީ ސަޕޯޓަރެއް، ތި ހެލްކޮޕްޓަރު ބާއްވާނަމަ، ދިވެހި ސިފައިންގެ ކުދިންނަށް އެދުއްވެން ވާނެ، ދިވެިހ ކުދިން ނަށް ނުގެންގުޅެވޭ ވަރު އެއްޗެއްވިއްޔާ ފޮނުވާލިޔަސް މާ ރަނގަޅު.
ޢާފް
28 August 2018
ޙެލިކޮޕްޓަރު ނުގެންދަން އުޅޭ ސަބަބު ބަލަނ ވެއްޖެނު! ޙިންދީ ފިލްމު ގަ ދައްކާހެން މިލިޓރީ ކުޅިގަޑެއް ކުޅެނީބާ! ކޮބާ ތޯ ޑިފެންސް މިނިސްޓަރ؟ މޮޅެތި ވާހަފުޅު ދެއްކެވިޔަސް ތިޔަ ފޮނުވާކަށް ނުކެރޭ ނޫންތޯ؟ ޜާއްޖެއިން ބެނުންކުރަން ދިން އެއްޗެއް ބޭނުނު ނުކުރާނަމަ އެ ބާއްވާ ސަބަބެއް ވިސްނާ ވިސްނާވެސް ނޭގުނު. ޢިންޑިޔާ ދެކެ ބިރުނުގަނެޔާ ބުންޏަސް ބިރު ގަންނަނީތާ!!!!!!!
ފަލާހް
27 August 2018
ކިހިނެތް ވެގެންހޭ ނުގެންދާން ތިއުޅުއްވަނީ.. 2 ހެލިކޮޕްޓަރު ބާއްވައިގެން 48 އިންޑިއާ ސިފައިން ބައިތިއްބައިގެން ތިގަންނަ ގަނޑެއް އެބަ ބަލަންޖެހޭ...ރާއްޖޭގައި ތިބި ހެލިކޮޕްޓަރ ޕައިލެޓުންނާއި ހަވާލުކޮށް މިގައުމުން ފައިބަން އުޅުއްވާ..
ޝިޔާމް
27 August 2018
ތިހާ ވަރަށް އޭތި ރާއްޖޭގައި ބާއްވަން މަސައްކަތްކުރަނީ ކީއްވެ؟ އިތުރަށް ޖާސޫސްކުރަންތަ؟
އަލިފް ހ
27 August 2018
ވަރަށް ފިތިފަތާ ދޯ؟
ހުރަސް
27 August 2018
ހެޔޮދުއާ ސަލާމާއެކީ ތީތި ގެންދޭ އަދި ޖާސޫސީ ފެއިމް ޖަމާއަތްވެސް އުވާލާ!!!!
ޒަމީރު
27 August 2018
ބާއްވާނަން ނުބާއްވާނަން ބާއްވާނަން ނުބާއްވާނަން ބާއްވާނަން ނުބާއްވާނަން ބާއްވާނަން ނުބާއްވާނަން
މަރޭމިތުރާ
27 August 2018
[[މިގޮތައް މިގައުމު މިއޮންނަނީ އިންޑިއާ ޝާމިލްވެގެން.... އެގޮތައް މިތަންބަލާނެ އިތުރު ބަޔަކު މިތާނެތިގެން]]
ފައި މުހަންމަދު
27 August 2018
އިންޑިއާގެ ޖާސޫސީ މަސަކަތް ކުރާން އޮތް އެއްޗެއްތީ!
ތަކުރުފާނު.
27 August 2018
ލައްކަގިނަ ދުވަހު އިންޑިޔާގެ އަޅުވެތި ކަމުގާ އުދަގޫދުވަސްތަކެއް ރާއްޖެ ތަހައްމަލުކޮށްފި. ޢެއީ މާޒީ ދެން އެފަދަ ދުވަސްތަކެއް ރާއްޖެއަށް ބޭނުން ނުވޭ.