ޚަބަރު / މެމްބަރު އަހުމަދު ސިޔާމް މުހައްމަދު (ދ. މީދޫ)

ސިޔާމް، އެމްޑީއޭ ހިންގުމާ ދުރަށް! ފަހަތުގައި ކޮން ކަމެއް؟

ނ. ހެނބަދޫ: ރައީސް އަބްދުﷲ ޔާމީން ހެނބަދު އަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް

ރައީސް އަބްދުﷲ ޔާމީންގެ ޒަމާންވީ އެކުވެރިޔާ، އަދި ޕީޕީއެމްގެ ކޯލިޝަންގައި ހިމެނޭ އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް (ސަން ޓްރެވަލް ސިޔާމް) ވެސް ސަރުކާރު ދޫކުރައްވާ އިދިކޮޅު ކޯލިޝަނާ ގުޅިވަޑައިގަންނަވަން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް އެ ޕާޓީގެ އިސް ބޭފުޅުންތަކެއް މިއަދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން ރައީސް ޔާމީން ބޭނުންފުޅުވާ ގޮތަށް ރައްޔިތުންގެ މަޖިލިހުގައި މަސައްކަތް ކުރަމުން އައި އެމްޑީއޭ އިން ޕީޕީއެމާ އެކު ހެދި ކޯލިޝަން އެއްބަސްވުމުގެ މުއްދަތު އިތުރުނުކޮށް އެ ޕާޓީން މިހާރު ދަނީ އެހެން ކަންކަން ފާހަގަކުރަމުންނެވެ.

އެންމެ ފަހުން އެމްޑީއޭ ހިންގުން އެޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ މައުރޫފާ އިއްޔެ ހަވާލުކުރައްވައި ސިޔާމް ނިންމަވާފައިވަނީ ދުވަސްކޮޅަކު ރާއްޖޭން ބޭރުގައި ދިރިއުޅުއްވުމަށެވެ. ސިޔާމުގެ އެނިންމެވުމާ އެކު ތަފާތު ގޮތްގޮތަށް ދަނީ ވާހަކަ ފެތުރުމުންނެވެ. އެއް ބަޔަކު ދެކޭ ގޮތުގައި އެއީ ޕީޕީއެމާ އެކު ކޯލިޝަން ނުހަދަން ނިންމެވި ނިންމެވުމެކެވެ.

Siyam dhurah jehi, MDA hingun Mauroofah

Siyam dhurah jehi, MDA hingun Mauroofah

The most trusted news source in the Maldives

Mihaaru

އެމްޑީއޭ ހިންގުން މައުރޫފާ ހަވާލު ކުރުން--

ބައެއް މީހުން ބުނާ ގޮތުގައި ސިޔާމަށް ސަރުކާރާ އެކު އެއްބަސްވުމަކަށް ނާދެވިގެން އުޅެނީ ވިޔަފާރީގެ ބައެއް ކަންކަމާ ހެދި އެވެ. އެއް ކަމަކީ ނ. އިރުފުށި ރިސޯޓް ހިންގުން ހިލްޓަން އިންޓަނޭޝަނަލް އަތުން އަތުލި މައްސަލާގައި ހިލްޓަން އަށް ބޮޑު ބަދަލެއް ދޭން ސަން ޓްރެވަލްސް އެންޑް ޓުއާސްގެ މައްޗަށް ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމާ މެދު ރާއްޖޭގެ ޝަރުއީ ނިޒާމުގެ ތެރެއިން ވަކި ގޮތެއް ނިމިފައިނުވުމެވެ. އަނެއް ސަބަބަކީ ރައީސް އަބްދުﷲ ޔާމީނަށް އެހީތެރިވާ މީހުންނާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަނުން އަޅާ ފިޔަވަޅެއްގައި ސިޔާމް ހިމެނިދާނެތީ އެވެ.

ސިޔާމް ރާއްޖެއިން ބޭރަށް މިއަދު ފުރާވަޑައިގަންނަވާނެ އެވެ.

އެނގިފައިވާ ގޮތުގައި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިމަހު ކުރީ ކޮޅު ސިންގަޕޫރަށް ވަޑައިގެންނެވި އިރު ސިޔާމާ ބައްދަލުކުރައްވައި އިދިކޮޅު ކޯލިޝަނާ ގުޅެން ހުށަހެޅުއްވި އެވެ. ނަމަވެސް ރަސްމީކޮށް އެކަން އެއްވެސް ފަރާތަކުން ޔަގީންކޮށެއް ނުދެ އެވެ.

އެމްޑީއޭގެ ކައުންސިލް މެމްބަރަކު، ނަން ހާމަނުކުރަން އެދިވަޑައިގެން، ވިދާޅުވީ އެ ޕާޓީއާ އެކު ޕީޕީއެމުން އެކުލަވާލި ކޯލިޝަންގެ އެއްބަސްވުމަށް ސަރުކާރުން އަމަލުކޮށްފައި ނުވާ ކަމަށެވެ. އެގޮތުން ސަރުކާރުގެ މަގާމުތަކުގެ ތެރެއިން 20 ޕަސެންޓް ދޭން އެއްބަސްވުމުގައި އޮތަސް "އޭގެ ދެބައިކުޅަ އެއްބައި މަގާމު ވެސް ނުދޭ" ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ކެބިނެޓްގައި ހިމެނުނީ އެމްޑީއޭގެ ބޭފުޅުންގެ ގޮތުގަ އެވެ. އޭގެ އިތުރުން ވެސް ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި އެޕާޓީގެ މެމްބަރުން އުޅުއްވަ އެވެ.

އެމްޑީއޭގެ ކޮންގްރެސް އިފުތިތާހު ކުރުމަށް ފެބްރުއަރީ 6، 2015 ގައި ބޭއްވި ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުން---ރައީސް އޮފީސް ފޮޓޯ

"އެއްވެސް ފަރާތަކުން ރަސްމީ ސިފައެއްގައި އަޅުގަނޑުމެނަށް ހުށައެއް ނާޅާ ކޯލިޝަންއަކަށް. ދެން ގޮތެއް ނިންމާނީ މިކުރެވުނު ތަޖުރިބާއަށް ވެސް ބެލުމަށް ފަހު،" ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

"އެމްޑީއޭއަށް މި ސަރުކާރުން ލިބެން ޖެހޭ ހައްގު މަގާމެއް ނުލިބޭ."

ކައުންސިލް މެމްބަރު ވިދާޅުވީ ސަރުކާރުން އަންގައިގެން ބައެއް ގާނޫނުތަކަށް ގެނެސްފައިވާ ބަދަލުތަކާއި ސަރުކާރުގެ ބައެއް ނިންމުންތަކާ މެދު އެ ޕާޓީގެ ލީޑާޝިޕާއި އާންމު މެމްބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް އުޅޭ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކޮށްފައިވާ ނުރަނގަޅު އެތައް ކަމެއް އެމްޑީއޭއަށް ވެސް އަމާޒު ވަމުން ދާއިރު އެޕާޓީއަށް ގޮތް ނިންމުމުގެ ބާރު ސަރުކާރުން ދީފައެއް ނުވެ އެވެ.

ރިޔާސީ އިންތިހާބުގައި ގުޅޭނެ ބައެއް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އެމްޑީއޭ އިން ނިންމާނެ ކަމަށް ބެލެވެ އެވެ. އެ ޕާޓީން ވަކި ގޮތެއް ނިންމާނީ އިދިކޮޅު އިއްތިހާދާއި ސަރުކާރުން ހުށަހަޅާ ކަންކަމަށް ބެލުމަށް ފަހު ކަމަށް ކައުންސިލް މެމްބަރު ވިދާޅުވި އެވެ.

29 ކޮމެންޓް, 165 ރިއެކްޝަންސް

icon happy icon happy 86%
icon sad icon sad 1%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ވިރާޝް

11 September 2018

ބަލައިގެން އުޅެއްޗޭ އިބޫ. ބޯކޮޅު ބަލަން ވެސް ފޮނުވަފާނެ. ޔާމިން ވަރަށް މަކަރު ގަދަވާނެ

The name is already taken The name is available. Register?

ޝާއްނާ

30 August 2018

އަސްލު ޝިޔާމްއަށް ވެގެން އުޅޭގޮތަކީ ޕާރސަނަލް މައްސަަލައެއް ،،، އެއީ އެރިކް ކުލެޕްޓަންގެ ކޯކެއިން ކިޔާ ލަވައެއް މާގިނައިން ޖެހާޖަހާ އަބަދުވެސް ހުންނަވަނީ އެލަވަ ކިޔާލަ ކިޔާލަ ،،، ދެން ވާގޮތަކީ ބޭރުގެ އިއްޒަތްތެރީޏްނާއި ވިޔާފާރީގެ މާހިރުންނާއި ބޭންކަރުންނާއި ބައްދަލަުވާއިރުވެސް ޝިޔާމްއަށް ބާއިއިޙްތިޔާރުގައި ކޯކެއިން މިލަވަ ކިޔެވީ ،، އެހެންވެ އޭގެސަބަބުން ވަރަށް ބޮޑެތި ގެއްލުންތަށް ވިޔާފާރިއާޢި ސިޔާސީ ހަޔާތަށް ކުރަމުންދަނީ ،، މިކަމާއިގުޅިގެން މިހާރު ޝިޔާމް ދަނީ ސިންގަރޕޯރގައި ޙާއްސަ ކުލިނިކަކުން މުއިޒިކު އެޑިކްޝަންއާއި ސަބްކޮންޝަން ރިޕްރޮގާމިންގ އިން ފަރުވާހޯދަމުން ،،،،

The name is already taken The name is available. Register?

ޢިބަ

30 August 2018

'ސިޔާމް ރާއްޖެއިން ބޭރަށް ފުރާވަޑައިގަންނަވަނީ..' ކޮޅުބަލިވާނެކަން ހީވާތީ އަވަހަށް ގައުމު ދޫކޮށް ފިލަން ދުވާނެ..ކޮޅުބަލިވާ މަންޒަރު ބޮޑުވާވަރަކަށް ޕާޓީދޫކޮށް ފިލަންދުވާ މީހުން ގިނަވާނެ...ސިޔާމް އާއްމު ޖަލްސާތަކުގަ އެޔޮއް އޮއްސި ފޮނިފޮނި ހުޝާމިދުންވެސް ކުރުވި އަސަރެއް ނެތް

The name is already taken The name is available. Register?

އެޑްމުންޑޯ

30 August 2018

މަގޭ ހިތައް އަރަނީ ނއިއްތިހާދުގައި ތިހާ ގިނަ ބަޔަކު ބައިވެރިވެގެން ، ވެރިކަން ލިބުނަސް ތިބުނާ ވަޒީފާ ދޭނީ ކިހިނަކުންހޭ ، އިތުރު 20 މި ނިސްޓްރީ އުފައްދަން ޖެހޭނެހެން ހީވަނީ

The name is already taken The name is available. Register?

ފަކޯފު

30 August 2018

ރިޔާސީ އިންތިހާބާ ދިމާކޮށް ބޭރުގެ ފަރާތްތައް މެދުވެރިކޮށް ރައްޔަތުންނަށް ބިރުދެއްކުމުގެ ފޮނި ނަތީޖާ. މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމެއް ނޫންބާ.

The name is already taken The name is available. Register?

ފަޅުވެރިން

29 August 2018

ސިޔާމްގެ ވާހަކަ މާވަރަކަށް ތިޔަ ފާހަގަކުރަނީ، އޭނައަކީ ރާއްޖޭގެ ސިޔާސީ ދާއިރާގައި ކޮން ހައިސިއްޔަތެއް ހުރި މީހެއްހެއި؟ އޭނައަށްވުރެ ހައިސިއްޔަތު މާބޮޑުވާނެ އުއްޗުވެސް!! އުއްޗުގެ ވާހަކައެއް ޖަހާބަލަ، ކިޔާނެ މީހުން މާގިނަވާނެ، އަދި ކޮމެންޓްކުރާނެ މީހުންވެސް މާގިނަވާނެ!!

The name is already taken The name is available. Register?

މަންސޫރު

29 August 2018

ސިޔާމު ސިންގަޕޫރަށް ދާ ސަބަބު ނިކަން އަވަހަށް އިނގޭނެ. އިހަކަށްދުވަހުވެސް ގޮއްސައި އެއައީ. އެވާހަކަ މިތާ ލިއުނީމައި ކޮމެންޓެއް ނުޖަހާނެ.

The name is already taken The name is available. Register?

ރިހެބު

30 August 2018

ޢާނ އާނ އެއީ ބޮޑު ސިއްރެއް.

The name is already taken The name is available. Register?

ޙުސެން

29 August 2018

ޢެމް ޑީ އޭ އަށް އެއްވެސް އެއްޗެއްދޭން ޝަރުޠު ނުކުރާނެބޭނުމެއްނެތެވެ. އެމީހުން ތިބިގޮތަށް ބައިތިއްބާށެވެ. އީޔޫ ގެ ފިޔަވަޅުތަކުން ރެކެން ޝިޔާމް ބޭނުމިއްޔާ އޭނާ ގެ ސަލާމަތަށް އޭނާމަސައްކަތް ކުރާނެތާއެވެ. އެއީ އަހަރެމެންގެ ކަމެއްނޫނެވެ.

The name is already taken The name is available. Register?

މުންދު

29 August 2018

މިގައުމުގަ ހުރި އެންމެ މުއްސަންދި މީހާ އެހެރީ މުންޑެ ލައިގެން. މުންޑެ ލާފާ ހުއްޓަކަސް ލާރި މަށަށް ލިބެޔޭ. ލަވައެއްގަވެސް އަނަނާނެ އެތަންކޮޅު.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

29 August 2018

ބަލަ ޝިޔާމުއެވެ. ރަނިންމޭޓުކަން ނުދިނުމުން ކުޑަކުއްޖެއްހެން ބޮޑާ ހޭކިއަސް ކުރެވޭނެ ކަމެއް ނެތެވެ. އަދި އީޔޫ އިން ފިޔަވަޅު އަލާފާނެ ކަމަށް ހީކޮއް ރަޖާ ލިއަސް ކުރެވޭނެ ކަމެއް ނެތެވެ. މާ މޮލު ތަކެއް ވާނެކަމަށް ހީކޮއް އިދިކޮލު ފަރާތާއި ގުލޭނެ ކަމަށް ބުންޏަސް އެވެރިންވެސް މިއަދަކު ތިކަމެއް ބަލައެއް ނުގަންނާނެއެވެ. ޖަރީމާ އެއް ހިންގާފައި ވާނަމަ އެކަން ފޮރުވަން އުލުނަސް އެކަމެއްވެސް ވާކަށްނެތެވެ. އެ ހުރިހާ ކަމަށްވުރެވެސް ﷲގެ ކުޅަދުން ވަންތަވެރިކަން މާ މޮލެވެ. ﷲ ގެ ހެޔޮ ރަޙުމަތުން މި ފަހަރު އެއްލަކިން ރައްޔިތުން މިކަން ނިންމާނެކަން ޙުދު ޝިޔާމަށްވެސް ކަށަވަރުވެ ޔަޤީން ވެއްޖެ ދޮތަ އެވެ. ވ ސަލާން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454